Huravee Dhuvahuge Thagureeru - 2016

Page 1

‫ހުރަވީ ދުވަހުގެ ތަޤްރީރު‬ ‫ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު‬ ‫ތަން‪ :‬އިސްލާމީ މަރުކަޒު ‪ /‬މާލެ‪،‬‬ ‫‪ 12‬މާރިޗު ‪2016‬‬

‫މިއި ‪ 1437‬ވަނަ އަ ހަރުގެ ހުރަވީ ދުވަ ހުގެ މުނާޞަބަތުގައި ދިވެ ހިބަ ހުގެ އެކަޑަމީން ބޭއްވެވި ދިވެ ހިތާރީޚާބެ ހޭ މަޢުލޫމާތު ދިނުމުގެ ފޯރަމްގައި އަ ޅުގަނޑު ދެއްކި ވާ ހަކައެވެ‪ .‬މި ތަޤުރީރުގައި‬ ‫މައިގަނޑު ގޮތެއްގައި އަ ޅުގަނޑު އަލިއަ ޅުވައިލައިފައި ވާނީ ޤައުމީ ބަޠަލުންގެ ޖި ހާދުގެ އަގުވަޒަން ކުރުމުގައި މި ޒަމާނުގައި ހުރި ގޮންޖެ ހުންތަކާބެ ހޭ ގޮތުންނެވެ‪.‬‬

‫‪1‬‬


‫الرحيــم‬ ‫الرحمـن ّ‬ ‫بســم اللّـه ّ‬ ‫ދީނާއި ވަޠަނުގެ ޙައްޤުގައި ޖިހާދު ކުރުމަށް ޢަމުރު ކުރެއްވި ގަދަ ކީރިތި ވަންތަ މާތްﷲ ސުބުހާނަހޫ‬ ‫ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަން‪ /.‬ސަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ‪ ،‬މުޖާހިދެއްގެ ގޮތުގައި‬ ‫މިއުންމަތަށް މިސާލު ދެއްކެވި މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް‪.‬‬ ‫‪ /‬މި ސަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުންގެ އާލުންނާއި މިތުރު ސަހާބީން ޝާމިލު ކުރަން‪.‬‬ ‫• މި ފޯރަމްގައި މަޢުލޫމާތު ދެއްވާ ބޭފުޅުން‬ ‫• ފޯރަމްގެ އެންމެހާ ބައިވެރިން‬ ‫• މި ފޯރަމް ދުރާގާތުން ބައްލަވަމުން އަދި އަޑު އައްސަވަމުން ގެންދަވާ ދިވެހިރާއްޖޭގެ އެންމެހާ‬ ‫ލޮބުވެތި ރައްޔިތުން‪.‬‬ ‫السّــالم عليــكم ورحـمــةاللّـه وبـركاتـه‪،‬‬ ‫‪2‬‬


‫އާދެ! މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި ހުރަވީ ދުވަސް‪ .‬ހުރަވީ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހިރާއްޖޭ ގެ‬ ‫ޤައުމީ ދިފާޢީ ބާރުގެ ނަމުގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީވެރިޔާ‬ ‫ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި ލޮބުވެތި ދިވެހިރައްޔިތުންނަށް އަރިސްކުރަން‪ .‬އަދި އަޅުގަނޑަށް މި‬ ‫ފުރުސ ަތު ދެއްވިކަމަށްޓަކައި ދިވެހިބަހުގެ އެކަޑަމީއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން‪.‬‬

‫ހިމޭންކަމުގެ ވައިރޯޅި ހިނިތުންވަމުން ދޭ‬ ‫ހިމޭންކަމުގެ ސާޙިލް މަތީ އުދުހެމުންދޭ‬ ‫ހިމޭން ޖައްވުގައި ބީހެމުން‪ ،‬ފިރުމަމުންދޭ‬ ‫ހިމޭންކަން ވަނީ ފެތުރިފާ ދިވެހި ބިމުގާ‬

‫‪3‬‬


‫މިއީ‪ ،‬ދިވެހި މިނިވަންކަމުގެ ޖައްވުގެ ކޮންފަދަ ރީތި ސިފަކުރުމެއްތޯ؟ ދިވެހި ތާރީޚުގެ ޞަފްޙާތަކުން ފެންނަން‬ ‫އޮތް އެންމެ ބޮޑު އެއް ޙަޤީޤަތަކީ ދިވެހިން ދެކެފައިވާ މިނިވަންކަމުގެ ދިގު މާޒީ‪ .‬މިނިވަންކަމަށް ކުރިމަތިވި‬ ‫ކޮންމެ ހުރަހެއް އަޅުގަނޑުމެންގެ ކާބަފައިން ލެއާއި ދާ އޮހޮރުވައިގެން ނައްތާލައި‪ ،‬މި ޤައުމު މިނިވަން‬ ‫މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މިއަދުގެ ޖީލަށް ވާސިލުކޮށްދިންގޮތް‪.‬‬

‫ޤައުމީ އެތައް ބަޠަލުންނަކާއި އަބުޠާލުންނެއްގެ ޠާހިރު ލޭ އިސްލާމްދީނާއި މި ލޮބުވެތި ވަޠަނަށްޓަކައި އޮހޮރާލި‬ ‫އޮހޮރާލުމާއި އެ ޤުރުބާނީ‪ .‬މިއަދުގެ ދިވެހިން ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލާ މެދު ދެކޭގޮތާ‪،‬‬ ‫ދައްކާ ވާހަކަތަކާއި ކަންތައްތައް ކުރާގޮތާމެދު އެއިން ބޭފުޅެއް އަޅުގަނޑުމެންގެ ކުރިމައްޗަށް ވަޑައިގެންފިނަމަ‬ ‫ވިދާޅުވާނީ ކީކޭތޯ؟ ވިސްނުމުގެ ލަގަނަށް ކުޑަކުޑަ ދުލެއް ދެއްވާ‪.‬‬

‫‪4‬‬


‫ާދ ‪ -‬މި ޒަމާނުގެ ގޮންޖެހުންތައް" މި‬ ‫އާދެ! މިރޭ އަޅުގަނޑު ވާހަކަ ދައްކާލާނީ "ޤައުމީ ބަޠަލުންގެ ޖިހ ު‬ ‫މަޢުޟޫއަށް‪.‬‬ ‫އެންމެ ފުރަތަމަ އަޅުގަނޑުމެން ބަލާލަމާތޯ ޤައުމީ ބަޠަލުންނަކީ ކޮބައިތޯ؟ ޤައުމީ ބަޠަލުންނަކީ ދީނާއި‬ ‫ޤައުމަށްޓަކައި ބޮޑެތި ޤުރުބާނީ ތަކެއް ވެވަޑައިގެންފައިވާ ބޭފުޅުން‪.‬‬ ‫ޤައުމީ ބަޠަލުންނަކީ ޤައުމު‪ ،‬ޤައުމަކަށް ހެއްދެވި މާތް ބަޠަލުން‪ .‬ޤައުމުގައި އޮތް ވަޙްދަތެއް‪ ،‬އެޅިފައިވާ ދީނީ‬ ‫ބިންގަލެއް‪ ،‬ދެމިގެންވާ ރީތި އާދަތަކެއް‪ ،‬ކުރެވިފައިވާ ފުރިހަމަ ބިނާތަކެއް ކުރެއްވި މާތް ބަޠަލުން‪ .‬ޤައުމުގައި‬ ‫އޮތް މިނިވަންކަމާއި ސިޔާދަތު ޤައުމަށް ގެނެސްދެއްވީ އެބަޠަލުންގެ ހިންމަތާއި މިންނަތުން‪ .‬ޤައުމީ ބަޠަލުން‬ ‫ދެކެ ލޯބިވެވޭނީ ޤައުމު ދެކެ ލޯބިވާ ބަޔަކަށް‪.‬‬ ‫އާދެ! ޤައުމީ ބަޠަލުން ނަކީ ކޮން ބައެއްކަމެއް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ނޭނގެ‪ .‬އެބޭފުޅުން‬ ‫ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީ ބަލާކަށް ބޭނުމެއްނޫން‪ .‬އެ ކަމަކަށް އަޅުގަނޑުމެންނަކަށް‬ ‫ވަގުތެއްވެސް ނެތް‪.‬‬ ‫‪5‬‬


‫ރާއްޖޭގައި ފާހަގަކުރާ ޤައުމީ ދުވަސްތަކެއް އަޅުގަނޑުމެންނަކަށް ނޭނގެ‪ .‬ޢަލީ ރަސްގެފާނެއް‪،‬‬ ‫ބޮޑުތަކުރުފާނެއް‪ ،‬ދޮންބަންޑާރައިންނެއް‪ ،‬އަޅުގަނޑުމެންނަކަށް ނޭނގެ‪ .‬ޝަހީދުންގެ ދުވަހެއް‪ ،‬ޤައުމީ‬ ‫ދުވަހެއް‪ ،‬ހުރަވީ ދުވަހެއް‪ ،‬މިނިވަން ދުވަހެއް‪ ،‬ވައްކެއްނުވޭ‪ .‬ޤައުމީ ބަޠަލުންނަށްޓަކައި އަޅުގަނޑުމެން‬ ‫ފަޚުރުވެރިވާންޖެހުނަސް އެބޭފުޅުންގެ އުޅުއްވުމުގެ ރަނގަޅުގޮތްތައް ބަލައި އެބޭފުޅުން ޤައުމަށް ކުރައްވާފައިވާ‬ ‫ޚިދުމަތްތައް ފާހަގަކޮށް އެކަންކަމުން ޢިބުރަތް ލިބިގަންނާކަށް ނޭނގެ‪.‬‬ ‫މީ މިއަދުގެ ހާލަތަށްވާއިރު އަދި މާ ނާޒުކު މައްސަލައެއް ފެންމަތިވެއްޖެ‪ .‬މިހާރު އިވެމުންދާ ބައެއް‬ ‫އަޑުތަކަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ އެކަކުވެސް އަހާހިތްވާނޭ އަޑުތަކެއްނޫން‪ .‬މިދެންނެވި ޒާތުގެ‬ ‫ވާހަކަތައް ދައްކަނީ ތާރީޚު އެއްގޮތަކަށްވެސް ނޭނގިތިބެ ނުވަތަ ތާރީޚު ރަނގަޅަށް ދިރާސާނުކޮށް‪ .‬މިފަދަ‬ ‫މީހުން ދިވެހި ތާރީޚުގެ މުހިންމު ހާދިސާތައް ގެންދަނީ އަމިއްލައަށް މާނަކުރަމުން‪ .‬ބައެއް މީހުންނަކީ މި‬ ‫ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގި މަޖަލަކަށް ހަދައިގެން މިފަދަ ވާހަކަތައް ދައްކާ މީހުން‪.‬‬

‫‪6‬‬


‫ދަންނަވަން މިއުޅޭ ވާހަކައަކީ ދިވެހިން ފަޚުރުވެރިވާ ޤައުމީ ބަޠަލުންގެ އަގުވައްޓާލައި އެބޭފުޅުންގެ އަބުރު‬ ‫ނަގާލުމަށް ހިންގަމުންދާ ޖަރީމާތަކުގެ ވާހަކަ‪ .‬މިއީ‪ ،‬މިއަދު ޤައުމީ ބަޠަލުންގެ އަގުހުރި ޖިހާދާއި ޤައުމީ‬ ‫ޚިދުމަތަށް މިޒަމާނުގައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް‪.‬‬ ‫މިއަދު އަޅުގަނޑުމެންގެ ތެރޭގައި މިފަދައިން ދެކެވެމުންދާ ވާހަކަތަކުގެ ތެރެއިން ދިވެހިރާއްޖެ އިސްލާމްވި‬ ‫ހާދިސާ‬

‫ނަންގަވާ‪ .‬އެ ހާދިސާގައިކިޔާ‬

‫ރަންނަމާރިއަކީ‬

‫އޭރު ރާއްޖޭގެ‬

‫ތަޚުތުގައި އިންނެވި ކީރިތި‬

‫މަހާރަދުންކަމުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ޤަބޫލު ކުރެވޭގޮތަށް އެ ވާހަކަ ގެންދަނީ‬ ‫ފަތުރަމުން‪.‬‬ ‫އައްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ސިރީބަވަނާދީއްތަ މަހާރަދުން ނުވަތަ މަޝްހޫރު ދަރުމަވަންތަ‬ ‫ރަސްގެފާނުގެ އިސްތަށިފުޅުގައި ތާރީޚީ އެއްވެސް ހެއްކެތް ނެތި ދޮގު ބަދުނާމުތަކެއް އެޅުވުމުގެ ސިއްރަ ކީ‬ ‫ކޮބައިތޯ؟‬

‫‪7‬‬


‫މި ސުވާލަށް ޖަވާބު ހޯދުމަށް ދިވެހި ޤައުމިއްޔަތުގެ ރުކުން ތަކަކީ ކޮބައިތޯ ނަޒަރު ހިންގަވާ‪ .‬ދިވެހި ޤައުމިއްޔަތު‬ ‫އުފެދި ދިރި އޮތީ ކީއްވެތޯ އަދި ކިހިނެއްތޯ ޢިލްމީ ބަހުސަކުން ދިރާސާ ކުރައްވާ‪ .‬އެ ކަމާ މެދު ފުންކޮށް ފިކުރު‬ ‫ޖހޭ ޙަޤީޤަތަ ކީ‬ ‫ްވން ެ‬ ‫ކޮށްލައްވާ‪ .‬ޖާހިލު ކަމާއި ނިފާޤުގެ އަނދިރިކަން ވެރިވެފައި ނުވާ ނަމަ އެއްބަސ ާ‬ ‫ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި‪ ،‬އެއް ޤައުމެއްގެ ގޮތުގައި ދިރިދެމި އޮތުމުގެ ނަޞީބުގެ ކުރިއާއި‬ ‫ފަހަތުގައި ވަނީ މާތްވެގެން އިސްލާމްދީންކަން‪ .‬އެހެންވީމާ ބުދުދީން ފަދަ ބާތިލު ދީނެއް ދޫކުރައްވައި‪،‬‬ ‫އިސްލާމްދީން ޤަބޫލު ކުރައްވައި‪ ،‬ރާއްޖެ އިސްލާމް ކުރެއްވި ކީރިތި މަހާރަދުންނާމެދު މި ޤައުމާއި އިސްލާމްދީން‬ ‫ދެކެ ނަފުރަތުކުރާ ފަރާތްތަކުން ކިހާވަރަކަށް ރުޅިއަރާނެތޯ؟ މިފަދަ ޚިދުމަތްތެރި ރަސްކަލެއްގެ އަބުރުފުޅު‬ ‫ކަތިލަން ކިހާވަރަށް ބޭނުންވާނެތޯ؟ މިހުންނަނީ އެނގިގެން ނަމަވެސް އަދި ނޭނގި ނަމަވެސް ދީނާ ޤައުމުގެ‬ ‫ދުޝްމަނުން ރުއ ްސުމަށް ކުރެވޭ ކަންތައްތައް‪ .‬ނޫނީ އެވެރިން ފަހަތުގައި ތިބެގެން އިސްލާމްދީނާއި ދިވެހިން ނާ‬ ‫ދެކޮޅަށް ރާވައިގެން ހިންގާ ބޮޑެތި ޖަރީމާތައް‪.‬‬ ‫‪8‬‬


‫ދިވެހިރާއްޖެ އެބޭފުޅަށްޓަކައި އެންމެ ފަޚުރުވެރިވާ ޤައުމީ ބަޠަލަކީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް‬ ‫އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން‪ .‬އެ ރަދުންނާ ބެހޭގޮތުންވެސް ހަޑިހުތުރު ވާހަކަތައް މިއަދު ދައްކަމު ން‬ ‫އެބަގެންދޭ‪ .‬ފުށެތިކާލުން ނުވަތަ ޕޯޗްގީޒުންގެ އަތްދަށުން ޤައުމު މިނިވަންކޮށްދެއްވީ ރީތި އަންހެން ކުއްޖެއްގެ‬ ‫ކައިވެނިފުޅަށް ޓަކައޭ ‪ ،‬ނުވަތަ ޢަލީ ރަސްގެފާނުގެ ދަރިކަނބަލުން ސިއްތިމާވާއަށް ޓަކައޭ ކިޔައިގެން މިދައްކަ ނީ‬ ‫ކޮން ވާހަކައެއްތޯ؟ މި ވާހަކަ ދައްކާ ފަރާތްތަކުން ނުދައްކާ ވާހަކައަކީ އެކައިވެނިފުޅަށް ފަހުގައިވެސް‪ ،‬ރާއްޖެ‬ ‫އިސްލާމް ނުކުރެއްވިއެއް ކަމަކު އަރާމައި އުފަލުގައި ރާއްޖެ ދޫކުރައްވައި މަލިކުގައިވެސް އުތީމު މަހާރަދުންނަށާ އި‬ ‫އާއިލާއަށް އުޅެވެން އޮތް ވާހަކަ‪ .‬ޣާޒީގެ ރަދުން ރާއްޖެ މިނިވަންކޮށް ދެއްވުމަށް ފަހުގައިވެސް ޤައުމަށް‬ ‫ކޮށްދެއްވާފައިވާ އަގުހުރި ޤައުމީ ޚިދުމަތްތަކުގެ ވާހަކަ‪.‬‬

‫‪9‬‬


‫ޣާޒީ ބަންޑާރައިންގެ އަގުހުރި ޤައުމީ ޚިދުމަތުގެ ތެރެއިން އަޅުގަނޑުމެންގެ ގިނަ މީހުންނަށް އެނގެނީ‪ ،‬ނޫނީ‬ ‫އަޅުގަނޑުމެންގެ ތެރޭގައި އާންމުކޮށް ކިޔާއުޅެނީ ޕޯޗްގީޒުންގެ އަނިޔާވެރި އަޅުވެތިކަމުގެ ‪ 15‬އަހަރަށް ފަހު‬ ‫ރާއްޖެ މިނިވަންކޮށްދެއްވި ވާހަކަ‪ .‬އެއީ އެ ދިގު މުއްދަތުގެ ތެރޭގައި ޤައުމު ވެއްޓިފައިވާ ފުންވަޅުގަނޑު ން‬ ‫ނަންގަވައި‪ ،‬ޤައުމު ބިނާކޮށް އާރާސްތުކުރެއްވި ޤައުމީ ބަޠަލް‪ .‬ސޮލީބީ އިސްތިޢުމާރުގެ ވަކިތަކުން‪ ،‬އިސްލާމީ‬ ‫ނޫރު މި ޤައުމުން އަބަދަށްޓަކައި ނިއްވާލަން ކުޅަ މަސައްކަތް ހުއްޓުވައި‪ ،‬ދީން ރައްކާތެރިކޮށްދެއްވި ލީޑަރު‪.‬‬ ‫ޤައުމުގެ ދިފާޢުގައި‪ ،‬ދިފާޢީ ލަޝްކަރެއް އެކުލަވާލައްވައި އިންތިޒާމު ކުރެއްވި ކޮމާންޑަރު‪ .‬ރާއްޖޭގައި އިސްލާމީ‬ ‫ތަޢުލީމް ދެއްވަން ފައްޓަވައި‪ ،‬ދިވެހިރާއްޖޭގެ އިޖްތިމާޢީ ހަމަޖެހުމާއި ޢަދުލްއިންސާފު ޤާއިމުކުރެއްވި ކީރިތި‬ ‫މަހާރަދުން‪ .‬ފައިސާގެ ގޮތުގައި ބޮލީގެ ބަދަލުގައި ދިގުލާރި ޖައްސަވައި‪ ،‬ރާއްޖެއަށް ފުރަތަމަ ފަހަރަށް ލީގަލް‬ ‫ޓެންޑަރެއް ތަޢާރަފުކުރެއްވި އިޤްތިޞާދީ މާހިރު‪.‬‬ ‫އައްދައުލްތުލް މަޙަލްދީބިއްޔާގެ ނަމުން ދިވެހި ދައުލަތަށް ނަންދެއްވައި‪ ،‬ޤައުމީ ނިޝާނެއް އުފައްދަވައި‪،‬‬ ‫ތާނައަކުރު ތަޢާރަފުކުރައްވައި‪ ،‬ޤައުމިއްޔަތެއްގެ ބިންގާ އަޅުއްވައިދެއްވި ހަރުދަނާ ޝަޚްސިއްޔަތު‪.‬‬ ‫‪10‬‬


‫މި ޙަޤީޤަތް މިއަދުގެ ދިވެހި ދަރިންނަށް އެނގޭނަމަ އުތީމު މަހާރަދުންނާމެދު ހަޑިހުތުރު‪ ،‬ލަދު ވާހަކަތައް ދައްކާ‬ ‫ފަތުރާ ފަރާތްތަކަށާއި އެވާހަކަތަކަށް މި ޤައުމުން ޖާގަ ލިބުނީސްތޯ؟ މިކަންކަން އަޅުގަނޑުމެން އަދުގެ‬ ‫ޒުވާނުންނަށާއި ކިޔަ ވާކުދިންނަށް ނޭނގުމަކީ ޤައުމީ ބަޠަލުންގެ ޖިހާދު ވަޒަން ކުރުމުގައި އޮތް ކިހާބޮ ޑު‬ ‫ގޮންޖެހުމެއްތޯ؟‬ ‫މިއަދު މި ފާހަގަކުރެވޭ ރާއްޖޭގެ ހުރަވީ ދުވަސް ނިސްބަތްވަނީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒައްދީނު‬ ‫ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުން ނުވަތަ ދޮންބަންޑާރައިންނަށް‪ .‬ދޮންބަންޑާރައިންގެ ޤައުމީ ޖިހާދާ އި‬ ‫އެބަޠަލުގެ އާދަޔާ ޚިލާފު ޝަޚްސީ ސިފަތަކުގެ ތެރެއިން އަޅުގަނޑަށް ފެންނަ އެންމެ ފާހަގަކުރެވޭ އެއް‬ ‫ުނ ރާއްޖޭގެ ވެރިކަމަށް ޝައުޤުވެރިކަމެއް ނެތް މިންވަރު‪.‬‬ ‫ސިފަފުޅަކީ އަމިއްލަ އެދުމެއް ނެތްކަން‪ .‬އަމުދ ް‬ ‫ހޮޅީންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތް ކުރައްވައި ދިވެހި ޤައުމު މިނިވަން ކުރެއްވުމާ ގުޅިގެން‬ ‫އެމަނިކުފާނަށް ރާއްޖޭގެ ވަލީ ނުވަތަ ރަސްކަން ހައްޤުވެއްޖެކަމަށް ދިވެހިން ޤަބޫލުކުރި‪ .‬އަދި ވެރިކަން ޤަބޫލުފުޅު‬ ‫ކުރެއްވުމަށް ދިވެހިން އެމަނިކުފާނުގެ އަރިހުގައި ތަކުރާރުކޮށް އާދޭސްވެސް ދެންނެވި‪.‬‬ ‫‪11‬‬


‫އެކަން ގަބޫލުފުޅު ނުކުރައްވައި ހޮޅިން ރާއްޖެ އަޅުވެތިކުރުމަށްފަހު ގެންދިޔަ ރަދުން‪ ،‬އައްސުލްޠާން މުކައްރަ މް‬ ‫މުޙައްމަދު އިމާދުއްދީނަށް އިންތިޒާރު ކުރެއްވި‪ .‬ދޮންބަންޑާރައިންނަކީ ވެރިކަމުގެ އެދުންފުޅުން އެއްކިބާވެ‬ ‫ހަމައެކަނި ޤައުމީ ލޯބީގައި ޖިހާދުކުރެއްވި ބަޠަލެއްކަން ޢަމަލާއި ބަހުން ހާމަކޮށްދެއްވި‪.‬‬ ‫ފިދާވާނަމޭ ދިވެހި ޤައުމުގެ ޝަރަފުގާ‬ ‫ހިދާޔަތުގެ ނޫރުން ހިތާ މޭ ފުރުމުގާ‬ ‫ހުދާ ފެހި ރަތާ ވިހުރުވާދޭށެ އެކުގާ‬ ‫އަދާ‪ ،‬އިއްޔެއާ‪ ،‬މާދަމާ‪ ،‬ތާ އަބަދުގާ‪،‬‬ ‫މިއީ އެދުވަހު އިވުނު އަޑުތައް‪ .‬އެކަމަކު މިއަދު މިއިވޭ އަޑުތަކާއި ފެންނަ މަންޒަރުތައް މި ހާދިސާއާ ކިހާ‬ ‫ތަފާތު ތޯ؟ ޤައުމުގެ ވެރިކަމަށްޓަކައި މިއަދު ކޮށްފައި ނުކުރަނީ ކޮން ކަމެއްތޯ؟ އަޅުގަނޑުމެންގެ ވިސްނުމާ‬ ‫ފިކުރަށް އައިސްފައިވާ ބޮޑު ބަދަލު މި ޤައުމަށް ގޮންޖެހުމަކަށް ނުވޭތޯ؟‬

‫‪12‬‬


‫ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ބަޔަކު ނަގާލުމުން ނުވަތަ ނަގާލަށް އުޅުމުން އެކަންތައްތައް‬ ‫އަސްކަރިއްޔާއިން ހައްލުކުރުމަށް ހިންގާ އޮޕަރޭޝަންތައް ރައްޔިތުންނަށް އޮޅުވާލުމަށް ނުވަތަ ތާރީޚަށާއި‬ ‫އަންނަންއޮތް ޖީލުތަކަށް އެހެން މަންޒަރެއް ދެއްކުމަށް ކުރެވޭ މަސައްކަތްތަކާމެދުވެސް އެއްޗެއް ދަންނަވާލަން‬ ‫މިއީ މުނާސަބު ފޯރަމެއް ކަމުގައި އަޅުގަނޑު ދެކެން‪ .‬އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ބަޔަކު އެފަދަ ކަންތައްތަކެއް‬ ‫ކުރާނަމަ އެކަންކަން ދިފާޢުކޮށް‪ ،‬އެކަންކަމުގެ ޙަޤީޤަތް ރައްޔިތުންނާއި ތާރީޚަށްޓަކައި އާންމުކޮށް ހާމަކޮ ށް‬ ‫ސާފުކޮށްދިނުމަކީ މި ޤައުމުގެ ޙައްޤުގައި ކުރަންޖެހޭ ކަމެއް‪.‬‬ ‫މިފަހަކަށްއައިސް މިގޮތަށް ދެކެވޭ ދެ ވާހަކައަކަށް އަޅުގަނޑު ބަލާލާނަން‪.‬‬ ‫އެއް ވާހަކައަކީ ‪ 1950‬ގެ އަހަރުތަކުން ‪ 1960‬ގެ އަހަރުތަކަށް ދެމިގެންދިޔަ ދެކުނު ގަޑުބަޑު ނުވަތަ ދެކު ނު‬ ‫ބަޣާވާތުގެ ވާހަކަ‪.‬‬

‫‪13‬‬


‫މި ހާދިސާއާ ގުޅިގެން ދިވެހިންގެ މިނިވަންކަމުގެ ބަޠަލު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭ ރި‬ ‫ކިލެގެފާނަށް އެމީހަކު ހިތުހުރި އެއްޗެއް ކީކަމުގައ ިވިޔަސް އޭގެ ދިފާޢުގައި ތެދުވާނެ އަދި މީޑިއާތަކަށް އަރައި‬ ‫ރައްދުދޭނެ އެމަނިކުފާނުގެ އަރިހު ބޭފުޅުންނެއް‪ ،‬އާއިލާގެ ބޭފުޅުންނެއް މިރާއްޖެއަކުނެތް‪ .‬އެކަމަކު އަޅުގަނޑުމެ ން‬ ‫ވިސްނާލަންވީ މި މައްސަލައަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ވަކިކޮށް‪ ،‬ވަކި ވެރިކަމެއް ޤާއިމުކޮށް‪ ،‬ޤައުމުގެ‬ ‫އިސްތިޤްލާލު ނަގާލައި ހަނގުރާމަ އިޢުލާން ކުރުމާގުޅިގެން އުފަންވި މައްސަލައެއްކަން‪ .‬ދުނިޔޭގެ ތާރީޚަށް‬ ‫ބަލާއިރު މިފަދަ ގިނަ މައްސަލައަށް ބޮޑެތި ލޭ އޮހޮރުވުންތަކާއި‪ ،‬ބައިގަރުނެއްހާ ދުވަހަށް ދިގު ދެމިގެންދި ޔަ‬ ‫ހަނގުރާމަތަކާއި އެތައްހާސް ބައެއްގ ެ ފުރާނަވަކިވެ ދިއުމަށްފަހުވެސް ހައްލުނުވެ އޮތްތައް ދުރާގާތުން ދަނީ‬ ‫ފެންނަމުން‪ .‬މި ވާހަކަ މިގޮތަށް ދެންނެވުމުގެ މުރާދަކީ އެއްގޮތަކަށްވެސް މި ގަޑުބަޑުގެ ތެރޭގައި ދެފަރާތުން‬ ‫ހިންގާފައިވާ ލާއިންސާނީ ޢަމަލުތައް ޤަބޫލު ކުރުމެއްނޫން‪ .‬ޤައުމީ ނިސްބަތުގައި ޙަޤީޤަތަށް ވާސިލުވުން‪.‬‬

‫‪14‬‬


‫އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރައީސް ނާޞިރަށް ރާއްޖޭގެ މިނިވަންކަމުގެ ބަޠަލުގެ ފަޚްރާއި ޝަރަފުވެރި‬ ‫މަޤާމު ޙައްޤުވަނީ ދިވެހި ޤައުމު ތިން މިނިވަން ކުރެއްވުމަކުން މިނިވަން ކުރައްވާފައިވާތީ‪.‬‬ ‫ފުރަތަމަ މިނިވަން ކުރެއްވުމަކީ ރާއްޖޭގެ ބިމުން ބަޔަކަށް ދަހިވެތިވެގެންތިބި އިނގިރޭސި އިސްތިޢުމާރާ ގުޅިގެން‬ ‫ހުވަދޫ ކަނޑުން ދެކުނުގެ ސަރަހައްދު ދިވެހި ޤައުމުން ވަކިކޮށް ވަކި ދައުލަތެއް އުފެއްދުމަށް ކުރި މަސައްކަތް‬ ‫ހުއްޓުވައި‪ ،‬ޤައުމުގެ އިސްތިޤްލާލާއި ސަރަޙައްދުގެ އަމިއްލަކަން ނުވަތަ ޓެރިޓޯރިއަލް އިންޓެގްރިޓީ ޤައުމަށް‬ ‫އަބުރާ ހޯއްދަވައިދެއްވުން‪.‬‬

‫ދެވަނަ މިނިވަންކަމަކީ މީލާދީން ‪ 1887‬ވަނަ އަހަރުން ފެށިގެން އިނގިރޭސީންގެ ހިމާޔަތުގެ ނަމުގައި ދިވެހި ން‬ ‫ތަހަންމަލުކުރި އަޅުވެތިކަމުން މިނިވަން ކުރެއްވުން‪ .‬މި ދެންނެވި ދެކަމަކީވެސް އަސްކަރިއްޔާގެ ދުސްތޫރީ އަދި‬ ‫ޤާނޫނީ އިހްސާސްތައް އޮތް ދެކަންތައް‪.‬‬

‫‪15‬‬


‫ތިންވަނަ މިނިވަންކަމަކީ މި ޤައުމުގެ އިޤްތިޞާދު ވޯރާ ވިޔަފާރިވެރިންގެ އަތްދަށުން މިނިވަން ކޮށްދެއްވުން‪.‬‬ ‫މިއަދުގެ ކިޔަވާކުދިންނާއި ޒުވާނުންނަށްވެސް އެނގޭނެ ޤައުމެއްގެ އިޤްތިޞާދު ބައެއްގެ މުށުތެރެއަށް ލުމުން އެ‬ ‫ޤައުމެއްގެ ވެރިކަންވެސް އެބައެއްގެ މުށުތެރެއަށް ލެވުނީކަން‪ .‬ޤައުމުގެ މިނިވަންކަމާއި‪ ،‬އިސްތިޤްލާލާއި ޤައުމީ‬ ‫ނިންމުންތައް އަމިއްލަކަންމަތީ ނިންމުމުގެ ބާރު ބީވެ ދިޔައީކަން‪.‬‬ ‫މި އަގުހުރި ޚިދުމަތްތަކާމެދު ފުންކޮށް ވިސްނާލުމުން ރައީސް ނާޞިރުގެ ޝަޚްސީ ހިކުމަތު ޢަމަލީއާއި‪،‬‬ ‫ހިތްވަރާއި ކެރުމާއި‪ ،‬ކުޅަދާނަކަމަށް އަޅުގަނޑުމެން ދިވެހިން ސެލިއުޓް އަރުވަން ނުޖެހޭތޯ؟ އެމަނިކުފާނަށްޓަކަ އި‬ ‫ޤައުމު ދަރަނިވެރިވެފައިވާ މިންވަރާއި ޝުކުރުވެރިވާންވީ މިންވަރު ހިތުގެ ހިމަހިމަ ނާރުތަކުންވެސް ބުނެ ނުދޭތޯ؟‬

‫‪16‬‬


‫ދެން އަޅުގަނޑު ބާލާލާނީ ނޮވެމްބަރު ތިނެއްގެ ހާދިސާއަށް‪ .‬އެއީ ދިވެހިންގެ ތެރެއިން އެއްވެސް ކުށެއްނެތް‬ ‫‪ 19‬ބޭކަލަކު ޝަހީދުކޮށްލި ރަހުކުޑަ ހާދިސާއެއް‪ .‬މި ‪ 19‬ބޭކަލުންގެ ތެރެއިން ‪ 8‬ބޭކަލުންނަކީ ދިވެހިރާއްޖޭ ގެ‬ ‫ފަޚުރުވެރި ސިފައިން‪ .‬ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ދުޝްމިނުންގެ ބަޑީގެ ވަޒަންތަކުން ދިވެހިން ގެ‬ ‫‪ 39‬ބޭކަލަކު ޒަޚަމުކޮށްލި‪ .‬ރާ އްޖޭގެ ވެރިކަމުގެ ދަހިވެތިކަމުގައި އޭރު އޮތް ޤާނޫނީ ވެރިކަން ބަދަލުކުރުމަ ށް‬ ‫ޒަމާނީ ހަތިޔާރާއެކު ރާއްޖެ ގެނައީ އޭރު ދުނިޔޭގައި ބިރުކުޑަކަމުންނާއި ގެރިއްލާ ހަނގުރާމައިގައި އެންމެ‬ ‫މަޝްހޫރު ތަމަޅަ ޓެރަރިސްޓުން‪.‬‬ ‫‪ 80‬ތަމަޅަ ޓެރަރިސްޓުންނާއެކު ޤައުމަށް ޚިޔާނާތްތެރިވި ޚާއިނުން ރާއްޖެއަރައި ފަތިސް ދަންމަތީގައި ދެމުންދި ޔަ‬ ‫ހަމަލާތަކަށް‬

‫ވަގުތުން ރައްދުދީ‪ ،‬ދުޝްމަނުން‬

‫ފަހަތަށް ޖައްސައި ޤައުމު ސަލާމަތްކޮށްދެއްވި ދިވެހި‬

‫ސިފައިންނަށާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ‪ ،‬ރައީސް އަލްއުސްތާޛު މައުމޫން‬ ‫ޢަބްދުލްޤައްޔޫމާ ބެހޭގޮތުން ދައްކަމުންދާ ދޮގު ބުހުތާން ހުރިހާ ވާހަކަތަކެއް މިތަނުގައި ދެއްކުމުގެ ބޭނުމެއްނެތް‪.‬‬

‫‪17‬‬


‫ސިޔާސީ ޕޯޑިއަމްތަކަށް އަރާ‪ ،‬އެދުވަހު ސިފައިންނާއި ސިފައިންގެ ވެރިން ތިބީ ބޮނދާ ފިލަޔޭ ބުނީމާ‪،‬‬ ‫ދުޝްމަނުން ޖަހަމުންދިޔަ ވަޒަންތަކުގެ ކުރިމައްޗަށް‪ ،‬ލޯބިވާ މައިންބަފައިންނާއި އަނބިންނާއި ދަރިން ދޫކޮށް‬ ‫ނުކުމެ ޝަހީދުވި ބަޠަލުންގެ ހިތުގައި ރިހޭނެ ރިހުން ވަޒަން ކުރައްވާ‪ .‬އެ ބޭފުޅުންގެ އާއިލާތަކުގެ ބޭފުޅުން ގެ‬ ‫ހިތަށް ކުރާނެ އަސަރު ހިތްޕުޅަށް ގެންނަވާ‪ .‬އެދުވަހު ހުވަފަތްވި އަނބިންނާއި ޔަތީމުވި ދަރިން މި‬ ‫ފަސްގަނޑުގައި އަދިވެސް އެބަތިބި‪.‬‬

‫ތިޔަ ފެނިވަޑައިގަންނަވަނީ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ސިފައިން‪.‬‬

‫‪18‬‬


‫ޤައުމީ ބަޠަލުންގެ ޖިހާދާއި މި ޒަމާނުގެ‬

‫ގޮންޖެހުންތަކަށް ބަލާއިރު އެންމެ ބޮޑު ގޮންޖެހުމަކީ ޤައުމީ ލޯބީގެ‬

‫ހިތަކީ ދިވެހި ޤައުމިއްޔަތުކަން މިއަދުގެ ދަރިންނަށް ނޭނގުން‪ .‬ނުވަތަ އެކަމަށް އިޙްތިރާމު ނުކުރުން‪ .‬އަދި‬ ‫ދިވެހި ޤައުމިއްޔަތުގެ އެންމެ ބާރުގަދަ އަސާސަކީ އިސްލާމްދީންކަން ވަޒަން ނުކުރުން‪ .‬އެކަން ޤަބޫލު ނުކުރުން‪.‬‬ ‫ޒަމާނުއްސުރެ ދިވެހިންގެ ހިތްތަކުގައި ދީނީ ލޯތްބަށް އޮތް އިސްކަން ކުޑަކޮށް ދީނީ ބައިބައިވުން އުފަންކޮށް‪،‬‬ ‫އިސްލާމްދީން ފިޔަވައި އެހެން ދީންތަކަށް މި ޤައުމުން ޖާގަ ހޯދަން ކުރާ މަސައްކަތްތައް‪.‬‬ ‫ދިވެހިބަހަށް ދެވޭ އިސްކަމާއި ޤަދަރާއި ހައިބަތަށް އިހުމާލުވުން‪ .‬ދިވެހިބަހަކީ ޒަމާނަށް ނުފެތޭ ބޯދާ ބަހެއް ގެ‬ ‫ގޮތުގައި އަދި ކ ުރިއެރުމާއި ތަރައްޤީއަށް އޮތް ހުރަހެއް ކަމަށް ހިވާ ހީވުން‪.‬‬ ‫ދިވެހިންގެ އާދަކާދައާއި ސަޤާފަތަކީ އެއްވެ ސް ހުރުމަތެއްނެތް އިހުތިރާމެއްނެތް ކަންތައްތަކެއް ކަމަށް ބެލުން‪.‬‬ ‫ދިވެހިންގެ ތާރީޚަކީ އެއްވެސް ޙަޤީޤަތެއްނެތް ފުލޯކު ވާހަކައެއްގެ ގޮތުގައި ދެކުން‪.‬‬

‫‪19‬‬


‫ޤައުމީ ބ ަޠަލުންނާއި އަބްޠާލުންގެ ޤައުމީ ޖިހާދާއި ޤައުމީ ޚިދުމަތް އަޅުގަނޑުމެންނަށް ނޭނގުން‪ .‬އަމިއްލަ‬ ‫އެދުމަށްޓަކައި އަޅުގަނޑުމެންގެ ދެވަނަ މަންމަ ކަމުގައިވާ މި ލޮބުވެތި ވަޠަން ހަވަރަށް ދިނުން‪ .‬ޤައުމަށް ކޮންެ މެ‬ ‫ގޮތެއްވިޔަސް‪ ،‬ތިމާ ސަލާމަތްވާނެ ކަމަށް ހީކޮށް އުފާކުރުން‪.‬‬ ‫އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ ޤައުމީ ބަޠަލުންގެ ޖިހާދުގެ އަގުވަޒަން ކުރާ ބައެއް ކަމުގައި އަޅުގަނޑުމެ ން‬ ‫ދިވެހި ދަރިން ލެއްވުން އެދި ދުޢާކުރަމުން‪ .‬އަދި ހުރަވީ ދުވަހުގެ ބަޠަލު އައްސުލްޠާނުލް ޣާޒީ ޙަސަ ން‬ ‫ޢިއްޒުއްދީނާއި ހުރިހާ ޤައުމީ ބަޠަލުންނާއި އަބްޠާލުންނަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ރަހުމަތް ލެއްވުން އެދި‬ ‫ދުޢާ ކުރަމުން‪ .‬ވަރަށް ބޮޑަށް ޝުކުރިއްޔާ‪.‬‬ ‫والسّالم عليــكم ورحـمــة اللّـه وبـركاتـه‬

‫‪20‬‬


Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.