Page 1


‫ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު‬

‫"ފ ް‬ ‫ަސ ލާ ފޮރު ވާލިޔަކަ ް‬ ‫ސ‪"..‬‬

‫މޭޖަރ އަޙްމަދު ޢާޠިފުގެ ހަނދާންތައް‬

‫‪2019‬‬


‫ފަސްލާ ޮފރުވާލިޔަކަސް‪ ...‬މޭޖަރ އަޙްމަދު ޢާޠިފުގެ ހަނދާންތައް‬ ‫ކޮޕީ ރައިޓް ‪ 2019‬ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު‬ ‫މި ފޮތުގެ ހުރިހާ ޙައްޤެއް ލިބިގެންވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށެވެ‪ .‬ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ‬ ‫ހުއްދައެއް ލިޔުމަކުން ލިބިގެން މެނުވީ މި ފޮތް ނުވަތަ މި ފޮތުން ބައެއް ނަމަވެސް ކޮޕީ ހައްދައިގެން ނުވަތަ ޗާޕުކޮށްގެން‬ ‫ނުވަތަ އެނޫންވެސް ގޮތަކަށް ތައްޔާރުކޮށްގެން ވިޔަފާރީގެ ގޮތުގައި ބޭނުންކުރުމަކީ މަނާ ކަމެކެވެ‪.‬‬ ‫މި ފޮތުގައި ޝާއިޢުކުރެވިފައިވާ ލިޔުންތަކުގައި ހިމެނޭ ޚިޔާލުތަކަކީ އެ ލިޔުމެއް ލިޔުއްވި ފަރާތެއްގެ ޚިޔާލެވެ‪.‬‬ ‫މި ފޮތުގައި ހިމެނިފައި މިވާ މޭޖަރ އަޙްމަދު ޢާޠިފުގެ ގިނަ ފޮޓޯތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މީޑިއާ އެންޑް‬ ‫ޕަބްލިޝިންގ ސާރވިސްގައި ރައްކާތެރި ކުރެވިފައިވާ ފޮޓޯތަކެކެވެ‪ .‬މީގެއިތުރުން މޭޖަރ އަޙްމަދު ޢާޠިފުގެ ލޮބުވެތި‬ ‫ޢާއިލާއިންނާއި ހެޔޮއެދޭ ރަޙުމަތްތެރިން ޙިއްޞާ ކުރައްވާފައިވާ ބައެއް ފޮޓޯ ވެސް ހިމެނިފައިވާނެއެވެ‪.‬‬ ‫ފޮތް ލިޔެ އެކުލަވާލީ‪ :‬ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު (‪)A046844‬‬ ‫މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް‬ ‫މާލެ‪ ،‬ދިވެހިރާއްޖެ‬ ‫ފުރަތަމަ ޗާފް‪2019 :‬‬

‫އައި‪.‬އެސް‪.‬ބީ‪.‬އެން‪978-99915-59-60-5 :‬‬

‫ ‬

‫‪2‬‬


‫ފިހުރިސްތު‬ ‫‪---------------------------------------------------------------------------------------------‬‬‫ ‬ ‫‪1.1‬ސިފައިންގެ ތަޢުޒިޔާ‬

‫‪ 6‬‬

‫ނސް ޯފސް‬ ‫ޗީފް ޮއ ްފ ިޑފެ ް‬ ‫‪---------------------------------------------------------------------------------------------‬‬‫‪8‬‬

‫‪2.2‬މިނިސްޓަރ އޮފް ޑިފެންސްގެ ޚިޠާބު‬ ‫ރޔާ ައ ްޙ ަމދު ީދދީ‬ ‫ސ ާތޛާ ާމ ި‬ ‫ނސް ައ ްލ ުއ ް‬ ‫ސޓަރ އޮ ްފ ިޑފެ ް‬ ‫ނ ް‬ ‫މި ި‬

‫‪---------------------------------------------------------------------------------------------‬‬‫‪10‬‬

‫‪3.3‬ޗީފް އޮފް ޑިފެންސް ފޯސްގެ ޚިޠާބު‬ ‫ޝ ާމލް‬ ‫ރލް ަޢ ްބދުﷲ ަ‬ ‫ނ ަ‬ ‫ނސް ޯފސް ޭމޖަރ ޖެ ެ‬ ‫ޗފް ޮއ ްފ ިޑފެ ް‬ ‫ީ‬

‫‪---------------------------------------------------------------------------------------------‬‬‫‪4.4‬ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ ޚިޠާބު‬

‫ ‬

‫‪ 12‬‬

‫ޝ ާޔމް‬ ‫ރ ަޓޔަރޑް) ައ ްޙ ަމ ުދ ި‬ ‫ރ ްލ ( ި‬ ‫ނ ަ‬ ‫ނސް ޯފސް ޭމޖަރ ޖެ ެ‬ ‫ޗފް ޮއ ްފ ިޑފެ ް‬ ‫ީ‬ ‫‪---------------------------------------------------------------------------------------------‬‬‫ ‬ ‫‪5.5‬ލިޔުންތެރިޔާ ބަސް‬

‫ ‬

‫‪ 14‬‬

‫ސ ީޢދު‬ ‫ނޓް ޭމޖަރ ަޢ ްބދުﷲ ަ‬ ‫ނ ްޑ ސާރޖަ ް‬ ‫ޮކމާ ް‬ ‫‪---------------------------------------------------------------------------------------------‬‬‫‪6.6‬މޭޖަރ އަޙްމަދު ޢާޠިފުގެ ސިފައިންގެ ޚިދުމަތް ‬

‫‪ 16‬‬

‫ސ ީޢދު‬ ‫ނޓް ޭމޖަރ ަޢ ްބދުﷲ ަ‬ ‫ނޑް ސާރޖަ ް‬ ‫ޮކމާ ް‬ ‫‪---------------------------------------------------------------------------------------------‬‬‫‪7.7‬މޭޖަރ އަޙްމަދު ޢާޠިފުގެ ޚިދުމަތްތަކުގެ ތެރެއިން ޓްރާންސްފޯޓް ސާރވިސް‬

‫‪24‬‬

‫ޭމޖަރ ަޢ ްބދުﷲ ަޢލީ‬ ‫‪---------------------------------------------------------------------------------------------‬‬‫‪8.8‬އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފާއި އަޅުގަނޑު ‬

‫‪ 26‬‬

‫ނ ުކ ( ާދރީ)‬ ‫ޭމޖަރ ަޢލީ މަ ި‬ ‫‪---------------------------------------------------------------------------------------------‬‬‫‪9.9‬މޭޖަރ އަޙްމަދު ޢާޠިފުގެ މިއުޒިކީ ޚިދުމަތް‬

‫ ‬

‫‪ 30‬‬

‫ސއިން ަޢލީ‬ ‫ނ ްލ ުޙ ަ‬ ‫ނޓް ކާ ަ‬ ‫ެލ ްފޓިނަ ް‬ ‫‪---------------------------------------------------------------------------------------------‬‬‫‪3‬‬


‫‪---------------------------------------------------------------------------------------------‬‬‫‪1010‬ގެއްލިގެން އެދިޔައީ ހިތްހެޔޮ ބަސްމަދު ރަޙުމަތްތެރިއެއް‬

‫‪40‬‬

‫ރ ީހމް ާޢ ިޒމް‬ ‫ެކ ްޕޓަން ިއބް ާ‬ ‫‪---------------------------------------------------------------------------------------------‬‬‫‪ 1111‬ފަސްލާ ފޮރުވާލިޔަކަސް ދެ އަތުން‪-‬އަސްލުގަ ތި ހަނދާން ނުފިލާނެ ހިތުން ‪ 44‬‬ ‫ރމް‬ ‫ސ ާމ ީޢލް ައކް ަ‬ ‫ނޓް ިއ ް‬ ‫ސޓް ެލ ްފޓިނަ ް‬ ‫ަފ ް‬ ‫‪---------------------------------------------------------------------------------------------‬‬‫ ‬ ‫‪ 1212‬ޢާޠިފް ސަރ ‪ -‬ހިތްތަކަށް އުފާވެރިކަން ގެނެސްދެއްވި‬

‫‪48‬‬

‫ނޓް ޭމޖަރ ައ ްޙ ަމދު ަޢ ްބދުﷲ‬ ‫ނ ްޑ ސާރޖަ ް‬ ‫ޮކމާ ް‬ ‫‪---------------------------------------------------------------------------------------------‬‬‫‪50‬‬

‫‪ 1313‬އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފުގެ ހަނދާނުގައި‬ ‫ސއިން ަޢލީ‬ ‫ނ ްޓ ުޙ ަ‬ ‫ސޓް ެލ ްފޓިނަ ް‬ ‫ަފ ް‬

‫‪---------------------------------------------------------------------------------------------‬‬‫‪ 1414‬ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި މޭޖަރ އަޙްމަދު ޢާޠިފް ‬

‫‪ 52‬‬

‫ސ ީޢދު‬ ‫ނޓް ޭމޖަރ ަޢ ްބދުﷲ ަ‬ ‫ނ ްޑ ސާރޖަ ް‬ ‫ޮކމާ ް‬ ‫‪---------------------------------------------------------------------------------------------‬‬‫‪ 1515‬ސިފައިންގެ ލަވައިގެ ކޮޕީރައިޓްސް ހޯއްދެވުމުގައި މޭޖަރ އަޙްމަދު ޢާޠިފް ‬ ‫ކުރެއްވި މަސައްކަތް‬

‫ ‬

‫ސ ީޢދު‬ ‫ނޓް ޭމޖަރ ަޢ ްބދުﷲ ަ‬ ‫ނ ްޑ ސާރޖަ ް‬ ‫ޮކމާ ް‬

‫‪56‬‬ ‫ ‬

‫‪---------------------------------------------------------------------------------------------‬‬‫ ‬ ‫‪ 1616‬މެންޓަރ އެއް އަދި ދެ ގޮތެއްނުވި ގާތް އެކުވެރިއެއް‬

‫‪ 58‬‬

‫ޞރު‬ ‫ނ ީ‬ ‫ސ ާމ ީޢލް ަ‬ ‫ނލް ިއ ް‬ ‫ނޓް ކާ ަ‬ ‫ެލ ްފޓިނަ ް‬ ‫‪---------------------------------------------------------------------------------------------‬‬‫ ‬ ‫‪ 1717‬އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފް ވަކިވެދިއުމުން‬

‫‪ 66‬‬

‫ރ ްޙމާން‬ ‫ޟ ްލ ަޖ ުއފަރު ަޢ ްބ ުދ ްއ ަ‬ ‫ައ ްލ ާފ ި‬ ‫‪---------------------------------------------------------------------------------------------‬‬‫‪ 1818‬އަޅުގަނޑުގެ ލޯބިވާ ބައްޕަގެ ހަނދާނުގައި‬

‫ ‬

‫‪ 74‬‬

‫ޟލް ުޢމަރު ާމއިން ާޢ ިތފް‬ ‫ައ ްލ ާފ ި‬ ‫‪---------------------------------------------------------------------------------------------‬‬‫‪4‬‬


‫‪---------------------------------------------------------------------------------------------‬‬‫‪ 1919‬އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފުގެ ވަކިވުމެއްނެތް ހަނދާންތައް ‬

‫‪ 80‬‬

‫ސ ީޢދު‬ ‫ރލް ުމ ަޙ ްއ ަމދު ަޔ ީޒ ުދ ަ‬ ‫ޯކ ްޕ ަ‬ ‫‪---------------------------------------------------------------------------------------------‬‬‫‪ 2020‬ހިތްވަރު ދިނުމުގެ ޤައުމީ އިނާމް‬

‫ ‬

‫‪86‬‬

‫ރ ްއ ާޔގެ ޮއ ީފސް‬ ‫ސ ްލ ުޖ ްމ ޫހ ި‬ ‫ރ ީއ ު‬ ‫ަ‬ ‫‪---------------------------------------------------------------------------------------------‬‬‫ ‬ ‫‪ 2121‬ޢާޠިފަކީ އާދައިގެ މީހެއް ނޫން‪ ،‬އެއަށްވުރެ ޚާއްޞަ‬

‫‪ 94‬‬

‫ނޞީރު‬ ‫ސ ާމ ީޢލް ަ‬ ‫ޟލް ިއ ް‬ ‫ައލް ާފ ި‬ ‫‪---------------------------------------------------------------------------------------------‬‬‫‪ 2222‬މޭޖަރ އަޙްމަދު ޢާޠިފުގެ ފަނޑުވުމެއްނެތް ހަނދާންތައް ‬

‫‪100‬‬

‫ޟލް ުޢމަރު ާމއިން ާޢ ިތފް‬ ‫ައ ްލ ާފ ި‬ ‫‪---------------------------------------------------------------------------------------------‬‬‫‪ 2323‬އަގުހުރި ޚިދުމަތްތެރިއެއްގެ ކުއްލި ވަކިވުން‪ ،‬ޤައުމަށް ލިބުނު ‬ ‫ފޫނުބެއްދޭވަރުގެ ގެއްލުމެއް‬

‫ ‬

‫‪104‬‬

‫ޟލް ާއ ަދމް ނަ ާވޒް‬ ‫ައ ްލ ާފ ި‬ ‫‪---------------------------------------------------------------------------------------------‬‬‫‪ 2424‬އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފުގެ ހަނދާނުގައި‬ ‫ ‬

‫‪ 108‬‬

‫ޟލް ައބޫ ަބކުރު ާއ ަދމް‬ ‫ައ ްލ ާފ ި‬

‫‪---------------------------------------------------------------------------------------------‬‬‫‪ 2525‬މޭޖަރ ޢާޠިފް ސަރގެ ހަނދާނުގައި ‬ ‫ ‬

‫‪ 109‬‬

‫ސ ީޢދު‬ ‫ނޓް ޭމޖަރ ޢަ ްބދުﷲ ަ‬ ‫ނޑް ސާރޖަ ް‬ ‫ޮކމާ ް‬

‫‪---------------------------------------------------------------------------------------------‬‬‫‪ 2626‬މޭޖަރ އަޙްމަދު ޢާޠިފް އަވަހާރަވުމާގުޅިގެން މީސް މީޑިއާގައި‪ ،‬‬ ‫ހެޔޮއެދޭ ބައެއް ފަރާތްތަކުން ފާޅުކުރައްވާފައިވާ ޝުޢޫރުތަކާއި ފޮނުއްވާ ‬ ‫ފައިވާ ތަޢުޒިޔާގެ މެސެޖްތައް‬

‫‪110‬‬

‫‪----------------------------------------------------------------------------------------------‬‬

‫‪5‬‬


‫‪c‬‬ ‫ރ ްއ ޭޖގެ ަޤ ުއމީ ިދ ާފޢީ ާބރު‬ ‫ދި ެވ ިހ ާ‬ ‫ދިވެހިރާއްޖެ‬

‫ނގެ ަތ ުޢ ިޒޔާ‬ ‫ސ ަފއި ް‬ ‫ި‬ ‫ނޑަރ‪ޭ ،‬މޖަރ ައ ްޙ ަމދު ާޢ ިޠފް‬ ‫ރ ާއގެ ެޑ ިޕ ުއޓީ ޮކމާ ް‬ ‫ނދަން ޭއ ި‬ ‫ނ ީޑ ެއފް ޮ‬ ‫ެއ ްމއެ ް‬ ‫ނ ަބރު‪ 2017 )953 :‬އޮގަސްޓް ‪ 20‬ވަނަ ދުވަހު ކުއްލި ގޮތަކަށް‬ ‫(ސާރ ިވސް ނަ ް‬ ‫ރ ޫޙމް ޭމޖަރ ައ ްޙ ަމދު ޢާ ިޠ ުފގެ ޮލބު ެވތި‬ ‫ައ ަވ ާހރަ ުވ ުމގެ ހި ާތ ަމ ިއގެ މި ދަނ ިޑ ަވ ުޅ ަގއި‪ަ ،‬އ ްލމަ ު‬ ‫ށއި ެހޔޮ‬ ‫ނ ާ‬ ‫ނ ަބރުން ަ‬ ‫ނ ެމހާ މެ ް‬ ‫ށއި ައދި ާޢ ިއ ާލގެ އެ ް‬ ‫ނ ާ‬ ‫ށއި ބޭ ުފޅުން ަ‬ ‫ނ ާ‬ ‫އަނ ިބކަނ ަބލުން ަ‬ ‫ނއި‪ަ ،‬އ ުޅގަނ ުޑގެ ައ ިމ ްއލަ‬ ‫ސ ަފއިން ާ‬ ‫ނށް ދި ެވހި ި‬ ‫ރހާ ޭބ ުފޅުން ަ‬ ‫ނވާ ހު ި‬ ‫ެއ ިދ ަވ ަޑ ިއގަން ަ‬ ‫ރހާ‬ ‫ނ ަވ ެމވެ‪ަ .‬އދި މި ފުން ިހ ާތ ަމ ިއ ަގއި ހު ި‬ ‫ރ ަކ ާމ ެއކު ަތ ުޢ ިޒޔާ ދަން ަ‬ ‫ޞތެ ި‬ ‫ނ ުމ ަގއި ިއ ްޚ ާލ ް‬ ‫ަ‬ ‫ރ ްއ ޭޖގެ ަޤ ުއމީ ދި ާފޢީ‬ ‫ސ ަފއިން ަބ ިއ ެވރި ަވ ެމވެ‪ޭ .‬މޖަރ ައ ްޙ ަމދު ާޢ ިޠ ަފކީ ިދ ެވ ިހ ާ‬ ‫ިދ ެވހި ި‬ ‫ރ ްއ ާވ ަފ ިއވާ‬ ‫ޞ ެތރި ިޚ ުދ ަމތް ަތ ެކއް ުކ ަ‬ ‫ރށް އި ްޚ ާލ ް‬ ‫ނށް ވަ ަ‬ ‫ށއި‪ި ،‬ދ ެވހި ިމ ުއ ިޒކީ ފަން ަ‬ ‫ރ ާ‬ ‫ާބ ަ‬ ‫ރ ޫޙމް ޭމޖަރ ައ ްޙ ަމދު ޢާ ިޠ ަފށް‬ ‫ޞތެރި ުދ ާޢ ައކީ ައ ްލ ަމ ު‬ ‫ޭބ ުފ ެޅ ެކވެ‪ަ .‬އ ުޅގަނ ުޑގެ ިއ ްޚ ާލ ް‬ ‫ނ ެމހާ‬ ‫ނވާ އެ ް‬ ‫ށއި ެހ ޮޔ ެއ ިދ ަވ ަޑ ިއގަން ަ‬ ‫ރ ުޙ ަމ ްތ ަލއް ަވއި‪ާ ،‬ޢ ިއ ާލ ައ ާ‬ ‫ރ ޭގގެ ާދ ިއމީ ަ‬ ‫ސ ަވ ު‬ ‫ު‬ ‫ރކަން ެދ ްއ ުވ ެމވެ‪.‬‬ ‫ނށް ެކ ްތ ެތ ި‬ ‫ޭބ ުފޅުން ަ‬ ‫ ‬

‫ ‬

‫ނސް ޯފސް‬ ‫ޗީފް ޮއ ްފ ިޑފެ ް‬


‫ނގެ‬ ‫ސ ަފއި ް‬ ‫ނ ާގ ަފއިވާ ި‬ ‫ސޓް ަތ ުކ ަގއި ަ‬ ‫ރ ަކ ުޒ ަތ ުކގެ ިދދަ ޯޕ ް‬ ‫ނގެ މަ ު‬ ‫ސ ަފއި ް‬ ‫ރ ުވ ާމ ުގ ިޅގެން ި‬ ‫ޭމޖަރ ައ ްޙ ަމދު ޢާ ިޠފު އަ ަވހާ ަ‬ ‫ިދދަ‪ޭ ،‬މޖަރ ައ ްޙ ަމދު ޢާ ިޠފް ައ ަވ ާހރަ ުވ ުމގެ ިހ ާތ ަމ ިއ ަގއި ‪ 2017‬އޮގަސްޓް ‪ 20‬ވަނަ ުދ ަވހު ަބ ިއދަނ ިޑ ައށް‬ ‫ރގެ ަމ ާޤ ުމ ަގއި‬ ‫ނޑަ ު‬ ‫ރ ާއގެ ެޑ ިޕ ުއޓީ ޮކމާ ް‬ ‫ނދަން ޭއ ި‬ ‫ނ ީޑ ެއފް ޮ‬ ‫ރވީ ެއ ްމއެ ް‬ ‫ރއް ިވއެވެ‪ޭ .‬މޖަރ ައ ްޙ ަމދު ޢާ ިޠފް އަ ަވ ާހ ަ‬ ‫ރ ުކ ެ‬ ‫ިތ ި‬ ‫ނ ާމދޫން ޭމޖަރ‬ ‫ސ ްޓ ަގއެވެ‪ .‬ހަ ި‬ ‫ނ ާމދޫ ޯޕ ް‬ ‫ރ ާއގެ ހދ‪ .‬ހަ ި‬ ‫ނދަން ޭއ ި‬ ‫ނ ީޑ ެއފް ޮ‬ ‫ނ ޮކށް‪ެ ،‬އ ްމއެ ް‬ ‫ިޑ ުއ ީޓ ަގއި ހުންނަވަ ި‬ ‫ނދޯން ާބ ަލ ިއގެން‬ ‫ށ ޮކޅު ޮއތް ސަ ް‬ ‫ސ ްޓ ާގޑުން ަހ ި‬ ‫ސ ްޓ ާގ ުޑ ަގއެވެ‪ޯ .‬ކ ް‬ ‫ނވީ ޯކ ް‬ ‫ށ ޮކޅު ާމލެ ގެން ެ‬ ‫ައ ްޙ ަމދު ާޢޠި ުފގެ ަހ ި‬ ‫އެމްބިއުލާންސަށް އެރުވީ އަދި ސަހަރާއަށް ގެންދިއުމުން ސަންދޯއް އެމްބިއުލާންސުން ބާލައިގެން ހިނަވާގެއަށް‬ ‫ސ ަހރާ‬ ‫ސ ިޖ ިދލް ަތޢާވުން‪ާ ،‬އ ަ‬ ‫ނ ާމދު ުކރެވުނީ ަމ ް‬ ‫ނވެ‪ަ .‬ކށު ަ‬ ‫ނ ޯފ ުމ ަގއި ިތބި ސި ަފއިން ެ‬ ‫ެވ ްއދީ ޮކ ްމ ެބޓް ޔު ި‬ ‫ސ ިކތުން‬ ‫ށ ަފހު ިމ ް‬ ‫ނ ާމ ަދ ް‬ ‫މިސްކިތުގައި ‪ 2017‬އޮގަސްޓް ‪ 20‬ވަނަ ދު ަވ ުހ ެގރޭ ‪ާ 11:30‬ހއިރު އެވެ‪ަ .‬ކށު ަ‬ ‫ނ ެދ ިވ ަފ ިއވަނީ‬ ‫ނ ޯދއް ގެ ް‬ ‫ރ ަޙ ްއ ަދށް ޭމޖަރ ައ ްޙ ަމދު ާޢ ިޠ ުފގެ ސަ ް‬ ‫ރމުން ަވ ުޅ ުލ ަމށް ަހ ަމ ެޖހި ަފއިވާ ސަ ަ‬ ‫ނ ު‬ ‫ނ ޯދއް ެ‬ ‫ސަ ް‬ ‫ރގެ‬ ‫ރކާ ު‬ ‫ސ ު‬ ‫ނ ާޒ ަގއި ަ‬ ‫ނގެ ކޮނ ުޑ ަމ ީތ ަގއި ިޢ ްއ ަޒ ުތ ަގއެވެ‪ޭ .‬މޖަރ ައ ްޙ ަމދު ާޢ ިޠ ުފގެ ޖަ ާ‬ ‫ސ ަފއި ް‬ ‫ޔުނި ޯފ ުމ ަގއި ިތބި ި‬ ‫ރށް ގިނަ‬ ‫ރއިން ަވ ަ‬ ‫ނގެ ެތ ެ‬ ‫ރ ްއ ިޔތު ް‬ ‫ނމު ަ‬ ‫ނއި އާ ް‬ ‫ސ ަފއިން ާ‬ ‫ރށް ގިނަ ައ ަދ ެދ ްއގެ ި‬ ‫ނއި‪ަ ،‬ވ ަ‬ ‫ަބ ެއއް ިއސް ޭބ ުފޅުން ާ‬ ‫ނ ިވ ެއވެ‪.‬‬ ‫ައ ަދ ެދ ްއގެ ަބ ަޔކު ަބ ިއ ެވރިވެ ަވ ަޑ ިއގެން ެ‬


‫‪c‬‬ ‫ނސް‬ ‫ސ ްޓރީ ޮއ ްފ ިޑފެ ް‬ ‫ނ ް‬ ‫މި ި‬ ‫ ‬

‫ރ ްއޖެ‬ ‫ާމލެ‪ ،‬ދި ެވ ިހ ާ‬

‫ސގެ ިޚ ާޠބު‬ ‫ނ ް‬ ‫ސޓަރ ޮއ ްފ ިޑފެ ް‬ ‫ނ ް‬ ‫މި ި‬ ‫ގަދަކީރިތިވަންތަ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަމެވެ‪ .‬ޞަލަވާތާއި ސަލާމް‬

‫ލެއްވުން އެދި ދުޢާކުރަނީ މި އުންމަތުގެ މާތް ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށެވެ‪ .‬މި‬ ‫ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލު ކުރަމެވެ‪.‬‬ ‫މޭޖަރ އަޙްމަދު ޢާޠިފް އަވަހާރަވި ކަމުގެ ޚަބަރު އަޅުގަނޑު‬

‫އަޑު އެހީ ކުއްލި ހައިރާންކަމަކާއި‬

‫ފުން ހިތާމައާ އެކުގައެވެ‪ .‬އެމްއެންޑީއެފް ނޮދަންއޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމުގައި ހުންނަވަނިކޮށް‪،‬‬

‫މޭޖަރ އަޙްމަދު ޢާޠިފު ކުއްލި ގޮތަކަށް އަބަދުގެ އަބަދަށް ވަކިވެވަޑައިގެންނެވުމަކީ ދިވެހި ސިފައިންނަށާއި‬ ‫ދިވެހި ޤައުމަށް ވެސް ލިބިގެންދިޔަ ވަރަށް ފުން ހިތާމައެކެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފަކީ ޢާއިލީގޮތުން ވެސް‬

‫އަޅުގަނޑާ ގާތް ބޭފުޅެކެވެ‪ .‬އެއީ އަޅުގަނޑުގެ ފިރިމީހާ‪ ،‬މުޙައްމަދު ޢާމިރުގެ ގާތް ރަޙުމަތްތެރިއެކެވެ‪ .‬އަދި‬

‫މޭޖަރ ޢާތިފުގެ ދަރިކަލުން ޔޫސުފް ޔޫހާން ޢާޠިފް އާއި‪ ،‬އަޅުގަނޑުގެ ދަރިފުޅު އައްފާނަކީ ކުޑައިރުއްސުރެ‬ ‫ވަރަށް ގާތް ދެ ރަޙުމަތްތެރިންނެވެ‪ .‬އެ ދެ ކުދިންގެ ރަޙުމަތްތެރިކަމުގެ ތެރެއިން ވެސް ދެ ޢާއިލާގެ ދެމެދުގައި‬

‫އިތުރު ގާތްކަމެއް ވަނީ އުފެދިފައެވެ‪ .‬މި ފުރުސަތުގައި މޭޖަރ އަޙްމަދު ޢާޠިފަށް ހެޔޮ ރަޙުމަތްލެއްވުން އެދި‬ ‫ދުޢާކޮށް‪ ،‬މޭޖަރ ޢާޠިފުގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ދަންނަވަމެވެ‪.‬‬

‫އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް މި ދުނިޔެއާ ވަކިވެގެންދާނެ މީހެކެވެ‪ .‬ކޮންމެ މީހަކުވެސް‬

‫ދުނިޔޭގެ ދަންފަޅި ހަމަކޮށް‪ ،‬ވަކިވެގެން ދިއުމުން ދުނިޔެމަތީގައި ފެންނަން ހުންނާނީ އެ މީހެއްގެ‬ ‫އިޚްލާޞްތެރި ޚިދުމަތެވެ‪ .‬އެ މީހަކު ދުނިޔެއަށް ދޫކޮށްފައިދާ ނިޝާންތަކެވެ‪ .‬މޭޖަރ ޢާޠިފް ގިނަ ބަޔަކު‬ ‫ދަންނަނީ ހަމައެކަނި ސިފައިންގެ ސީނިއަރ އޮފިސަރެއްގެ ގޮތަކުނޫނެވެ‪ .‬އެއީ‪ ،‬ރާއްޖޭގެ ގިނަ ބަޔަކު‬

‫ދެނެވަޑައިގަންނަވާ މަޝްހޫރު އަދި އެހާމެ މަޤްބޫލު ލަވަކިޔުންތެރިއެއް ވެސް މެއެވެ‪ .‬އެއީ‪ ،‬މީހުންނާ ގުޅޭ‬ ‫ހިތްހެޔޮ އޯގާތެރި‪ ،‬މަޑުމައިތިރި ބޭފުޅެކެވެ‪ .‬އެއީ‪ ،‬ވަރަށް ގިނަ ބަޔަކާ ވަރަށް ގާތްގުޅުންތަކެއް ބެހެއްޓެވި‬

‫ދިވެހި ކުދި ބޮޑު އެންމެން ދަންނަ ޝަޚްސިއްޔަތެކެވެ‪ .‬މޭޖަރ ޢާޠިފުގެ ކުއްލި ވަކިވެވަޑައިގަތުމުގެ ސަބަބުން‬ ‫މުޅި ޤައުމަށް އެކަމުގެ އަސަރުކުރީ އެހެންވެގެންނެވެ‪.‬‬

‫‪8‬‬


‫މި ފޮތުން އެ އަސަރުތައް އެބަ ފެނެއެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފުގެ އަގުހުރި ޤައުމީ ޚިދުމަތުގެ ޒިކުރާ‬

‫އާކޮށްދެއެވެ‪ .‬ސިފައިންގެ ޚިދުމަތުގައި ‪ 30‬އަހަރަށްވުރެ ގިނަ ދުވަހު ޤައުމަށް ޚިދުމަތް ކުރައްވާފައިވާ‪،‬‬

‫މޭޖަރ އަޙްމަދު ޢާޠިފުއަށް ލިބިވަޑައިގެންފައިވާ ހުނަރުވެރިކަމާއި ފަންނުވެރިކަމާއި ޤާބިލުކަން ޤައުމީ‬ ‫ޚިދުމަތަށް ހުސްކޮށްލަދެއްވި ހަނދާންތައް އާކޮށްދެއެވެ‪.‬‬

‫މޭޖަރ އަޙްމަދު ޢާޠިފް އަބަދުގެ އަބަދަށް މި ދުނިޔެއާ ވަކިވެވަޑައިގެންނެވުމަކީ ދިވެހި‬

‫އަސްކަރިއްޔާއަށާއި‪ ،‬ދިވެހިރާއްޖޭގެ މިއުޒިކީ ފަންނުވެރިކަމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހުސްކަމަކާއި‬

‫ފަޅުކަމެކެވެ‪ .‬ޚާއްޞަކޮށް ދިވެހި އަސްކަރިއްޔާއަށް ގެއްލިގެން އެދިޔައީ ވަރަށް އިޚްލާޞްތެރި އަގުހުރި‬ ‫ޚިދުމަތްތެރިއެކެވެ‪.‬‬

‫އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ މަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފުގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ‬

‫ރަޙުމަތް މިންވަރު ކުރައްވައި‪ ،‬ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމެވެ‪ .‬އަދި މޭޖަރ ޢާޠިފުގެ‬

‫ލޮބުވެތި އަނބިކަނބަލުންނަށާއި ބޭފުޅުންނަށާއި މަންމާފުޅަށާއި ޢާއިލާއަށް ކެތްތެރިކަން ދެއްވުމެވެ‪ .‬އާމީން!‬

‫ ‬

‫ ‬

‫‪ 16‬ޝަޢުބާން ‪1440‬‬

‫ ‬

‫‪ 21‬އެޕްރީލް ‪2019‬‬

‫ ‬

‫ ‬ ‫ ‬

‫މާރިޔާ އަޙްމަދު ދީދީ‬

‫‪9‬‬


‫‪c‬‬ ‫ރ ެޓ ްޑ ެހ ްޑ ްކ ޯއޓަރޒް‬ ‫ނ ެޓ ްގ ޭ‬ ‫އި ް‬ ‫މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް‬

‫ސގެ ިޚ ާޠބު‬ ‫ނސް ޯފ ް‬ ‫ޗފް ޮއ ްފ ޑިފެ ް‬ ‫ީ‬ ‫މަރާއި ދިރުން ޚަލްޤުކުރެއްވި ގަދަކީރިތިވަންތަ މާތް هللا سبحانه وتعالى އަށް ޙަމްދާއި ޝުކުރު‬

‫ކުރަމެވެ‪ .‬މި އުންމަތުގެ މާތް ނަބިއްޔާ محمد رسول هللا صلى هللا عليه وسلم އަށް ޞަލަވާތާއި ސަލާމްލެއްވުން‬ ‫އެދި ދުޢާކުރަމެވެ‪ .‬މި ދުޢާގައި އެ މާތް ނަބިއްޔާގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމެވެ‪.‬‬

‫މޭޖަރ އަޙްމަދު ޢާޠިފް‪ ،‬މި ފަނާވެނިވި ދުނިޔެއާ ކުއްލި ގޮތަކަށް އަލްވަދާޢު ކިޔުމަކީ އަޅުގަނޑަށް‬

‫ވަރަށް ބޮޑު ފުން ހިތާމައަކާއި އަސަރެއްކުރުވި ކަމެކެވެ‪ .‬ހިތާމައާއި ހިތްދަތި އެތައް ޝުޢޫރެއް ހިތަށް‬ ‫ވެރިކުރުވިއެވެ‪ .‬މޭޖަރ ޢާޠިފް އަވަހާރަވުމުގެ ދެތިން ދުވަސްކުރިން‪ ،‬އަޅުގަނޑާ ބައްދަލުވި ބައްދަލުވުން‬

‫ސިފަވާން ފެށިއެވެ‪ .‬އަބަދުވެސް ބަހައްޓަވާ ގާތްކަމާއި ދެގޮތެއް ނުވާ ރަޙުމަތްތެރިކަމުގެ މާޒީން ވެރިވަމުން‬ ‫ދިޔަ ހިތްދަތި ޝުޢޫރުތަކުން ދެ ލޯ ފެންކަޅިވިއެވެ‪ .‬إنا هلل إو�نا إليه راجعون ! "ހަމަކަށަވަރުން އަހުރެމެންގެ‬ ‫ހުރިހާކަމެއް މިލުކުވެ ވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށެވެ‪ .‬އަދި ހަމަކަށަވަރުން އަހުރެމެން‬ ‫އެނބުރިދާނީ ވެސް އެކަލާނގެ ހަޟްރަތަށެވެ‪".‬‬

‫އަޅުގަނޑުގެ އެކުވެރި‪ ،‬މޭޖަރ އަޙްމަދު ޢާޠިފުގެ ފުރާނައަށް ރަޙުމަތްލައްވައި‪ ،‬ޖަންނަތުލްފިރުދައުސްގައި‬

‫ލައްވާށިއެވެ‪ .‬އަދި މޭޖަރ ޢާޠިފުގެ ލޮބުވެތި މަންމާފުޅާއި އަނބިކަނބަލުންނާއި ދެ ބޭފުޅުންނާއި ޢާއިލާއަށް‬ ‫ކެތްތެރިކަން ދެއްވާށިއެވެ‪ .‬މޭޖަރ ޢާޠިފުގެ ލޮބުވެތި ޢާއިލާއަށާއި‪ ،‬ހެޔޮ އެދިވަޑައިގަންނަވާ އެންމެހާ‬

‫ބޭފުޅުންނަށް އަދި މޭޖަރ ޢާޠީފު ނިސްބަތްވެވަޑައިގަންނަވާ ހިތްވަރު ގަދަ "ސިފައިންގެ ޢާއިލާއަށް"‬ ‫އިޚްލާޞްތެރި ތައުޒިޔާ ދަންނަވަމެވެ‪.‬‬

‫މޭޖަރ އަޙްމަދު ޢާޠިފަށް އަވަހަރާވުމާއެކު އަދާކުރަންޖެހޭ އެންމެ ފަހުގެ އިޙްތިރާމު އަދާކުރުމަށްފަހު‬

‫ފަސްދާނު ލެވިއްޖެއެވެ‪ .‬އެހެންނަމަވެސް މޭޖަރ ޢާޠިފުގެ އަގުހުރި ޤައުމީ ޚިދުމަތުގެ ޒިކުރާ ދުވަހަކު ވެސް‬ ‫ފަނޑެއް ނުވާނެއެވެ‪ .‬ޕާރފޯމިންގ އާޓްސްގެ ދާއިރާއިން‪ ،‬ލަވަކިޔުމާއި މިއުޒިކު ކުޅުމާއި އަމިއްލަ ރާގު‬ ‫އުފެއްދުމުގެ ރޮނގުން ޤައުމަށް ކުރެއްވި ގިނަގުނަ ޚިދުމަތްތައް ދިރިދިރި ހުންނާނެއެވެ‪ .‬އަދި ‪ 30‬އަހަރަށްވުރެ‬

‫ގިނަ ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ތަފާތު ރޭންކުތަކުގައި ސިފައިންގެއަށާއި ޤައުމަށް‬ ‫ކޮށްދެއްވި އިޚްލާޞްތެރި ޤައުމީ ޚިދުމަތް ތާރީޚުން އަބަދުވެސް ފެންނާނެއެވެ‪ .‬ދިވެހި ސަރުކާރުން ދެއްވާ‬

‫‪10‬‬


‫ހިތްވަރުދިނުމުގެ ޤައުމީ އިނާމު‪ ،‬ޕާރފޯމިންގ އާޓްސްގެ ދާއިރާއިން މޭޖަރ ޢާޠިފް ވަނީ ޙާސިލުކުރައްވާފައެވެ‪.‬‬

‫އަދި ސިފައިންގޭގައި ތަފާތު ރޭންކުތަކުގައި ތަފާތު ދާއިރާތަކުގައި ވަނީ ޚިދުމަތް ކުރައްވާފައެވެ‪ .‬އޭގެތެރޭގައި‬ ‫ކޮމާންޑް އެޕޮއިންޓްމަންޓްތައް ވެސް ހިމެނެއެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފް އަވަހާރަވީ ވެސް ސިފައިންގެ‬ ‫ޚިދުމަތުގައި‪ ،‬ސިފައިންގެ ރަސްމީ ޑިއުޓީއެއްގައި ހުންނަވަނިކޮށެވެ‪.‬‬

‫މޭޖަރ އަޙްމަދު ޢާޠިފަކީ ސްކޫލު ދައުރުން ފެށިގެންވެސް މިއުޒިކަށް ލޯބިކުރެއްވި ބޭކަލެކެވެ‪ .‬މޭޖަރ‬

‫ޢާޠިފްގެ މި ހުނަރު ދިވެހި މިއުޒިކީ މެދުއުޑުގައި ފިޔަޖަހަންފެށީ ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި‬ ‫ފަހުންނެވެ‪ .‬އެއީ‪ ،‬ސިފައިންގެ ތެރެއަށް ޒަމާނީ މިއުޒިކު ތަޢާރަފު ކުރެއްވުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި‬ ‫އެއް ލީޑަރެވެ‪ .‬އެ ދުވަސްވަރު މޭޖަރ ޢާޠިފުއާއެކު އެންމެ ކައިރިން މަސައްކަތްކުރި އެއަކީ އަޅުގަނޑެވެ‪.‬‬ ‫އެއީ ސިފައިންގެ ކޮޕްސް ބޭންޑުގެ ރަން ޒަމާނެވެ‪ .‬އެ ދުވަސްވަރު މޭޖަރ އަޙްމަދު ޢާޠިފު އިސްވެ‬

‫ހުންނަވައި‪ ،‬ސިފައިނަށާއި ސިފައިންގެއަށްވަނީ ވަރަށް ރީތި ނަމަކާއި ޝަރަފެއް ހޯއްދަވައި ދެއްވާފައެވެ‪.‬‬ ‫ސިފައިންގެ ޚިދުމަތުގައި އުޅުއްވަމުން މިއުޒިކީ ދާއިރާއިން މޭޖަރ ޢާޠިފް ހޯއްދެވި ކާމިޔާބާއި ކުރިއެރުމަކީ‬ ‫ވެސް ނަމޫނާ މިސާލެކެވެ‪ .‬އެ ކުރިއެރުމާއި ކާމިޔާބީ މޭޖަރ އަޙްމަދު ޢާޠިފް ޙާސިލުކުރެއްވީ އަމިއްލަވަންތަ‬

‫ޚާއްޞަ ސިފަތަކަކާއެކުގައެވެ‪ .‬އެއީ ކޮންމެ މީހަކާވެސް އުފާވެރި ހިނިތުންވުމަކާއެކު ބައްދަލުކުރެއްވި‪ ،‬ތަފާތު‬

‫ފަންތީގެ ތަފާތު ގިންތީގެ ގިނަ ބަޔަކާ އެކުވެރިކަމާއި ރަޙުމަތްތެރިކަން ބޭއްވި ތެދުވެރި ރަޙުމަތްތެރިއެކެވެ‪.‬‬ ‫އެހެން މީހުންނަށް އިޙްތިރާމުކުރައްވައި‪ ،‬އެހެން މީހުންގެ އިޙްތިރާމާއި ލޯބި ހޯއްދެވި އަޚްލާޤާއި ސުލޫކު‬ ‫ވަރަށް ރަނގަޅު ޝަޚްސިއްޔަތެކެވެ‪.‬‬

‫އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮ ދުޢާ އަބަދުވެސް ވަނީ އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފާއި‬

‫އޭނާގެ ލޮބުވެތި ޢާއިލާއާ އެކުގައެވެ‪ .‬މާތް ﷲ‪ ،‬މޭޖަރ އަޙްމަދު ޢާޠިފަށް ހެޔޮ ރަޙުމަތް ލައްވައި‪ ،‬ސުވަރުގޭ‬

‫ދާއިމީ ރަޙުމަތާއި ނިޢުމަތުގައި ލައްވާށިއެވެ‪ .‬އަދި މޭޖަރ އަޙްމަދު ޢާޠިފުގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން‬ ‫މިންވަރުކުރައްވައި‪ ،‬ދެ ދުނިޔޭގައިވެސް ބާއްޖަވެރިކަން މިންވަރު ކުރައްވާށިއެވެ‪ .‬އާމީން‪.‬‬ ‫ ‬

‫‪ 16‬ޝަޢުބާން ‪1440‬‬

‫ ‬

‫‪ 21‬އެޕްރީލް ‪2019‬‬

‫ ‬

‫ ‬

‫ ‬

‫މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް‬

‫‪11‬‬


‫‪c‬‬

‫ސގެ ިޚ ާޠބު‬ ‫ނސް ޯފ ް‬ ‫ޗފް ޮއ ްފ ޑިފެ ް‬ ‫ރ ެގ ީ‬ ‫ުކ ީ‬ ‫މި ބިންމަތީގައި ލެއްވި ކޮންމެ އެއްޗަކީ ނެތި ފަނާވާނެ އެއްޗެއްކަމުގައި ލެއްވި ގަދަކީރިތިވަންތަ هللا‬

‫سبحانه وتعالى އަށް ޙަމްދާއި ޝުކުރު ކުރަމެވެ‪ .‬މި އުންމަތުގެ މާތް ނަބިއްޔާ محمد رسول هللا صلى هللا‬

‫عليه وسلم އަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަމެވެ‪ .‬މި ދުޢާގައި އެ މާތް ނަބިއްޔާގެ އިތުރު‬

‫އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމެވެ‪.‬‬

‫މޭޖަރ އަޙްމަދު ޢާޠިފް އަވަހާރާވުމުގެ ފުން ހިތާމައިގައި ހުރިހާ ސިފައިންނާއި‪ ،‬އަޅުގަނޑާއި‬

‫އަޅުގަނޑު ޢާއިލާއިން ބައިވެރިވެ‪ ،‬މޭޖަރ އަޙްމަދު ޢާޠިފަށް ސުވަރުގޭގެ ހެޔޮ ރަޙުމަތް ލެއްވުން އެދި‬

‫ދުޢާކޮށް‪ ،‬މޭޖަރ އަޙްމަދު ޢާޠިފުގެ ލޮބުވެތި އަނބިކަނބަލުންނަށާއި ބޭފުޅުންނަށާއި މަންމާފުޅަށާއި ޢާއިލާގެ‬ ‫އެންމެހާ ބޭފުޅުންނަށާއި‪ ،‬މޭޖަރ އަޙްމަދު ޢާޠިފަށް ހެޔޮ އެދިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ތަޢުޒިޔާ‬

‫ދަންނަވަމެވެ‪.‬‬

‫މޭޖަރ އަޙްމަދު ޢާޠިފަކީ ސިފައިންގޭގެ ވަރަށް ގިނަ ޔުނިޓްތަކެއްގައި ޚިދުމަތް ކުރައްވައި‪ ،‬އަދި‬

‫ސިފައިންގެ ބައެއް ޔުނިޓްތަކުގައި ކޮމާންޑަރެއްގެ ގޮތުން މަސައްކަތް ކުރައްވާފައިވާ ބޭކަލެކެވެ‪ .‬މޭޖަރ‬

‫އަޙްމަދު ޢާޠިފުގެ ‪ 30‬އަހަރަށްވުރެ ގިނަ ދުވަސްވީ ޚިދުމަތުގައި ފާހަގަ ކުރެވިފައިވަނީ އިޚްލާޞްތެރި‬ ‫ބޭކަލެއްގެ ގޮތުގައެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފަކީ ‪ 1988‬ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއާ ގުޅިގެން‬ ‫ސިފައިން ކުރި ވަރުގަދަ ޖިހާދުގައި ސިފައިންގެ އެތެރޭގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭކަލެކެވެ‪.‬‬ ‫އޭގެއިތުރުން ވޭތުވެދިޔަ ‪ 30‬އަހަރުގެ ތެރޭގައި ސިފައިން ކުރި ހުރިހާ ބޮޑެތި މަސައްކަތްތަކެއްގައި މޭޖަރ‬

‫އަޙްމަދު ޢާޠިފް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފުގެ ސިފައިންގެ ޚިދުމަތުގެ ތެރެއިން‬ ‫ފުލުހުންގެ ތެރޭގައި ކުރެއްވި ޚިދުމަތްތަކާއި‪ ،‬މީޑީއާ އެންޑް ޕަބްލިޝިންގ ސާރވިސްގެ އިންޗާޖެއްގެ ގޮތުން‬ ‫ކުރެއްވި މަސައްކަތްތަކާއި‪ ،‬ޓްރާންސްޕޯޓް ސާރވިސްގެ ކޮމާންޑިންގ އޮފިސަރެއްގެ ގޮތުގައި ކުރެއްވި‬ ‫މަސައްކަތްތަކާއި‪ ،‬އެމްއެންޑީއެފް ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރެއްގެ ގޮތުން ކުރެއްވި ޚިދުމަތްތައް‬ ‫ޚާއްޞަ ގޮތެއްގައި ފާހަގަ ކުރަމެވެ‪.‬‬

‫‪12‬‬


‫ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި މޭޖަރ އަޙްމަދު ޢާޠިފް ކުރެއްވި ޚިދުމަތްތަކާއެކު އެންމެ ބޮޑު‬

‫ޚިދުމަތެއް ކޮށްދެއްވާފައިވަނީ ދިވެހި މިއުޒިކީ ފަންނަށެވެ‪ .‬ގިނަ ބަޔަކަށް ކުޅަދާނަ މޮޅު ލަވަކިޔުންތެރިއެއްގެ‬

‫ގޮތުގައި މޭޖަރ އަޙްމަދު ޢާޠިފް ފާހަގަކުރެވުނަސް އެއީ ލަވަ ކިޔުންތެރިއެއްގެ އިތުރުން‪ ،‬ވަރަށް ކުޅަދާނަ‬ ‫މޮޅު މިއުޒިޝަނެއް ވެސް މެއެވެ‪ .‬މިގޮތުން ސިފައިންގެ ކޮޕްސް ބޭންޑުގެ ތެރެއިން ވަރަށް ގިނަ އަމިއްލަ‬

‫ދިވެހި ރާގު އުފައްދަވާފައިވެއެވެ‪ .‬އަދި ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫޙާއި ޖޯޝް އުފެއްދުމަށް ވަރަށް‬ ‫ރީތި ޤައުމީ ލަވަތަކެއް ހުށަހަޅުއްވައި ދެއްވާފައިވެއެވެ‪ .‬މިހާރު ވެސް ކޮންމެ އަހަރެއްގެ ޤައުމީ ދުވަހު‬ ‫ސިފައިން ނެރެމުންދާ ޤައުމީ ލަވަ އަލްބަމުގެ މަސައްކަތް‪ ،‬ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް‬

‫(ރިޓަޔަރޑް) މުޙައްމަދު ޒާހިރުގެ ދުރުވިސްނުންފުޅާއެކު ނެރެންފެއްޓެވިއިރު އެ މަސައްކަތުގައި އެންމެ އިސް‬ ‫ދައުރެއް އަދާކުރެއްވީ މޭޖަރ އަޙްމަދު ޢާޠިފެވެ‪.‬‬

‫މޭޖަރ އަޙްމަދު ޢާޠިފުގެ ކުއްލި ވަކިވުމަކީ އަޅުގަނޑަށާއި ހުރިހާ ސިފައިންނަށް ވެސް ލިބިގެންދިޔަ‬

‫ވަރަށް ފުން ހިތާމައެކެވެ‪ .‬އެ ޚަބަރު ލިބުމާއެކު އެ ހިތާމައިގައި ސިފައިންގެ ދިދަ ބައި ދަނޑިއަށް‬ ‫ތިރިކުރެވުނެވެ‪ .‬އަދި އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމުގެ‬

‫ކަންތައްތައް‪ ،‬މޭޖަރ އަޙްމަދު ޢާޠިފުގެ ލޮބުވެތި ޢާއިލާއާ ގުޅިގެން ކުރިއަށް ގެންދެވުނެވެ‪ .‬މިއަދު ސިފައިންގެ‬ ‫ފަރާތުން މި ނެރެވޭ ފޮތަކީ މޭޖަރ އަޙްމަދު ޢާޠިފުގެ ޚިދުމަތުގެ ހަނދާންތައް އެއްކޮށް‪ ،‬ތާރީޚަށްޓަކައި‬ ‫ރައްކާތެރިކުރުމަށް ސިފައިންކުރާ ވަރަށް އަގުހުރި މަސައްކަތެއް ކަމުގައި ދެކެމެވެ‪ .‬މި މަސައްކަތަށް‬

‫މޭޖަރ އަޙްމަދު ޢާޠިފުގެ ލޮބުވެތި ޢާއިލާއިންނާއި ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން ދެއްވި އެހީތެރިކަމާއި‬ ‫އެއްބާރުލެއްވުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ‪.‬‬

‫އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފުގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި‪ ،‬ސުވަރުގޭ‬

‫ދާއިމީ ރަޙުމަތާއި ނިޢުމަތުގައި ލައްވާށިއެވެ‪ .‬އަދި މޭޖަރ އަޙްމަދު ޢާޠިފުގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން‬

‫ދެއްވާށިއެވެ‪ .‬އަދި މޭޖަރ އަޙްމަދު ޢާޠިފަށް ހެޔޮ އެދިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށާއި ހުރިހާ‬ ‫ސިފައިންނަށް ކެތްތެރިކަން ދެއްވާށިއެވެ‪ .‬އާމީން‬ ‫ ‬

‫‪ 16‬ޝަޢުބާން ‪1440‬‬

‫ ‬

‫‪ 21‬އެޕްރީލް ‪2019‬‬

‫ ‬

‫ ‬

‫ ‬

‫މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް‬

‫‪13‬‬


‫‪c‬‬

‫ލިޔުންތެރިޔާގެ ބަސް‬ ‫ބިސްމިއަށް ފަހު ދަންނަވަން ޙަމްދާއި ޝުކުރު ﷲ އަށް‬ ‫ ‬

‫ ‬

‫އިސްމުފުޅު ރައްބީގެ މަތިވެރި މާތް އިލާހުގެ ޙަޞްރަތަށް‬

‫އިތުރު ޞަލަވާތާއި ސަލާމުގެ ހެޔޮ ދުޢާ ތަކުރާރުކޮށް‬ ‫ ‬

‫ހިތުގެ ލޯތްބާއެކު މި އެދެނީ ލެއްވެވުން ކައު ސާހިބަށް‬

‫މާތްވި އާލުންނާއި ޞަހާބީން ހިމެނިގެންދާނޭ ގޮތަށް‬ ‫ ‬

‫މާތް އިތުރު ހެޔޮހާ ދުޢާތައް ދަންނަވަން އެދި ރަޙުމަތަށް‬

‫ދުނިޔޭއަކީ އިންސާނާގެ ޙަޔާތުގެ ދާއިމީ މަންޒިލެއް ނޫނެވެ‪ .‬މިއީ އިމްތިޙާނުގެ މާލަމެކެވެ‪.‬‬ ‫މިއީ އާޚިތަރަށް ދަތުރުކުރަން އޮތް ވަގުތީ ފާލަމެކެވެ‪ .‬އިންސާނާއަށް ލިބިފައިވާ ދުނިޔޭގެ ހަޔާތަކީ ޙައްދެއްވާ‬ ‫އެއްޗެކެވެ‪ .‬އެއްވެސް މީހަކަށް ނޭނގެނީ ދުނިޔޭގެ މި ދަންފަޅި ހަމަވާނެ ވަގުތެކެވެ‪ .‬އިންސާނާގެ ޙަޔާތުގެ‬ ‫ދަތުރު މިގޮތަށް ހިނގަމުންދާއިރު ބައެއް މީހުންގެ ޙަޔާތަކީ އަޖައިބެއް ކަހަލަ އެއްޗެކެވެ‪ .‬ދުނިޔޭގެ މި‬ ‫ފާލަމުގައި މަޑުކޮށްލައިގެން ހުންނަ ވަގުތު ކިތަންމެ ކުރުވި ނަމަވެސް އިޚްލާޞްތެރި ޚިދުމަތުގެ އަލި މުޅި‬ ‫ޤައުމަށް ފޯރުވާ ފާނެއެވެ‪ .‬އެތައް ހަނދާންތަކަކާއި ޒިކުރާތަކެއް ދޫކޮށްފާނެއެވެ‪ .‬ޚާއްޞަ ވަކި ފަންނެއްގެ‬ ‫ޚިދުމަތްތެރިއެއްގެ ގޮތުގައި ޤައުމީ ތާރީޚުގައި އެ ނަމެއް ބިންވަޅު ނަގާފާނެއެވެ‪.‬‬ ‫އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފަކީ އެފަދަ ޝަޚްޞިއްޔަތެކެވެ‪ .‬ދީނާއި ޤައުމުގެ ދިފާޢުގައި‬ ‫އަމިއްލަ ފުރާނަ ޤުރުބާންކުރައްވަން ކުރެއްވި މަތިވެރި ހުވާގެ މަތީގައި ‪ 30‬އަހަރަށްވުރެ ގިނަ ދުވަހު‬ ‫ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ‪ .‬ސިފައިންގެ ސީނިއަރ އޮފިސަރެކެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފް މި‬ ‫ފަނާވެނިވި ދުނިޔެއާ ކުއްލި ގޮަތަކަށް އަލްވަދާޢު ވިދާޅުވީއިރު ހުންނެވީ ސިފައިންގެ ޚިދުމަތުގައެވެ‪ .‬އޭރު‬ ‫ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމުގައެވެ‪.‬‬ ‫‪14‬‬


‫މީގެއިތުރުން މޭޖަރ އަޙްމަދު ޢާޠިފަކީ ލަވަ އާއި މިއުޒިކުގެ ދާއިރާގައި ދިވެހިރާއްޖޭގައި އެންމެ މަތީ‬ ‫ދަރަޖައިގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ‪ .‬އެ ރޮނގުން ޤައުމީ ޚިދުމަތުގެ އިނާމު ހާސިލުކުރައްވާފައިވާ‬ ‫ޤައުމީ ޚިދުމަތްތެރިއެކެވެ‪.‬‬ ‫މި ފޮތަކީ‪ ،‬މޭޖަރ އަޙްމަދު ޢާޠިފުގެ ހަނދާނުގައި އެކުލަވާލި ފޮތެކެވެ‪ .‬މި ފޮތް‬ ‫އެކުލަވާލެވިފައި މިވަނީ މޭޖަރ އަޙްމަދު ޢާޠިފުގެ ޤައުމީ ޚިދުމަތްތައް އެއްކޮށް ރައްކާތެރިކުރުމަށް‬ ‫މަގުފަހި ކުރުމުގެ އިތުރުން‪ ،‬އެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ‪ .‬ޚާއްޞަކޮށް އެތައް‬ ‫ބައެއްގެ ހިތުގައި މޭޖަރ އަޙްމަދު ޢާޠިފަށް އޮތް ލޯތްބާއި‪ ،‬ޢާއިލާއަށް އޮތް ޙަމްދަރުދީ ފަހުގެ ޖީލަށް‬ ‫ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ‪ .‬މި މަސައްކަތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޗީފް އޮފް‬ ‫ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި‪ ،‬ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް‬ ‫އަޙްމަދު ޝިޔާމް ދެއްވި އިރުޝާދާއި އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ‪ .‬އަދި ވަކި‬ ‫ޚާއްޞަކޮށް ޢިއްޒަތްތެރި ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ‪ ،‬އަޅުގަނޑާ ބައްދަލުކުރައްވައި‬ ‫މި ފޮތް ނެރުމުގެ މުހިންމުކަމާއި ބޭނުންތެރިކަމާމެދު ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށާއި ދެއްވި‬ ‫އެއްބާރުލެއްވުމަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަރިސްކުރަމެވެ‪.‬‬ ‫މިފޮތް‪ ،‬ނެރެވިގެން މިދަނީ އެތައް ބައެއްގެ އެހީތެރިކަމާއެކުގައެވެ‪ .‬މިގޮތުން މިފޮތަށް‬ ‫ލިޔުއްވައި ދެއްވި ހުރިހާ ބޭފުޅުންގެ ނަންފުޅުތައް އަޅުގަނޑު ފާހަގަކޮށް ޝުކުރު ދަންނަވަމެވެ‪ .‬ވަކިން‬ ‫ޚާއްޞަކޮށް މި މަސައްކަތުގައި މޭޖަރ އަޙްމަދު ޢާޠިފުގެ ޢާއިލާގެ ފަރާތުން ދެއްވި އެހީތެރިކަމާއި‬ ‫އެއްބާރުލުން އަދި މީޑިއާ އެންޑް ޕަބްލިޝިންގ ސާރވިސްގެ އޮފިސަރ ކޮމާންޑިންގ ކެޕްޓަން އިބްރާހީމް‬ ‫ޢާޒިމުގެ ފަރާތްޕުޅުން ލިބުނު އިރުޝާދާއި އެހީތެރިކަން ފާހަގަކޮށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ‪ .‬އާދެ!‬ ‫މޭޖަރ އަޙްމަދު ޢާޠިފުގެ ހަށިކޮޅަށް "ފަސްލާ ފޮރުވާލިއަކަސް"‪ ،‬މޭޖަރ އަޙްމަދު ޢާޠިފުގެ ހަނދާންތައް‬ ‫ތާއަބަދަށް ދިރިދެމިގެންދިއުމަކީ އަޅުގަނޑުގެ އުންމީދެވެ‪.‬‬ ‫އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފަށް ސުވަރުގޭގެ‬ ‫ދާއިމީ ރަޙުމަތް މިންވަރުކުރެއްވުމެވެ‪ .‬އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވައި ބާއްޖަވެރިކަން މިންވަރު‬ ‫ކުރެއްވުމެވެ‪.‬‬

‫ ‬ ‫ ‬

‫‪ 16‬ޝަޢުބާން ‪1440‬‬ ‫‪ 21‬އެޕްރީލް ‪2019‬‬

‫ ‬

‫ ‬

‫ ‬

‫ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު‬

‫‪15‬‬


‫މޭޖަރ އަޙްމަދު ޢާޠިފުގެ ސިފައިންގެ ޚިދުމަތް‬

‫މޭޖަރ އަޙްމަދު ޢާޠިފް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ ‪ 1987‬މާރިޗު ‪ 11‬ވީ ހޯމަ‬ ‫ދުވަހުއެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފުގެ ސާރވިސް ނަންބަރަކީ ‪ 953‬އެވެ‪ .‬ޕްރައިވެޓެއްގެ މަޤާމުގައި‬ ‫ސިފައިންގެ ވަޒީފާ ފެއްޓެވި މޭޖަރ އަޙްމަދު ޢާޠިފް ‪ 2017‬އޮގަސްޓް ‪ 20‬ވަނަ ދުވަހު އަވަހާރަވީއިރު‬ ‫ހުންނެވީ މޭޖަރ ރޭންކުގައެވެ‪ .‬އެހާތަނަށް ‪ 30‬އަހަރާއި ‪ 5‬މަހާއި ‪ 10‬ދުވަހު ވަނީ ސިފައިންގޭގައި ދިވެހި‬ ‫ޤައުމަށް ޚިދުމަތް ކުރައްވާފައެވެ‪ .‬ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ‪ 11121‬ދުވަހު ޚިދުމަތްކުރައްވައި‪،‬‬ ‫އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް ވަކިވެވަޑައިގެންނެވިއިރު މޭޖަރ އަޙްމަދު ޢާޠިފުގެ އަޚްލާޤީ އެއްވެސް‬ ‫މައްސަލައެއް އަދި ކުށުގެ އެއްވެސް ރެކޯޑެއް ނެތެވެ‪.‬‬ ‫‪#‬‬ ‫‪1‬‬ ‫‪2‬‬ ‫‪3‬‬ ‫‪4‬‬

‫ޕްރައިވެ ް‬ ‫ޓ‬ ‫ލާންސް ކޯޕްރަލް‬ ‫ކޯޕްރަލް‬ ‫ސާރޖަންޓް‬

‫‪6‬‬ ‫‪7‬‬ ‫‪8‬‬ ‫‪9‬‬ ‫‪10‬‬ ‫‪11‬‬

‫ޑ ‪2‬‬ ‫ވޮރަންޓް އޮފިސަރ ގްރޭ ް‬ ‫ޑ ‪1‬‬ ‫ވޮރަންޓް އޮފިސަރ ގްރޭ ް‬ ‫ލެފްޓިނަންޓް‬ ‫ފަސްޓް ލެފްޓިނަންޓް‬ ‫ކެޕްޓަން‬ ‫މޭޖަރ‬

‫‪5‬‬

‫‪16‬‬

‫ސްޓާފް ސާރޖަންޓް‬

‫ރޭންކު‬

‫‪11‬‬ ‫‪01‬‬ ‫‪01‬‬ ‫‪01‬‬

‫ތާރީޚު‬ ‫މާރިޗު ‪1987‬‬ ‫ސެޕްޓެންބަރު ‪1989‬‬ ‫ސެޕްޓެންބަރު ‪1990‬‬ ‫ނޮވެންބަރު ‪1992‬‬

‫‪04‬‬ ‫‪01‬‬ ‫‪23‬‬ ‫‪01‬‬ ‫‪01‬‬ ‫‪19‬‬

‫ނޮވެންބަރު ‪1996‬‬ ‫ޑިސެންބަރު ‪2004‬‬ ‫އެޕްރީލް ‪2007‬‬ ‫ސެޕްޓެންބަރު ‪2011‬‬ ‫ސެޕްޓެންބަރު ‪2012‬‬ ‫ފެބްރުވަރީ ‪2015‬‬

‫‪ 21‬އެޕްރީލް ‪1994‬‬


‫ގިރިފުށީ ޓްރޭނިންގ ސެންޓަރުން އަސާސީ ތަމްރީނު ހެއްދެވުމަށްފަހު މޭޖަރ އަޙްމަދު ޢާޠިފް‬ ‫ސިފައިންގޭގައި ފުރަތަމަ މަސައްކަތް ކުރެއްވީ ފުލުސް އޮފީހުގައެވެ‪ .‬ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންތާ‬ ‫މާގިނަ ދުވަހެއް ނުވެ ‪ 1988‬ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާ ކުރިމަތިވިއެވެ‪ .‬އެ ޢުދުވާނީ ހަމަލާ‬ ‫ކުރިމަތިވީއިރު މޭޖަރ އަޙްމަދު ޢާޠިފް ހުންނެވީ ސިފައިންގެ ހެޑްކްއޯޓާރޒުގެ އެތެރޭގައެވެ‪ .‬އޭރު‬ ‫އެއީ އުމުން ވަރަށް ޒުވާން‪ ،‬ސިފައިންގެއަށް ވަރަށް އާ ބޭފުޅެކެވެ‪ .‬އެކަމަކު އެ ނުރައްކާތެރި ވަގުތު‬ ‫ސިފައިންގެ އެކި ސަރަޙައްދުތަކުގައި ތިބި ސިފައިންނަށް ކާބޯތަކެއްޗާއި ވަޒަން ގެންގޮސް ދިނުމުގައި އޭނާ‬ ‫ހަރަކާތްތެރިވެވަޑައިގަތެވެ‪ .‬އަދި އަމިއްލައަށް މީހުން ކައިރިން އަހައި އޮޅުންފިލުވައިގެން ބަޑިޖަހާގޮތް އެ‬ ‫ދުވަހު ދަސްކުރައްވައި‪ ،‬ސިފައިންގޭގައި ހުރަވީ ބިލްޑިންގ އާ ވީ ފަރާތުގައި ހުރެގެން ދުޝްމަނުންނާ‬ ‫ދެކޮޅަށް ބަޑިޖަހައި ހެއްދެވިއެވެ‪ .‬ތިނެއް ނޮވެންބަރުގެ ޢުދުވާނާ ގުޅިގެން ކުރެއްވި ޖިހާދުގައި ޤައުމަށް‬ ‫ނަޞްރު ހޯދައިދެއްވުމަށް ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކޮށް މޭޖަރ އަޙްމަދު ޢާޠިފަށް ތިނެއް ނޮވެންބަރުގެ‬ ‫މެޑެލި ދެއްވާފައިވެއެވެ‪.‬‬ ‫މޭޖަރ އަޙްމަދު ޢާޠިފް ފުލުސް އޮފީހުގައި ޚިދުމަތް ކުރެއްވީ ‪ 1987‬އެޕްރީލް ‪ 30‬އިން ‪1992‬‬ ‫މާރިޗު ‪ 09‬ވަނަ ދުވަހަށެވެ‪ .‬ފުލުހުންގެ ތެރޭގައި މަސައްކަތް ކުރެއްވީ އިންވެސްޓިގޭޝަން ދާއިރާގައެވެ‪.‬‬ ‫އެ މުއްދަތުގެ ތެރޭގައި ފުލުހުންގެ ދާއިރާއިން ރާއްޖެއިން ބޭރުން ތަމްރީނު ހޯއްދެވިއެވެ‪ .‬އެގޮތުން ‪1988‬‬ ‫ވަނަ އަހަރު އިންޑިއާގެ ހައިދަރުއާބާދުން ހެއްދެވި އެޑްވާންސްޑް ސައިންޓިފިކް މެތަޑްސް އޮފް ކްރައިމް‬ ‫އިންވެސްޓިގޭޝަން ކޯހާއި‪ 1991 ،‬ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައި އޮތް ރީޖަނަލް ވޯކްޝޮޕް ފޯރ‬ ‫ޓްރިއިނާޒް ލޯ އެންފޯސްމަންޓްގައި ބައިވެވަޑައިގަތުން ފާހަގަ ކޮށްލެވެއެވެ‪.‬‬ ‫ފުލުސް އޮފީހުން މޭޖަރ އަޙްމަދު ޢާޠިފް ބަދަލުކުރެއްވީ ސިފައިންގެ އޮފީސް (އޮފީސް އޮފް ދަ ޗީފް‬ ‫‪17‬‬


‫‪#‬‬ ‫‪1‬‬ ‫‪2‬‬ ‫‪3‬‬ ‫‪4‬‬ ‫‪5‬‬ ‫‪6‬‬ ‫‪7‬‬ ‫‪8‬‬ ‫‪9‬‬ ‫‪10‬‬ ‫‪11‬‬ ‫‪12‬‬ ‫‪13‬‬ ‫‪14‬‬ ‫‪15‬‬ ‫‪16‬‬ ‫‪18‬‬

‫ޝަރަފުގެ ނިޝާން‬ ‫ތިނެއް ނޮވެންބަރުގެ މެޑެލި‬ ‫ސައްތައިގެ މެޑެލި‬ ‫އަޚްލާޤީ ކުލަ (އެއްވަނަ ފަހަރަށް)‬ ‫ހުނަރުވެރިކަމުގެ ކުލަ‬ ‫ޚާއްޞަ ޚިދުމަތުގެ ކުލަ‬ ‫އަޚްލާޤީ ކުލަ ( ދެވަނަ ފަހަރަށް)‬ ‫ސިފައިންގެ ޚިދުމަތުގެ ކުލަ‬ ‫ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ‬ ‫އިޚްލާޞްތެރި ޚިދުމަތުގެ ކުލަ‬ ‫ސިފައިންގެ ޚިދުމަތުގެ މެޑެލި‬ ‫އަޚްލާޤީ ކުލަ (ތިންވަނަ ފަހަރަށް)‬ ‫އަޚްލާޤީ މެޑެލި‬ ‫ރައީސުލްޖުމްހޫރިއްޔާގެ ކުލަ‬ ‫‪ 17‬ވަނަ ސާކްސަމިޓް މެޑެލި‬ ‫ކާމިޔާބުގެ ކުލަ‬ ‫އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި‬

‫‪03‬‬ ‫‪21‬‬ ‫‪21‬‬ ‫‪11‬‬ ‫‪17‬‬ ‫‪02‬‬ ‫‪02‬‬ ‫‪06‬‬ ‫‪30‬‬ ‫‪01‬‬ ‫‪01‬‬ ‫‪05‬‬ ‫‪05‬‬ ‫‪12‬‬ ‫‪27‬‬ ‫‪04‬‬

‫ތާރީ ު‬ ‫ޚ‬ ‫ނޮވެންބަރު ‪1989‬‬ ‫އެޕްރީލް ‪1992‬‬ ‫އެޕްރީލް ‪1996‬‬ ‫ނޮވެންބަރު ‪1996‬‬ ‫މޭ ‪2000‬‬ ‫ޖަނަވަރީ ‪2002‬‬ ‫ޖަނަވަރީ ‪2002‬‬ ‫ފެބްރުވަރީ ‪2003‬‬ ‫ނޮވެންބަރު ‪2005‬‬ ‫ޖުލައި ‪2008‬‬ ‫ޖުލައި ‪2008‬‬ ‫ޖަނަވަރީ ‪2012‬‬ ‫ޖަނަވަރީ ‪2012‬‬ ‫މާރިޗު ‪2012‬‬ ‫ޖަނަވަރީ ‪2015‬‬ ‫މޭ ‪2015‬‬


‫އޮފް ސްޓާފް) އަށެވެ‪ 1992 .‬މާރިޗު ‪ 09‬އިން ‪ 1997‬މާރިޗު ‪ 03‬ވަނަ ދުވަހާ ހަމައަށް އެ އޮފީހުގައި‬ ‫މަސައްކަތް ކުރެއްވިއެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފަކީ މަސައްކަތް ކުރެއްވި ކޮންމެ ދާއިރާއަކުން ވެސް އެކަމުގެ‬ ‫ޢިލްމާއި ހުނަރު ތަރައްޤީ ކުރައްވަން މަސައްކަތް ކުރެއްވި ބޭފުޅެކެވެ‪ .‬އަދި ސިފަވަންތަކަމާއި ސިފަވަންތަ‬ ‫އަޚްލާޤާއި ސުލޫކު ހިފެހެއްޓުމަށް ސިފަވަންތަ ތަމްރީނުތައް ހެއްދެވި ބޭފުޅެކެވެ‪ .‬މިގޮތުން ‪ 1992‬ވަނަ އަހަރު‬ ‫އެންސީއޯ ކޭޑަރ ޓްރޭނިންގ އާއި ޑްރިލް އިންސްޓްރެކްޓަރ ކޯސް ފުރިހަމަ ކުރެއްވިއެވެ‪ .‬އަދި ‪ 1994‬ވަނަ‬ ‫އަހަރު މާލެއިން އޮފީސް މެނޭޖްމަންޓް ކޯހެއް ހެއްދެވިއެވެ‪ .‬އަދި ‪ 1995‬ވަނަ އަހަރު އެޑްވާންސް އޮފީސް‬ ‫އެޑްމިނިސްޓްރޭޝަން ކޯހެއް އޮސްޓްރޭލިއާގެ ޓެސްމާނިއާއިން ހެއްދެވިއެވެ‪.‬‬ ‫‪ 1997‬މާރިޗު ‪ 03‬އިން ‪ 1999‬ޖުލައި ‪ 07‬އަށް މޭޖަރ އަޙްމަދު ޢާޠިފް މަސައްކަތް ކުރެއްވީ‬ ‫ޕްރިންޓިންގ އެންޑް ފޮޓޯ ގްރަފީ ސާރވިސް ގައެވެ‪ .‬ވޮރަންޓް އޮފިސަރ ގްރޭޑް ‪ 2‬ގެ މަޤާމުގައި ހުންނަވައިގެން‬ ‫އިންޗާޖެއްގެ ގޮތުގައި މީޑިއާ އެންޑް ޕަބްލިޝިންގ ސާރވިސް ހިންގެވުމުގެ ޒިންމާ އުފުއްލެވިއެވެ‪ .‬އެއަށްފަހު‬ ‫ބަދަލު ކުރެއްވީ ޓްރޭނިންގ ޔުނިޓަށެވެ‪ .‬ޓްރޭނިންގ ޔުނިޓުގައި ‪ 1999‬ޖުލައި ‪ 07‬އިން ‪ 2003‬އޮކްޓޫބަރު‬ ‫‪ 27‬ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރެއްވިއެވެ‪ .‬ޓްރޭނިންގ ޔުނިޓުގައި މަސައްކަތް ކުރެއްވި މުއްދަތުގެ‬ ‫ތެރޭގައި ތިން މަސް ދުވަހުގެ ޓާމެއް ޕޮލިސް ހެޑްކްއޯޓާރޒްގައި ފުރިހަމަ ކުރެއްވިއެވެ‪ .‬އެއީ ‪ 2002‬ޖޫން‬ ‫‪ 08‬އިން ‪ 2002‬ސެޕްޓެންބަރު ‪ 09‬އަށެވެ‪ .‬ޓްރޭނިންގ ޔުނިޓުން މޭޖަރ އަޙްމަދު ޢާޠިފް ބަދަލު ކުރެއްވީ‬ ‫ސަޕްލައި ޔުނިޓަށެވެ‪ .‬އެ ޔުނިޓުގައި ‪ 2003‬އޮކްޓޫބަރު ‪ 27‬އިން ‪ 2007‬އޮގަސްޓް ‪ 02‬އަށް މަސައްކަތް‬ ‫ކުރެއްވިއެވެ‪ 2007 .‬އޮގަސްޓް ‪ 02‬އިން ފެށިގެން މަސައްކަތް ކުރައްމުން ގެންދެވީ ކްއާޓަރ މާސްޓަރ‬ ‫ސާރވިސް ގައެވެ‪ 2008 .‬ނޮވެންބަރު ‪ 30‬ވަނަ ދުވަހު އެމްއެންޑީއެފް ރިޓަޔަރމަންޓް ސާރވިސް އޮފީހުގެ‬ ‫އޮފިސަރ ކޮމާންޑިންގެ އެހީތެރިޔާގެ މަޤާމު ދެއްވިއެވެ‪ 2014 .‬ޖަނަވަރީ ‪ 01‬ވަނަ ދުވަހު ޓްރާންސް ޕޯސްޓް‬ ‫‪19‬‬


‫ސާރވިސްގެ އޮފިސަރ ކޮމާންޑިންގެ އެހީތެރިޔާގެ މަޤާމަށް ހަމަޖެއްސެވިއެވެ‪ .‬އަދި‬

‫‪ 2013‬އޮގަސްޓް‬

‫‪ 14‬ވަނަ ދުވަހު އެ ޔުނިޓުގެ އޮފިސަރ ކޮމާންޑިންގެ މަޤާމަށް ބަދަލު ކުރެއްވިއެވެ‪ .‬އެ މަޤާމުގައި ‪2014‬‬ ‫ޖޫން ‪ 19‬ވަނަ ދުވަހާ ހަމައަށް ހުންނެވިއެވެ‪.‬‬ ‫‪ 2015‬ޖަނަވަރީ ‪ 25‬ވަނަ ދުވަހު މިނިސްޓަރސް ބިއުރޯއަށް ބަދަލު ކުރެއްވިއެވެ‪ .‬އަދި‬ ‫‪ 2015‬ނޮވެންބަރު ‪ 01‬ވަނަ ދުވަހު އިންޓެގްރޭޓެޑް ހެޑްކްއޯޓާރޒުގެ ޖޭ‪/3‬ޖޭ‪ 7‬އަށް ބަދަލު ކުރެއްވިއެވެ‪.‬‬ ‫‪ 2016‬ފެބުރުވަރީ ‪ 15‬ވަނަ ދުވަހު އެމްއެންޑީއެފްގެ ވެލްފެއަރ އޮފިސަރުގެ މަޤާމަށް ހަމަޖެއްސެވިއެވެ‪.‬‬ ‫މި މަޤާމުގައި ހުންނަވައިގެން މަޤާމުގެ ޙައިޞިއްޔަތުން ‪ 2016‬އެޕްރީލް ‪ 06‬ވަނަ ދުވަހުންފެށިގެން‬ ‫އެމްއެންޑީއެފް މެޑިކަލް ބޯޑުގެ މެންބަރެއްގެ ގޮތުގައި ވެސް ވަނީ މަސައްކަތް ކުރައްވާފައެވެ‪ .‬އެމްއެންޑީއެފް‬ ‫ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމަށް ހަމަޖެއްސެވީ ‪ 2016‬ޖުލައި ‪ 17‬ވަނަ ދުވަހުއެވެ‪ .‬މޭޖަރ‬ ‫އަޙްމަދު ޢާޠިފް އަވަހަރާވީ އެ މަޤާމުގައި‪ ،‬އެމްއެންޑީއެފް ނޮދަން އޭރިއާގެ ހަނިމާދޫ ޕޯސްޓްގައި ޑިއުޓީގައި‬ ‫ހުންނަވަނިކޮށެވެ‪.‬‬ ‫މޭޖަރ އަޙްމަދު ޢާޠިފް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ޕްރައިވެޓުގެ ރޭންކާއެކު‬ ‫‪ 11‬ރޭންކުގައި ޚިދުމަތް ކުރައްވާފައިވެއެވެ‪ .‬ބައެއް ޔުނިޓްތަކުގެ ޔުނިޓް ކޮމާންޑަރުކަމާއި ޑެޕިއުޓީ‬ ‫ކޮމާންޑަރުކަމާއި ކޮމާންޑަރުގެ އެހީތެރިޔާގެ މަޤާމުގެ އިތުރުން ސިފައިންގެ ބައެއް ބޯޑުތަކުގެ މެންބަރުކަން‬ ‫ކުރައްވާފައިވެއެވެ‪ .‬އިސްވެ ދެންނެވުނު މަޤާމުތަކުގެ އިތުރުން ވެސް ބައެއް ޚާއްޞަ ކަންތައްތަކާގުޅިގެން‬ ‫ބައެއް ޚާއްޞަ މަސައްކަތްތައް ކުރައްވާފައިވެއެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފުގެ އިޚްލާޞްތެރި ޚިދުމަތުގެ އަގު‬ ‫ވަޒަންކުރައްވައި އޭނާއަށް ޝަރަފުގެ ނިޝާނުގެ ގޮތުގައި ‪ 6‬މެޑެއްޔާއި‪ 10 ،‬ރިބަން ދިވެހިރާއްޖޭގެ ޤައުމީ‬ ‫ދިފާޢީ ބާރުން ދެއްވާފައިވެއެވެ‪.‬‬ ‫‪20‬‬


21


‫މޭޖަރ އަޙްމަދު ޢާޠިފް ސިފައިންގެ އެކިއެކި ޔުނިޓްތަކުގައި ޚިދުމަތް ކުރެއްވި ނަމަވެސް މިއުޒިކީ‬ ‫ރޮނގުން ކުރައްވަމުން ގެންދެވި ޚިދުމަތް ސިފައިންގެ ޚިދުމަތާއެކު ކުރިއަށް ގެންދެވިއެވެ‪ .‬ލަވަކިޔުންތެރިއެއްގެ‬ ‫ގޮތުގައި ގިނަ ބަޔަކަށް އެނގުނު ނަމަވެސް އެއީ މޮޅު މިއުޒިޝަނެކެވެ‪ .‬އަމިއްލަ ރާގު އުފެއްދެވި ހުނަރުވެރި‬ ‫ފަންނާނެކެވެ‪ .‬ލަވަކިޔުމާއި މިއުޒިކުގެ ތެރެއަށް މޭޖަރ އަޙްމަދު ޢާޠިފަށް ވެންނެވުނީ ޢާއިލީ ހުނަރުވެރިކަމުގެ‬ ‫ތެރެއިން ކަމަށްވިޔަސް‪ ،‬އެ ހުނަރު ތަރައްޤީކޮށް މަޤްބޫލު ހުނަރުވެރި ޝަޚްސިއްޔަތެއްގެ ގޮތުގައި ފާހަގަކުރެވި‬ ‫މަޝްހޫރުވެގެންދިޔައީ ސިފައިންގެ ޚިދުމަތުގެ ތެރެއިން‪ ،‬ސިފައިންގެ ކޮޕްސް ބޭންޑުންނެވެ‪ .‬ސިފައިންގެ‬ ‫ޚިދުމަތުގައި އުޅުއްވަމުން ލަވައާއި މިއުޒިކުގެ ދާއިރާގައި އެހެން ފަރާތްތަކަށް އެހީތެރިކަން ދެއްވަން‬ ‫ފެއްޓެވިއެވެ‪ .‬ލަވަކިޔަން ދަސްކޮށްދެއްވައިގެންނާއި‪ ،‬މުބާރާތްތަކުގައި ފަނޑިޔާރުކަން ކޮށްދެއްވައިގެންނެވެ‪.‬‬ ‫މޭޖަރ އަޙްމަދު ޢާޠިފް އެންމެ ދަންނަ ބޭފުޅަކަށްވީ ސިފައިންގެ މިއުޒިކު ގްރޫޕުގައި އޭރު މަސައްކަތްކުރެއްވި‬ ‫އަނީސާއި‪ ،‬ރަޝާދާއި‪ ،‬ޚަލީލުގެ އެހީތެރިކަމާއެކުގައެވެ‪ .‬ޢާޠިފު އެންމެ ފުރަތަމަ ސްޓޭޖެއްގައި ވިދާޅުވި‬ ‫ލަވައަކީ "ޕާޕާ ކެހެތޭހޭ" އެވެ‪ .‬އޭނާގެ އަޑުން ފުރަތަމަ ރެކޯޑު ކުރެއްވި ލަވައަކީ "ދިވެހި ޤައުމީ ޒުވާނުން‬ ‫ކެރޭ" އެވެ‪ .‬އޭގެފަހުން މޭޖަރ އަޙްމަދު ޢާޠިފުގެ މިއުޒިކީ ދުނިޔޭގައި ފިޔަޖަހައި ބަބުޅަން ފެށިއެވެ‪ .‬އެ ތަރި‬ ‫އަރައި‪ ،‬މެދު އުޑުގައި ފިޔަޖެހުމަށްފަހު އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް ވަކިވެގެން އެ ދިޔައީ ސިފައިންގެ‬ ‫ޚިދުމަތުގައި ހުންނަވަނިކޮށެވެ‪ .‬އެންމެ ފަހުން ރެކޯޑް ކުރެއްވި ލަވައިގައި އޭނާ ވިދާޅުވިއެވެ‪.‬‬ ‫‪22‬‬


‫ރވާ ިލ ަޔ ަކސް ެދ ައތުން‬ ‫ސލާ ޮފ ު‬ ‫ަފ ް‬ ‫ ‬

‫ނ ިހތުން‬ ‫ނ ިފލާ ެ‬ ‫ސ ުލގަ ިތ ހަނދާން ު‬ ‫ައ ް‬ ‫ރގެ ެވދުން‬ ‫ސ ީމރު ަމލުން ިޒ ުކ ާ‬ ‫ަވ ް‬

‫ ‬ ‫ ‬

‫ނވުން‬ ‫ރ ަހށް ފޮ ު‬ ‫ަލސް ެވފަ މިވަނީ ައ ި‬

‫އެ ލަވައިގެ ޅެން ހެދީ އަޅުގަނޑެވެ‪ .‬އެ ލަވަ ރެކޯޑު ކުރެއްވުމަށްފަހު އަޅުގަނޑާ ގުޅުއްވިއެވެ‪.‬‬ ‫އަދި އެ ޅެމާމެދު ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ވާހަކަ ވިދާޅުވިއެވެ‪" .‬ހީވަނީ ސީދާ‪ ،‬އަޅުގަނޑަށް ސަޢީދު‬ ‫ހަދާފައިވާ ލަވައެއްހެން‪ .‬ޅެމުގެ ބަސްތައް ވަރަށް ބޮޑަށް އަޅުގަނޑުގެ ފީލްއާ ގުޅޭ" ކަމަށް ވިދާޅުވިއެވެ‪.‬‬ ‫ހިތްވަރު ދެއްވިއެވެ‪ .‬މިއަދު އެ ލަވައިގެ ޅެން އަޅުގަނޑު މި ތަހްސީސް ކުރަނީ އަލްމަރުޙޫމް މޭޖަރ އަޙްމަދު‬ ‫ޢާޠިފުގެ ހަނދާނަށެވެ‪.‬‬ ‫ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދަކީ ސިފައިންގެ ތާރީޚު‬ ‫ކޮމެޓީގެ މެންބަރެކެވެ‪ .‬އައްޑަނަ މަޖައްލާގެ ޑެޕިއުޓީ އެޑިޓަރެވެ‪ .‬މިހާތަނަށް‬ ‫އައްޑަނަ މަޖައްލާއަށް އެންމެ ގިނަ ލިޔުން ލިޔުއްވި ލިޔުންތެރިޔާއެވެ‪ .‬ވާހަކަ‬ ‫ދެއްކުންތެރިއެކެވެ‪ .‬ޅެންވެރިއެކެވެ‪ .‬ތާރީޚު ދިރާސާ ކުރައްވާ ބޭކަލެކެވެ‪ .‬ފޮތް‬ ‫ލިޔެ އެކުލަވާލާ މުސައްނިފެކެވެ‪.‬‬

‫‪23‬‬


‫މޭޖަރ އަޙްމަދު ޢާޠިފުގެ ޚިދުމަތްތަކުގެ ތެރެއިން ޓްރާންސް ޯޕޓް ސާރވިސް‬

‫ޭމޖަރ ަޢ ްބދުﷲ ަޢލީ‬ ‫އެމްއެންޑީއެފް ޓްރާންސްޕޯރޓް ސާރވިސް ގެ ޙަޔާތުގައި އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފުގެ‬ ‫ޚިދުމަތްތަކަކީ ފާހަގަކޮށްލަންޖެހޭ މުހިންމު ޚިދުމަތްތަކެކެވެ‪ .‬ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާގެ‬ ‫މަޤާމުގައާއި އޮފިސަރ ކޮމާންޑިންގ ގެ ގޮތުގައި މޭޖަރ އަޙްމަދު ޢާޠިފުވަނީ ޚިދުމަތް ކުރައްވާފައެވެ‪.‬‬ ‫އެމްއެންޑީއެފްގައި ކަނޑާއި އެއްގަމުގައި ކުރަންޖެހޭ ދަތުރުފަތުރުގެ ކަންތައްތައް އިންތިޒާމުކޮށް އެ ޚިދުމަތްދީ‪،‬‬ ‫ދަތުރުފަތުރުކުރުމަށް ބޭނުންވާ އުޅަނދުފަހަރާއި ވަސީލަތްތައް ބެލެހެއްޓުމުގައި ޓްރާންސްޕޯޓް ސާރވިސްގެ‬ ‫އެންމެ އިސް ކޮމާންޑަރެއްގެ ގޮތުން މޭޖަރ ޢާޠިފްވަނީ މަސައްކަތް ކުރައްވާފައެވެ‪.‬‬ ‫ތެދެކެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފަކީ ދިވެހިރާއްޖޭގައި އުފެދުނު ވަރަށް މޮޅު ލަވަލިޔުންތެރިއެކެވެ‪.‬‬ ‫އަދި އެހާމެ ކުޅަދާނަ މިއުޒިކު ކުޅުންތެރިއެކެވެ‪ .‬އަމިއްލަ ރާގުތައް އުފައްދަވައި އެ ރޮނގުން ޤައުމީ‬ ‫ޚިދުމަތުގެ އިނާމު ވެސް ހާސިލު ކުރެއްވިއެވެ‪ .‬ލަވައާއި މިއުޒިކުގެ ދާއިރާއިން ސިފައިންގެއަށް ރީތިނަން‬ ‫ހޯއްދަވައި ދެއްވުމުގެ އިތުރުން ހިންގުމުގެ ދާއިރާގައި ވެސް ގިނަ ކަންތައްތަތެއް ކުރައްވާފައިވާ ބޭކަލެކެވެ‪.‬‬ ‫މޭޖަރ އަޙްމަދު ޢާޠިފް އެމްއެންޑީއެފް ޓްރާންސްޕޯރޓް ސާރވިސްގެ ކޮމާންޑިންގ އޮފިސަރުގެ‬ ‫އެހީތެރިޔާގެ މަޤާމަށް ހަމަޖެއްސެވީ ‪ 2013‬ޖަނަވަރީ ‪ 14‬ވަނަ ދުވަހުއެވެ‪ .‬އޭރު ހުންނެވީ ކެޕްޓަން‬ ‫ރޭންކުގައެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފަކީ ވެހިކަލްފަދަ ތަކެތި ރީތިކޮށް ގެންގުޅެ ބެލެހެއްޓުމަށް ލޯބިކުރެއްވި‬ ‫ބޭކަލަކަށްވާތީ ޓްރާންސްފޯޓް ސާރވިސްގެ ޚިދުމަތާ ގުޅިވަޑައިގެން އެ މަސައްކަތުގައި މޭޖަރ އަޙްމަދު ޢާޠިފް‬ ‫އުޅުއްވީ ވަރަށް ޝަޢުޤުވެރިކަމާއެކުގައެވެ‪.‬‬ ‫‪24‬‬


‫ކޮމާންޑިންގ އޮފިސަރގެ އެހީތެރިޔާގެ ގޮތުގައި ހުންނަވަނިކޮށް ‪ 2013‬އޮގަސްޓް ‪ 14‬ވަނަ‬ ‫ދުވަހު ޓްރާންސްޕޯރޓް ސާރވިސްގެ އޮފިސަރ ކޮމާންޑިންގ ގެ މަޤާމަށް ބަދަލު ކުރެއްވިއެވެ‪ .‬އެއީ ވަރަށް‬ ‫ބުރަކޮށް ގިނަ މަސައްކަތްތަކެއް ޓްރާންސްޕޯރޓް ސާރވިސްގެ ބެލުމުގެ ދަށުން ކުރަންޖެހުނު ދުވަސްތަކެކެވެ‪.‬‬ ‫ޚާއްޞަގޮތެއްގައި ކަޑާއި އެއްގަމުގެ ދަތުރުތަކުގެ އިތުރުން އެ ދުވަސްތަކުގައި ހުޅުމާލޭގައި ބޯޓް އޮޕަރޭޝަން‬ ‫ސެންޓަރ ޤާއިމް ކުރުމަށް ޓްރާންސްޕޯރޓް ސާރވިސް އިން ކޮށްފައިވަނީ ވަރަށް ބޮޑު މަސައްކަތްތަކެކެވެ‪.‬‬ ‫މޭޖަރ އަޙްމަދު ޢާޠިފަކީ ޓްރާންސްޕޯރޓް ސާރވިސްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި‬ ‫އެއްބައިވަންތަކަށް ދިރުވާއާލާކޮށް‪ ،‬އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުގެ ރޫޙެއް އުފެއްދުމަށް މަސައްކަތް‬ ‫ކުރެއްވި ކޮމާންޑަރެކެވެ‪ .‬ފަސޭހަކަމާއެކު ކޮންމެ ރޭންކެއްގެ ސިފައިންގެ މީހަކަށް ވެސް ވާހަކަ ދެއްކޭ‬ ‫އެކުވެރި ގާތްކަމެއް ބޭއްވެވި ބޭކަލެކެވެ‪ .‬ޓްރާންސްޕޯރޓް ސާރވިސް އަކީ މަދު ބަޔަކާއެކު ގިނަ ޚިދުމަތްތަކެއް‬ ‫އަބަދުވެސް ދެމުންގެންދާ ޔުނިޓެކެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފުގެ އޮފިސަރ ކޮމާންޑިންގ ގެ ދުވަސްވަރު‬ ‫ޔުނިޓުގެ މުވައްޒަފުން ކުރާ މަސައްކަތްތައް ގާތުން ބައްލަވައި‪ ،‬ޔުނިޓްގެ މިޝަން ފުރިހަމަކުރެއްވުމަށް‬ ‫ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފަކީ މަޑުމައިތިރިކަމާއިއެކު ރީތިކޮށް ވާހަކަ‬ ‫ދައްކަވާ ބޭކަލެއްކަމުން މުވައްޒަފުންގެ ކަންތައްތައް ހަމަޖެއްސެވީ ވާހަކަ ދައްކަވައިގެން ވަރަށް ރީތިކޮށެވެ‪.‬‬ ‫ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށެވެ‪ .‬ޔުނިޓްގައި ބައްދަލުވުންތައް ބާއްވަވައި‪ ،‬މުވައްޒަފުންނަށް ޙައްޤުވާ‬ ‫މަޤާމުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ހޯއްދަވައިދެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ‪.‬‬ ‫މޭޖަރ އަޙްމަދު ޢާޠިފުގެ ރީތި ޑިސިޕްލިންގެ ތެރެއިން ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދެވިއެވެ‪.‬‬ ‫އޭގެތެރޭގައި ޓްރާންސްޕޯރޓް ސާރވިސްގެ ވެހިކަލްތައް ވަކި ޚާއްޞަ ނިޒާމެއްގެ ތެރޭގައި ގެންގުޅެވޭތޯ‬ ‫ކުރެއްވި މަސައްކަތްތައް ފާހަގަކުރެވެއެވެ‪ .‬މިއަދު ވެސް އެ ނިޒާމު ޓްރާންސްޕޯރޓް ސާރވިސްގައި އެބައޮތެވެ‪.‬‬ ‫މީގެއިތުރުން ވެހިކަލްތައް ޤަވާޢިދުން ދޮވެ ސާފުކުރުމާއި ތެޔޮ ދުއްވުމަށް ދެއްވި އިސްކަން ފާހަގަ ކުރަމެވެ‪.‬‬ ‫އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފް ޓްރާންސްޕޯރޓް ސާރވިސްގައި ކުރެއްވި މުހިންމު ޚިދުމަތްތައް‬ ‫ފާހަގަކޮށް ޙައްޤު ޝުކުރު ދަންނަވަމެވެ‪ .‬އަޅުގަނޑު އެދެނީ އަލްމަރުޙޫމް އަޙްމަދު ޢާޠިފަށް ސުވަރުގޭގެ ދާއިމީ‬ ‫ނިޢުމަތް ލައްވައި‪ ،‬ޢާއިލާއަށް ކެތްތެރިކަން ދެއްވުމެވެ‪.‬‬

‫މޭޖަރ ޢަބްދުﷲ ޢަލީ އަކީ އެމްއެންޑީއެފް ޓްރާންސްޕޯރޓް ސާރވިސްގެ‬ ‫ކޮމާންޑިންގ އޮފިސަރެވެ‪ .‬މޭޖަރ ޢަބްދުﷲ ޢަލީ އަކީ ލިޔުންތެރިއެކެވެ‪.‬‬ ‫ސިފައިންގެ ތާރީޚު ކޮމެޓީގެ މެންބަރެކެވެ‪ .‬މޭޖަރ ޢަބްދުﷲ ޢަލީ ވަނީ‬ ‫މީޑިއާ އެންޑް ޕަބްލިޝިންގ ސާރވިސްގެ އޮފިސަރ ކޮމާންޑިންގ ކަމާއި‪،‬‬ ‫އެމްއެންޑީއެފްގެ މީޑިއާ އޮފިސަރުކަމާއި‪ ،‬ވެލްފެއަރ އޮފިސަރ ކަމާއި‪ ،‬އައްޑަނަ‬ ‫މަޖައްލާގެ އެޑިޓަރުކަން ވެސް ކުރައްވާފައެވެ‪.‬‬ ‫‪25‬‬


‫އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފާއި އަޅުގަނޑު‬

‫ނ ުކ ( ާދރީ)‬ ‫ޭމޖަރ ަޢލި މަ ި‬ ‫ދައްކަން މިއޮތީ ވަރަށް ގާތް އެކުވެރި ރަޙުމަތްތެރިއެއްގެ ވާހަކައެވެ‪ .‬ޕްރޮފެޝަނަލް ދާއިރާގައި‬ ‫އެކުގައި މަސައްކަތްކުރި އާދަޔާ ޚިލާފު ޝަޚްސިއްޔަތެއްގެ ވާހަކައެވެ‪ .‬އެކުގައި އެތައް ދުވަހަކު އުޅެވި އެތައް‬ ‫ފޮޓޯތަކެއްނެގި‪ ،‬އެތައް ވީޑިއޯތަކަކާއި އޯޑިއޯތަކެއް އެކުގައި ރެކޯޑްކުރެވިފައިވާ ބޭކަލެއްގެ ހަނދާންތަކެވެ‪ .‬އެ‬ ‫ބޭކަލެއްގެ ހަނދާން އާވެގެންދާ ކޮންމެ ފަހަރަކު ވަރަށް ބޮޑު ފަޅުކަމަކާއި ހުސްކަމެއް ހިތަށް ވެރިވެގެންދާ‬ ‫އެކުވެރިއެއްގެ ވާހަކައެވެ‪ .‬އެއީ ‪ 2017‬އޮގަސްޓް ‪ 20‬ވަނަ ދުވަހު އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް‬ ‫ވަކިވެގެން ދިޔަ އަޅުގަނޑުގެ އެކުވެރި އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފުގެ ހަނދާންތަކެވެ‪.‬‬ ‫މޭޖަރ އަޙްމަދު ޢާޠިފާ އަޅުގަނޑާ ފުރަތަމަ ބައްދަލުވެ ރަޙުމަތްތެރިކަން އުފެދިގެން ދިޔައީ‬ ‫ސިފައިންގެ ޚިދުމަތާ އަޅުގަނޑު ގުޅުމަށްފަހު ކޮޕްސް ބޭންޑާ ގުޅުނު ހިސާބުންނެވެ‪ .‬އަޅުގަނޑަކީ މިއުޒިކީ‬ ‫ދާއިރާއަށް ޝަޢުޤުރުވެރިކަން ހުންނަ މީހަކަށްވާތީ ސިފައިންގެއަށް ވަދެ އަސާސީ ތަމްރީނު ނިންމުމަށްފަހު‬ ‫ކޮޕްސް ބޭންޑުން ފުރުސަތު ލިބޭނީ ކިހިނެއްތޯ ބެލީމެވެ‪ .‬އޭރު ކޮޕްސް ބޭންޑުގައި އިސްކޮށް ތިއްބެވީ އަޙްމަދު‬ ‫ޢާޠިފާއި‪ ،‬ޢަބްދުﷲ ޝަމާލާއި‪ ،‬މުޙައްމަދު ޝުހައިލެވެ‪ .‬އެ ބޭކަލުންނާ ބައްދަލުވެ ވާހަކަ ދެކެވި ދެއްވި‬ ‫އިރުޝާދާއެކު ސިފައިންގެ ބޭންޑާގުޅި‪ ،‬ކޮޕްސް ބޭންޑާ ގުޅުނީމެވެ‪ .‬އެއީ އަޅުގަނޑުގެ ސިފައިންގެ ޚިދުމަތުގެ‬ ‫ފުރަތަމަ އަހަރެވެ‪.‬‬ ‫‪26‬‬


‫އެ ދުވަހުން ފެށިގެން ވެސް މޭޖަރ އަޙްމަދު ޢާޠިފަކީ ވަރަށް ރަނގަޅު އެކުވެރިއެކެވެ‪ .‬މޭޖަރ‬ ‫އަޙްމަދު ޢާޠިފު‪ ،‬ޕްރޮފެޝަނަލް ދާއިރާއަށްވުރެ އަޅުގަނޑަށް ބޮޑަށް ފާހަގަކުރެވެނީ އެކުވެރި ޕާސަނަލް‬ ‫ގާތްކަމެއް ބެހެއްޓެވި އެކުވެރި ރަޙުމަތްތެރިއެއްގެ ގޮތުގައެވެ‪ .‬އެއީ ކަންކަމުގައި މަޝްވަރާކޮށްލައި ހަދަން‬ ‫ވަރަށް އިތުބާރު ކުރެވުނު ބޭކަލެކެވެ‪ .‬ކޮންމެފަދަ ވާހަކައެއް ދެއްކި ނަމަވެސް އެ ވާހަކައެއް އަޑުއަހަން ވަގުތު‬ ‫ދެއްވިއެވެ‪ .‬އަޅުގަނޑުގެ އަމިއްލަ ޒާތީ ކަންކަމުގައި ވެސް ވަރަށް ރަނގަޅު ޚިޔާލުދެއްވި އެކުވެރިއެކެވެ‪.‬‬ ‫ޕްރޮފެޝަނަލް ދާއިރާއަށް ބަލާލާއިރު މޭޖަރ އަޙްމަދު ޢާޠިފަކީ އާދަޔާ ޚިލާފު ވޯކަލިސްޓެކެވެ‪ .‬މޮޅު‬ ‫ލަވަކިޔުންތެރިއެކެވެ‪ .‬ކުޅަދާނަ މިއުޒިޝަނެކެވެ‪ .‬ރާއްޖޭގައި މި ޖީލުގައި އުފެދުނު މޮޅެތި ލަވަކިޔުންތެރިންގެ‬ ‫ލިސްޓުން ޖާގަ ހޯދާފައިވާ ހުނަރުވެރިއެކެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފުގެ އަޑަކީ ޤުދުރަތީ ވަރަށް ބޮޑު‬ ‫ހަދިޔާއެކެވެ‪ .‬އެ އަޑުގައިވާ އަސަރާއި ޖަޒުބާތުން އެ އަޑުގެ ރީތިކަން ބުނެދެއެވެ‪ .‬ކޮންމެ ކޮންމެ މޮޅު‬ ‫ލަވަކިޔުންތެރިއެއްގެ ހިތްގައިމު އަޑެއް ނޯވެއެވެ‪ .‬އެކަމަކު މޭޖަރ އަޙްމަދު ޢާޠިފަކީ ކޮލިޓީ ވޮއިސް އަކާއި‬ ‫ޓޯނެއް ހުރި އަސަރުގަދަ ހިތްގައިމު އަޑެއްގެ ވެރިއެކެވެ‪ .‬މޭޖަރ ޢާޠިފުގެ ރަން ޒަމާނުގައި "ޢާޠިފުގެ‬ ‫ގޮތުގައި" ކޮޕްސް ބޭންޑުގައި އޭނާ "ވިދާބަބުޅަމުން" ދިޔަ ދުވަސްވަރު އެއީ ރާއްޖޭގައި ތިބި މޮޅެތި‬ ‫ލަވަލިޔުންތެރިންގެ ލިސްޓުގައި އެއްއަތުގެ އިނގިލިތަކުން ގުނާލެވުނު މޮޅު ލަވަކިޔުންތެރިއެކެވެ‪.‬‬

‫މޭޖަރ އަޙްމަދު ޢާޠިފުގެ ޕްރޮފެޝަނަލް ކެރިއަރގައި އަޅުގަނޑަށް ވަރަށް މުހިންމު އެއްކަމެއް‬ ‫އަދި ފާހަގަ ކުރެވުނެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފަކީ އެހެން ލަވަކިޔުންތެރިންހެން އޭނާގެ ވޮއިސް ޓްރޭންކުރަން‬ ‫މާބޮޑަށް މަސައްކަތްކުރެއްވި ބޭކަލެއް ނޫނެވެ‪ .‬އެހެންނަމަވެސް ހަމަ ސްޓޭޖަށް އަރުއްވާގޮތަށް ފަސޭހަކަމާއެކު‬ ‫ލަވަ ވިދާޅުވެއެވެ‪ .‬އެއީ އޭނާއަށް ލިބިވަޑައިގެންފައިވާ ޤުދުރަތީ ހުނަރުވެރިކަން ފާހަގަކުރެވޭ ކަމެކެވެ‪.‬‬ ‫ގިނަ ލަވަކިޔުންތެރިންނަށް އާންމުކޮށް ވޮއިސް މެއިންޓެއިން ނުކުރަންޏާ އާންމުކޮށް ލަވައެއް ނުކިޔޭނެއެވެ‪.‬‬ ‫ޚާއްޞަކޮށް މޭޖަރ އަޙްމަދު ޢާޠިފު ވިދާޅުވެފައިވާފަދަ އަސަރުގަދަ ލަވަތައް އެ ފީލްގައި ހުށަހަޅައިދިނުމަކީ‬ ‫ކުރެވޭނެ ކަމެއް ނޫނެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފަކީ އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް އޭނާގެ މި‬ ‫‪27‬‬


‫ޚާއްޞަ ސްޓައިލްގައި ހަމަ ދުރުވާގޮތަށް ދުރުވެ‪ ،‬ލަވަ ވިދާޅުވަމުން ގެންދެވި ބޭކަލެކެވެ‪ .‬މިއީ‪ ،‬ގިނަ‬ ‫ލަވަކިޔުންތެރިންނާ އަޅާކިޔާއިރު‪ ،‬މޭޖަރ އަޙްމަދު ޢާޠިފުގެ ޕްރެފެޝަނަލް ހަޔާތުގައި އޭނާގެ ހުރި ނުވަތަ‬ ‫އޭނާއަށް ޤުދުރަތުން ދެއްވާފައިވާ ވަރަށް ބޮޑު ކުޅަދާނަކަމެކެވެ‪ .‬ޤާބިލު ކަމެކެވެ‪.‬‬ ‫ގިނަ ބޭފުޅުންނަށް އަޅުގަނޑާއި މޭޖަރ އަޙްމަދު ޢާޠިފާ ފަހަކަށްއައިސް ފެނިވަޑައިގަތްފައިވާނީ‬ ‫ތަފާތު ލަވަ މުބާރާތްތަކާއި މަދަހަ މުބާރާތްތައް ފަދަ މުބާރާތްތަކުގައި ފަނޑިޔާރުންގެ މޭޒުންނެވެ‪ .‬އެކަމަކު‬ ‫އޭގެކުރިން މިއީ އެކުގައި މިއުޒިކުކުޅެ މަޖާކޮށް އުޅުނު ދެ މީހުންނެވެ‪ .‬އޭރު ބޭއްވި ބޮޑެތި ޝޯތަކަށް ދުރާލާ‬ ‫ތައްޔާރުވުމުގައި ގިނަ ވަގުތުތަކެއް އެކުގައި ހޭދަކުރެވުނު ދެ އެކުވެރިންނެވެ‪ .‬އުފާވެރިކަމާއި ސަކަރާތްޖެހުމާއި‬ ‫މަޖާކުރުމުގައި ހޭދަކުރެވުނު އެތައް ހަނދާންތަކެއް މާޒީއަށް ދޫކުރެވިފައިވާ ދެ ރަޙުމަތްތެރިންނެވެ‪ .‬އެ‬ ‫ހަނދާންތަކާ ވަކިނުވެވޭނެ އެތައް މަޖާ ކަންތައްތަކެއް މާޒީއާވަނީ އެކުވެފައެވެ‪.‬‬ ‫އަޅުގަނޑުމެންނާ މޭޖަރ އަޙްމަދު ޢާޠިފް ވަކިވެވަޑައިގެންނެވިއިރު‪ ،‬ދެ މީހުން ގާތްގަނޑަކަށް ‪18‬‬ ‫ވަރަކަށް އަހަރު ހަމައެކަނި ފަނޑިޔާރުންގެ ގޮތުގައި ވެސް ވާނީ މަސައްކަތް ކުރެވިފައެވެ‪ .‬ސްކޫލްތަކާއި‬ ‫މުއައްސަސާތަކާއި ޤައުމީ ފެންވަރުގެ ލަވަ މުބާރާތްތަކާއި މަދަހަ މުބާރާތްތަކުގައެވެ‪ .‬މީގެތެރެއިން ގާތްގަނޑަކަށް‬ ‫އަށެއްކަ ފަހަރު ޤައުމީ ފެންވަރުގެ ތަފާތު މުބާރާތްތަކުގައި ފަނޑިޔާރުންގެ ގޮތުގައި ވާނީ މަސައްކަތް‬ ‫ކުރެވިފައެވެ‪ .‬ފަނޑިޔާރުންނަކީ ގޮތް ނިންމުމުގައި ކޮންމެހެން އެއްޚިޔާލެއް ގެންގުޅޭ ބަޔަކަށް ވާކަށް ނުޖެހެއެވެ‪.‬‬ ‫ޚާއްޞަކޮށް ފަނޑިޔާރުންނަކީ އެއް ފަނޑިޔާރަކާއި އަނެއް ފަނޑިޔާރެއް ކަންކަމުގައި އެލައިން ވާންޖެހޭ ބައެއް‬ ‫ނޫނެވެ‪ .‬އެކަމަކު އަޅުގަނޑާއި މޭޖަރ އަޙްމަދު ޢާޠިފުގެ ނިންމުންތައް ވަރަށް ގިނަފަހަރު އެލައިން ވެއެވެ‪.‬‬ ‫ޚިޔާލުތައް އެއްގޮތް ވެއެވެ‪ .‬އަޅުގަނޑު ދުށް ތަނުގައި މޭޖަރ އަޙްމަދު ޢާޠިފަކީ ފަނޑިޔާރެއްގެ ގޮތުގައި ވަރަށް‬ ‫ތެދުވެރި އިޚްލާޞްތެރިއެކެވެ‪ .‬ނިންމަވާ ކޮންމެ ނިންމެވުމެއް ޕްރޮފެޝަލްކަމާއެކު ނިންމެވި ބޭކަލެކެވެ‪ .‬އެހެން‬ ‫ފަނޑިޔާރުންގެ ނިންމުންތަކަށް ވެސް އިޙްތިރާމުކުރެއްވި ބޭކަލެކެވެ‪.‬‬ ‫‪28‬‬


‫މޭޖަރ އަޙްމަދު ޢާޠިފުގެ ޙަޔާތުގެ ކޮންމެ ދުވަސްވަރެއްގައި އެއީ އާދަޔާ ޚިލާފަށް ރައްޓެހިންގިނަ‬ ‫ބޭކަލެކެވެ‪ .‬އެއީ އޭނާގެ ޝަޚްސިއްޔަތުގައިވާ ޚާއްޞަ ރަނގަޅު ސިފަތަކެއްގެ ސިއްރެވެ‪ .‬ރައްޓެހިންނަށް‬ ‫ވަގުތު ދެއްވުމަކީ އޭނާގެ ޚާއްޞަ ސިފައެކެވެ‪ .‬ޚިޔާލު ތަފާތުވެފައިވާ ދެ ފަރާތެއްގެ ގާތް އެކުވެރިއަކަށް‬ ‫ވެސް މޭޖަރ ޢާޠިފު ވެދާނެއެވެ‪ .‬އެ ދެ ފަރާތާވެސް އެކުވެރި ކަމާއެކު ސަމާސާކުރައްވާ ހައްދަވާނެއެވެ‪ .‬އެއީ‬ ‫މޭޖަރ އަޙްމަދު ޢާޠިފަށް ލިބިވަޑައިގެންފައިވާ ތަފާތު ހުނަރެކެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފަކީ ޕްރޮފެޝަނަލް‬ ‫ކަންތައްތަކުގައި ބައެއް ފަހަރު ޚިޔާލު ތަފާތުވިޔަސް އާންމު ދިރިއުޅުމުގައި އެކަން އެއްގޮތަކަށް ވެސް ބާއްވާ‬ ‫ބޭކަލެއް ނޫނެވެ‪ .‬އެކުވެރިކަމާއި ގާތްކަމަށް އެކަމަކުން ބުރޫ އަރާކަށް ޖާގައެއް ނުދެއްވާނެއެވެ‪ .‬ކޮންމެ ކަމެއް‬ ‫ހިއްސާކުރިއަސް ފެނިލައްވާ އެންމެ ރަނގަޅު ޚިޔާލެއް ދެއްވާނެއެވެ‪ .‬އެއީ ވަރަށް ހިތްހެޔޮ އާދަޔާ ޚިލާފަށް‬ ‫ރައްޓެހިން ގިނަ ހިތްހެޔޮ ރައްޓެސެކެވެ‪.‬‬ ‫މޭޖަރ އަޙްމަދު ޢާޠިފު އަވަހާރަވުމުގެ ޚަބަރު އަޅުގަނޑަށް ފުރަތަމަ ލިބުމާއެކު އެ ވާހަކަ‬ ‫އެއްގޮތަކަށް ވެސް ޤަބޫލެއް ނުކުރެވުނެވެ‪ .‬ފުރަތަމަ އެ ޚަބަރު ލިބުމުން ހީކުރެވުނީ ސަމާސާއެއް ކަމަށެވެ‪.‬‬ ‫އެކަމަކު އެ ޚަބަރު ޔަޤީންވުމުން ލިބިގެންދިޔައީ ބަޔާންކޮށްދޭން ވަރަށް އުނދަގޫވި ބޮޑު ޝޮކެކެވެ‪ .‬ވަރަށް‬

‫ބޮޑު ފުން ހިތާމައެކެވެ‪ .‬إنا هلل إو�نا إليه راجعون އޭ ހިތުގެ އަޑިން ބުނެލެވުނެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފާއެކު‬ ‫ހޭދަކުރެވިފައިވާ ދިގު މާޒީގެ މަންޒަރުތައް ހީވީ ކުރިމަތިން ފެންނަމުން ދިޔަހެންނެވެ‪ .‬އެ އަޑު ހީވީ‬ ‫ކަންފަތުގައި ގުގުމަމުން ދިޔަ ހެންނެވެ‪ .‬ކޮންމެއަކަސް އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ކޮންމެވެސް‬ ‫ދުވަހަކު ކުރަންޖެހޭ އެ ދަތުރު އަޅުގަނޑުމެންގެ އެކުވެރިޔާ އެކުރީއެވެ‪ .‬ދެމިއޮތުމުގެ އާލަމަށެވެ‪ .‬އެއީ‬ ‫މޭޖަރ އަޙްމަދު ޢާޠިފުގެ ޢާއިލާއަށާއި އެކުވެރި ރަޙުމަތްތެރިންނަށް ފޫނުބެއްދޭވަރުގެ ފުން ހިތާމައެކެވެ‪.‬‬ ‫ދިވެހިރާއްޖޭގެ މިއުޒިކާއި ލަވަކިޔުމުގެ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހީނަރުކަމެކެވެ‪ .‬ޤައުމަށް ލިބުނު‬ ‫ދެރައެކެވެ‪.‬‬

‫މޭޖަރ ޢަލީ މަނިކަކީ ދިވެހިރާއްޖޭގައި ފާހަގަކޮށްލެވޭ ކުޅަދާނަ މިއުޒިޝަނެކެވެ‪.‬‬ ‫ސިފައިންގެ ކޮޕްސް ބޭންޑުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް‬ ‫ކުރައްވާފައިވެއެވެ‪ .‬ސިފައިންގެ ބޭންޑް އެންޑް މިއުޒިކް ވިންގުގެ ކޮމާންޑިންގ‬ ‫އޮފިސަރުކަމާއި ބޭންޑް މާސްޓަރކަން ވަނީ ކުރައްވާފައެވެ‪ .‬ސަރުކާރުން ދެއްވާ‬ ‫ޚާއްޞަ އިނާމު ‪ 1997‬ވަނަ އަހަރާއި ‪ 2000‬ވަނަ އަހަރު ހޯއްދަވާފައިވާ‬ ‫މޭޖަރ ޢަލީ މަނިކު ވަނީ ޕާކިސްތާނުގެ‬

‫އާމީ ސްކޫލް އޮފް މިއުޒިކްގައި‬

‫ފުރިހަމަކުރެއްވި ބޭންޑްސްމަން އެޑްވާންސްޑް ކޯހުންނާއި ބޭންޑް މާސްޓަރ‬ ‫ކޯހުން ‪ 1‬ވަނަ‬ ‫ގެންދަވަނީ‬

‫ލަވަ‬

‫ހާސިލުކުރައްވާފައެވެ‪ .‬މިހާރު ވެސް މޭޖަރ ޢަލީ މަނިކު‬ ‫މުބާރާތްތަކުގައި‬

‫ފަނޑިޔާރެއްގެ‬

‫ގޮތުގައި‬

‫މަސައްކަތް‬

‫ކުރައްވަމުންނެވެ‪.‬‬ ‫‪29‬‬


‫މޭޖަރ އަޙްމަދު ޢާޠިފުގެ މިއުޒިކީ ޚިދުމަތް‬

‫ސއިން ަޢލީ‬ ‫ނ ްލ ުޙ ަ‬ ‫ނޓް ކާ ަ‬ ‫ެލ ްފޓިނަ ް‬ ‫ މޭޖަރ އަޙްމަދު ޢާޠިފް ވަނީ މިއުޒިކީ ދާއިރާގައި ‪ 29‬އަހަރަށްވުރެ ދިގު މުއްދަތެއްގައި‬ ‫ޚިދުމަތްކުރައްވާފައެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފްގެ މި ޚިދުމަތް ފާހަގަ ކުރެވިފައި ވަނީ އެމްއެންޑީއެފުގެ‬ ‫ޚިދުމަތުގައި އުޅުއްވަމުން ޤައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތެއްގެ ގޮތުގައެވެ‪ .‬މިގޮތުން އެމްއެންޑީއެފުގެ‬ ‫ކޮޕްސް ބޭންޑުގެ ލީޑަރެއްގެ ގޮތުގައާއި‪ ،‬އެ ބޭންޑުގެ އިސް މެންބަރެއްގެ ގޮތުން މޭޖަރ އަޙްމަދު ޢާޠިފު‬ ‫ކުރައްވާފައިވާ މަސައްކަތް ފާހަގަ ކުރެވެއެވެ‪ .‬އެއީ އެ ބޭންޑުގެ ލަވަކިޔުންތެރިއެކެވެ‪ .‬ކީބޯޑު ކުޅުއްވިއެވެ‪.‬‬ ‫އަމިއްލަ ރާގު އުފެއްދެވިއެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފް މިއުޒިކީ ދުނިޔޭގައި ފިޔަޖަހަންފެށީ "ޕާޕާ ކެހެތޭހޭ"‬ ‫ގެ ނަމުންނެވެ‪ .‬ޕާޕާކެހެތޭހޭ މި ލަވައަކީ ‪ 1988‬ވަނަ އަހަރުގެ މާރިޗު މަހުގެ ‪ 1‬ވަނަ ދުވަހު އިންޑިއާގައި‬ ‫ދައްކަންފެށި ހިންދީ ފިލްމު "ގަޔާމަތު ސޭ ގަޔާމަތު ތަކް" އަށް އުޑިތު ނަރަޔަން ކިޔައިދީފައިވާ ހިންދީ‬ ‫ލަވައެކެވެ‪ .‬އެ ލަވަ ޢާޠިފުގެ އަސަރުގަދަ އަޑުން ވިދާޅުވެ‪ ،‬ދިވެހިންގެ ހިތްތަކާ ކުޅެލުމުން އެ ނަމުން ޢާޠިފް‬ ‫މަޝްހޫރުވިއެވެ‪.‬‬ ‫‪30‬‬


‫ާޢ ިއ ީލ ޮގތުން ިމ ުއ ިޒކާ ޮއތް ުގޅުން‬ ‫ މޭޖަރ އަޙްމަދު ޢާޠިފަކީ ލަވައާއި މިއުޒިކަށް ލޯބިކުރާ މިއުޒިކީ ޢާއިލާއަކަށް އުފަން ބޭފުޅެކެވެ‪.‬‬

‫ޢާޠިފުގެ ކުރިން އެ ޢާއިލާގެ ބޭފުޅުންވަނީ އެ ދާއިރާއިން ވަނަ އާއި ޝަރަފު ހާސިލު ކުރައްވާފައެވެ‪ .‬މިގޮތުން‬ ‫މޭޖަރ އަޙްމަދު ޢާޠިފުގެ ލޮބުވެތި މަންމަ‪ ،‬އަލްފާޟިލާ ނަސީމާ އިބްރާހީމް ވަނީ ‪ 1974‬ވަނަ އަހަރު‬ ‫ރާއްޖޭގައި ބާއްވައިފައިވާ ފުރަތަމަ ލަވަކިޔުމުގެ މުބާރާތުން އަންހެނުންގެ ބައިން ‪ 01‬ވަނަ ހޯއްދަވާފައެވެ‪.‬‬

‫އަދި މޭޖަރ އަޙްމަދު ޢާޠިފްގެ މަންމަ ފަރާތުގެ ކާފަ‪ ،‬އަލްމަރްޙޫމް ބޮޑުގަލު އިބްރާހީމް މަނިކަށް ‪ 1984‬ވަނަ‬ ‫އަހަރު‪ ،‬ޅެންވެރިކަމުގެ ދާއިރާއިން އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމް ސަރުކާރުން ވަނީ ދެއްވާފައެވެ‪.‬‬

‫ށގެން ައ ިއ ޮގތް‬ ‫ިމ ުއ ިޒ ީކ ަޙ ާޔތް ެފ ި‬ ‫ މޭޖަރ އަޙްމަދު ޢާޠިފްގެ މިއުޒިކީ ޙަޔާތް ފެށިފައިވަނީ ސްކޫލު ދައުރުގައެވެ‪ .‬ނަމަވެސް އޭރު‬

‫ބޭންޑެއްގައި ނުވަތަ އެނޫންވެސް ގޮތެއްގައި ޕާފޯމް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންފައެއް ނުވެއެވެ‪.‬‬

‫‪ 1986‬ވަނަ އަހަރު ސްކޫލް ނިންމަވާ ‪ 1987‬ވަނަ އަހަރު ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގެންނެވިއެވެ‪.‬‬ ‫މޭޖަރ އަޙްމަދު ޢާޠިފު މިއުޒިކީ ފަންނާނެއްގެ ގޮތުގައި ފެނިގެންދިޔައީ ސިފައިންގެ މިއުޒިކް ބޭންޑާ‬ ‫ގުޅިވަޑައިގެންނެވުމުންނެވެ‪ .‬އެ ބޭންޑުގައި އެންމެ ފުރަތަމަ ޝޯއެއްގައި ޕާފޯމްކޮށްފައި ވަނީ ދިވެހިރާއްޖޭގެ‬

‫އަޑުން އިންތިޒާމްކޮށްގެން ‪ 1987‬ޑިސެންބަރު ‪ 31‬ވަނަ ދުވަހުގެރޭ އޯޑިއޯންގައި ބޭއްވި މިއުޒިކު ޝޯއެއްގައެވެ‪.‬‬

‫ނ ާޑއި ާޢ ިޠ ުފގެ ިޚ ުދ ަމތް‬ ‫ކޮޕްސް ބޭ ް‬ ‫ ‬

‫އެމްއެންޑީއެފް ކޮޕްސް ބޭންޑް»އުފައްދާ ތަރައްޤީ ކުރެއްވުމުގައި މޭޖަރ އަޙްމަދު ޢާޠިފް ވަރަށް‬

‫އިސްރޯލެއް އަދާކުރައްވާފައިވެއެވެ‪ .‬އޭރު ޢާޠިފު ހުންނެވީ ޕްރައިވެޓް ރޭންކުގައެވެ‪ .‬އޭރުގެ ޕްރައިވެޓް‬

‫އަޙްމަދު އާތިފާއި‪ ،‬ޕްރައިވެޓް ޢަބްދުﷲ ޝަމާލާއި‪ ،‬ޕްރައިވެޓް މުޙައްމަދު ޝުހައިލް އިސްނަންގަވައިގެން‬ ‫ސިފައިންގެ ތެރޭގައި ތިބި ޒުވާން މިއުޒިކީ ފަންނާނުންގެ މައްޗަށް އެކުލެވޭ ޕޮޕް މިއުޒިކު ބޭންޑެއް‬

‫އުފެއްދުމަށް ސިފައިންގެ ލީޑަރޝިޕަށް ޚިޔާލު ހުށަހެޅިއެވެ‪ .‬އެ ޚިޔާލަށް ސިފައިންގެ ލީޑަރޝިޕުން‬

‫ދެއްވި އެއްބާރުލުމާއެކު އެ ބޭންޑް ސިފައިންގެ މިއުޒިކު ގްރޫޕް ‪ 2‬ގެ ނަމުގައި އުފެދިގެން ދިޔައެވެ‪.‬‬

‫ފަހުން އެއީ މަޝްހޫރު ކޮޕްސް ބޭންޑެވެ‪.‬‬

‫އެ ބޭންޑް ‪ 1989‬ވަނަ އަހަރު އުފެދިގެން ދިޔައިރު އެ ބޭންޑުގެ ލީޑަރަކީ މޭޖަރ އަޙްމަދު ޢާޠިފެވެ‪.‬‬

‫އެ ބޭންޑުން ފުރަތަމަ ދިން ޝޯ އަކީ ‪ 1989‬ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ‪ 31‬ވަނަ ދުވަހުރޭ ކުޑަކުދިންގެ‬

‫އަހަރު ފެށުމުގެ ގޮތުން ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބޭއްވި މިއުޒިކު ޝޯ އެވެ‪ .‬ސިފައިންގެ މިއުޒިކް‬

‫ގްރޫޕް ‪ 2‬އަށް "ކޮޕްސް ބޭންޑް" ކިޔުނީ ‪ 1990‬ވަނަ އަހަރު ސެޕްޓެންބަރު މަހު ބޭއްވި "ޓޫރިޒަމް ޝޯ" ގައި‬

‫ބޭންޑް ކުޅުނުއިރު ޝޯ ހުށަހަޅައިދެއްވަން ހުންނެވި މަޝްހޫރު ހުށަހެޅުންތެރިޔާ އަލްފާޟިލް އޮގަރު އިބްރާހީމް‬ ‫ވަޙީދު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ބޭންޑް ލީޑަރ ކޯޕްރަލް އަޙްމަދު އާޠިފް ދެއްވި ޖަވާބަކާ ގުޅިގެންނެވެ‪.‬‬ ‫"އާޠިފްމެން ގްރޫޕަށް ކިޔަނީ ކޮން ނަމެއްތޯ" ވަޙީދު ސުވާލު ކުރެއްވުމުން އާޠިފް ދެންނެވީ "މިއީ ސިފައިންގެ‬

‫މިއުޒިކް ގްރޫޕް ދޭއް" ކަމަށެވެ‪" .‬ތިއީ މި ޒަމާނުގެ މިއުޒިކު ބޭންޑަކަށް ކިޔަން ކަމުދާނަމެއްތޯ" ވަޙީދު‬ ‫‪31‬‬


‫ސުވާލު ކުރެއްވުން އާޠިފަށް ދެންނެވުނީ މިއީ "ކޮޕުން" ކަމަށެވެ‪ .‬އެހިސާބުން "ކޮޕްސް" ބޭންޑުގެ ނަމުގައި‬

‫ވަޙީދު ސިފައިންގެ މިއުޒިކު ގްރޫޕް ދޭއް އޯޑިއަންސަށް ތަޢާރަފު ކުރެއްވިއެވެ‪ .‬އެ ރެއަށްފަހު "ކޮޕްސް"‬

‫ބޭންޑް ނަން މުޅި ރާއްޖެއަށް މަޝްހޫރުވެ މަޤްބޫލުކަން ހޯދިއެވެ‪ .‬ބައެއް ފަހަރު "ދަ ކޮޕްސް" މިގޮތަށްވެސް‬ ‫މި ބޭންޑަށް ކިޔަމުން ދިޔައެވެ‪.‬‬

‫ކޮޕްސް ބޭންޑް ތަރައްޤީ ކުރުމުގެ ގޮތުން‪ ،‬ސިފައިންގެ ތެރެއިން މިއުޒިކަށް ޝައުޤުވެރިކަން ހުރި‬

‫ޒުވާނުންނަށް ކޮޕްސް ބޭންޑުން ފުރުސަތު ދެއްވައި‪ ،‬މިއުޒިކީ ހުނަރު ދަސްކޮށްދެއްވައި މީހުން ބިނާކުރެއްވުމަށް‬

‫މޭޖަރ އަޙްމަދު ޢާޠިފް ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ‪ .‬ކުރީގެ ކޮޕްސް ބޭންޑުގެ ނަން ރީބްރޭންޑްކޮށް‪،‬‬ ‫“ކައިނެޓިކް އޮޕަރޭޝަންސް” (ކޮޕްސް) އަށް ބަދަލުކުރީ ‪ 2013‬ޖޫން ‪ 24‬ވަނަ ދުވަހުގެރޭ ގައެވެ‪ .‬އެ‬ ‫ރޭ ކަޅުތުއްކަލާކޮށީގައި އޮތް ޝޯގައި ވެސް ކޮޕްސް ބޭންޑާއެކު މޭޖަރ އަޙްމަދު ޢާޠިފް ލަވަ ވިދާޅުވިއެވެ‪.‬‬

‫ސ ްއ ަކތް‬ ‫ރ ްއވި ިމ ުއ ިޒކީ ަމ ަ‬ ‫ސ ަބ ަހށް ުކ ެ‬ ‫ިހ ޭލ ާ‬ ‫މޭޖަރ އަޙްމަދު ޢާޠިފުގެ މިއުޒިކީ ޙަޔާތާ ގުޅިފައިވާ ކޮޕްސް ބޭންޑަކީ އެއްވެސް ފައިސާއެއް‬

‫އަދި އުޖޫރައަކާނުލައި މިއުޒިކު ކުޅެދެމުންދިޔަ ބޭންޑެކެވެ‪ .‬މައިގަނޑު ގޮތެއްގައި އެ ބޭންޑުން މިއުޒިކު‬

‫ކުޅެމުން އަންނަނީ ސަރުކާރުން އިންތިޒާމު ކޮށްގެން ބާއްވާ ޝޯތަކުގައާއި‪ ،‬ސަރުކާރާއި އަމިއްލަ ޖަމްޢިއްޔާ‬ ‫ޖަމާޢަތްތަކާ ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ ޝޯ ތަކުގައެވެ‪ .‬ކޮޕްސް ބޭންޑަކީ އާމްދަނީ ލިބޭ ގޮތަށް‬

‫‪32‬‬


‫މިއުޒިކު ކުޅެމުންދާ ބޭންޑަކަށް ނުވާތީ އެ ބޭންޑުގެ ކޮންމެ މެންބަރެއް ވެސް މިއުޒިކު ކުޅެމުން ގޮސްފައިވަނީ‬

‫އަމިއްލަ ޝައުޤުވެރިކަން އެ ފަންނަން އިންތިހާއަށް އޮތުމުންނެވެ‪ .‬އެންމެ ގިނަ ދުވަހު އެ ބޭންޑުގައި‬ ‫ޚިދުމަތް ކުރެއްވި އެއް ބޭފުޅަކީ މޭޖަރ އަޙްމަދު ޢާޠިފެވެ‪ .‬އެއީ އެ ބޭންޑުގެ ފުރަތަމަ ލީޑް ވޯކަލިސްޓެވެ‪.‬‬

‫މިގޮތުން ދިވެހި ލަވައާއި‪ ،‬ހިންދީލަވައާއި‪ ،‬އިނގިރޭސި ލަވައާއި‪ ،‬އަރަބި ލަވައާއި‪ ،‬ސްޕެނިސް ލަވަ ވެސް‬ ‫ހުށަހަޅައިދެއްވާފައިވެއެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފަކީ ލަވަކިޔުމުގެ އިތުރުން ކޮޕްސް ބޭންޑްގެ ކީބޯޑިސްޓެއް‬ ‫ވެސް މެއެވެ‪ .‬ހިޖުރައިން ‪ 1425‬ވަނަ އަހަރާއި‪ 1426 ،‬ވަނަ އަހަރާއި‪ 1427 ،‬ވަނަ އަހަރު ޓެލެވިޜަން‬ ‫މޯލްޑިވްސް އިން ރަމަޟާން މަހު ބޭއްވި «"އެހަނދާނުގައި"»އަދި "މިހަނދާނުގައި" މި ޝޯތަކުގައި މޭޖަރ‬ ‫އަޙްމަދު ޢާޠިފް ބައިވެރިވެވަޑައިގެން އަގަކާނުލައި ލަވަ ވިދާޅުވެދެއްވިއެވެ‪.‬‬

‫ތަފާތު ޝޯ ތަކުގައި ވިދާޅުވެފައިވާ ލަވަތަކާއި‪ ،‬ރެކޯރޑް ކުރެވިފައިވާ ލަވައިގެ އަދަދު ‪500‬‬

‫އަށް ކައިރި ކުރާއިރު‪ ،‬އެއްވެސް ލަވައެއް އަގަށް ނުވަތަ ފައިސާއަކަށް ނުވަތަ އުޖޫރަކަށް ވިދާޅުވެފައެއް‬

‫ނުވެއެވެ‪ 80 .‬ވަރަކަށް އަމިއްލަ ރާގު ކޮޕްސް ބޭންޑުން ތައްޔާރުކޮށް ހުށަހަޅާދެވިފައިވާއިރު މިއިން ކޮންމެ‬ ‫ރާގެއްގައިވެސް މޭޖަރ އަޙްމަދު ޢާޠިފްގެ ޙިއްޞާ ވާކަން ފާހަގަ ކުރެވެއެވެ‪ .‬މި އަމިއްލަ ރާގުތަކުގެ ތެރެއިން‬

‫‪ 50‬ލަވަ ނުވަތަ ‪ 60‬ލަވަ ވިދާޅުވެފައިވަނީ އަޙްމަދު ޢާޠިފެވެ‪ .‬ކޮޕްސް ބޭންޑަކީ އެންމެ ގިނަ ދިވެހި އަމިއްލަ‬ ‫ރާގު އުފައްދާފައިވާ އެއް ބޭންޑެވެ‪ .‬އޭގެތެރޭގައި ޤައުމީ ލަވަތަކާއި‪ ،‬އެކިއެކި މުނާސަބަތުތަކާއި ގުޅިގެން‬

‫ތައްޔާރުކުރާ މުނާސަބު ލަވަތަކާއި‪ ،‬އެކިކަންކަމުގައި މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ ގޮތުން ތައްޔާރުކުރި‬

‫ލަވަތައް ހިމެނެއެވެ‪ .‬މީގެއިތުރުން އަމިއްލަ ބައެއް ފަރާތްތަކުން ތައްޔާރުކުރި މިފަދަ ބައެއް ލަވަތައް‬ ‫‪33‬‬


‫ޢާޠިފުވަނީ ހިލޭ ސާބަހަށް ވިދާޅުވެ ދެއްވާފައެވެ‪ .‬މިނިވަން ދުވަސް‪ ،‬ޤައުމީ ދުވަސް‪ ،‬ނަޞްރުގެ ދުވަސް އަދި‬ ‫ޢީދު ދުވަސް ފަދަ ދުވަސްތަކާއި ގުޅިގެން ތައްޔާރު ކޮށްފައިވާ ޤައުމީ ލަވަތައް ޚާއްޞަ ގޮތެއްގައި ފާހަގަ‬ ‫ކުރެވެއެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފުގެ ހުނަރުވެރިކަމާއި މިއުޒިކީ ދާއިރާގައި ހުރި ފަންނުވެރިކަން އެންމެ‬ ‫ގިނަ ބަޔަކަށް ފާހަގަކުރެވިގެން ދިޔަ އެއް ކަމަކީ މޭޖަރ އަޙްމަދު ޢާޠިފުގެ އިސްނެގުމާއެކު ކުރީގެ ބައެއް‬

‫ލަވަތައް ޒަމާނާ އެއްގޮތަށް މިއުޒިކު ބަދަލުކޮށްގެން ކޮޕްސް ބޭންޑުން ހުށަހަޅައިދިން ހުށަހަޅައިދިނުމެވެ‪.‬‬

‫މޭޖަރ އަޙްމަދު ޢާޠިފުގެ ޙިއްޞާ ނުހަނު ބޮޑަށް އޮވެގެން ކުރެވުނު އެ މަސައްކަތް ވަރަށް ގިނަ ބަޔަކަށް‬ ‫ވަނީ ކަމުގޮސްފައެވެ‪.‬‬

‫ސ ްއ ަކތް‬ ‫ައ ިމ ްއލަ ަމ ަ‬ ‫މިއުޒިކާއި ލަވަޔަށް ލޯބިކުރާ ފަރާތްތަކަށް އެކަމުގެ މަގު ފަހިކޮށްދިނުމާއި މިކަން ކުރިއެރުވުމުގެ‬ ‫ގޮތުން «ޑައިފޮނިކްސް އޯޑިއޯ ޓްރެކްސްގެ ނަމުގައި ރެކޯޑިންގ ސްޓޫޑިއޯއެއް ‪ 1997‬ޑިސެންބަރު ‪01‬‬ ‫ވަނަ ދުވަހު އުފައްދައި‪ ،‬އެ ތަނުން އާންމުކޮށް ޚިދުމަތް ދިނެވެ‪ .‬ލަވައާއި މިއުޒިކް ތައްޔާރުކުރުމާއި ރެކޯޑު‬ ‫ކުރުމަށް އުފެއްދި މި ސްޓޫޑިއޯއިން ޚާއްޞަ ގޮތެއްގައި ކުރެވުނީ މިނިވަން ދުވަސް ފަދަ ރަސްމިއްޔާތުތަކުގެ‬ ‫އައިޓަމްތަކަށް ތައްޔާރުކުރި ލަވައާއި‪ ،‬މިއުޒިކާއި‪ ،‬ފުޅަނދުތަކަށް ބެކް މިއުޒިކުތަކާއި ލަވަތައް ތައްޔާރު‬ ‫ކުރުމުގެ މަސައްކަތެވެ‪ .‬މީގެ އިތުރުން ބައެއް އަމިއްލަ ފަރާތްތަކުން އުފައްދާ ދިވެހި ފިލްމުތަކަށާއި އޯޑިއޯ‬ ‫އަލްބަމްތަކަށް ލަވަތައް ތައްޔާރުކުރުމާއި ބެކް މިއުޒިކު ތައްޔާރު ކޮށްދީފައިވެއެވެ‪.‬‬ ‫‪34‬‬


‫އަލްބަމް‬ ‫މޭޖަރ އަޙްމަދު ޢާޠިފް އެއް އޯޑިއޯ އަލްބަމް އަމިއްލަފުޅަށް ޕްރޮޑިއުސްކޮށް ނެރުއްވާފައިވެއެވެ‪.‬‬

‫އެ އަލްބަމަކީ މިހާތަނަށް އެންމެ ގިނަ ބައެއްގެ ހުނަރު އެއް އަލްބަމަކުން ފެނުނު އަލްބަމެއްގެ ގޮތުގައި‬

‫ފާހަގަ ކުރެވިފައިވާ އެއް އަލްބަމެވެ‪ .‬އެ އަލްބަމުގައި ‪ 10‬ޝާއިރުންގެ ޅެމާއި ‪ 11‬ލަވަކިޔުންތެރިންގެ އަޑު‬

‫ހިމެނިފައިވެއެވެ‪.‬‬

‫ އެމްއެންޑީއެފުން ‪1423‬ހ‪1424 ،‬ހ‪1425 ،‬ހ‪1426 ،‬ހ‪1427 ،‬ހ‪1428 ،‬ހ‪1429 ،‬ހ‪،‬‬

‫‪1430‬ހ‪1431 ،‬ހ‪1432 ،‬ހ‪1433 ،‬ހ‪1434 ،‬ހ‪ ،‬ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި‬ ‫ނެރުއްވި ޤައުމީ ލަވަ ހިމެނޭ ސީޑީތައް އުފެއްދެވުމުގައި ޢަމަލީގޮތުން އެންމެ ބޮޑަށް މަސައްކަތް ކުރައްވާފައިވާ‬

‫ބޭފުޅަކީ ވެސް މޭޖަރ އަޙްމަދު ޢާޠިފެވެ‪ .‬މި ގޮތުން ލަވަ ތައްޔާރު ކުރުމާއި‪ ،‬ފަންނާނުން ލައްވާ ލަވަތައް‬ ‫ކިޔުއްވުމާއި‪ ،‬މިއުޒިކް ތައްޔާރު ކުރުމާއި‪ ،‬ރެކޯޑު ކުރުމާއި‪ ،‬މިކްސިންގ ހެދުމުގެ މަސައްކަތުގައި އަޙްމަދު‬

‫ޢާޠިފްގެ ހިއްސާ ފާހަގަ ކޮށްލެވެއެވެ‪ .‬އަދި މި ސީޑީތަކުގެ އިތުރުން އެމްއެންޑީއެފުން ނެރުނު ބައެއް ޤައުމީ‬ ‫ލަވަ އަލްބަމުތަކަށް ވެސް މޭޖަރ ޢާޠިފުވަނީ ލަވަ ވިދާޅުވެދެއްވާފައެވެ‪ 1425 .‬ވަނަ އަހަރުގެ ޤައުމީ ދުވަހުގެ‬

‫މުނާޞަބަތުގައި އެމްއެންޑީއެފުން ތައްޔާރު ކޮށްފައިވާ ޤައުމީ ލަވަ ސީޑީ އަކީ މުޅިން އަމިއްލަ ރާގު ހިމެނޭ‬ ‫ސީޑީއެކެވެ‪ .‬އެ ސީޑީ ނެރުމާއި އެ ލަވަތައް ތައްޔާރުކުރުމުގައި ވެސް ޢަމަލީގޮތުން އިސްވެ މަސައްކަތްކުރެއްވީ‬

‫މޭޖަރ އަޙްމަދު ޢާޠިފެވެ‪ .‬އެ އަލްބަމުގައި ހިމެނޭ ލަވަތަކާއި ރާގުތަކަކީ އަމިއްލަ ދިވެހި އުފެއްދުންތަކަށްވާއިރު‬ ‫އެ ރާގުތައް ހެދުމާއި އެ ރާގުތަކަށް މިއުޒިކު ހެދުމުގައި ވެސް އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ މޭޖަރ‬

‫އަޙްމަދު ޢާޠިފެވެ‪ .‬އަދި އެ އަލްބަމުގައި ހިމެނޭ ހުރިހާ ލަވައެއް ކިޔުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ‪.‬‬ ‫‪35‬‬


‫އެ އަލްބަމްގެ ލަވަތައް ރެކޯޑު ކުރުމާއި މިކްސިންގ ހެދުމުގެ މަސައްކަތް ކޮށްފައިވަނީ މޭޖަރ އަޙްމަދު‬

‫ޢާޠިފްގެ އަމިއްލަ ސްޓޫޑިއޯ ކަމުގައިވާ«ޑައިފޮނިކްސް އޯޑިއޯ ޓްރެކްސް އިން އެއްވެސް އަގަކާއި ނުލާ‪ ،‬ހިލޭ‬ ‫ސާބަހަށެވެ‪.‬‬

‫ަޤ ުއމީ ިޚ ުދ ަމތް‬ ‫ ކޮޕްސް ބޭންޑްގެ އިތުރުން އެހެނިހެން ބައެއް ފަރާތްތަކަށްވެސް މިއުޒިކީ ދާއިރާއިން މޭޖަރ‬ ‫އަޙްމަދު ޢާޠިފް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ‪ .‬މިގޮތުން ‪ 2001‬ޑިސެންބަރު ‪ 03‬ވަނަ ދުވަހު‬ ‫ކެއަރ ސޮސައިޓީގެ ފަރާތުން ފާހަގަ ކުރެއްވި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހު‪ ،‬ރާއްޖޭގެ އޭރުގެ‬ ‫ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހައްދަވައިދެއްވާފައިވާ «"އެންމެންގެ ހިއްސާ‬ ‫ބޭނުމޭ" މިލަވައިގެ މިއުޒިކާއި ރާގު ތައްޔާރު ކުރެއްވުމުގައާއި ލަވަ ވިދާޅުވުމުގައި ވެސް ޢާޠިފް ބައިވެރިވެ‬ ‫ވަޑައިގެންނެވިއެވެ‪ .‬އަދި ޓެލެވިޜަން މޯލްޑިވްސްގެ ފަރާތުން ތައްޔާރު ކުރައްވާ ބައެއް ޑްރާމާތަކަށާއި އެކިއެކި‬ ‫ކަންކަމާއި ގުޅިގެން އެ ފަރާތުން ތައްޔާރުކުރައްވާފައިވާ ބައެއް ލަވަތަކަށް މޭޖަރ އަޙްމަދު ޢާޠިފުގެ އެހީތެރިކަން‬ ‫އެކިގޮތްގޮތުންވަނީ ފޯރުކޮށްދެއްވާފައިއެވެ‪ .‬މީގެއިތުރުން އެމްއެންޑީއެފުން ތައްޔާރުކޮށްފައިވާ ޓެލެޑްރާމާތަކަށް‬ ‫ލަވަ ތައްޔާރުކުރުމުގައާއި‪ ،‬ލަވަ ވިދާޅުވުމުގައި އަދި ޑްރާމާތަކުގެ ބެކް މިއުޒިކް ތައްޔާރުކުރުމުގައި މޭޖަރ‬ ‫އަޙްމަދު ޢާޠިފްގެ ހިއްސާ ފާހަގަ ކޮށްލެވެއެވެ‪ .‬މީގެ އިތުރުން ‪ 1423‬ވަނަ އަހަރުގެ ރަމަޟާންމަހު‬ ‫ދިވެހިރާއްޖޭގެ އަޑުގެ އެދިވަޑައިގަތުމަކަށް ވިދާޅުވެދެއްވި މަދަހަތައް ވެސް ފާހަގަކޮށްލެވެއެވެ‪.‬‬ ‫‪36‬‬


‫ޤައުމީ ފެންވަރުގައި ޓެލެވިޜަން މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވަމުން އައި ސްކޫލް ކުދިންގެ‬ ‫ލަވަ މުބާރާތުގައި ‪ 2004 ،2003 ،2002 ،2001 ،1999 ،1998‬ވަނަ އަހަރު ފަނޑިޔާރެއްގެ ގޮތުން‬ ‫މޭޖަރ އަޙްމަދު ޢާޠިފް ވަނީ މަސައްކަތް ކޮށްދެއްވާފައެވެ‪ .‬އަދި ޤައުމީ ފެންވަރުގައި އަތޮޅުތެރޭގެ ސްކޫލް‬ ‫ތަކުގެ ދަރިވަރުންގެ މެދުގައި ދިވެހިރާއްޖޭގެ އަޑުން ބޭއްވެވި ލަވަ މުބާރާތުގައި ‪،2000 ،1999 ،1998‬‬ ‫‪ 2004 ،2003 ،2002 ،2001‬ވަނަ އަހަރު ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކޮށްދެއްވާފައިވެއެވެ‪.‬‬ ‫އަދި މޯލްޑިވްސް އެކަޑަމީ އޮޕް ޕާރފޯރމިންގ އާރޓްސް އިން ބާއްވަމުން އަންނަ ލަވަ މުބާރާތުގައި ވެސް‬ ‫‪ 2003 ،2002 ،2001 ،2000 ،1999 ،1998‬ވަނަ އަހަރު ފަނޑިޔާރެއްގެ ގޮތުގައި ވަނީ މަސައްކަތް‬ ‫ކުރައްވާފައެވެ‪ .‬އަދި އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ ދިޓީވީން ބޭއްވި ޓެލެންޓް ޝޯ«"ދި ހުނަރު"»ގެ‬ ‫ފަނޑިޔާރުކަން ‪ 2008‬ވަނަ އަހަރުގެ ކޮށްދެއްވާފައިވެއެވެ‪ .‬އަދި އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ ވީޓީވީން‬ ‫ބޭއްވި ލަވަ މުބާރާތް "މޯލްޑިވިއަން އައިކަން"ގެ ‪ 2012 ،2011 ،2010 ،2009‬އަހަރު ފަނޑިޔާރުކަން‬ ‫ކޮށްފައި ވެއެވެ‪ .‬އަދި ޓީވީ މޯލްޑިވްސް އިން ‪ 2013‬އާއި ‪ 2014‬ވަނަ އަހަރު މުޅި ރާއްޖެއަށް އަމާޒުކޮށްގެން‬ ‫ބޭއްވި ސްކޫލް ކުދިންގެ މަދަޙަ މުބާރާތުގެ ފަނޑިޔާރުކަން ވެސް ކޮށްދެއްވާފައިވެއެވެ‪ .‬މީގެއިތުރުން ‪2012‬‬ ‫ވަނަ އަހަރު ބޭއްވި«"އެންޝޯންޓާ މޯލްޑިވްސް ފިލްމް އެވޯރޑު"ގެ ޖަޖިންގ ގެ ޕެނަލްގައި މޭޖަރ އަޙްމަދު‬ ‫ޢާޠިފު މަސައްކަތް ކޮށްދެއްވިއެވެ‪.‬‬ ‫މޭޖަރ އަޙްމަދު ޢާޠިފުގެ މިއުޒިކީ ދުނިޔޭގެ ޤައުމީ ޚިދުމަތަކީ ހަމައެކަނި މާލޭގައި ހުންނަވައިގެން‬ ‫ދެއްވި ޚިދުމަތެއް ނޫނެވެ‪ .‬މިގޮތުން ‪ 2013‬ވަނަ އަހަރުގެ މޭ މަހުގެ ‪ 1‬އިން ‪ 4‬އަށް ސަދަން އެޑިއުކޭޝަން‬ ‫‪37‬‬


‫ޔުނިޓާއި މަރަދޫ ފޭދޫ ސްކޫލު ގުޅިގެން އައްޑޫ ސިޓީގައި ހިމެނޭ ހުރިހާ ސްކޫލްތަކުގެ މެދުގައި ބޭއްވި‬ ‫ވާދަވެރި މަދަޙަ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވައި ދެއްވި އިރުޝާދުތައް ފާހަގަކޮށްލެވެއެވެ‪ .‬ސް ކޫ ލު‬ ‫ކުދިންގެ ލަވަ މުބާރާތަށް ސްކޫލްތަކުން ތައްޔާރުވުމުގެ ގޮތުން ކުދިން ހޮވުމަށް ސްކޫލު ތަކުގެ ހައުސްތަކުގެ‬ ‫މެދުގައި ބޭއްވި ބައެއް މުބާރާތްތަކުގައި ވެސް ފަނޑިޔާރެއްގެ ގޮތުން މޭޖަރ އަޙްމަދު ޢާޠިފް ވަނީ މަސައްކަތް‬ ‫ކޮށްދެއްވާފައެވެ‪ .‬މިގޮތުން ތާޖުއްދީން ސްކޫލާއި‪ ،‬އިސްކަންދަރު ސްކޫލާއި‪ ،‬ޢިމާދުއްދީން ސްކޫލާއި އަމީނިއްޔާ‬ ‫ސްކޫލަކީ އާންމުގޮތެއްގައި މޭޖަރ އަޙްމަދު ޢާޠިފްގެ އެހީތެރިކަން ހޯދާ ފައިވާ ސްކޫލްތަކެކެވެ‪ .‬އަދި‬ ‫‪ 1993‬ވަނަ އަހަރާއި ‪ 1994‬ވަނަ އަހަރު ސްކޫލު ކުދިންގެ ލަވަ މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމުގެ‬ ‫ޢަމަލީ މަސައްކަތުގައި އަމީނިއްޔާ ސްކޫލަށް މޭޖަރ އަޙްމަދު ޢާޠިފު ވަނީ ހިލޭ ސާބަހަށް އިޚްލާޞްތެރި‬ ‫މަސައްކަތްތަކެއް ކޮށްދެއްވާފައެވެ‪.‬‬

‫ނމު‬ ‫ނ ުމގެ ަޤ ުއމީ އި ާ‬ ‫ިހތް ަވރު ދި ު‬ ‫ މޭޖަރ އަޙްމަދު ޢާޠިފަށް ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވީ‬

‫‪ 2014‬ވަނަ އަހަރު އެވެ‪ .‬އެ އިނާމު މޭޖަރ އަޙްމަދު ޢާޠިފަށް ލިބިވަޑައިގެންނެވީ ޕާރފޯމިންގ އާޓްސްގެ‬ ‫‪38‬‬


‫ދާއިރާއިން‪ ،‬ލަވަކިޔުމާއި‪ ،‬މިއުޒިކު ކުޅުމާއި‪ ،‬އަމިއްލަ ރާގު އުފެއްދުމުގެ ރޮނގުންނެވެ‪ .‬މި އިނާމު މޭޖަރ‬

‫އަޙްމަދު ޢާޠިފަށް ދެއްވީ‪ 2014 ،‬ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި‪ 2014 ،‬ނޮވެންބަރު‬

‫‪ 11‬ވަނަ ދުވަހު ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީވެރިޔާ ޢަބްދުﷲ‬

‫ޔާމީން ޢަބްދުލްޤައްޔޫމެވެ‪.‬‬

‫ސ ަހތް‬ ‫ނ ޭ‬ ‫ޭމޖަރ ައ ްޙ ަމދު ާޢ ިޠ ުފގެ ަ‬ ‫ މޭޖަރ އަޙްމަދު ޢާޠިފު މިއުޒިކީ ކަމެއްގެ ތެރެއިން އަޅުގަނޑުމެންނަށް އެންމެ ފަހުން ފެނިގެންދިޔައީ‬

‫ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ފެރެންޗައިސް ޝޯ‪ ،‬މޯލްޑިވިއަން‬ ‫އައިޑަލް ސީޒަން ‪ 2‬އިންނެވެ‪ .‬އެ ސީޒަންގެ ގަދަ ނުވައެއް ހޮވުމަށް ބޭއްވި އެލިމިނޭޝަން ނައިޓްގެ ގެސްޓް‬

‫ޖަޖެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ލަވަ ކިޔުމާއި މިއުޒިކާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ދެއްކެވިއެވެ‪.‬‬ ‫ލަވަ ލިޔުންތެރިންނަށް ހިތްވަރު ދެއްވިއެވެ‪ .‬އެ ޝޯ ގައި މޯލްޑިވިއަން އައިޑަލްގެ ބައިވެރިން މޭޖަރ ޢާޠިފުގެ‬ ‫ހިތްހައިމު އަޑުން ވިދާޅުވެފައިވާ ގިނަ ލަވަތަކެއް ހުށަހަޅައިދީފައެވެ‪ .‬މިއުޒިކާއި ލަވައަށް ބަދަލު ގެނެސްގެން‬ ‫ހުށަހަޅަމުން ގެންދިޔައިރު ބައެއް ފަހަރުފަހަރު ކޮޅަށް ތެދުވެވަޑައިގެން ތަރުހީބު ދެއްވިއެވެ‪ .‬އަނެއްބައި ފަހަރު‬

‫ވަރަށް އުފާވެރި ހިނިތުންވުމަކާއެކު ލަވަ ލިޔުންތެރިންނަށް ހިތްވަރު ދެއްވިއެވެ‪ .‬އަދި އަނެއްބައި ފަހަރު‬

‫އުފަލުން ގޮސް މޭޖަރ ޢާޠިފުގެ ދެ ލޯ ކަރުނައިން ތެމެމުން ދިޔައެވެ‪ .‬އެރޭ މޭޖަރ އަޙްމަދު ޢާޠިފު ވިދާޅުވީ‬ ‫ވަރަށް އުފާވެއްޖެ ކަމަށާއި‪ ،‬ހުރިހާ ބައިވެރިން ވެސް އެ ލަވަތަކަށް ގެނެސްދިން ދިރުމާއި އެ ލަވަތަކަށް‬ ‫ގެނެސްދިން ޖޯޝް ވަރަށް ރަނގަޅު ކަމަށެވެ‪ .‬އެ ރޭ ލަވަކިޔުންތެރިންނަށާއި‬

‫މިއުޒިކުކުޅޭ ފަރާތްތަކަށް‬

‫މޭޖަރ އަޙްމަދު ޢާޠިފް ވަރަށް އަގުހުރި ނަސޭހަތްކޮޅެއް ދެއްވިއެވެ‪ .‬އެއީ މޭޖަރ އަޙްމަދު ޢާޠިފް ލަވަ‬ ‫ކިޔުންތެރިންނަށާއި މިއުޒިކީ ފަންނާނުންނަށް ދެއްވި އެންމެ ފަހުގެ ނަސޭހަތެވެ‪.‬‬

‫"ލަވަކިޔުންތެރިން ވެސް‪ ،‬މިއުޒިޝަނުން ވެސް‪ ،‬އެބަޖެހޭ އަޚްލާޤެއްގެ މަތީގައި ތިބެން‪ .‬އެ ރީތި‬

‫ޑިސިޕްލިން‪ .‬އެހެން މީހުން ލޯބިވާ ގޮތަށް އުޅެވޭތޯ މަސައްކަތްކުރަން ޖެހޭ‪ .‬އުންމީދަކީ އެއީ" މޭޖަރ އަޙްމަދު‬

‫ޢާޠިފް ވިދާޅުވިއެވެ‪.‬‬

‫ލެފްޓިނަންޓް ކާނަލް ޙުސައިން ޢަލީ އަކީ އައްޑަނަ މަޖައްލާގެ އެޑިޓަރުކަން‬ ‫ކުރައްވައި‪،‬‬

‫ތަފާތު‬

‫ދާއިރާތަކުން‬

‫އައްޑަނައަށް‬

‫ލިޔުއްވާފައިވާ‬

‫ކުޅަދާނަ‬

‫ލިޔުންތެރިއެކެވެ‪ .‬ދޫ ފަރިތަ ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ‪ .‬މޮޅު ބަހުސް‬ ‫ކުރުންތެރިއެކެވެ‪ .‬މި ލިޔުމަކީ ‪ 2014‬ވަނަ އަހަރު‪ ،‬މޭޖަރ އަޙްމަދު ޢާޠިފް އޭނާގެ‬ ‫މިއުޒިކީ ހަޔާތާމެދު ދެއްވާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ލެފްޓިނަންޓް‬ ‫ކާނަލް ޙުސައިން ޢަލީ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ‪.‬‬ ‫‪39‬‬


‫ގެއްލިގެން އެ ދިޔައީ ހިތް ހެ ޮޔ ބަސްމަދު ރަޙުމަތްތެރިއެއް‬

‫ރ ީހމް ާޢ ިޒމް‬ ‫ެކ ްޕޓަން ިއ ްބ ާ‬ ‫އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފާއި އަޅުގަނޑާ ދެމެދުގައި ރަޙުމަތްތެރިކަން އުފެދުނީ އަޅުގަނޑު‬

‫އެންއެސްއެސް މެޑިކަލް ސަރވިސްގައި މަސައްކަތްކުރި ދުވަސްވަރުގައެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފުގެ ލޮބުވެތި‬

‫މަންމަ ޑޮކްޓަރަށް ދެއްކުމުގެ ކަންކަމާ އުޅުމުގެ ތެރެއިންނެވެ‪ 1990 .‬ގެ އަހަރުތަކުގެ ކުރީކޮޅުގައި ސިފައިންގެ‬ ‫ބަންޑާރަ ކޮށީގައި "ސިފައުފާ"ގެ ނަމުގައި ބާއްވަމުންދިޔަ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުގެ ތެރޭގައި‬ ‫އަޅުގަނޑާއި ޢާޠިފް އެކުގައި މަސައްކަތް ކުރަން ޖެހުނު ފަހަރުތައް ގިނައެވެ‪ .‬އޭރު ވެސް މޭޖަރ އަޙްމަދު‬

‫ޢާޠިފް‪ ،‬އަޅުގަނޑަށް ފާހަގަ ކުރެވިފައިވަނީ ވަރަށް ސާދާ‪ ،‬ކަމަށް ކަމޭހިތައިގެން މަސައްކަތްކުރާ ފަންނުވެރި‬

‫ޤާބިލު ބޭކަލެއްގެ ގޮތުގައެވެ‪ .‬ވަރަށް އެކުވެރި އަމިއްލަ ދިރިއުޅުމުގެ ކަންކަން ހިއްސާ ކުރައްވާ ބަސް މަދު‬ ‫ރަޙުމަތްތެރިއެއްގެ ގޮތުގައެވެ‪ .‬އަދި‬

‫ހިއްސާކުރައްވާ ބޭކަލެއްގެ ގޮތުގައެވެ‪.‬‬

‫ކޮންމެ ކަމެއްގައި ވެސް ޢާޠިފަށް ފެނިލައްވާގޮތް ސާބިތުކަމާއެކު‬

‫‪ 2016‬ވަނަ އަހަރުގެ މެދެއްހާ ތާނގައި ކަޅުތުއްކަލާކޮށީގައި އޮތް ހަފުލާއެއްގައި އަޅުގަނޑާ‬

‫ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާ ބައްދަލުވެ ދެކެނުވު ވާހަކައެއްގެ ތެރެއިން‬ ‫ސިފައިން ގޭގައި ތިބި ލަވަކިޔުމުގެ ހުނަރު ހުރި ފަރާތްތަކަށް ލަވަ މުބާރާތެއް ސިފައިންގޭގައި ބޭއްވުމުގެ‬ ‫ވިސްނުންފުޅު ހުރިކަން ޗީފް އޮފް ޑިފެންސް ފޯސް ފާޅުކުރެއްވިއެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފް ފަދަ‬

‫ބޭފުޅުންގެ ތަޖުރިބާއާއި އެހީތެރިކަމާއެކު ސިފައިންގޭގައި ތިބި ލަވަކިޔުމަށް ޝައުޤުވެރިކަންހުރި މިއުޒިކީ‬ ‫ފަންނުވެރިންނަށް އެފަދަ ފުރުޞަތެއް ހުޅުވާލުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ‪ .‬އެ ވާހަކަ ޗީފް އޮފް‬

‫ޑިފެންސް ފޯސް ހިއްސާކުރެއްވުމުން ލަވަ މުބާރާތެއްގެ ކޮންސެޕްޓެއް ތައްޔާރުކޮށް އެ ވާހަކަ އެންމެ ފުރަތަމަ‬ ‫އަޅުގަނޑު ހިއްސާކުރީ މޭޖަރ އަޙްމަދު ޢާޠިފާއެވެ‪ .‬އަދި މޭޖަރ އަޙްމަދު ޢާޠިފަށް އެ ކޮންސެޕްޓް މެއިލްކޮށް‬

‫‪40‬‬


‫އެކަމަށް ގެންނަން ބޭނުންވާ ބަދަލެއް އޮތްނަމަ ނުވަތަ ދެއްވަން ބޭނުންފުޅު ލަފައެއް އޮތްނަމަ އެކަމެއް‬ ‫ހިއްސާކޮށްލަދިނުމަށް އަޅުގަނޑު އެދުނީމެވެ‪ .‬އަޅުގަނޑާއި މޭޖަރ ޢާޠިފާ ފޯނުން މިކަމާއި މަޝްވަރާކުރި‬

‫ކުރުމުގައި ޢާޠިފް ހުންނެވީ މިފަދަ މުބާރާތެއް ސިފައިންނަށް ބޭއްވޭނެ ދުވަހެއްގެ ވަރަށް ބޮޑު އިންތިޒާރެއްގައި‬

‫ކަމާއި ޢާޠިފުގެ ފަރާތުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމާއި އެއްބާރުލުމެއް އެ ލަވަ މުބާރާތަށް‬ ‫ދެއްވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް މޭޖަރ އަޙްމަދު ޢާޠިފް ދެއްވިއެވެ‪ .‬މިކަން ވެގެންދިޔައީ "ވޮއިސް‬

‫އެމްއެންޑީއެފް ‪"2017‬‬

‫ބޭއްވުމަށް އަޅުގަނޑަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތްވަރަކަށެވެ‪ .‬ވޮއިސް އޮފް‬

‫އެމްއެންޑީއެފް ‪ 2017‬ބޭއްވިގެން ދިޔައީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް‬ ‫އަޅުގަނޑަށް ދެއްވި އިރުޝާދާއި ލަފާފުޅާއެކުގައެވެ‪ .‬ޚާއްޞަކޮށް މުބާރާތުގެ ޗީފް ޖަޖެއްގެ ގޮތުގައި މޭޖަރ‬

‫އަޙްމަދު ޢާޠިފް ހަމަޖެއްސެވުމަށް ޗީފް އޮފް ޑިފެންސް ފޯސް ނިންމެވި ނިންމެވުން އަޅުގަނޑު ފާހަގަކުރަމެވެ‪.‬‬ ‫"ވޮއިސް އޮފް އެމްއެންޑީއެފް ‪ ،"2017‬އަކީ ވަރަށް ކާމިޔާބު މުބާރާތެކެވެ‪ .‬އެހެން އެކަންވެގެންދިޔައީ‬

‫އެ މުބާރާތް ދިވެހި ސިފައިންގެ ކުލަބުން އިންތިޒާމުކުރިލެއް ފުރިހަމަކަމުންނާއި މީޑިއާ އެންޑް ޕަބްލިޝިންގ‬ ‫ސާރވިސްއާއި ބޭންޑް އެންޑް މިއުޒިކް ވިންގުގެ ހީވާގި އަދި ހުނަރުވެރި ސިފައިން ކޮށްދެއްވި ބުރަ‬ ‫މަސައްކަތްތަކުގެ އިތުރުން މޭޖަރ އަޙްމަދު ޢާޠިފުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިގެންކަން‬

‫މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކުރަމެވެ‪ .‬ދެ މަސްދުވަހަށް ކުރިއަށް ގެންދެވުނު މި މުބާރާތުގައި‬ ‫ފޫހިކަމެއްނެތި މޭޖަރ އަޙްމަދު ޢާޠިފް ފަނޑިޔާރުކަން ކޮށްދެއްވާފައި ވަނީ ވަރަށް އިޚްލާޞްތެރިކަމާއެކުގައި‬

‫ކަމަށް ކަމޭހިތްތަވައިގެންނެވެ‪ .‬ހަމައެކަނި މުބާރާތުގައި ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވުމުގެ‬

‫ބަދަލުގައި ލަވަކިޔުންތެރިން ތައްޔާރު ކުރުމުގައި ވެދެއްވި އެހީތެރިކަން ވަކިން ޚާއްޞަކޮށް ފަހަގަކޮށްލަން‬

‫ޖެހެއެވެ‪ .‬ތަފާތު ފެންވަރުގެ ލަވަކިޔުންތެރިން ފެނިގެންދިޔަ އެ މުބާރާތުގައި ޢާޠިފުގެ ލަވަ ވިދާޅުވުމުގެ‬

‫ތަޖުރިބާގެ ތެރެއިން ތަފާތު ހުނަރުތައް ހިއްސާކުރައްވައި‪ ،‬ލަވަ ކިޔުންތެރިންގެ ޝައުޤުވެރިކަން އިތުރު‬ ‫ކުރެއްވިއެވެ‪ .‬ހިތްވަރު ދެއްވައި ޢަޒުމް އާކޮށްދެއްވިއެވެ‪.‬‬

‫‪41‬‬


‫އަޅުގަނޑު‪ ،‬މޭޖަރ އަޙްމަދު ޢާޠިފް ސިފަކުރަނީ މިއުޒިކީ ފަންނުގެ އެންމެ އުހުގައި ފިޔަޖަހަމުންއައި‬

‫އަލިގަދަ ތަރިއެއްގެ ގޮތުގައެވެ‪ .‬އަދި މިއުޒިކީ ދާއިރާއިން ވަރަށް ގިނަ ހުނަރު ލިބި ލައްވާފައިވާ ރަޙުމަތްތެރި‬

‫ބަސްމަދު ފަންނުވެރިއެއްގެ ގޮތުގައެވެ‪ .‬އަޅުގަނޑާއި ޢާޠިފާ ދެމެދުގައި އޮތް ރަޙުމަތްތެރިކަމަކީ އެކަކު‬ ‫އަނެކަކަށް އިޙްތިރާމްކުރާ ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރުމުގައި ހުރި ހުރަސްތަކާމެދު ވާހަކަ ދައްކައި‬

‫ޢާއިލީ ކަންކަން ހިއްސާކުރާ ރަނގަޅު ރަޙުމަތްތެރި ގުޅުމެކެވެ‪ .‬އަދި އެމްއެންޑީއެފް ނޮދަން އޭރިއާގެ‬ ‫ޑެޕިއުޓީ ކޮމާންޑަރެއްގެ ގޮތުގައި އެ އޭރިއާގެ ހަނިމާދޫ ޕޯސްޓްގައި މޭޖަރ އަޙްމަދު ޢާޠިފް ހުންނަވަނިކޮށް‬

‫ނިޔާވި ދުވަހުގެ ރޭ ރަސްމީ ބޭނުމެއްގައި އަޅުގަނޑު ޢާޠިފާ ފޯނުކޮށް ވާހަކަ ދެއްކީމެވެ‪ .‬އެރޭ ފޯނުން‬

‫ދެކެވުނު ވާހަކައިގައި އަމިއްލަ ދިރިއުޅުމުގެ ހާލު އަހުވާލު އަހައި ވަރަށް ރަޙުމަތްތެރި ޖައްވެއްގައި ދިހަ‬ ‫ވަރަކަށް މިނެޓް ވާހަކަ ދެކެވުނެވެ‪ 2017 .‬އޮގަސްޓް ‪ 20‬ވަނަ ދުވަހު މެންދުރެއްހާއިރު މޭޖަރ އަޙްމަދު‬

‫ޢާޠިފް ނިޔާވި ކަމުގެ ކުއްލި ޚަބަރު ލިބުމާއެކު އަޅުގަނޑަށް ކުރެވުނު އިޙްސާސްތައް ބަޔާންކުރަން ވަރަށް‬ ‫ދައްޗެވެ‪.‬‬

‫ނެތި އެ ދިޔައީ ފަންނުވެރިއެކެވެ‪ .‬ހިތްހެޔޮ ރަޙުމަތްތެރިއެކެވެ‪ .‬އަމިއްލަ ދިރިއުޅުން‬

‫ބިނާކުރެއްވުމަށް ގަދައަޅައި މަސައްކަތްކުރެއްވި ހިތްވަރުގަދަ ކެރޭ އެކުވެރިއެކެވެ‪ .‬ދިވެހި ޖީލަށް ދޫކޮށްފައި‬ ‫އެ ދިޔައީ ޒަމާންތަކަކަށް ދެމިހުންނާނެ ނަސޭހަތްތަކަކާއި ހަނދާންތަކެކެވެ‪ .‬ޤައުމީ ލޯތްބެވެ‪ .‬އަޅުގަނޑުގެ‬

‫ދުޢާ އަކީ އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމެވެ‪.‬‬

‫ކެޕްޓަން އިބްރާހީމް ޢާޒިމަކީ މީޑިއާ އެންޑް ޕަބްލިޝިންގ ސާރވިސްގެ‬ ‫އޮފިސަރ ކޮމާންޑިންގެ އިތުރުން އައްޑަނަ މަޖައްލާގެ އެޑިޓަރެވެ‪ .‬އަދި‬ ‫ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އިންފޮމޭޝަން އޮފިސަރެވެ‪ .‬ކެޕްޓަން‬ ‫އިބްރާހީމް ޢާޒިމަކީ ތަފާތު ދާއިރާތަކުން ލިޔުންތައް ލިޔުއްވަމުން ގެންދަވާ‬ ‫ ‬ ‫ލިޔުންތެރިއެކެވެ‪.‬‬ ‫‪42‬‬


‫މިހާރު ނޫހުގެ ޓްރިބިއުޓް‬ ‫ދުވަހުނޫސް "މިހާރު" ން ވަނީ "ޓްރިބިއުޓް ޓު ލެޖެންޑްރީ މިއުޒިޝަން‬ ‫އަޙްމަދު ޢާޠިފް" މި ނަމުގައި ‪ 21‬އޮގަސްޓް ‪ 2017‬ގައި ޓްރިބިއުޓެއް‬ ‫ތައްޔާރުކުރައްވާފައެވެ‪ .‬ތިރީގައި މިވަނީ ޓްރިބިއުޓަށް ކުރިން ސިފައިންގޭގައި‬ ‫މޭޖަރ އަޙްމަދު ޢާޠިފާއެކު ޚިދުމަތް ކުރެއްވި ލެފްޓިނަންޓް އަޝްހަރު ވަޙީދާއި‪،‬‬ ‫ކެޕްޓަން ޢަބްދުލް މުޢިއްޒު ފާޅުކުރައްވާފައިވާ ޝުޢޫރެވެ‪.‬‬ ‫"ޢާޠިފް‪ ،‬އެއީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް‪ .‬ގާތްގަނޑަކަށް ‪ 30‬އަހަރުވީ ގާތްގަނޑަށް‬

‫ސިފައިންގެއިންސުރެ ފެށިގެން މިހެން ގާތްކޮށް އުޅޭތާ‪ .‬އަޅުގަނޑުގެ ދިރިއުޅުމުގެ ވަރަށް ބޮޑު ހިއްސާއެއް‬

‫ކުރެވިފައިވާނެ‪ .‬ޚާއްޞަކޮށް އެއްވެސް މޭޖަ ޑިސިޝަނެއް އަޅުގަނޑު ނަގާފައެއް ނުވާނެ ޢާޠިފާ ޑިސްކަން‬ ‫ނުކޮށް‪ .‬ޢާޠިފް ކުއްލިއަކަށް ވަކިވެދިއުން އެއީ ވަރަށް ބޮޑު ޝޮކެއް އަޅުގަނޑުމެން އެންމެންނަށް ލިބުނު‪.‬‬

‫އެހެންވީމަ ޢާޠިފުގެ ނެތިދިއުން އެއީ އަޅުގަނޑުގެ ޚާއްޞަކޮށް ޕާރސަނަލީ އެއްކިބައިގައި އަދި ޕްރޮފެޝަނަލީ‬ ‫ޝ ަހރު ަވ ީޙދު‬ ‫ނޓް‪ަ ،‬އ ް‬ ‫ރގެ ެލ ްފޓިނަ ް‬ ‫ވެސް ވަރަށް ބޮޑު އުނިކަމެއް‪ު - ".‬ކ ީ‬

‫"މޭޖަރ ޢާޠިފުގެ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އެންމެ ޚާއްޞަ ސިފައަކީ އެންމެންނާވެސް‬

‫ހުރިހާ އޭޖެއްގެ ބޭފުޅުންނާވެސް ގުޅޭ ބޭފުޅެއްކަން‪ .‬ސީނިއަރ ވިޔަސް ޖޫނިއަރ ވިޔަސް‪ .‬އަޅުގަނޑުމެންނަކީ‬

‫ޖޫނިއަރ‪ 16 .‬އަހަރުގައި ސިފައިންގެއަށް ވެއްދިއިރު އެއީ މިއުޒިކީ ދާއިރާގައި ވަރަށް ސީނިއަރ ބޭފުޅެއް‪.‬‬ ‫އަޅުގަނޑު ވެސް އިނީޝިއަލީ ވޯކުކުރަން ޖެހުނީ މިއުޒިކީ ދާއިރާގައި‪ .‬އެ ބޭފުޅާއަކީ ފެށުނިއްސުރެ ވަރަށް‬

‫ރަނގަޅު ގައިޑެންސް ދެއްވަމުން ގެންދެވި ބޭފުޅެއް‪ .‬ސިފައިންގެ ކެރިއަރ ޑިވެލޮޕްކުރުމުގައާއި‪ ،‬އަދި‬ ‫ބޭރުތެރޭގައި އުޅުމުގައާއި އަދި މިހާރުވެސް އެހެން ދާއިރާއެއްގައި އަޅުގަނޑު އުޅުނަސް ޕާރސަނަލީ މީޓްކޮށް‬

‫އުޅެންވާނެގޮތާއި‪ ،‬މިހިސާބަށް އައުމުގައި ވަރަށް ބޮޑު ކޮންޓްރިބިއުޝަނެއް ކުޅުނު އެއް ފަރާތަކަށްވާޏެ‬

‫އެމްއެންޑީއެފް ލައިފްގައި‪ .‬އަޅުގަނޑު ދުވަހަކު ވެސް ހަނދާނެއް ނުނެދޭނެ އެ ބޭފުޅާ ކިޔައިދެއްވާފައިވާ‬ ‫ލަވަތައް‪ .‬ޚާއްޞަކޮށް ޤައުމީ ލަވަތަކާއި އަދި އޭގެ އިތުރުންވެސް ރައްޔިތުންގެ ހިތްހަމަޖައްސަވައިދެއްވުމަށް‬ ‫ކޮށްދެއްވާފައިވާ ހުރިހާ މުނިފޫހި ފިލުވައިދިނުމުގެ މަސައްކަތްތައްވެސް"‬ ‫ޞ ަޠފާ‬ ‫ރގެ ެކ ްޕޓަން‪ަ ،‬ޢ ްބ ުދލް ުމ ިޢ ްއޒު ުމ ް‬ ‫‪ -‬ކު ީ‬

‫‪43‬‬


‫"ފަސް ާލ ޮފރުވާލިޔަކަސް ދެ އަތު ް‬ ‫ނ‬ ‫އަސްލު ަގ ތި ހަނދާން ނުފިލާނެ ހިތުން"‬ ‫ރމް‬ ‫ސ ާމ ީޢލް ައކް ަ‬ ‫ނޓް ިއ ް‬ ‫ސ ްޓލެ ްފޓިނަ ް‬ ‫ަފ ް‬ ‫އިންސާނުންނަކީ މިދުނިޔޭގައި ކުޑަ ހިނދުކޮޅަކަށް ފޮނުއްވާފައިވާ ބައެއްކަމީ ޝައްކެއް އޮތްކަމެއް‬ ‫ނޫނެވެ‪ .‬ކޮންމެ އިންސާނަކު ވެސް ދުނިޔެއަށް ފޮނުއްވަނީ ވަކި އަދަދަކަށް ނޭވާ އެމީހަކަށް ތަޤުދީރު‬ ‫ކުރުމަށް ފަހުއެވެ‪ .‬ހަމަ އެންމެ ނޭވައެއްވެސް އިތުރަށް ލުމުގެ ކުޅަދާނަކަން އިންސާނާއަށް ލިބިފައި‬ ‫ނުވާއިރު‪ ،‬އެމީހަކަށް ތަޤުދީރު ކުރެވިފައިވާ ޢަދަދަށް ނޭވާލާ ހުސްވުމުން ޅަ އުމުރުކަމުގައި ވިޔަސް‪،‬‬ ‫ޒުވާނެއްކަމުގައި ވިޔަސް‪ ،‬އަދި ދުވަސްވީ މީހަކު ކަމުގައިވިޔަސް މި ވަގުތީ ދުނިޔެއަށް އަލްވަދާޢު ކިޔާން‬ ‫ޖެހެއެވެ‪ .‬ހަމަ އެކަނި ދުނިޔޭގައި ދެމިހުންނަނީ އެމީހެއްގެ ހަނދާންތަކާއި‪ ،‬ދެމިހުންނާނޭހެން އެމީހަކު‬ ‫ކުޅަ މަސައްކަތްތަކެވެ‪.‬‬ ‫އަލްމަރްހޫމް މޭޖަރ އަޙްމަދު އާޠިފް މި ދުނިޔެއާ އަލްވަދާޢު ކިޔުން ވެގެންދިޔައީ މުޅި ރާއްޖެ‬ ‫ސިއްސުވާލި ޚަބަރަކަށެވެ‪ .‬އުމުރުން ދުވަސްވީ މީހެކޭ ނުބުނާނެއެވެ‪ .‬ލޫޅާފަތި ރީތި ހަށިގަނޑެއްގެ‬ ‫ވެރިއެކެވެ‪ .‬މީހުންގެ ހިތް ދަމައިގަންނަ ޖާޒުބީ ރީތި ރަން އަޑެއްގެ ވެރިއެކެވެ‪ .‬ޚުދު އަޅުގަނޑަށް ވެސް‬ ‫އެ ޚަބަރު އިވި ޤަބޫލެއް ނުކުރެވުނެވެ‪ .‬މިޔުޒިކާއި ލަވަ ކިޔުމުގެ ތެރޭގައި އުޅުނު ފަރާތެއްކަމުން ވަރަށް‬ ‫ގިނައިން އެކި ކަންކަމުގައި ބައްދަލުވެ މަޝްވަރާ ކުރަންޖެހޭ ލަވަކިޔުންތެރިއެކެވެ‪ .‬ރޭންކުގެ ގޮތުންނާއި‬ ‫ސިފައިންގެއަށް ކޮށްދީފައިވާ ޚިދުމަތުގެ ގޮތުން އަޅުގަނޑުގެ ސަރ އެކެވެ‪ .‬މެންޓޯއެކެވެ‪ .‬ކޮޕްސް ބޭންޑުގެ‬ ‫މެންބަރުންނާއި‪ ،‬ސިފައިންގެ ތެރޭގައި ލަވަ ކިޔާ އުޅޭ ހުރިހާ ސިފައިންގެ އެންމެ އިސް އުސްތާޒެވެ‪.‬‬ ‫މިއަދުވެސް ދެންމެ ހިނގާދިޔަ ކަމެއްހެން އެންމެ ފަހުން ބައްދަލުވީ ދުވަސް ހަނދާން‬ ‫އެބަހުއްޓެވެ‪ .‬އެއީ ބޭންޑްގެ އޯޑިއޯ ސްޓޯޑިއޯގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ތީމް ލަވަ‬ ‫ހެދުމުގެ މަސައްކަތް ކުރަމުން ދިޔަ ދުވަހެކެވެ‪ .‬ކަންދިމާކުރި ގޮތުން ރެކޯޑިންގއަށް މީރާއިން ފޮނުވާފައިވާ‬ ‫‪44‬‬


‫އާޓިސްޓަކީ މޭޖަރ އަޙްމަދު ޢާޠިފުގެ ދޮށީ ދަރިކަލުން މާއިން އެވެ‪ .‬ކުއްލި ގޮތަކަށް ޢާޠިފް ސަރ ސްޓޯޑިއޯ‬ ‫ކައިރިން ފެނުމުން ކޮންދަތުރެއްތޯ ދަންނަވާލީމެވެ‪ .‬ޖަވާބުގައި ވިދާޅުވީ ދަރިފުޅުގެ ރެކޯރޑިންގއެއް ކުރިއަށް‬ ‫ދާތީ ބަލާލަން އައީ ކަމުގައެވެ‪.‬‬ ‫ސްޓޫޑިއޯ ބޭރުގައި އިރުކޮޅަކު ވާހަކަ ދައްކާލަން އަޅުގަނޑުމެން ދެމީހުން ތިބީމެވެ‪ .‬އެންމެ ފަހުން‬ ‫ބުނުއްވި ވާހަކަ އަކީ ތިމަންނާ ނެތް ދުވަހެއްގައި ތިމަންނާގެ ލެގަސީ ދަމަހައްޓަން ތިބޭނީ ތިމަންނާގެ ދެ‬ ‫ފިރިހެން ދަރީން ކަމުގައެވެ‪ .‬ދެކުދީންނަކީވެސް ލަވަ ކިޔަން މޮޅު ދެ ކުދީން ކަމުގައެވެ‪.‬‬ ‫އާދެ! ޢާޠިފް ސަރ އަކީ ސިފައިންގޭގައި ހުރި އެންމެ މޮޅު އެއް ލަވަކިޔުން ތެރިޔާއެވެ‪ .‬ކޮންމެ‬ ‫އަހަރަކު ސިފައިންގެއިން ނެރޭ ޤައުމީ ލަވަ އަލްބަމް ތައްޔާރު ކުރުމުގައި ޢާޠިފް ސަރގެ ޚިދުމަތް ލިބެއެވެ‪.‬‬ ‫އެ ހިތްގައިމު އަޑުން އެތަކެއް ޤައުމީ ލަވަ ރެކޯރޑްކޮށްފައި ވާއިރު އެންމެ ފަހުން ގައުމީ އަލްބަމަކަށް‬ ‫ރެކޯރޑްކޮށްފައި ވަނީ ‪ )2015( 1437‬ވަނަ އަހަރު ނެރުނު ގައުމީ އަލްބަމަށް ކިޔާފައިވާ "ޤައުމީ‬ ‫ބަތަލުންނަށް" މި ލަވައެވެ‪ .‬ޢާޠިފް ސަރ އާއެކު މިލަވަ ކިޔާފައި ވަނީ އަލްފާޟިލާ ރާފިޔަތު ރަމީޒާއި‪،‬‬ ‫ލ‪.‬ކޯޕްރަލް އަބްދުﷲ ސަޢީދާއި‪ ،‬ޕްރައިވެޓް އަނާނާ މުޙައްމަދާއި‪ ،‬ލ‪.‬ކޯޕްރަލް ޙުސައިން ޝިފާނާއި‪،‬‬ ‫އަލްފާޟިލާ ޝިނާ ޢަލީއެވެ‪ .‬މި ލަވައިގެ މިޔުޒިކް ޑައިރެކްޝަން ހެދީ އަޅުގަނޑެވެ‪ .‬ރާގާއި މިޔުޒިކް‬ ‫ހަދާފައި ވަނީ ވޮރަންޓް އޮފިސަރ ‪ 1‬ޢަބްދުﷲ އިލްހާމް އިބްރާހީމްއެވެ‪ .‬ޅެން ހައްދަވާފައި ވަނީ ކޮމާންޑް‬ ‫ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދެވެ‪.‬‬ ‫‪45‬‬


‫އެންމެ ފަހުން ސިފައިންގެ ފަރާތުން ޕަބްލިކް ޕާރފޯމަންސްއެއް ދީފައި ވަނީ "ތަރިކަ" މަޝްރޫޢު‬ ‫އިފްތިތާޙު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ތަރިކަ މަޝްރޫޢުގެ ތީމް ލަވައެވެ‪ .‬ބަހުގެ‬ ‫އެކަޑެމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީގެ ޅެމަކަށް‬

‫އެމްއެންޑީއެފުން ތައްޔާރުކުރި މި ލަވަ‬

‫ހުށަހަޅައިދެއްވުމުގައި މޭޖަރ ޢާޠިފް ސާރ އާއި އެކު އަލްފާޟިލާ ރާފިއަތު ރަމީޒާއި‪ ،‬އަލްފާޟިލް މުޙައްމަދު‬ ‫ޢަބްދުލް ޣަނީ (ތޭރަ) އާއި‪ ،‬އަލްފާޟިލާ މާއިން ރަޝީދާއި‪ ،‬ސާރޖަންޓް ފަސްޓްކްލާސް އަޒްލީފް ޚަލީލާއި‪،‬‬ ‫ކޯޕްރަލް އަޙްމަދު ޔާސިރާއި‪ ،‬އަލްފާޟިލާ މުޝާތު މުސްތާޤާއި‪ ،‬އަލްފާޟިލް އަޙްމަދު ޚަލަފް ހާފިޒާއި‪،‬‬ ‫އަލްފާޟިލާ ފާތިމަތު އިމްތިޝާލް ޝަރަފުއްދީނާއި‪ ،‬އަލްފާޟިލް މުޙައްމަދު އިކްރާމާއި‪ ،‬އަލްފާޟިލާ ރަމްލާ‬ ‫ޢަބްދުލް ޣަނީ އާއި‪ ،‬އަލްފާޟިލް ޤާސިމް މުޙައްމަދު ބައިވެރިވެ ލެއްވިއެވެ‪ .‬އެ ޕާރފޯމަންސް ޑައިރެކްޓްކުރީ‬ ‫އަޅުގަނޑެވެ‪ .‬ރާގާއި މިޔުޒިކް ހަދާފައި ވަނީ ވޮރަންޓް އޮފިސަރ ‪ 1‬ޢަބްދުﷲ އިލްހާމް އިބްރާހީމެވެ‪.‬‬ ‫ސިފައިންގެ ތެރޭގައި މިޔުޒިކީ ގޮތުން ކުރެވުނު ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ފަހުން‬ ‫އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފް ބައިވެރިވެ ވަޑައިގެންނެވި މަސައްކަތަކީ ވޮއިސް އޮފް އެމްއެންޑީއެފް‬ ‫‪ ،2017‬ލަވަ މުބާރާތެވެ‪ .‬މި މުބާރާތުގެ އިސް ފަނޑިޔާރުކަމާއި‪ ،‬ކޯޗުކަން ވެސް ޢާޠިފް ސަރ ކުރައްވާފައި‬ ‫ވެއެވެ‪ .‬ޖުމްލަ ‪ 48‬ކުދިން ބައިވެރިވި މި މުބާރާތުގައި‪ ،‬ކުދިންނަށް ލަވަ ދަސްކޮށްދެއްވުމުގައާއި‪ ،‬އެ‬ ‫ކުއްޖެއްގެ އަޑާއި ޓޯނާ ގުޅޭގޮތަށް ލަވަ ސިލެކްޓްކޮށްދެއްވުމުގައި ކުރެއްވި މަސައްކަތް ފާހަގަ ކުރެވެއެވެ‪.‬‬ ‫ލަވަކިޔުމުގެ ޕްރޮފެޝަނަލް ގައިޑެންސް ދީ ސިފައިންގެ ތެރޭގައި ލަވަކިޔުންތެރިން އުފެއްދުމަށް ގިނަ‬ ‫މަސައްކަތްތަކެއް ކުރެއްވިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ‪ .‬އަޅުގަނޑަކީ ވެސް މި މުބާރާތް ހިންގުމުގައި‬ ‫އިސްކޮށް އުޅުނު ފަރާތަކަށް ވާތީ މިކަމުގައި ޢާޠިފް ސަރގެ ފަރާތުން ފެނިގެންދިޔަ ޑެޑިކޭޝަން ވަރަށް‬ ‫ބޮޑަށް ފާހަގަ ކުރެވުނެވެ‪ .‬އަދި މިފަދަ މުބާރާތްތައް ހިންގުމުގައި ގެންގުޅެންވީ ހަމަތަކާއި އުޞޫލްތައް‬ ‫‪46‬‬


‫ކިޔާދެއްވައި‪ ،‬ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވިކަން އަޅުގަނޑު ފާހަގަ ކުރަމެވެ‪ .‬ޢާޠިފް ސަރ އަބަދުވެސް‬ ‫ދައްކަވާ ވާހަކައެއް އޮވެއެވެ‪" .‬އަބަދަކު އަހަރެމެން މިހެންނެއް ނުތިބޭނެ‪ .‬އަހަރެމެން މިތަނުން ދިއުމުގެ‬ ‫ކުރީން ލަވަކިޔުންތެރިން އުފައްދަން އެބަޖެހޭ"‬ ‫އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފް އަޅުގަނޑަށް ފާހަގަ ކުރެވިފައިވަނީ ވަރަށް މަޖާ‪ ،‬މީހުންނާގުޅޭ‪،‬‬ ‫އަދި ކަމަކާ ކުރިމަތިލާ ތެދުވަންޖެހިއްޖެނަމަ އެއްވެސް ޖެހިލުމެއްނެތި އެކަމަކާ ކުރިމަތިލައްވާ ވަރަށް‬ ‫ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައެވެ‪ .‬ކޮޕްސް ބޭންޑުގައި އުޅުއްވި އިރުވެސް ކޮޕްސް ބޭންޑުގެ މެންބަރުންނަށް‬ ‫މަގުދައްކަވައި‪ ،‬ޕްރޮފެޝަނަލް ގައިޑެންސް ދެއްވާ ހެއްދެވިއެވެ‪ .‬އަދި ކޮޕްސްބޭންޑް އުފައްދަވައި ތަރައްޤީ‬ ‫ކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވައި‪ ،‬ގިނަގުނަ މަސައްކަތްތަކެއް ކުރެއްވެވިއެވެ‪ .‬ލަވަ ކިޔުމާއި‬ ‫މިއުޒިކުގެ ދާއިރާއިން މޭޖަރ އަޙްމަދު ޢާޠިފްވަނީ ރާއްޖޭގެ އެތައް ބައެއްގެ ހިތްތައް މިލުކުކުރައްވާފައެވެ‪.‬‬ ‫ޤައުމީ އިނާމު ހާސިލުކުރައްވާފައެވެ‪ .‬ސިފައިންގެ ތެރޭގައި މޭޖަރ އަޙްމަދު ޢާޠިފުގެ ނަންވަނީ ބިންވަޅު‬ ‫ނެގިފައެވެ‪ .‬އެއީ ޚާއްޞަކޮށް މަޑުމައިތިރި ލަވައާއި‪ ،‬މެދުމިނުގެ އަވަސް ލަވަ ކިޔުމަށް ވަރަށް މޮޅު‬ ‫ފަންނާނެކެވެ‪ .‬ޢާޠިފް ސަރ އަޅުގަނޑުމެންނާ ވަކިވުމަކީ ފޫބަންދަން ދަތި ގެއްލުމެކެވެ‪ .‬ނިންމާލަމުން‬ ‫އަޅުގަނޑު ދަންނަވަން އޮތީ މޭޖަރ އަޙްމަދު ޢާޠިފް‪ ،‬ޤައުމީ ލަވަ އަލްބަމަށް އެންމެ ފަހުން ވިދާޅުވި‬ ‫ލަވައިގައި އަސަރާއެކު ވިދާޅުވި ބަސްކޮޅެވެ‪ .‬އާދެ! "ފަސްލާ ފޮރުވާ ލިޔަކަސް ދެއަތުން‪ ،‬އަޞްލުގަ ތި‬ ‫ހަނދާން ނުފިލާނެ ހިތުން"‬ ‫އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފަށް ސުވަރުގޭގެ ދާއިމީ ރަޙުމަތާއި ނިޢުމަތް މިންވަރު‬ ‫ކުރައްވާށިއެވެ‪ .‬އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވައި ބާއްޖަވެރިކަން މިންވަރުކުރައްވާށިއެވެ‪ .‬އާމީން‪.‬‬

‫ބޭންޑް މާސްޓަރ‪ ،‬ފަސްޓް ލެފްޓިނަންޓް އިސްމާޢީލް އަކްރަމަކީ މޯލްޑިވްސް‬ ‫ނޭޝަނަލް ޑިފެންސް ފޯސްގެ ބޭންޑް އެންޑް މިއުޒިކް ވިންގުގެ އޮފިސަރ‬ ‫ކޮމާންޑިންގ އެވެ‪ .‬ފަސްޓް ލެފްޓިނަންޓް އިސްމާޢީލް އަކްރަމަކީ މޮޅު‬ ‫މިއުޒިޝަނެކެވެ‪ .‬މިއުޒިކް ޑައިރެކްޓަރެކެވެ‪ .‬ފަސްޓް ލެފްޓިނަންޓް އިސްމާޢީލް‬ ‫އަކްރަމްވަނީ ‪ 2013‬ވަނަ އަހަރު ބޭންޑް މާސްޓަރ ކޯސް ފުރިހަމަކުރައްވާފައެވެ‪.‬‬ ‫ސިފައިންގެ ތެރޭގައި ޕައިޕް ބޭންޑެއް އަލަށް އެކުލަވާލައި އުފެއްދުމުގައި‬ ‫ޚާއްޞަކޮށް މީހުން ބިނާކުރުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ‪ .‬ބޭންޑް‬ ‫މާސްޓަރ ކަމުގައި ހުންނަވައިގެން އައު ޚިޔާލާއި ޒަމާނީ ވިސްނުންތަކާއެކު އައު‬ ‫އުފެއްދުންތައް ވުޖޫދަށް ގެންނަވާފައިވެއެވެ‪.‬‬

‫‪47‬‬


‫ޢާޠިފް ސަރ ‪ -‬ހިތްތަކަށް އުފާވެރިކަން ގެނެސްދެއްވި‬

‫ނޓް ޭމޖަރ ައ ްޙ ަމދު ަޢ ްބދުﷲ‬ ‫ނ ްޑ ސާރޖަ ް‬ ‫ޮކމާ ް‬ ‫ޝޔާރުން‪،‬‬ ‫ނ ާދށެ ަވ ާޔއޭ ިމ ުއ ާފ ިވ ި‬ ‫" ގެ ް‬ ‫ ‬

‫ނމުން ާމ ަހ ުއލު އު ާފދޭ‪"..‬‬ ‫ރތި ަމ ެލއް ފެ ު‬ ‫މާ ީ‬

‫ޢާޠިފް ސަރ އަޅުގަނޑުމެން ދޫކޮށް މި ދުނިޔެއާ ވަކިވެ ވަޑައިގަތަސް ޢާޠިފް ސަރ ގެ ހަނދާންތައް‬ ‫އަޅުގަނޑުމެންގެ ހިތުން ދުވަހަކު ވެސް ވަކިވެ ފަނޑުވެގެނެއް ނުދާނެއެވެ‪ .‬ޢާޠިފް ސަރ އަޅުގަނޑަށް ސިފަ‬ ‫ކުރެވެނީ ދިވެހި މިޔުޒިކީ ފަންނީ ޖައްވަށް އެރި ފަނޑުނުވި އަލިގަދަ ތަރިއެއްގެ ގޮތުގައެވެ‪.‬‬

‫އެ ތަރީގެ‬

‫އަލިކަން ދިވެހި ޤައުމީ ޖައްވުން ދުވަހަކު ވެސް ފަނޑު ވެގެން ނުދާނެކަން ސާބިތުކޮށްދެނީ ދިވެހިންނަށް‪،‬‬ ‫ދިވެހި ޒުވާނުންނަށް‪ ،‬ދިވެހި އިސް ރަށްވެހިންނަށް ޢާޠިފް ސަރ ދޫކުރައްވާފައިވާ ވަޑައިގެންނެވި ޤައުމީ‪،‬‬ ‫ޖޯޝުން ފުރިގެންވާ ލަވަތަކުންނާއި‪ ،‬ލޯބީގެ މަޑުމައިތިރި ހިތްގައިމު ރީތި ލަވަތަކުންނެވެ‪ .‬ޢާޠިފް ސަރ‬ ‫މި ވަގުތީ ދުނިޔެއާ ކުއްލި ގޮތަކަށް ވަކިވެ ވަޑައިގަތީ ޤައުމަށް ޚިދުމަތް ކުރެއްވުމުގެ އެންމެ ޝަރަފުވެރި‬ ‫އަސްކަރީ ޚިދުމަތުގައި ހުންނަވައެވެ‪ .‬މުޅި ދިވެހި އަސްކަރިއްޔާގެ ލޮލުން ކަރުނަ ހިލުވާލައްވާފައެވެ‪.‬‬ ‫އެހެނަސް ޢާޠިފް ސަރ ގެ މަތިވެރި ޚިދުމަތްތެރި ހަނދާންތައް ދުވަހަކު ވެސް ދިވެހި އަސްކަރިއްޔާއިން‬ ‫ފަނޑުވެގެން ނުދާނެހާ ގިނަގުނަ ހަނދާންތަކެއް ދިވެހި އަސްކަރިޔާ އަށް ދޫކުރައްވާފައެވެ‪.‬‬ ‫ރޅިން ެއ ިވލާ ެއ ިޅ ިހ ަޔލުން‪،‬‬ ‫ނލަ ޯ‬ ‫" ެޖ ިހލާ ަ‬ ‫ ‬ ‫ ‬ ‫‪48‬‬

‫ެވ ިހލާ ތުނި ވާރޭ ނެ ިތ ާދ ިހތި ައސަރުން‪،..‬‬ ‫ރށް މަ ެއދޭނަން‪"..‬‬ ‫ރކަން‪ު ،‬އމު ަ‬ ‫ނޔާ ަފ ި‬ ‫ނގެ ަ‬ ‫ުގ ްލޝަ ް‬


‫ޢާޠިފް ސަރ އަކީ ހަމައެކަނި ކުޅަދާނަ ލަވަ ކިޔުންތެރިއެއް ނޫނެވެ‪ .‬ޢާޠިފް ސަރ އަޅުގަނޑަށް‬ ‫އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ގޮސްފައިވަނީ އެހެން މީހުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް ދަންނަ‪،‬‬ ‫އަނެކާއަށް ދިމާވާ ހިތާމަވެރި ދަނޑިވަޅު ތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވި އޯގާތެރި އެކުވެރިއެއްގެ‬ ‫ގޮތުގައެވެ‪ .‬ޢާޠިފް ސަރގެ އަމިއްލަ ވަގުތަށްވުރެ ބޮޑަށް އެހެން މީހުންގެ ހިތްހަމަ ޖައްސާލަ ދިނުމަށް އެ‬ ‫މީހުންނާއެކު ވަގުތު ހޭދަކުރެއްވި މިތުރެއްގެ ގޮތުގައެވެ‪ .‬ޢާޠިފް ސަރ އަކީ ރަޙްމަތްތެރިންގެ ހިތާމަވެރި‬ ‫އަދި އުފާވެރި ވަގުތު ތަކުގެ ޚާއްޞަ ބައިވެރި އެކެވެ‪ .‬ހިތްތަކަށް އުފާވެރިކަމާއި‪ ،‬އުޖާލާކަން ގެނެސްދިން‬ ‫ޚާއްޞަ އެކުވެރި އެކެވެ‪.‬‬ ‫ޢާޠިފް ސަރގެ މަޑުމައިތިރި ކަމާއި‪ ،‬ހިތްތިރިކަމަކީ ޢާޠިފް ސަރ ގެ ޚާއްޞަ ސިފައެކެވެ‪ .‬ދުވަހަކު‬ ‫ވެސް މީހާކު ދެކެ ރުޅި އައިސްގެން ބާރަށް އެއްޗެއް ވިދާޅުވި ހަނދާނެއް އަޅުގަނޑުގެ ނެތެވެ‪ .‬އަބަދުވެސް‬ ‫ފާހަގަ ކުރެވިގެން ގޮސްފައިވަނީ މަޑުމައިތިރި ކަމާއެކު އެންމެންނާ ވެސް ވާހަކަ ދައްކަވާ ބޭފުޅެއްގެ‬ ‫ގޮތުގައެވެ‪ .‬އަސްކަރީ ޚިދުމަތުގައި ‪ 30‬އަހަރު ހޭދަކުރެއްވުމަކީ ކެތްތެރި‪ ،‬އިޚްލާޞްތެރި‪ ،‬އަދި ވަފާތެރި‬ ‫ޚިދުމަތްތެރިއަކަށް ނޫނީ ވެވޭނެ ކަމެއްނޫނެވެ‪ .‬ޢާޠިފް ސަރ ކާމިޔާބު ހޯއްދަވާފައިވަނީ އިޚްލާޞްތެރިކަމާއެކު‬ ‫ޚިދުމަތް ކުރައްވައިގެން‪ ،‬ކެތްތެރިކަމާއެކު އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިގެންނެވެ‪.‬‬ ‫ޢާޠިފް ސަރ މިއަދު އަޅުގަނޑުމެންނާއެކު މި ދުނިޔޭގައި ނެތް ކަމުގައި ވިޔަސް އަޅުގަނޑުމެންގެ‬ ‫ހިތްތަކުން ޢާޠިފް ސަރ ހޯއްދަވާފައިވާ ޖާގަ ތާ އަބަދަށް ޢާޠިފް ސަރ ގެ ހަނދާން ތަކާއެކު ވަނީ ރައްކާ‬ ‫ކުރެވިފައެވެ‪ .‬ހަމަލޮލަށް ނުފެނުނު ކަމުގައިވިޔަސް ޢާޠިފް ސަރގެ ހަނދާނުގައި ލޯމަރާލާ ކޮންމެ ފަހަރަކު އެ‬ ‫ހިތްހެޔޮކަމާއި އެ ހިނިތުންވުމާއެކު ކައިރީގައި އެބަހުރި ކަމުގެ އިހުސާން ކުރެވެއެވެ‪ .‬ޢާޠިފް ސަރގެ ކޮންމެ‬ ‫ލަވައަކުން އެތައް ހަނދާނެއް އާކޮށްދެއެވެ‪ .‬ޢާޠިފް ސަރގެ ލޮބުވެތި ޢާއިލާއަށާއި ގާތް ރަޙުމަތްތެރިންނާއި‬ ‫އެކުވެރިންނަށާއި ހެޔޮއެދޭ ފަރާތްތަކަށް ކެތްތެރިކަން ދެއްވާށިއެވެ‪ .‬ޢާޠިފް ސަރ މި ޤައުމަށް ކޮށްދެއްވި‬ ‫އަގުހުރި ޚިދުމަތްތަކުގައި ބަރަކާތްލައްވައި‪ ،‬ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލައްވާށިއެވެ‪ .‬އާމީން‪!...‬‬ ‫ޝޔާރުން‪،‬‬ ‫ނ ާދށެ ަވ ާޔއޭ ިމ ުއ ާފ ިވ ި‬ ‫" ގެ ް‬ ‫ ‬

‫ނމުން ާމ ަހ ުއލު އު ާފދޭ‪"..‬‬ ‫ރތި ަމ ެލއް ފެ ު‬ ‫މާ ީ‬

‫ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އަކީ ކުޅަދާނަ ލިޔުންތެރިއެކެވެ‪.‬‬ ‫އައްޑަނަ މަޖައްލާއަށް ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ‬ ‫ލިޔުއްވާފައިވާ ގިނަ ލިޔުންތަކަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއިން‬ ‫ލިޔުއްވާފައިވާ ލިޔުންތަކެވެ‪ .‬މިވަގުތު ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު‬ ‫ޢަބްދުﷲ ހުންނެވީ ސާރޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމުގައެވެ‪.‬‬

‫‪49‬‬


‫އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފުގެ ހަނދާން‬

‫ސއިން ަޢލީ‬ ‫ނ ްޓ ުޙ ަ‬ ‫ސޓް ލެ ްފޓިނަ ް‬ ‫ަފ ް‬ ‫ދިވެހިރާއްޖޭގެ ވަރަށް ގިނަ އެހެން މީހުންނެކޭ އެއްފަދައިން އަޅުގަނޑަށްވެސް އެންމެ ފުރަތަމަ‬ ‫މޭޖަރ އަޙްމަދު ޢާތިފް އެނގުނީ މާލޭގެ ދެކުނު ހިއްކިބިމުގައި އޮތް ފަންނާނުންގެ މިއުޒިކީ ޝޯއަކުންނެވެ‪.‬‬ ‫އެޝޯގައި މޭޖަރ ޢާތިފް ކޮޕްސް ބޭންޑާއެކު ހުށައަޅައިދެއްވި "ޕާޕާ ކެހެތޭހޭ ބަޅާ ނާމް ކަރޭގާ" މި‬ ‫ލަވައިންނެވެ‪ .‬ފެންނަފެނުމަށް ސީރިއަސް މީހެއްގެގޮތުގައެވެ‪ .‬ނަމަވެސް ޢާތިފްގެ އަސްލު މިޒާޖާ އޭނާގެ‬ ‫އެހެނިހެން ކަންކަން ރަނގަޅަށް އެނގުނީ އަޅުގަނޑުގެ ސްކޫލް ދައުރު ނިމިގެން ސިފައިންގެ ޚިދުމަތާ ގުޅުނު‬ ‫ހިސާބުންނެވެ‪.‬‬ ‫އަޅުގަނޑަކީ ސްކޫލު ދައުރުގައި ލަވަ މުބާރާތުގައި ބައިވެރިވި މީހަކަށްވެފައި‪ ،‬ޢާތިފް އަކީ ވަރަށް‬ ‫ގިނަ ސްކޫލް ލަވަ މުބާރާތްތަކުގައި ފަނޑިޔާރެއްގެގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅަކަށްވާތީ ޢާތިފަށް‬ ‫އަޅުގަނޑު ކުރިން ވެސް އެނގިވަޑައިގަންނަވައެވެ‪ .‬އެހެންކަމުން އަޅުގަނޑު ސިފައިންގެއަށް ވަނުމާއެކު‬ ‫ސިފައިންގެ "ކޮޕްސް ބޭންޑް" އާ ގުޅުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވިއެވެ‪.‬‬ ‫އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާތިފްގެ ކަންކަން ގާތުންފެނި އެނގުނީ ބޭންޑާގުޅިގެން ޢާތިފާއެކު‬ ‫މަސައްކަތް ކުރަންފެށުމުންނެވެ‪ .‬ޢާތިފަކީ ވަރަށް ހިތްހެޔޮ‪ ،‬މީހުންނާގުޅޭ ސަކަ މިޒާޖެއްގެ ބޭފުޅެކެވެ‪.‬‬ ‫ސިފައިންގޭގައި އަޅުގަނޑަށްވުރެ މާ ސީނިއަރ އޮފިސަރެކެވެ‪ .‬އެހެންނަމަވެސް ޢާތިފް ފާހަގަކުރެވުނީ ވަރަށް‬ ‫ހިތްތިރި މަޑުމައިތިރި ހުރިހާކަމެއްގައި ވެސް އެހީތެރިވެދޭ ގާތް އެކުވެރިއެއްގެގޮތުގައެވެ‪ .‬އެއީ‪ ،‬ލަވަކިއުމުގެ‬ ‫ދާއިރާގައި ގިނަ ކަންތައްތަކެއް ވިދާޅުވެދެއްވައި‪ ،‬ސިފައިންގޭގައި މަސައްކަތް ކުރަންވީގޮތާއި ކުރިޔަށްދާންވީ‬ ‫މަގާއި މިސްރާބު ދައްކަވައިދެއްވި ލީޑަރެކެވެ‪ .‬ކޮޕްސް ބޭންޑުގެ ލީޑަރެއްގެ ގޮތުގައި ޢާތިފް ހުންނެވި ނަމަވެސް‬ ‫‪50‬‬


‫އަޅުގަނޑު ކިޔަންބޭނުންވާ ކޮންމެ ލަވައެއް ކިޔުމުގެ ފުރިހަމަ އިޚްތިޔާރު އަޅުގަނޑަށް ދެއްވިއެވެ‪ .‬އަދި‬ ‫ބޭންޑުގެ އެހެނިހެން ކަންކަން ނިންމުމުގައި ވެސް ބޭންޑުގެ ހުރިހާ މެންބަރުންގެ ލަފައާއި މަޝްވަރާ ހޯއްދެވި‬ ‫ހަރުދަނާ ޝަޚްސިއްޔަތެކެވެ‪.‬‬ ‫މަރުޙޫމް ޢާތިފަކީ‪ ،‬ކިތަންމެ ޕާސަނަލް ވާހަކައެއް ވެސް ހިއްސާ ކުރެވޭ ފަދަ އިތުބާރުކުރެވޭ‬ ‫ސިއްރުތައް ހިފަހައްޓައިދޭނެކަމުގެ ޔަގީންކަން އޮންނަ ބޭފުޅެކެވެ‪ .‬އަޅުގަނޑުގެ ޙަޔާތުގައި މެދުވެރިވި‬ ‫ދަތި އުނދަގޫ ވަގުތުތަކުގައި އެކަންކަން ހައްލުކޮއްދިނުމަށް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް‬ ‫ދެއްވައިވާ މަދަދުގާރެކެވެ‪ .‬ދިމާވާ ހިންހަމަނުޖެހޭ ކަންކަމުގައިވެސް ވަރަށް ކެތްތެރިކަމާއެކު ކުރިމަތިލައްވާ‬ ‫ވަރަށް ރުޅިމަޑު ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ ބޭފުޅެކެވެ‪.‬‬ ‫އަލްމަރުޙޫމް މޭޖަރ އަޙްމަދު އާތިފަކީ އަމިއްލަ ރާގަށް ވަރަށް ބޮޑަށް ލޯބިކުރައްވައި‪ ،‬ވަރަށް ގިނަ‬ ‫އަދަދެއްގެ އަމިއްލަ ރާގުގެ ރީތި ލަވަތަކެއް އަޅުގަނޑުމެންގެ ތެރެއަށް ދޫކުރައްވާފައިވާ ބޭފުޅެކެވެ‪ .‬ވަކިން‬ ‫ޚާއްސަކޮށް ވަރަށް ރީތި އަމިއްލަ ރާގުގެ ޤައުމީ ލަވަތަކެއް ހައްދަވައި‪،‬ވިދާޅުވެދެއްވި ބޭފުޅެކެވެ‪.‬‬ ‫މަރުޙޫމް ޢާތިފަކީ ސިފައިންގޭގައި މަސައްކަތުގެ ދާއިރާއިން ވެސް އަޅުގަނޑަށް ވަރަށް ގިނަ‬ ‫އިރުޝާދުތައް ދެއްވައި ކަންކަން ކުރަންވީ ރަނގަޅުގޮތް ބުނެދެއްވި ބޭފުޅެކެވެ‪ .‬ކަންދިމާކުރިގޮތުން އަޅުގަނޑު‬ ‫އޮފިސަރެއްގެ ގޮތުގައި ކަމިޝަން ވުމަށްފަހު ގިނައިން މަސައްކަތް ކުރެވިފައި އޮތީ އެމްއެންޑީއެފް ޓްރާންސްޕޯޓް‬ ‫ސަރވިސް (ޓީއެސް) ގައެވެ‪ .‬ޓީއެސް އަކީ އެތަނުގެ އޮފިސަރ ކޮމާންޑިންގެ އެހީތެރިޔާކަމާއި ކޮމާންޑިންގ‬ ‫އޮފިސަރ ކަމުގެ މަޤާމުގައި ވެސް ގިނަ ދުވަސްތަކެއްގައި މޭޖަރ އަޙްމަދު ޢާޠިފް ޚިދުމަތް ކުރައްވާފައިވާ‬ ‫ޔުނިޓެކެވެ‪ .‬އެހެންކަމުން ޓީއެސްގެ ކަންކަމުގައި ވެސް ވަރަށް ގިނައިން އިރުޝާދުދެއްވާފައިވެއެވެ‪.‬‬ ‫އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފުގެ ފުރާނައަށް މާތްﷲ‬ ‫ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށް ދެއްވުމެވެ‪ .‬އަދި އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފުގެ ލޮބުވެތި‬ ‫ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވައި‪ ،‬ބާއްޖަވެރިކަން ދެއްވުމެވެ‪.‬‬

‫ފަސްޓް‬

‫ލެފްޓިނަންޓް‬

‫ޙުސައިން‬

‫ޢަލީ‬

‫އަކީ‬

‫ރާއްޖޭގެ‬

‫މަޝްހޫރު‬

‫ލަވަކިޔުންތެރިއެކެވެ‪ .‬ލަވަކިޔުމުގެ ރޮނގުން ޙުސައިން ޢަލީ‪ ،‬އަޅުގަނޑުމެންގެ‬ ‫ތެރެއަށް ތަޢާރުފުވެގެންދިޔައީ‪ ،‬ޓެލެވިޜަން މޯލްޑިވްސްއިން ބާއްވަވަމުން‬ ‫ގެންދެވި މަދަރުސާ ކުދިންގެ ލަވަ މުބާރާތުންނެވެ‪ .‬ސްކޫލް ދައުރަށްފަހު‬ ‫‪ 1998‬ވަނަ އަހަރު މޭޖަރ އަޙްމަދު ޢާޠިފާއެކު ކޮޕްސް ބޭންޑުގައި މަސައްކަތް‬ ‫ކުރައްވަން ފެއްޓެވިއެވެ‪ .‬ފަސްޓް ލެފްޓިނަންޓް ޙުސައިން ޢަލީ އަކީ މޭޖަރ‬ ‫އަޙްމަދު ޢާޠިފުގެ އެކުވެރި ރަޙުމަތްތެރިއެކެވެ‪ .‬ފަސްޓް ލެފްޓިނަންޓް ޙުސައިން‬ ‫ޢަލީއަށްވަނީ ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ ލަވަކިޔުމުގެ ރޮނގުން‬ ‫ހިތްވަރުދިނުމުގެ ޤައުމީ އިނާމު ‪ 2012‬ވަނަ އަހަރު ލިބިވަޑައިގެންފައެވެ‪.‬‬ ‫‪51‬‬


‫ނވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި މޭޖަރ އަޙްމަދު ޢާޠިފް‬ ‫ޮ‬

‫‪ 1988‬ނޮވެންބަރު ‪ 03‬ވަނަ ދުވަހުގެ ފަތިހު މޭޖަރ އަޙްމަދު ޢާޠިފް އޮންނެވީ އޭނާ‬ ‫ސިފައިންގޭގައި ނިދިކުރައްވާ ފެންޑާގައި ނިދިކުރައްވާފައެވެ‪ .‬އެއީ ޖޭ ‪ -‬ބްލޮކުގައި ޕްރައިވެޓުން ނިދާ‬ ‫ބައެވެ‪ .‬މޭޖަރ ޢާޠިފަކީ އޭރު ޕްރައިވެޓެކެވެ‪ .‬ސިފައިންގެ ޚިދުމަތަށް ވަރަށް އަލެވެ‪ .‬އަސާސީ ތަމްރީނު‬ ‫ހައްދަވާފައިހުއްޓަސް‪ ،‬އޭރަކީ އެ ތަމްރީނުގައި ބަޑިޖަހަން ދަސްކޮށްދޭ ތަމްރީނަކަށްނުވާތީ ބަޑިޖަހާކަށް‬ ‫އެނގިވަޑައެއް ނުގަންނަވައެވެ‪ .‬އެކަމަކު‬

‫އެދުވަހު އެ ބިރުވެރިކަމުގެ ތެރޭގައި އުޅުއްވަމުން އެފަދަ‬

‫އެހެން ބޭފުޅުންފަދައިން ދަންނަ މީހުން ކައިރިން ދަސްކުރައްވައިގެން ދުޝްމަނުންނާ ދެކޮޅަށް ބަޑި‬ ‫ޖެއްސެވިއެވެ‪.‬‬ ‫ނިދިކުރައްވާފައި އޮންނަވަނިކޮށް‪،‬‬

‫މޭޖަރ އަޙްމަދު‬

‫ޢާޠިފަށް ހޭފުޅުލެވުނީ ފަތިހު ‪4:30‬‬

‫ހާއިރު ބަޑިޖަހާ އަޑަށެވެ‪" .‬އަޅުގަނޑު ތެދުވިއިރު ފެންޑާގެ ތެރޭގައި މީހުންތައް ތެދުވެ އުޅެއެވެ‪ .‬އަދި‬ ‫ޖޭ ‪ -‬ބްލޮކު ކުޅިވަރު ފެންޑާއަށް ނިކުންއިރު ވަރަށް ގިނަ އެންސީއޯ އިންވެސް ތެދުވެ‪ ،‬ވެގެން އުޅޭ‬ ‫ގޮތެއް ނޭނގި ކަންބޮޑުވެގެން އުޅުއްވައެވެ‪ .‬ކުޑައިރުކޮޅެއްފަހުން ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލާއި‬ ‫ލެފްޓިނަންޓް ބިލާލު އާދަމް މަނިކާ ދެ ބޭކަލުން އޭކޭ ‪ 47‬ގެ ދެ ރައިފަލް ހިއްޕަވައިގެން ޖޭ ‪ -‬ބްލޮކުގެ‬ ‫ކުޅިވަރު ފެންޑާގެ ތެރެއިން ފުލުސް އޮފީހުގެ ތެރެއަށް ދުރުވިތަން ފެނުމުން ކޮންމެވެސް ގޯހެއް އުޅޭކަން‬ ‫އެނގިއްޖެއެވެ‪ ".‬މޭޖަރ އަޙްމަދު ޢާޠިފް ވިދާޅުވެފައިވެއެވެ‪.‬‬ ‫ކުޑައިރުކޮޅަކުން ބަޑީގެ އަޑުފައްގަނޑު ގަދަވެގެން ދިޔައެވެ‪ .‬އެ ވަގުތު ސްޓާފް ސާރޖަންޓް‬ ‫ޢިމާދު އިސްމާޢީލް ވިދާޅުވެގެން އެ ސަރަޙައްދުން ކަރަންޓް ކަނޑާލިއެވެ‪ .‬ކަރަންޓް ކަނޑާލުމުން‬ ‫‪52‬‬


‫މުޅިތަން އަނދިރިވެ ބިރުވެރިކަން ބޮޑުވިއެވެ‪ .‬އެވަގުތު މޭޖަރ ޢާޠިފުގެ މޫނުމައްޗަށް އަނދިރިވާގޮތް ވެސް‬ ‫ވިއެވެ‪ .‬އޭގެކުޑައިރުކޮޅެއް ފަހުން ހުރިހާ އެންމެން ބަޑިގުދަނަށްދާން އެންގުމުން މޭޖަރ އަޙްމަދު ޢާޠިފު‬ ‫ވެސް ދުރުވީ ބަޑިގުދަނަށެވެ‪ .‬އެތަނުން އޭކޭ ‪ 47‬ގެ ބަޑިއަކާއި ވަޒަން އަޅާފައިހުރި ‪ 2‬މެގަޒިން ހިފައިގެން‬

‫ށމުން‬ ‫ނ ެފ ު‬ ‫ށގަނޑު ަގ ަދވެ‪ި ،‬މކަން ިދ ުގލާ ް‬ ‫ަބ ީޑގެ ައ ުޑ ަފ ް‬

‫ައ ުޅގަނޑު‬

‫ނ ެމ ެވސް ީމ ެހ ްއގެ‬ ‫ނގޮތް ކޮ ް‬ ‫ނ ޯލޑް ައދި ަފޔަރ ުކރާ ެ‬ ‫ެވސް ަބޑި ޯލޑް‪ ،‬އަ ް‬ ‫ރވީ‬ ‫ށގެން ދެން ުއޅުނީ ޖޭ ‪ް -‬ބ ޮލކް ެތރޭ ހު ަ‬ ‫ނ ުދރުން ެފ ި‬ ‫ަކ ިއރިން ައ ަހ ިއގެން އެ ުދ ަވ ުހގެ މެ ް‬ ‫ރ ަގއި ައ ުޅގަނޑު ިމހެން‬ ‫ރ ަގ ެއވެ‪ު .‬ކ ަޑ ޮދރު ަތއް ަކއި ީ‬ ‫ރ ަތއް ަކ ިއ ީ‬ ‫ނގާވީ ަފރާ ުތގެ ުކ ަޑދޮ ު‬ ‫ިބ ްލޑި ް‬ ‫ނ ެއވެ‪ަ .‬އދި‬ ‫ރއިން ަތ ަމ ަޅއިން ފެ ެ‬ ‫ރ ީއސް އޮ ީފސް ޯގ ިޅ ެތ ެ‬ ‫ރ ަގއި ަބ ެއއް ަފހަރު ަ‬ ‫ުއޅުނު ުއ ުޅ ުމ ެގތެ ޭ‬ ‫ިމގޮ ަތށް ފެންނަ ަފ ަހރު ެއ ިދ ާމ ައށް ަބ ިޑ ަޖ ަހ ެމވެ‪.‬‬

‫ދުރުވީ ޖޭ‪ -‬ބްލޮކުގެ އެންސީއޯއިންގެ ފެންޑާ ކައިރިއަށެވެ‪ .‬އެތަނަށް ދުރުވިތަނުން ސީނިއަރ ބޭކަލަކު‬ ‫ދުރުވެ‪ ،‬ފޮުނުވާލެއްވީ ކުރީގެ ކޮމިއުނިކޭޝަން ހުރި ފަންގިފިލާގެ ކޮރިޑޯއަށެވެ‪ .‬އެތަނުގައި އެ ދުވަހު ހެދުނު‬ ‫ގާތްގަނޑަކަށް ‪ 08:30‬ވަންދެން ހުންނެވިއެވެ‪ .‬ސީނިއަރ ބޭކަލަކު ބުނުއްވައިގެން ދެން ދުރުވީ މެސް‬ ‫އަށެވެ‪.‬‬ ‫"މެސްރޫމަށް ދިޔައިރު އެ ތަނުގައި ޖޫސްޕެޓީ ކޮތަޅަށް މުގުރިހައާއި ސައި އަދި ރޮށި އަޅާ ޕަކެޓް‬ ‫ކޮށްފައި ހުރުމާއެކު އެ ތަކެތި ހިފައިގެން އައިސް ޕޮލިސް ހެޑްކްއޯޓާރޒުގެ ސަރަޙައްދުގައި އުޅުއްވި ވަރަށް‬ ‫ގިނަ ބޭކަލުންނަށް އެ ތަކެތި ދީ ހެދުމަށްފަހު ދެން އަޅުގަނޑު (ދިޔައީ) ޖޭ ބްލޮކުގެ އެންސީއޯ އިންގެ‬ ‫ބައަށެވެ‪ .‬އެތަނަށް ދިޔައިރު ސްޓާފް ސާރޖަންޓް ޠާޙާ ވަޙީދާއި ސްޓާފް ސާރޖަންޓް ޢިމާދު އިސްމާޢީލާ‬ ‫ދެބޭކަލުން ކުޑަދޮރުން ބޭރަށް ބަޑީގެ ހަމަލާ ދެއްވަމުން ގެންދަވައެވެ‪ .‬އަދި މީގެއިތުރުން ސާރޖަންޓް ޔޫސުފް‬ ‫ސަލީމާއި ލާންސް ކޯޕްރަލް މުޙައްމަދު ތަޢުފީޤު ވެސް މި ސަރަޙައްދުގައި އުޅުއްވައެވެ‪ .‬އަޅުގަނޑު އެ‬ ‫ހިސާބުގައި އުޅެނިކޮށް ޠާހާ ވަޙީދު ވިދާޅުވެގެން ދެތިން ފަހަރެއްގެމަތީން އާމަރީއަށް ގޮސް ވަޒަނާއި މެގަޒިން‬ ‫އެ ހިސާބުގައި އުޅުއްވި ބޭކަލުންނަށް ގެނެސްދީ ހެދީމެވެ‪".‬‬ ‫މޭޖަރ އަޙްމަދު ޢާޠިފް އެ ނުރައްކާތެރި ވަގުތު ސިފައިންގެ އެތެރޭގައި ދުޝްމިނުންނާ ދެކޮޅަށް‬ ‫ހަނގުރާމަކުރަމުންދިޔަ ސިފައިންނަށް ކާބޯތަކެއްޗާއި ހަތިޔާރު ފޯރުކޮށްދިނުމުގައި ހަރަކާތްތެރި ދައުރެއް‬ ‫‪53‬‬


‫އަދާކުރެއްވިއެވެ‪ .‬ޚާއްޞަ ގޮތެއްގައި އެ ދުވަހު ފުލުސް އޮފީހުގެ މަތީގައި ތިބެގެން ދުޝްމިނުންނާ ދެކޮޅަށް‬ ‫ހަނގުރާމަކުރަމުން ގެންދިޔަ ފަރާތްތަކަށް ބަޑިގުދަނުން ވަޒަން ގެނެސްދިނުމުގައި ކުރެއްވި މަސައްކަތް ފާހަގަ‬ ‫ކުރެވެއެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފް ވަޒަން ގެނެސްދިން ފަރާތްތަކުގެ ތެރޭގައި ފުލުސް އޮފީހުގެ ކުޑަދޮރުގެ‬ ‫ކައިރީގައި ތިއްބެވި ކޯޕްރަލް އިސްމާޢީލް ރަޝީދާއި‪ ،‬ލާންސް ކޯޕްރަލް އަޙްމަދު ޝަފީޤު ހިމެނެއެވެ‪ .‬އަދި‬ ‫ފުލުސް އޮފީހުގައި ހަރަކާތްތެރިވަމުން ގެންދެވި ކޯޕްރަލް ވ‪ .‬ޅަހުއްތު އާއި ކޯޕްރަލް އިމާދުއްދީން ދޮންބެ‬ ‫ވެސް ހިމެނެއެވެ‪ .‬އެ ދުވަހު ސިފައިންގެ އިސް ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވި މޭޖަރ‬ ‫މުޙައްމަދު ޒާހިރު ވިދާޅުވެގެން ސިފައިންގެ މޫނިމާ ގަސްދޮށުގައި (ސްޓޭޖް ކައިރީގައި) ހުރި ވެލި ބަސްތާ‬ ‫ތަކެއް ކޮމިއުނިކޭޝަނަށް ގެންދިޔަ ޓީމުގައި ވެސް ޢާޠިފް ހަރަކާތްތެރިވެ ލެއްވިއެވެ‪.‬‬ ‫"އަޅުގަނޑަކީ ސިފައިންގެއަށް ވަރަށް އައު މީހަކަށްވެފައި ބަޑިއާބެހޭ އެއްވެސް ތަމްރީނެއް‬ ‫ލިބިފައި ނެތުމުގެ ސަބަބުން ފުރަތަމަކޮޅު މެންދުރެއްހާއިރު ވަންދެން އުޅުނީ މިދެންނެވި ކަހަލަގޮތަށެވެ‪.‬‬ ‫ނަމަވެސް ބަޑީގެ އަޑުފަށްގަނޑު ގަދަވެ‪ ،‬މިކަން ދިގުލާންފެށުމުން އަޅުގަނޑު ވެސް ބަޑި ލޯޑް‪ ،‬އަންލޯޑް‬ ‫އަދި ފަޔަރ ކުރާނެގޮތް ކޮންމެވެސް މީހެއްގެ ކައިރިން އަހައިގެން އެ ދުވަހުގެ މެންދުރުން ފެށިގެން ދެން‬ ‫އުޅުނީ ޖޭ‪ -‬ބްލޮކް ތެރޭ ހުރަވީ ބިލްޑިންގާވީ ފަރާތުގެ ކުޑަދޮރުތައް ކައިރީގައެވެ‪ .‬ކުޑަދޮރުތައް ކައިރީގައި‬ ‫އަޅުގަނޑު މިހެން އުޅުނު އުޅުމުގެތެރޭގައި ބައެއް ފަހަރު ރައީސް އޮފީސް ގޯޅިތެރެއިން ތަމަޅައިން ފެނެއެވެ‪.‬‬ ‫އަދި މިގޮތަށް ފެންނަ ފަހަރު އެދިމާއަށް ބަޑިޖަހަމެވެ‪".‬‬ ‫މޭޖަރ އަޙްމަދު ޢާޠިފަކީ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގެ ވަގުތުގައި ސިފައިންގެ‬ ‫ދިފާޢުކުރުމަށް ހަނގުރާމަކުރި ހިތްވަރުގަދަ ޒުވާނެކެވެ‪ .‬އަމިއްލައަށް މީހުންގެ ކައިރިން ބަޑިޖަހަން‬ ‫ދަސްކުރައްވައިގެން ދުޝްމަނުންނާ ދެކޮޅަށް އެ ދުވަހު އޭނާ ބަޑިޖެއްސެވިއެވެ‪ .‬ސީނިއަރ ކޮންމެ ބޭކަލަކު‬ ‫އެ ދުވަހު ކަމެއް ހަވާލުކުރެއްވި ނަމަވެސް އެކަމެއް އެއްވެސް ފަސްޖެހުމެއްނެތި ކުރެއްވިއެވެ‪ .‬އެގޮތުގައި‬ ‫އެދުވަހާއި އެރޭ ހޭދަކުރެއްވިއެވެ‪ 1988 .‬ނޮވެންބަރު ‪ 4‬ވަނަ ދުވަހުގެ ފަތިހު އިންޑިއާ ސިފައިން މާލެ‬ ‫އައުމުން‪ ،‬ސިފައިންގެއިން ބޭރަށް ނުކުންނަވައި ދެން ހަރަކާތްތެރިވެލެއްވީ ޝަހީދުވެފައިވާ ސިފައިންގެ‬ ‫ބޭކަލުން ނެގުމުގެ މަސައްކަތުގައެވެ‪ .‬އެއަށްފަހު މޭޖަރ އަޙްމަދު ޢާޠިފު ހަރަކާތްތެރިވެލެއްވީ ތިނެއް‬ ‫ނޮވެންބަރުގެ ޢުދުވާނީ ޙަމަލާ ތަޙްޤީޤު ކުރައްވަން އުޅުއްވި ބޭކަލުންނާއެކުގައެވެ‪.‬‬ ‫ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދަކީ ސިފައިންގެ ތާރީޚު ކޮމެޓީގެ‬ ‫މެންބަރެކެވެ‪ 2012 .‬ވަނަ އަހަރު އެމްއެންޑީއެފުން ނެރުއްވި "ނޮވެންބަރު‬ ‫ތިނެއް" މި ފޮތް ލިޔެ އެކުލަވާލެއްވުމުގައި މުހިންމު މަސައްކަތްތަކެއް‬ ‫ކުރެއްވިއެވެ‪ .‬މި ލިޔުމަކީ‬

‫‪ 1988‬ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއާ‬

‫ގުޅިގެން މޭޖަރ އަޙްމަދު ޢާޠިފް ހަރަކާތްތެރިވެވަޑައިގެންނެވި ގޮތާބެހޭ ގޮތުން‬ ‫ދެއްވާފައިވާ މަޢުލޫމާތުގެ މައްޗަށް ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ‬ ‫ސަޢީދު ލިޔުއްވާފައިވާ ލިޔުމެކެވެ‪.‬‬ ‫‪54‬‬


55


‫ސިފައިންގެ ލަވައިގެ ޮކޕީ ރައިޓްސް ޯހއްދެވުމަށް މޭޖަރ އަޙްމަދު‬ ‫ޢާޠިފް ކުރެއްވި މަސައްކަތް‬

‫ސ ީޢދު‬ ‫ނޓް ޭމޖަރ ަޢ ްބދުﷲ ަ‬ ‫ނ ްޑ ސާރޖަ ް‬ ‫ޮކމާ ް‬ ‫ދިވެހި ސިފައިންގެ ލަވައަކީ‪ ،‬ދިވެހި ސިފައިންގެ އެދިވަޑައިގެންނެވުމަކަށް އަލްމަރުޙޫމް ސައިކުރާ‬ ‫އިބްރާހީމް ނަޢީމް ހައްދަވައިދެއްވާފައިވާ ލަވައެކެވެ‪ .‬ސައިކުރާ އިބްރާހީމް ނަޢީމް ހެއްދެވި ޅެމަށް މިއުޒިކް‬ ‫ހައްދަވާފައިވަނީ ކުރީގެ ބޭންޑް މާސްޓަރ ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) ޙަސަން ޔޫސުފެވެ‪.‬‬ ‫ސިފައިންގެ ލަވަ ސިފައިން ބޭނުންކުރަމުންދާތާ އެތައް އަހަރެއް ވެފައިވަނިކޮށް އެ ލަވަ ސިޔާސީ‬ ‫ބައެއް ރެލީ ތަކުގައި ބޭނުންކުރާކަން ފާހަގަ ކުރެވުނެވެ‪ .‬ސިފައިންގެ ލަވައަކީ ފޯރިއާއި ޖޯޝް އުފައްދައިދޭ‪،‬‬ ‫ހިތްހައިމު ރީތި ޅެމެއްގެ މައްޗަށް އަދި އެހާމެ ފުރިހަމަ މިއުޒިކެއް ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ލަވައެކެވެ‪.‬‬ ‫ސިޔާސީ ބޭނުންތަކަށް އެ ލަވަ ބޭނުންކުރުމަކީ ސިފައިންގެ އެކަމާ ހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ‪.‬‬ ‫ސިފައިންނަކީ ސިޔާސީ ބަޔަކަށް ނުވެފައި‪ ،‬އަދި ސިޔާސީ ކަންކަމުގައި ބައިވެރިވުމަކީ ސިފައިންނަށް‬ ‫ޤާނޫނީ ގޮތުން މަނާ ކަމަކަށްވާތީ ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުމަށް ސިފައިންގެ ލަވަ ބޭނުންކުރުމަކީ‬ ‫ރަނގަޅު ކަމެއްގެ ގޮތަކު ސިފައިންނެއް ނުދެކުނެވެ‪ .‬ސިފައިންގެ ހުއްދަނެތި ސިފައިންގެ ލަވަ ސިޔާސީ‬ ‫‪56‬‬


‫ފަރާތްތަކުން ބޭނުންކުރަމުންދާ މައްސަލައިގައި މޭޖަރ އަޙްމަދު ޢާޠިފް ޤާނޫނީ ސުވާލެއް އުފެއްދެވިއެވެ‪.‬‬ ‫"ސިފައިންގެ ލަވައިގެ ކޮޕީ ރައިޓްސް ސިފައިންގޭގައި އެބައޮތްތޯއެވެ؟"‬ ‫އޭރު ސިފައިންގެ ލަވައިގެ ކޮޕީ ރައިޓްސް ލިޔެކިޔުމުން ސިފައިން ހޯދާފައެއް ނުވެއެވެ‪ .‬އެކަން‬ ‫އެނގުނު ހިސާބުން އެކަން ސިފައިންގެ ވެރިންގެ ސަމާލުކަމަށް ގެންނެވީ މޭޖަރ އަޙްމަދު ޢާޠިފެވެ‪ .‬އޭރު‬ ‫މޭޖަރ އަޙްމަދު ޢާޠިފް މަސައްކަތް ކުރައްވަމުން ގެންދެވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް‬ ‫ސެކިއުރިޓީގެ ބިއުރޯގައެވެ‪ .‬މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މޭޖަރ ޖެނެރަލް‬ ‫(ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލުގެ އެދިވަޑައިގެންނެވުމަށް ސިފައިންގެ ލަވައިގެ ކޮޕީ ރައިޓްސް ހޯދުމުގެ‬ ‫މަސައްކަތް ވަގުތުން ފެއްޓެވިއެވެ‪ .‬ލަވައިގެ ޅެމާއި‪ ،‬ލަވަޔާބެހޭ ލިޔެކިޔުންތައް މޭޖަރ އަޙްމަދު ޢާޠިފަށް‬ ‫އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސާރވިސްގެ ހިސްޓްރީ އެންޑް އާކައިވް އިން ހޯއްދެވިއެވެ‪.‬‬ ‫އަދި އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމުގެ ޢާއިލާގެ ބޭފުޅުންގެ އަރިހުން ބޭނުންވާ ލިޔެކިޔުންތައް‬ ‫ހޯއްދެވިއެވެ‪ .‬އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމުގެ ޢާއިލާގެ ފަރާތުން އެމަނިކުފާނުގެ ދެ ކޮއްކޯފުޅު‬ ‫ކަމުގައިވާ ހ‪ .‬ހޮޅުދޫގޭ އަލްފާޟިލާ ރަޝީދާ ނަޢީމާއި‪ ،‬ގ‪ .‬ގުޑްލަކް އަލްފާޟިލް އަޙްމަދު ނަޢީމް‬ ‫ސިފައިން އެދުނުގޮތަށް ވަރަށް ފުރިހަމައަށް އިޚްލާޞްތެރިކަމާއެކު އެކަން ކޮށްދެއްވިއެވެ‪ .‬އެ ޅެމުގެ "އެންމެހާ‬ ‫ރައިޓްސް" މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ލިޔުމުން ދެއްވިއެވެ‪.‬‬ ‫ކޮޕީ ރައިޓްސް ރަޖިސްޓްރީކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން މިނިސްޓްރީ އޮފް‬ ‫އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުއްވި ފޯމުގައާއި އެ ފޯމާއެކު ހުށަހެޅުއްވި ލިޔުންތަކުގައި ސޮއިކުރެއްވީ‬ ‫ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ‪ .‬އެއަށްފަހު މިނިސްޓްރީ އޮފް‬ ‫ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ފޮނުއްވުމުން އެ މިނިސްޓްރީން މިނިސްޓްރީ އޮފް އިކޮނޮމިކް‬ ‫ޑިވެލޮޕްމަންޓަށް ކޮޕީރައިޓްސް އަށް އެދި ހުށަހެޅުއްވިއެވެ‪ .‬އެ ސިޓީގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ‬ ‫އޮފް ސްޓޭޓް އަލްފާޟިލް މުޙައްމަދު ޒުހައިރެވެ‪.‬‬ ‫‪ 1992‬ވަނަ އަހަރުގެ އެޕްރީލް ‪ 21‬ވަނަ ދުވަހުން ފެށިގެން ސިފައިން ބޭނުންކުރަމުން އައި‬ ‫ސިފައިންގެ ލަވައިގެ ކޮޕީރައިޓްސް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ލިބުނީ ‪ 2015‬މާރިޗު ‪24‬‬ ‫ވަނަ ދުވަހުއެވެ‪ .‬މި މަސައްކަތުގައި މޭޖަރ އަޙްމަދު ޢާޠިފު ކުރެއްވި މަސައްކަތް ފާހަގަ ކުރެވެއެވެ‪ .‬އަދި‬ ‫މޭޖަރ އަޙްމަދު ޢާޠިފުގެ އިތުރުން މިކަމުގެ ބައިވެރިވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރާއި ތަޢުރީފް އަރިސް‬ ‫ކުރަމެވެ‪ .‬ޚާއްޞަ ގޮތެއްގައި އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމުގެ ޢާއިލާގެ ބޭފުޅުންގެ ފަރާތުން ދެއްވި‬ ‫އެހީތެރިކަމާއި އެއްބާރުލެއްވުން ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަން ޖެހެއެވެ‪.‬‬ ‫ސިފައިންގެ ލަވައިގެ ކޮޕީ ރައިޓްސް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ލިބުމުން އެ ލިޔުމުގެ‬ ‫ކޮޕީއެއް ތާރީޚަށްޓަކައި މީޑިއާ އެންޑް ޕަބްލިޝިންގ ސާރވިސް އަށް ފޮނުއްވިއެވެ‪ .‬މިއީ މޭޖަރ އަޙްމަދު‬ ‫ޢާޠިފް ވަރަށް މުހިންމު ކަމެއްކަމަށް ދެކިވަޑައިގެން‪ ،‬އަމިއްލަފުޅު ކަމެއްގެ ގޮތުގައި ކުރެއްވި ވަރަށް އަގުހުރި‬ ‫މަސައްކަތެކެވެ‪.‬‬

‫‪57‬‬


‫މެންޓަރ އެއް އަދި ދެ ޮގތެއްނުވި ގާތް އެކުވެރިއެއް‬

‫ޞރު‬ ‫ނ ީ‬ ‫ސ ާމ ީޢލް ަ‬ ‫ނލް ިއ ް‬ ‫ނޓް ކާ ަ‬ ‫ެލ ްފޓިނަ ް‬ ‫‪ 1990‬ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގައި އަޅުގަނޑު ކިޔަވަމުން ދިޔަ ދުވަސްވަރު‬

‫އެސައިންމަންޓްއެއް ހެދުމަށްޓަކައި ރައްޓެއްސެއްގެ ގެއަށް ގޮސް އުޅުނު ދުވަހެކެވެ‪ .‬އެ ގޭގައި ޖަހާފައިހުރި‬

‫ކެސެޓް ރެކޯޑަރަކުން ޔޫ‪.‬ބީ ‪ 40‬ގެ "ވެއަރ ޑިޑް އައި ގޯ ރޯންގް" މި ލަވަ އިވެމުން ދިޔައެވެ‪ .‬އެ‬ ‫ލަވަ ކިޔާފައިވަނީ ދިވެއްސެކޭ ކްލާސް ކުއްޖަކު ބުނުމުން އަޅުގަނޑު ހައިރާންވިއެވެ‪ .‬އެއީ ވަރަށް މޮޅު‬ ‫ލަވަކިޔުންތެރިއެކޭ ހިތަށް އެރިއެވެ‪ .‬އަސްލު ލަވަ ކިޔާފައިވާ ގޮތާ ވައްތަރުކަމުންނެވެ‪.‬‬

‫ވަގުތުން އެއީ‬

‫ކާކުތޯ ސުވާލު ކޮށްލެވުނެވެ‪ .‬އެއީ ޢާޠިފް ކިޔާ ފަންނާނެއް ކަމާއި‪ ،‬އެ ލަވައަކީ ދިވެހި ފަންނާނުންގެ‬ ‫މިއުޒިކީ ޢީދުގައި ކޮޕްސް ބޭންޑުން ހުށަހަޅައިދިން ލަވައެކޭ އެ ރަޙުމަތްތެރިޔާ ބުންޏެވެ‪ .‬ރާއްޖޭގެ ގިނަ‬

‫ބަޔަކަށް މޭޖަރ އަޙްމަދު ޢާޠިފު މަޝްހޫރުވީ "ޕާޕާ ކެހެތޭހޭ" އިން ކަމަށްވީ ނަމަވެސް އަޅުގަނޑަށް މޭޖަރ‬ ‫އަޙްމަދު ޢާޠިފު ދަސްވީ މި ލަވައިންނެވެ‪.‬‬

‫ނޓަރ ެއއް‬ ‫މެ ް‬ ‫އެންއެސްއެސް ބޭންޑުގައި ‪ 1992‬ވަނަ އަހަރު އަޅުގަނޑު އުޅުނު އިރު ބޭންޑް ޕްރެކްޓިސް ކުރަނީ‬

‫ކަޅުތުއްކަލާކޮށީ "ފަސްބުރި ޢިމާރާތު" ގައެވެ‪ .‬އެތަނަށް ގޮސް އުޅުމުގެ ތެރޭގައި ޢާޠިފާ ދިމާވާންފެށިއެވެ‪.‬‬

‫އޭރު ކޮޕްސް ބޭންޑްގެ ޕްރެކްޓިސް ތައް ވެސް ކުރަނީ މިދެންނެވި ފަސްބުރި ޢިމާރާތުގައެވެ‪ .‬އެއީ‬ ‫ކަޅުތުއްކަލާކޮށީގައި ފުރަތަމަ އިމާރާތްކުރެވުނު ފަސްބުރީގެ އިމާރާތެވެ‪.‬‬

‫އެ ދުވަސްވަރު ކޮޕްސް ބޭންޑުގެ މުހިންމު ދެ މެންބަރުން ކަމުގައިވާ އިކްރާމް އާއި ޢަލި މަނިކު‬ ‫‪58‬‬


‫(ދާރީ) އަކީ އެންއެސްއެސް ބޭންޑްގައި އުޅުއްވާ ދެ ބޭކަލުންނަށްވުމުން ކޮޕްސް ބޭންޑް ޕްރެކްޓިސްކުރާ‬ ‫ގަޑިތަކުގައި އެ ތަނަށް ވަދެލުމުގެ ފުރުސަތު އަޅުގަނޑަށް ލިބެންފެށިއެވެ‪ .‬އެހެން އުޅުމުގެ ތެރޭގައި ކޮޕްސް‬

‫ބޭންޑުގެ މުހިންމު މެންބަރުންތަކެއް ދިގުމުއްދަތަކަށް ރަށުން ބޭރަށް ދާންޖެހުމުގެ ސަބަބުން‪ ،‬އެ ބޭންޑްގައި‬ ‫މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފާ ގާތް ރަޙުމަތްތެރިކަމެއް‬

‫އުފެދެން ދިމާވި ހިސާބަކީ މިއީއެވެ‪.‬‬

‫މޭޖަރ ޢާޠިފަކީ އޭރު ވެސް ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިއެކެވެ‪ .‬އެހެންކަމުން ޢާޠިފުގެ‬

‫ފަރާތުން މިއުޒިކާބެހޭ ވަރަށް ގިނަ ކަންކަން ދަސްވިއެވެ‪ .‬މިއުޒިކުގެ ބޭރުން ވެސް‪ ،‬ސިފައިންގެ ތެރޭގައި‬

‫އުޅެންވީ ގޮތާއި‪ ،‬ކުރިމަގު ބައްޓަން ކުރާނެގޮތާއި‪ ،‬ރައްޓެހިކަމަކީ ކޮބައިކަމާއި އަދި ސިފައިންގޭގެ މުހިންމު‬ ‫ތާރީޚްތަކާއި‪ ،‬ހާދިސާތަކާއި އާދަކާދަތަކާއި މިފަދަ އެތައް މައުލޫމާތުތަކެއް ލިބިގެންދިޔައެވެ‪ .‬ކޮޕްސް ބޭންޑުގައި‬

‫އަޅުގަނޑަށް ހޭދަކުރެވުނު ދުވަސްކޮޅަކީ ސިފައިންގެ ހަޔާތުގައި އަޅުގަނޑުގެ ކުރިމަގު ބިނާކުރުމަށް ވަރަށް‬ ‫ގިނަ ކަންތައްތަކެއް ދަސްވި ދުވަސްކޮޅެކެވެ‪ .‬މީގެ ތެރެއިން ވެސް ޚާއްޞަގޮތެއްގައި ދިވެހި ސިފައިންގެ‬

‫ޚިދުމަތް މުޅި ރާއްޖެއަށް ތަޢާރަފް ކުރުމަށް ރާއްޖޭގެ އެންމެ ދެކުނުގެ ‪ 2‬އަތޮޅަށް ކުރި ދިގު ދަތުރަކީ‬ ‫ޚާއްޞަކޮށް ފާހަގަ ކޮށްލަންޖެހޭ ދަތުރެކެވެ‪.‬‬

‫ސިފައިންގެ ތަފާތު ފަންނު ތަކުގެ މީހުންނާއިއެކު ކުރެވުނު މިދަތުރުގައި މޭޖަރ އަޙްމަދު ޢާޠިފުގެ‬

‫މިއުޒިކީ ހަޔާތް ފެށިގެންއައިގޮތާއި އަދި ސިފައިންގެ ތެރޭގައި‪ ،‬ފުލުސް އޮފީހުގައި އަދާކުރައްވަމުންގެންދެވި‬ ‫މަސްއޫލިއްޔަތުތައް ވަރަށް ތަފްސީލުކޮށް ކިޔުއްވައި ދެއްވިއެވެ‪ .‬މީގެއިތުރުން މި ދަތުރަކީ މޭޖަރ ޢާޠިފު މުޅި‬

‫ރާއްޖެއަށް މަޝްހޫރު ވެފައިވާ މިންވަރާއި ރައްޔިތުންގެ ހިތްތަކުން ޢާޠިފު ހޯއްދަވާފައިވާ ޚާއްޞަ ދަރަޖައާއި‬

‫ތާއީދު ވަރަށްގާތުން ތަޖުރިބާ ކުރެވުނު ދަތުރެކެވެ‪.‬‬

‫‪ 1995‬ވަނަ އަހަރު މަތީ ތަޢުލީމު ހާސިލުކުރުމަށް‬ ‫‪59‬‬


‫ރާއްޖެއިން ބޭރަށް އަޅުގަނޑު ފުރައިގެން ދިޔައިރު އަޅުގަނޑުގެ މެންޓަރ އަކީ މޭޖަރ އަޙްމަދު ޢާޠިފެވެ‪.‬‬ ‫އަޅުގަނޑު މަތީ ތަޢުލީމު ހާސިލުކުރީ އައިޓީ ދާއިރާއިންނެވެ‪ .‬ކިޔަވާނިމިގެން ރާއްޖެ އައިސް‬

‫އަޅުގަނޑުގެ ޕްރޮފެޝަނަލް ކެރިއަރަށް އައި ބޮޑު ބަދަލާއެކު މިއުޒިކާ ދުރުވެލީމެވެ‪ .‬އެ ދުވަސްވަރަކީ‬

‫ޢާޠިފް ސިފައިންގެ އޮފީހުގައި ސެކްރެޓަރީގެ މަޤާމު ފުރުއްވަމުން ގެންދެވި ދުވަސްވަރެވެ‪ .‬އެ ދުވަސްވަރު‬ ‫ބަންޑާރަކޮށިން ވަރަށް ގިނައިން ދިމާވެއެވެ‪.‬‬

‫މޭޖަރ އަޙްމަދު ޢާޠިފަކީ އަބަދުވެސް މީހުންނަށް ހެޔޮ އަދި ގާތްއެކުވެރިންނާއި ރައްޓެހިން ގިނަ‬

‫ބޭކަލެކެވެ‪ .‬އެހެންކަމުން ޢާޠިފުގެ ފަރާތުން ސިފައިންގެ ވަރަށް ގިނަ މީހުން އެނގި ދަސްވުމުގެ ފުރުސަތު‬ ‫ލިބުނެވެ‪ .‬ދިރިއުޅުން ބިނާކުރުމަށް ވަރަށް އަގުހުރި ނަސޭހަތްތައް ދެއްވިއެވެ‪.‬‬

‫ސ ަފ ަތއް‬ ‫ާޚ ްއޞަ ި‬ ‫ސށް އޮންނަ ިއ ުތ ާބރު‬ ‫ނ ުފ ަ‬ ‫ހ‪ަ .‬އ ިމ ްއލަ ަ‬ ‫އަޅުގަނޑުގެ ހަޔާތުގައި ދިމާވި ގިނަ މީހުންގެ ތެރެއިން ވެސް މޭޖަރ އަޙްމަދު ޢާޠިފަކީ ސެލްފް‬

‫ކޮންފިޑެންސް އާދަޔާ ޚިލާފަށް މަތީ ބޭކަލެކެވެ‪ .‬ލަވައެއް ވިދާޅުވިޔަސް‪ ،‬މީހަކާ މުއާމަލާތް ކުރެއްވިޔަސް‬

‫އަދި ލީޑަރޝިޕުން ހަވާލުކުރައްވާ މަސައްކަތްތައް ކުރުމުގައި ސެލްފް ކޮންފިޑެންސާއެކު މަސައްކަތް‬ ‫ކުރެއްވި ބޭކަލެކެވެ‪ .‬މޭޖަރ ޢާޠިފުގެ މުޅި ސިފައިންގެ ހަޔާތުގައި ދިމާވި އުސްގަނޑުތަކާއި ބޮޑެތި‬

‫‪60‬‬


‫އަޑިގަނޑުތައް ކަޑައްތުކުރެއްވީ މިދެންނެވި ޔަގީންކަން މަތީގައެވެ‪ .‬މޭޖަރ ޢާޠިފު ވޮރަންޓް އޮފިސަރ‬

‫ގްރޭޑް ‪ 2‬ގެ މަޤާމުން ވޮރަންޓް އޮފިސަރ ގްރޭޑް ‪ 1‬ގެ މަޤާމަށް ބަދަލުކުރެއްވި ދުވަހު ދެއްކެވި ވާހަކަ‬

‫މިހާރު ވެސް އަޅުގަނޑުގެ ހަނދާނަށް އެބަ އާދެއެވެ‪" .‬ޖަވާހިރެއް ވެސް ޖަވާހިރަކަށް ވާނީ އެ ނަގާ‬ ‫ސާފުކޮށް އޮފުކޮށްލީމަ‪ .‬އެހެން ނޫނީ އެ ވާނީ ހަމައާދައިގެ ބަރަކަށް" އެ ދުވަހު މޭޖަރ އަޙްމަދު ޢާޠިފު‬

‫ބުނުއްވިއެވެ‪.‬‬

‫މޭޖަރ ޢާޠިފަކީ ވަރަށް ލާނެއް އަދި ސަމާސާ މިޒާޖުގެ ޝަޚްސިއްޔަތެކެވެ‪ .‬ޢާޠިފުގެ ސާރވިސް‬

‫ނަންބަރުގެ ވާހަކަ އަބަދުވެސް އެ މޭރުމުން ދައްކަވާނެއެވެ‪ .‬ތިން އަކުރުގެ ނަންބަރެއް ވީމާ އެ ލިބޭ‬ ‫ސީނިއަރިޓީގެ ވާހަކައެވެ‪ .‬އަދި ސިފައިންގެއަށް ދުވަސްވީ ވާހަކައާއި ތަޖުރިބާގެ ވާހަކައެވެ‪.‬‬ ‫ރކަން‬ ‫ޝ ޫހ ު‬ ‫ށ‪ާ .‬އ ަދޔާ ިޚލާފު ަމ ް‬ ‫މޭޖަރ އަޙްމަދު ޢާޠިފަކީ ދިވެހިރާއްޖޭގައި އެންމެ މަޝްހޫރު އެއް ލަވަ ކިޔުންތެރިޔާއެވެ‪ .‬ލަވައާއި‬

‫މިއުޒިކުގެ ދުނިޔޭގައި އެންމެން ދަންނަ ކުޅަދާނަ މޮޅު ފަންނާނެކެވެ‪ .‬ޢާޠިފުގެ ރައްޓެހިން އެހާ ގިނައެވެ‪.‬‬

‫ޢާޠިފާއެކު ކޮންމެ ތަނަކަސް ދިޔަޔަސް އޭނާއަށް ގޮވާލައި ވާހަކަ ދައްކާލާ ރައްޓެއްސަކާ ދިމާނުވެއެއް‬ ‫ނުދާނެއެވެ‪ .‬މި ބޮޑު މަޝްހޫރު ކަމާއެކު ވެސް ޢާޠިފަށް ދުވަހަކު ވެސް ޢާޠިފުގެ ރައްޓެހިންނެއް ނޯޅެއެވެ‪.‬‬

‫މިއީ އޭނާގެ ވަރަށް ޚާއްޞަ ސިފައެކެވެ‪ .‬ކޮންމެ މީހަކާވެސް ވާހަކަ ދައްކަވާނީ އެމީހަކަށް އިޙްތިރާމު‬ ‫އަދާކުރައްވަމުންނެވެ‪.‬‬

‫‪61‬‬


‫ސ ިދކަން‬ ‫ނ‪ަ .‬މ ުޢ ޫލ ާމ ުތގެ ުމ ްއ ަ‬ ‫މޭޖަރ އަޙްމަދު ޢާޠިފަކީ ތާރީޚަށް ލޯބި ކުރެއްވި ބޭކަލެއްކަން ބައެއް ބޭފުޅުންނަށް ނޭނގި‬

‫އޮވެދާނެއެވެ‪ .‬އެކަމަކު އޭނާގެ އެންމެ ގާތް އެކުވެރިންނަށް އެކަން އެނގޭނެއެވެ‪ .‬މީގެތެރެއިން ވެސް ވަކިން‬ ‫ޚާއްޞަކޮށް މާލޭގެ ތަފާތު ޢާއިލާތަކާއި‪ ،‬ޢާއިލާތަކުގެ ފެމެލީ ޓްރީއާބެހޭ މަޢުލޫމާތު އެއްކުރެއްވުން ފާހަގަ‬

‫ކޮށްލެވެއެވެ‪ .‬އަދި އިހުޒަމާނުގެ ތަފާތު އާދަކާދަތަކާއި ސިފައިންގެ ތާރީޚާއި‪ ،‬ސިފައިންގޭގައި ހިގާފައިހުރި‬

‫މުހިންމު ވަރަށް ގިނަ ހާދިސާތައް ޢާޠިފު ދެނެލައްވައެވެ‪ .‬ޢާޠިފުގެ ރަޙުމަތްތެރިން ގިނަ ވުމަކީ ތަފާތު‬ ‫މަޢުލޫމާތުތައް ހޯދުމުގައި އޭނާއަށް ލިބިލައްވާފައި އޮތް ވަރަށް ފަހި މަގެކެވެ‪.‬‬

‫މޭޖަރ އަޙްމަދު ޢާޠިފުގެ މިއުޒިކީ ދުނިޔޭގައި ލިބިލައްވާފައިވާ ތަޖުރިބާއާއި މަޢުލޫމާތުގެ ޚަޒާނާއަކީ‬

‫ކިތަންމެ ވަރަކަށް ފީނިއަސް‪ ،‬އޭގެ އެންމެ ފުންމިނަށް ދެވޭވަރަށްވުރެ ބޮޑު ޚަޒާނާއެކެވެ‪ .‬ޚާއްޞަކޮށް‬

‫އިންޑިއާގެ ލަވަކިޔުންތެރިންނާއި‪ ،‬އެހާރާއި މިހާރުގެ ހިންދީ ލަވަތަކުގެ މަޢުލޫމާތުތައް އަބަދުވެސް ޢާޠިފުގެ‬ ‫އިނގިލިތަކުގެ ކުރީގައި ވާފަދައެވެ‪ .‬ކޮންމެ ލަވައެއްގެ ނަން ބުނެލިއަސް‪ ،‬ލަވަކިޔުންތެރިޔާ އާއި އަދި‬ ‫ލަވަޔަށް އެކްޓްކޮށްފައިވާ ފަރާތް ބުނެލުމަކީ ޢާޠިފަށް އުނދަގޫ ކަމެއް ނޫނެވެ‪.‬‬ ‫ނއް ައ ިދ ަޖ ެޖއް‬ ‫ރ‪ާ .‬އ ަދޔާ ިޚ ާލފު ިމ ުއ ިޒޝަ ެ‬ ‫މޭޖަރ އަޙްމަދު ޢާޠިފަށް މާތް ﷲ ދެއްވާފައިވާ އާދަޔާ ޚިލާފު އަޑަކީ ދިވެހި ފަންނާނުންގެ ތެރެއިން‬

‫އިވެމުންދިޔަ އެންމެ ހިތްގައިމު އެއް އަޑެވެ‪ .‬އެންމެ އަސަރުގަދަ އެއް އަޑެވެ‪ .‬ޢާޠިފް ޚިޔާރުކުރައްވާފައިވާ‬ ‫‪62‬‬


‫ކޮންމެ ލަވައެއް ދިވެހިންގެ ލެއާ ވަނީ ކުޅެލާފައެވެ‪ .‬ޤައުމީ ލަވައެއްވިޔަސް‪ ،‬ލޯބީގެ ލަވައެއްވިޔަސް އަދި‬ ‫އެނޫން ޖޯންރާއެއްގެ ލަވައެއްވިޔަސް‪ ،‬ޢާޠިފު އެ ލަވައެއް ކިޔުއްވުމުން އެ ނުކުންނަ އިފެކްޓް‪ ،‬އެހެން‬ ‫ލަވަކިޔުންތެރިންނާ ތަފާތެވެ‪.‬‬

‫"ޖޯޝޭ ގެނައިމީ ޤައުމީ އުފާ" ‪" ،‬އިރުހެންވިދާ" އަކީ ދިވެހިންގެ ޤައުމީ ޖޯޝް ކައްކުވާލި‬

‫ލަވަތަކެވެ‪" .‬ގެންދާށެވަޔާއޭ"‪" ،‬އޭ މަލާ"‪" ،‬ދޭނަންހިތާޖާނާ" އަކީ ކޮޕްސް ބޭންޑުން އުފެއްދި އަމިއްލަ‬ ‫ރާގުތަކުގެ ތެރެއިން ދުވަހަކުވެސް ފަނޑުނުވާނެ ލޯބީގެ ރީތި އަސަރުގަދަ ލަވަތަކެވެ‪" .‬ޕާ ޕާ ކެހެތޭހޭ"‪،‬‬ ‫"ދޭތޯ ދޭތޯ ވީ ބަލަން" ފަދަ ލަވަތަކަކީ ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދުގެ ޝޯތަކަށް ފުރާނައަޅުވައި‪،‬‬

‫މުޅި ކްރައުޑް ނަށަމުންދިޔަ ލަވަތަކެކެވެ‪ .‬ޢާޠިފުގެ އެންމެ އާދަޔާ ޚިލާފު އެއްކަމަކީ ލިބިފައިވާ ޤުދުރަތީ‬ ‫ހުނަރުވެރިކަމެވެ‪ .‬ބޮޑެތި ޝޯތަކަށް ވެސް މާބޮޑު ފަރިތަކުރުންތަކެއް ބޭނުމެއް ނުވެއެވެ‪ .‬އެކަމަކު ލަވަ‬

‫އަޑުއަހަން ނުވަތަ ބަލަން ތިބޭއިރަކު އެކަމެއް ނޭނގޭނެއެވެ‪ .‬އެންމެން ތިބޭނީ އެ އަޑުގެ ޖާދޫގައި‬

‫ޖެހިފައެވެ‪ .‬ޖަޖިންގ ކެރިއަރަށް ބަލާލާއިރު‪ ،‬ޢާޠިފުގެ މޫނު ފެނިފައިނުވާ ބޮޑު ލަވަ މުބާރާތެއް ދިވެހި‬

‫ފަސްގަނޑުގައި އޭނާގެ ހަޔާތުގައި ބޭއްވިފައެއް ނުވެއެވެ‪ .‬ޢާޠިފަކީ އެހާވެސް ޑިމާންޑް ބޮޑު އަދި މަޤްބޫލު‬ ‫ފަނޑިޔާރެކެވެ‪.‬‬

‫ރ ުއ ުޅ ުމގެ ާކ ިމ ާޔބީ‬ ‫ބ‪ި .‬ދ ި‬ ‫މޭޖަރ އަޙްމަދު ޢާޠިފަކީ އަމިއްލަ ދިރިއުޅުމުގައި ވަރަށް ގިނަ ކާމިޔާބީތަކެއް ހޯއްދެވި ބޭކަލެކެވެ‪.‬‬

‫ތިން ކުދިންނާއި އަންބަކާއިއެކު ލޯބި ޢާއިލާއެއް ބިނާ ކުރެއްވިއެވެ‪ .‬މާލޭގައި ދިރިއުޅޭނެ ގެއެއް ބިނާކުރައްވާ‬ ‫‪63‬‬


‫އަދި ވިޔަފާރީގައި ވެސް އަރުތަތަކެއް ހާސިލުކުރެއްވިއެވެ‪ .‬މިއުޒިކީ ޝައުޤަށްފަހު ޢާޠިފުގެ އެންމެ ބޮޑު‬ ‫ޝައުޤަކީ ތަފާތު ވައްތަރުގެ ކާރު ގެންގުޅުއްވުމެވެ‪ .‬މި ޝައުޤު‪ ،‬ވިޔަފާރިއަކަށް ބަދަލުކުރައްވާ ރަނގަޅު‬ ‫އާމްދަނީއެއް ގެންދެވީ ހޯއްދަވަމުންނެވެ‪ .‬ސިފައިންގެ ވަޒީފާއަށްފަހު ޢާޠިފު އަބަދުވެސް އެންމެ އިސްކަމެއް‬ ‫ދެއްވީ ޢާއިލާގެ ކުރިމަގަށެވެ‪.‬‬

‫ރއް‬ ‫ނ ަޖ ެ‬ ‫ނޓް މެ ޭ‬ ‫ޅ‪ި .‬އވެ ް‬ ‫ސިފައިންގޭގައި ބާއްވަމުން އައި ކާމިޔާބު "ސިފަ އުފާ" ޝޯތަކަކީ ހަމަގައިމު ވެސް މޭޖަރ‬

‫އަޙްމަދު ޢާޠިފުގެ ހިއްސާ ވަރަށް ބޮޑު ޝޯ ތަކެކެވެ‪ .‬މީގެތެރޭގައި ކޮޕްސް ބޭންޑުގެ ހުށަހެޅުންތަކުގެ‬

‫އިތުރުން ވެސް‪ ،‬މުޅި ޝޯ އިންތިޒާމް ކުރުމުގައާއި‪ ،‬އިވެންޓް މެނޭޖްކުރުމަށް ތަފާތު އަހަރުތަކުގައި އާތިފް‬ ‫ވަނީ ތަފާތު އިސް ރޯލުތަކެއް އަދާކުރައްވާފައެވެ‪ .‬ޢާޠިފަކީ ކުޅިވަރު މުބާރާތްތައް ރާވާ ހިންގާ އަދި ބައެއް‬ ‫ޓީމްތައް މެނޭޖްކުރުމުގައި ވެސް އެސްއާރުސީ (ފަހުން ދިވެހި ސިފައިންގެ ކުލަބު) އަށް ވަރަށް ގިނަގުނަ‬

‫އެހީތެރިކަމެއް ވެދެއްވި ބޭކަލެކެވެ‪ .‬މީގެތަފާތު އިވެންޓްތަކުގައި މޭޖަރ އަޙްމަދު ޢާޠިފާއެކު އުޅުމުގެ ނަސީބު‬

‫އަޅުގަނޑަށް ވަނީ ލިބިފައެވެ‪.‬‬

‫އަޅުގަނޑު ޢާޠިފަށް އަބަދުވެސް މުޚާޠަބުކުރަނީ "ސުޕަރ ކޫލް"ގެ ނަމުންނެވެ‪ .‬އެއްވެސް ކަމަކާ‬

‫އޭނާ ހާސްވެފައި ހުއްޓައެއް އަޅުގަނޑު ނުދެކެމެވެ‪ .‬އެންމެ ފަހުން މިގޮތަށް އާޠިފާއެކު މަސައްކަތްކުރަން‬

‫އަޅުގަނޑަށް ފުރުސަތު ލިބުނީ ވޮއިސް އޮފް އެމްއެންޑީއެފް ‪ 2017‬ގައެވެ‪ .‬މި ޝޯއަކީ ހަނދާނުން ފޮހެލަން‬

‫ދަތި ޝޯއެކެވެ‪.‬‬ ‫‪64‬‬


‫ރ ެއއް‬ ‫ެދގޮ ެތއް ނު ިވ ާގތް ެއ ުކވެ ި‬ ‫ދިރިއުޅުމުގައި ކޮންމެ މީހެއްގެ ވެސް ތަޖުރިބާއަކީ އުސްގަނޑުގަނޑާއި އަޑިގަނޑުގަނޑު ތަޖުރިބާކުރަން‬

‫ޖެހުމެވެ‪ .‬އުފަލާއި ހިތާމައާއި މަޖަލާއި ހިތްދަތިކަމާ ބައްދަލުކުރުމެވެ‪ .‬އަޅުގަނޑުގެ ސިފައިންގެ ހަޔާތުގައި‬ ‫ވެސް މިފަދަ އެތައް ކަމެއް ވަނީ ތަޖުރިބާ ކުރެވިފައެވެ‪ .‬އެއިން ކޮންމެ ހާލަތެއްގައި ވެސް ސާބިތުކަމާއެކު‬

‫ދެގޮތެއްނުވެ ތިބި މަދު އެކުވެރިންގެ ތެރޭގައި މޭޖަރ އަޙްމަދު ޢާޠިފުގެ ނަން ރަން އަކުރުން ފާހަގަ ކޮށްލަން‬ ‫ޖެހެއެވެ‪ .‬އެންމެ ފުރަތަމަ އުފެދުނު ރަޙުމަތްތެރިކަން މޭޖަރ އަޙްމަދު ޢާޠިފުގެ އެންމެ ފަހު ނޭވާޔާ ޖެހެންދެން‬ ‫ހަމައެގޮތުގައި ބޭއްވެވިއެވެ‪.‬‬

‫މޭޖަރ އަޙްމަދު ޢާޠިފާއި އަޅުގަނޑަކީ އެއް ޑިއުޓީ ދަންފަޅިއެއްގައި ވަރަށް ގިނަ ދުވަހު އެއްކޮށް‬

‫އުޅެވުނު ދެ މީހުންނެވެ‪ .‬މިފަދަ ޑިއުޓީ ރޭތަކުގައި ވަރަށް ގިނައިން ކަރޯކޭ ސެޝަންތައް ކުރިއަށް ދިޔައެވެ‪.‬‬ ‫ބިލިއާރޑް އެކުގައި ކުޅެވިފައިވެއެވެ‪ .‬މިއިން ކޮންމެ ކަމެއް ހަނދާނަށް އަޔަސް ހަޔާތުން ބޮޑު ހުސް ޖާގައެއް‬

‫އެބަ ފެނެއެވެ‪ .‬އެއީ ރާއްޖޭގައި އުފެދުނު އެންމެ އަސަރުގަދަ އެއް އަޑުގެ ވެރިޔާގެ ޖާގައެވެ‪ .‬ދިވެހިންގެ‬

‫ލޭނާރުތަކާ ކުޅެލި ހިތްގައިމު ލަވަލިޔުންތެރިޔާގެ ހަނދާންތަކެވެ‪ .‬އެ ހަނދާންތަކާ ދުވަހުވެސް ވަތްކެއް‬ ‫ނުވެވޭނެއެވެ‪ .‬އެ އަޑު ޖެހުމާއެކު އަދިވެސް ހީވަނީ އެ އެކުވެރިޔާ އަޅުގަނޑުމެންނާއެކު އުޅެމުންދާ ހެންނެވެ‪.‬‬

‫މުޙައްމަދު ރަފީޢުއާއި‪ ،‬ކިޝޯރ ކުމާރާއި‪ ،‬އުދިތު ނާރާޔަންގެ ހިތްގައިމު ކޮންމެ ލަވައެއް ވެސް ގޮސް‬ ‫ގުޅެނީ އެ ޖަޒުބާތުން ފުރިގެންވާ އަޑުގެ ހަނދާންތަކާ ކަމެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފުގެ ފުރާނައަށް މާތްﷲ‬

‫ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ‪ .‬އަދި ޢާޠިފުގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން‬ ‫ދެއްވައި‪ ،‬އެ ޢާއިލާއަށް ބާއްޖަވެރިކަން މިންވަރު ކުރައްވާށިއެވެ‪ .‬އާމީން‪.‬‬

‫ލެފްޓިނަންޓް ކާނަލް އިސްމާޢީލް ނަޞީރަކީ އިލެކްޓްރިކަލް އެންޑް މެކޭނިކަލް‬ ‫އިންޖިނިއަރސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރެވެ‪ .‬ސަރުކާރުން ދެއްވާ‬ ‫ޚާއްޞަ އިނާމު ލެފްޓިނަންޓް ކާނަލް އިސްމާޢީލް ނަޞީރު ވަނީ ދެ ފަހަރު‬ ‫ހާސިލުކުރައްވާފައެވެ‪ .‬ފުރަތަމަ ފަހަރު ހާސިލުކުރެއްވީ މެލޭޝިއާގައި ‪1997‬‬ ‫ވަނަ އަހަރު ފުރިހަމަކުރެއްވި އެސޯސިއޭޓް ޑިޕްލޮމާ އިން ކޮމްޕިއުޓިންގ‬ ‫އިންފޮމޭޝަން ސިސްޓަމްސް ކޯހާއި‪ ،‬ހަޔަރ ޑިޕްލޮމާ އިން ކޮމްޕިއުޓިންގ‬ ‫އިންފޮމޭޝަން ސިސްޓަމްސް ކޯހުން ‪ 1‬ވަނަ ހޯއްދަވައިގެންނެވެ‪ .‬މި އިނާމު‬ ‫ދެވަނަ ފަހަރަށް ހާސިލުކުރެއްވީ ‪ 2007‬ވަނަ އަހަރު‪ ،‬ސްރީލަންކާގެ އައިޑީއެމް‬ ‫ކޮލެޖުން ހިންގި އޮސްޓްރޭލިޔާގެ ޗަރލްސް ސްޓަރޓް ޔުނިވަރސިޓީގެ މާސްޓަރ‬ ‫އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ކޯހުން ‪ 1‬ވަނަ ހާސިލުކުރައްވައިގެންނެވެ‪.‬‬ ‫ލެފްޓިނަންޓް ކާނަލް އިސްމާޢީލް ނަޞީރު ވަނީ ސީޓްސްގެ އައިޓީ ޑިޕާޓްމަންޓްގެ‬ ‫އޯއިއިސީ ކަމާއި‪ ،‬ސިވެކްގެ އެމްޑީ ކަމާއި‪ ،‬ސިފްކޯގެ ސީއީއޯކަމާއި‪ ،‬ދިވެހި‬ ‫ސިފައިންގެ ކުލަބުގެ ވައިސް ޕްރެޒިޑެންޓްކަމާއި ޖެނެރަލް ސެކްރެޓަރީކަންފަދަ‬ ‫މުހިންމު އެތައް މަޤާމެއް ފުރުއްވާފައެވެ‪.‬‬ ‫‪65‬‬


‫އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފް ވަކިވެދިއުމުން!‬

‫ރ ްޙމާން‬ ‫ޟ ްލ ަޖ ުޢ ަފރު ަޢ ްބ ުދ ްއ ަ‬ ‫ައ ްލ ާފ ި‬ ‫ށ ުހ ްއ ުޓ ެމއް ގެނު ަވ ިއދިނޭ ިއ ުވމުން ަޚ ަބރު‬ ‫ިހ ުތ ެގ ހިނ ުގ ަމ ް‬ ‫ ‬

‫ށފި އެ ަޚ ަބރު‬ ‫ނ ޮކ ް‬ ‫ނ ސު ާވލު ަތ ެކއް ުއފަ ް‬ ‫ނ ގު ަ‬ ‫ރ ގި ަ‬ ‫ިހ ުތތެ ޭ‬

‫ނށް ަފހުން‬ ‫ނ ހެނދު ަ‬ ‫ރ ެކމުން ަވ ިއ ޯތ ިޅ ާޔ ެއކު ައ ިއ ިހމޭ ް‬ ‫ިފ ު‬ ‫ ‬

‫ނޔޭ ައ ަބ ަދށް ަވ ިކވެ ިދ ަޔ ިހތި ަޚ ަބރު‬ ‫ިއވުނު ޢާ ިޠފު ިމދު ި‬

‫ރ ެއކޭ‬ ‫ނގެ ެތރެން ެއ ިދ ަޔ ީއ ާހ ަދ ގާތް ެއކު ެވ ި‬ ‫ެއ ުކ ެވރި ް‬ ‫ ‬

‫ށ ަޓ ަކ ިއ ުގޅުނޭ ަޚ ަބރު‬ ‫ރ ުކރެން ެއ ުހ ަމ ް‬ ‫ެތ ުދ ުކރަން ާދ ީ‬

‫ނ ާޔ ަގ ިއ ާވ ޮގތުން‬ ‫ނތޭ ެއ ަކ ުމގެ ި‬ ‫ޝ ްއ ެކއް ެ‬ ‫ެއ ަކ ަމ ާކ ަ‬ ‫ ‬

‫ނއްވި ެދމުން ަޚ ަބރު‬ ‫ނއޮ ްތތަނޭ ާދރީ ބު ު‬ ‫ނ ީކދާ ް‬ ‫ެއތަ ަ‬

‫ނ ުއ ަމތާ‬ ‫ށ ެހޔޮ ި‬ ‫ނ ައ ް‬ ‫ނދޭ ާޢ ިޠ ުފގެ ުފރާ ަ‬ ‫ެދ ްއވަވާ ް‬ ‫ ‬

‫ށފާ ަޚ ަބރު‬ ‫ށލީ ަޔޤީން ޮކ ް‬ ‫ެދ ްއ ުވ ަމށް ެއ ެދމުން ުދޢާ ޮކ ް‬

‫އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފަކީ‪ ،‬އަޅުގަނޑު ސިފައިންގެ ޚިދުމަތުގައި ހޭދަކުރި‬ ‫އެއްތިރީހަކަށް އަހަރުގެ ތެރޭގައި ދުވަހަކު ދެގޮތެއް ނުވެ‪ ،‬ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައި އުޅުއްވި‬ ‫ބޭފުޅެކޭ ދެންނެވުމަވީ އެއްވެސް މީހަކު ދެބަހެއްވާނެ ކަމެއް ނޫނެވެ‪ .‬އަޅުގަނޑަށް ސިފަ ކުރެވޭ ގޮތުން‪،‬‬ ‫އަޙްމަދު ޢާޠިފަކީ ޚުލްޤުހެޔޮ‪ ،‬މަޑުމައިތިރި‪ ،‬އެކުވެރިނަށް ކަމޭހިތާ ބޭފުޅެކެވެ‪ .‬ރޭންކުގެ ގޮތުން ކިތަންމެ‬ ‫އުހުގައި ހުންނެވި ނަމަވެސް‪ ،‬އަޅުގަނޑާ ބައްދަލުވާ ވަގުތުތަކުގައި އަޅުގަނޑަށް ވަރަށް ބޮޑަށް ކަމޭހިތްތަވާ‬ ‫‪66‬‬


‫ބޭފުޅެކެވެ‪ .‬އަޙްމަދު ޢާޠިފު އަޅުގަނޑަށް ބިދާޅުވާ ނަމަކީ "ޖަރޭ" އެވެ‪ .‬އެއީ ސިފައިންގެ ތެރޭގައި އުޅުއްވާ‬ ‫އަޅުގަނޑުގެ ވަރަށް ގާތް ޚާއްޞަ އެކުވެރިން އަޅުގަނޑަށް މުޚާޠަބު ކުރައްވާ ނަމެކެވެ‪.‬‬ ‫އަލްމަރުޙޫމް މޭޖަރ އަޙުމަދު ޢާޠިފު މި ދުނިޔެ ދޫކުރެއްވި ޚަބަރު ފުރަތަމަ އަޅުގަނޑަށް ދިނީ‪،‬‬ ‫އަޅުގަނޑުގެ ދަނބިދަރިފުޅު ކޯޕްރަލް ފަތުޙުﷲ ޝަކީލެވެ‪[ .‬ބައްޕާ ޢާޠިފު ސަރ ނިޔާވެއްޖޭ‪ ،‬މިހާރު‬ ‫ހަނިމާދޫން މާލެ ގެންނަނީއޭ] އޭނާ ފޯނުކޮށްފައި ބުނުމުން އަޅުގަނޑަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ‪.‬‬ ‫އޭގެ ދެތިން ދުވަހެއް ކުރިންވެސް މޭޖަރ އަޙްމަދު ޢާޠިފާ އަޅުގަނޑު ފޯނުން ވާހަކަ ދެއްކީމެވެ‪ .‬އާދައިގެ‬ ‫މަތިން ވަރަށް މަޖާކޮށް އެ ދުވަހު ވެސް ވާހަކަ ދެއްކެވިއެވެ‪ .‬އާލާސްކަންފުޅެއްގައި އުޅުއްވާ ވާހަކަފުޅެއް‬ ‫ވިދާޅެއް ނުވެއެވެ‪ .‬އެރޭ ދެއްކި ވާހަކައިގައި އަޅުގަނޑު އުތުރަށް ދަތުރެއް ކުރަން އުޅޭތީ އެވާހަކަ‬ ‫ހިއްސާކޮއްލީމެވެ‪[ .‬ކާނަލް ޝާހިދަށް ދަންނަވާ ލާފަ އަންނާށޭ‪ ،‬އޭރުން ބަރާބަރުވާނޭ] ޢާޠިފު ވިދާޅުވިއެވެ‪.‬‬ ‫އެ އިޝާރާތް ކުރެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑާރ ކާނަލް މުޙައްމަދު ޝާހިދުގެ ވާހަކައެވެ‪.‬‬ ‫ކޮންމެއަކަސް އަޅުގަނޑުގެ އެ ދަތުރުގެ ކުރިން އަޙުމަދު ޢާޠިފުގެ ދާއިމީ ދަތުރު އަވަސްވީ އެވެ‪ .‬ދާދި‬ ‫ފަހުން (މިހުސްވި ‪ 2017‬ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި) އަޅުގަނޑު ތިލަދުންމައްޗަށް ދަތުރެއް‬ ‫ކު ރީ މެ ވެ ‪.‬‬

‫ފުރުމުގެ މަގުމަތީގައި އަޙުމަދު ޢާޠިފު ވިދާޅުވި ބަސްފުޅު‬ ‫ހަނދާންވެގެން ނޮދަން އޭރިޔާގެ ކޮމާންޑަރ ކާނަލް‬ ‫މުޙައްމަދު ޝާހިދަށް ގުޅާފައި ތިލަދުންމައްޗަށް‬ ‫ދާވާހަކަ‬

‫[ދަތުރުމަތީގައި‬

‫ދެންނެވީމެވެ‪.‬‬

‫ކަމެއް ދިމާވެއްޖެ ނަމަ ވަގުތުންގުޅާށޭ‪،‬‬ ‫މިކޮޅުން ދެވެން އޮތް އެހީތެރިކަމެއް‬ ‫ފޯރު‬

‫ކޮށްދޭނަމޭ]‬

‫ކާނަލް‬

‫ޝާހިދު‬

‫ވިދާޅުވިއެވެ‪ .‬ކާނަލް މުޙައްމަދު ޝާހިދުގެ‬ ‫މި ބަސްފުޅުން ސިފައިންގެއިން އަޅުގަނޑާ‬ ‫ދޭތެރޭ‬

‫ބަހައްޓަވާ‬

‫ގާތްކަމާއި‬

‫މޭޖަރ‬

‫އަޙްމަދު ޢާޠިފު ކުރިން ވިދާޅުވެފައިވާ ބަސްފުޅުގެ‬ ‫ތެދުކަން އިޙުސާސް‬

‫ކުރެވުނެވެ‪.‬‬

‫މާތްﷲ‬

‫އަޙުމަދު‬

‫ޢާޠިފުގެ‬

‫ފުރާނަފުޅަށް‬

‫ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ‪.‬‬ ‫އަޅުގަނޑާ މޭޖަރ އަޙުމަދު އާޠިފު ފުރަތަމަ ބައްދަލުވީ ‪ 1988‬ވަނަ އަހަރު ގިރިފުށީ ޓްރޭނިންގ‬ ‫ސެންޓަރުގައި ހިންގި ބްރާސްބޭންޑުގެ ތަމްރީނެއްގައި ގިރިފުށީގައި އަޅުގަނޑު އުޅުނު ދުވަސްވަރުގަ އެވެ‪.‬‬ ‫އޭރު އަޙުމަދު ޢާޠިފާއެކު ސިފައިންގެ ޚިދުމަތަށް ވެއްދި ސިފައިންނާއެކު އޭނާ ވެސް އަސާސީ ތަމްރީނު‬ ‫ހަދަމުން ދަނީއެވެ‪ .‬އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އަޙުމަދު ޢާޠިފު ހިމެނުނު އަސާސީ ތަމްރީނު ބުރުގެ‬ ‫ސިފައިން ތަމްރީނު ހަދާނިމުމުން އެކި ޔުނިޓުތަކަށް ބަހާލުމުން‪ ،‬އަޙުމަދު އާޠިފު މަސައްކަތް ކުރައްވަން‬ ‫ހަމަޖެހުނު ޕޮލިސް ހެޑްކްއޯރޓާޒުގެ ތެރެއިންނެވެ‪ .‬އެއް ޔުނިޓެއްގައި މަސައްކަތް ކުރަން ޖެހުމުންނާއި‪،‬‬ ‫‪67‬‬


‫މޭޖަރ އަޙްމަދު ޢާޠިފަކީ ވެސް މިއުޒިކަށް ލޯބިކުރާ ބޭފުޅަކަށް ވާތީ ގާތް ގުޅުމެއް އުފެދުނެވެ‪.‬‬ ‫އެ ދުވަސްވަރު ކޮންމެ ހުކުރުދުވަހެއްގެ ހެނދުނު އޮފީހުގެ ހުރިހާ އެންމެން ޝާމިލްވާ ގޮތަށް‬ ‫[އޮފީސް ފޮޅާ ސާފުކުރުން] އޮވެއެވެ‪ .‬އެއްބަޔަކު އަނެއް ބަޔަކާ ވާދައަށް އެކުރެވޭ މަސައްކަތްތަކުގައި ވަކި‬ ‫މީހެއް ތަފާތެއްނެތި އެންމެން ފޯރީގައި މަސައްކަތް ކުރަމުންގެންދާއިރު ވާދަވެރިކަން ވަރަށް ބޮޑަށް އޮވެއެވެ‪.‬‬ ‫މަސައްކަތް ނިންމާލާނީ ބިސްކޯދު މޮޑުމަކުންނެވެ‪ .‬މި މަސައްކަތުގެ ތެރޭގައި ޒުވާންފުރައިގެ ގިނަ ބައެއްގެ‬ ‫ތެރޭގައި ހުންނަ ހުރިހާ މަޖަލަކާ ފޯރިއެއް އެ ވަގުތުގެ ތެރޭގައި ފެނިގެން ދެއެވެ‪ .‬ވާދައަށް ކުރެވޭ މިފަދަ‬ ‫ކަންކަމުގައި މޭޖަރ އަޙުމަދު އާޠިފުގެ ހުންނަ ޝައުޤުވެރިކަން ވަރަށް ގާތުން ފެނުމުގެ ނަސީބު އަޅުގަނޑަށް‬ ‫ލިބިފައި ވެއެވެ‪.‬‬ ‫ ސިފައިންގެ ތެރޭގައި ދިރިއުޅޭ ފެންޑާއަކީ ވަރަށް ބޮޑު އެކުވެރިކަމަކާ އެއްބައިވަންތަ ކަމެއް‬ ‫އުފައްދައިދޭ މާޙައުލެކެވެ‪ .‬ސިފައިންގެ އެތެރޭގައި އިރުމަތީ ފަރާތުން އެންމެ ފުރަތަމަ އެންމެ އުސްކޮށް‬ ‫ޢިމާރާތްކުރި ތިންބުރި ޢިމާރާތުގެ އެންމެ މަތީގައިވާ ހޯލަށް އޭރު ކިޔަމުން އައީ [މަނަވަރުމަތި] މި‬ ‫ނަމެވެ‪ .‬އަޙުމަދު އާޠިފުމެންގެ ބެޗަކީ ޖީ‪.‬ސީ‪ .‬އޯލެވެލް ހަދައިގެން ސިފައިންގެއަށް ވެއްދި ބެޗަކަށް ވާތީ‪،‬‬ ‫އެމީހުންނަށް ޖުމްލަކޮށް ސިފައިންގެ ތެރޭގައި މީހުން މުޚާޠަބު ކުރާތީ އިވެނީ [ޖީ‪.‬ސީ ގުރޫޕް] މިނަމުން‬ ‫ނެވެ‪.‬‬ ‫‪68‬‬


‫މޭޖަރ އަޙުމަދު ޢާޠިފުގެ ހުރި މަޑުމައިތިރި މިޒާޖާ އެހެންމީހުންނަށް ކަމޭ ހިއްތެވުމާ މިއުޒިކަށް‬ ‫ހުރި ޝައުޤުވެރިކަން‪ ،‬އެކިކަންކަމުގައި މަނަވަރު މައްޗަށް ދެވޭ ފަހަރުތަކުގައި ފެނިފައި ވެއެވެ‪ .‬މި‬ ‫ވާހަކަ ލިޔަން އަޅުގަނޑުގެ ސިކުނޑި އެ ދުވަސް ތަކަށް ދޫކޮށްލައިގެން އިންދާ އެ ދުވަސްތައް ހިތަށް‬ ‫ސިފަވާން ފެށުމުން‪ ،‬ދެލޯ ފޫދިގެން ކަރުނަ ހިލިއްޖެއެވެ‪ .‬އެމާހައުލުން ލިބިދިން އުފާވެރިކަމުން ހިނި އަންނަ‬ ‫އެތައްކަމެއް ހިތަށް ފުން އިހުސާސެއް ކުރުވައިފިއެވެ‪ .‬އެހެންކަމުން އަޅުގަނޑުގެ މި ލިޔުމުގައި ކުޑަ‬ ‫ތަންކޮޅެއް ނަމަވެސް ސިފައިންގެއަށް ޚާއްޞަކޮށްނުލާ ކުރިޔަށް ދިއުމަށް އުދަނގޫ ވެއްޖެއެވެ‪.‬‬ ‫ އާދެ! ސިފަންގެއަކީ އަޅުގަނޑުމެންގެ ޙަޔާތުގެ ގިނަ ދުވަސްތަކެއް ހޭދަކުރި ގޮވައްޗެވެ‪ .‬ކުރިން‬ ‫އަޅުގަނޑުމެންގެ ކިބައިގާ ނެތް އެތައް އެތައް ސިފަތަކެއް ލައިދީ‪ ،‬ހަރުދަނާ މީހަކަށް ހަދައިދިން ދެވަނަ‬ ‫މަންމައެވެ‪ .‬ކަންކަމުގައި ގެންގުޅެންވީ ވިސްނުމާއި‪ ،‬ހަރުދަނާ އުސޫލުތަކާއި‪ ،‬ގޮތްތަކާއި‪ ،‬އިތުރު ހުނަރުތައް‬ ‫ދަސްކޮށްދެއްވައި އަބުރުވެރިކަމާއެކު އިސްނަގާ ކުރިއަށްދާން އަންގަވައިދެއްވި މުރުޝިދެވެ‪ .‬ކަންކަން‬ ‫ކާމިޔާބު ކުރުމާއި އެކަންކަމުން ރައްޔިތުންނަށް ފައިދާ ހުރި ގޮތާއި ޤައުމާ ރައްޔިތުންގެ ޙައްޤުގައި‬ ‫ވާންޖެހުނު ކޮންމެ ޤުރުބާނީއަކަށް ޖާނާ ފުރާނައިން ޖިހާދުކޮށް ކުރިއަރާދިއުމުގެ ހިތްވަރު ލައިދެއްވައި‪،‬‬ ‫ހިތް އެކަމަށް ޝައުޤުވެރި ކޮށްދެއްވި މަތިވެރި މަދަރުސާއެވެ‪ .‬މި މަދަރުސާއިން އަލްމަރުޙޫމް މޭޖަރ‬ ‫އަޙްމަދު ޢާޠިފު ވަނީ ވަރަށް މަތިވެރި ދަރަޖައެއްގައި ފާސްވެ މަތީ މަޤާމްތައް ހޯއްދަވާފައެވެ‪ .‬އަޅުގަނޑު‬ ‫މާނަކުރާގޮތުގައި މީހާއަށް ލިބޭ މަތީ މަޤާމަކީ ހަމައެކަނި އެ މީހާގެ ކޮނޑުގައި ޖަހައިދެއްވާ ރޭންކާއި‬ ‫‪69‬‬


‫މޭމަތީގައި ޖަހައިދެއްވާ ޝަރަފުގެ ނިޝާނެއް ނޫނެވެ‪ .‬އެއީ އެ މީހަކަށް އެމީހެއްގެ މަސައްކަތުގައި ހޯދޭ‬ ‫ކާމިޔާބެވެ‪ .‬ހޯދޭ ކުރިއެރުމެވެ‪[ .‬އަންނަ ރާޅަކަށް ނުބަލާ ފަރުފުޅޮއި އަތުލާށޭ] ބުނާ ބީދައިން‪ ،‬ސިފައިންގެ‬ ‫ދިދައިގައި ކަޅާ ހުދު މާނަކޮށްދޭ [ރޭދުވާ އެކީގައި] ޚިދުމަތަށް އިސްކަންދީގެން‪ ،‬ސިފައިންގެ ލަވައިގާ ބުނާ‬ ‫[ވާރެޔާ އަވީގައި ރޭދުވާ އެކީދޭން] ކަމަރު ބަނދެލައިގެން އިޚްލާޞްތެރިކަމާއެކު ކަމަށް ކަމޭހިތައިގެން‬ ‫ނުކުތް ކޮންމެ ޚިދުމަތްތެރިއަކަށް ކުރިއެރުން ލިބޭނޭކަން މޭޖަރ އަޙުމަދު ޢާޠިފުގެ ޙަޔާތުގައި އެވަނީ އޭނާގެ‬ ‫ޚިދުމަތުގެ ޞަފުޙާތަކުން ހާމަކޮށް ދެއްވާފައެވެ‪ .‬ދެން އަޅުގަނޑުގެ މަޢުޟޫއައިގެން ކުރިއަށް ދާނަމެވެ‪.‬‬ ‫ އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢަޠިފު ސިފައިން ޙަޔާތުގައި އެންމެ ފުރަތަމަ ކުރިމަރިވި ބިރުވެރި‬ ‫ކަމަކަށް ‪ 1988‬ވަނަ އަހަރުގެ ނޮވެންބަރު ‪ 3‬ގެ ޢުދުވާނީ ޙަމަލާ ހިމެނޭނެ ކަމާމެދަކު ޝައްކެއް ނެތެވެ‪ .‬އެ‬ ‫ޢުދުވާން ކުރިޔަށް ދިޔަ އިރު އަޙްމަދު ޢާޠިފު ހުންނެވީ ސިފައިންގޭގައެވެ‪ .‬މާބޮޑު މިލިޓަރީ ތަމްރީނެއް އޭރު‬ ‫ލިބިލައްވާފައިނެތް ނަމަވެސް‪ ،‬ސިފައިންގެ މައިމަރުކަޒު [ބަންޑާރަކޮށި] ދިފާޢު ކުރުމަށްޓަކައި ހިތްވަރާއެކު‬ ‫މަސައްކަތް ކުރެއްވިއެވެ‪ .‬ދުޝްމަނުން ފިލާގޮސް އުދުވާނުގެ ކަންތައްތައް މައިތިރިވުމުން ވެސް ޑިއުޓީގައި‬ ‫ހުންނެވި އެވެ‪ .‬މި ޑިއުޓީގައި ދެ މިހުންނަވަނިކޮށް އަޙުމަދު އާޠިފް އެންމެ ލޯބިފުޅުވާ އޭނާގެ ލޮބުވެތި‬ ‫ކާފަ [ބޮޑުގަލު އިބްރާހިމް މަނިކު] ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވި ހިތާމަވެރި ދަނޑިވަޅުގައި ވެސް‬ ‫ކެތްތެރިކަމާއެކު ޤައުމީ ޚިދުމަތުގައި ސާބިތުވެ ހުންނެވި ހުންނެވުމުން ސިފަ ވެގެންދަނީ ދީނާއި ޤައުމު‬ ‫އިސްކުރައްވައިގެން ޤައުމަށް ނަޞްރު ހޯއްދަވައި ދެއްވުމަށް މަސައްކަތްފުޅު ކުރެއްވި ކުރެއްވު މެވެ‪.‬‬ ‫ސިފައިންގެ ތެރޭގައި އެންމެ ފުރަތަމަ ޝޯއެއްގައި މޭޖަރ އަޙްމަދު ޢާޠިފު ވިދާޅުވި ލަވައަކީ އެ‬ ‫ދުވަސްވަރު މަޝްހޫރުވެގެންދިޔަ ހިންދީ ލަވައެއް ކަމަށްވާ [ ޕާޕާކެހެތޭހޭ ބަޅާ ނާމް ކަރޭގާ] މި ލަވައެވެ‪.‬‬ ‫މިލަވައަށް ފަހު އަޙުމަދު ޢާޠިފުގެ ހުރި ކުޅަދާނަކަން ވަރަށް ބޮޑަށް ހާމަވެގެން ދިޔައެވެ‪ .‬އަދި ސިފައިންގެ‬ ‫މިއުޒިކު ބޭންޑު ގައި އިތުރު ރޫޙެއް އުފެދި ދެވޭ ޝޯތައް އިތުރުވާން ފެށިއެވެ‪ .‬އާޚިރުގައި ސަރުކާރުން‬ ‫‪70‬‬


‫ބާއްވަމުން އަންނަ އެކިއެކި ޙަރަކާތް ތަކުގައި ފަންނާނުންގެ ދާއިރާއިން އެންމެ ފުރަތަމަ ލިސްޓުކުރެވޭ‬ ‫ބޭންޑަކަށް ސިފައިންގެ ބޭންޑު ވާން ފެށިއެވެ‪ .‬ކުރިން ބޭނުމެއް ޖެހުނީމާ ހިރަފުސް ފޮޅާލާފައި ލަވައެއް‬ ‫ކުޅެލާ ގޮތާ ޚިލާފަށް‪ ،‬ހައިބަތެއްހުރި ސިފަވަންތަ ޚިދުމަތެއްގެ ގޮތުގައި މި ބޭންޑު ދިރެމުން ކުރިފަޅާ‬ ‫ހެދެން ފެށިއެވެ‪ .‬މަޝްހޫރު [ކޮޕްސް] ބޭންޑުގެ އިސް ލީޑަރުންގެ ތެރޭގައި މޭޖަރ އަޙުމަދު ޢާޠިފު‬ ‫ހިމެނިގެން ދިޔަކަން އެއީ ދާދި މިދާކަށް ދުވަހާ ޖެހެންދެން ވެސް އެނަމުގައި އެ ބޭންޑް ދެމި އޮތުމުގެ‬ ‫ސިއްރެއްކަމުގައިވުން އެކަށީގެން ވެއެވެ‪.‬‬ ‫މޭޖަރ އަޙްމަދު ޢާޠިފަކީ ލަވަ ވިދާޅުވާ ބޭފުޅަކަށް ވުމާއެކު‪ ،‬ސްކޫލް ކުދިންގެ ލަވަ މުބާރާތަށް‬ ‫ކުދިން ތައްޔާރު ކުރުމުގައި ބެލެނިވެރިން އެދިވަޑައިގަންނަވައިގެން ސްކޫލަތަކަށް އެހީތެރިކަން ދެއްވައެވެ‪.‬‬ ‫އެގޮތުން ބެލެނިވެރިއެއްގެ ފަރާތުން އަޅުގަނޑު ޅެންވެރިކަމަށް ކޮންމެވެސް ވަރެއްގެ ޝައުޤުވެރިކަމެއް‬ ‫ހުންނަކަން އެނގި ލެއްވި އެވެ‪ .‬އެއްދުވަހަކު އޮފީހުގައި އުޅެނިކޮށް ޢާޠިފު ވަޑައިގެން ބައްދަލު ކުރައްވައި‪،‬‬ ‫ޢާޠިފުގެ ރީތި އަޑުން [މިކުދިކުދި ރަށްތަކާ މިފެހި ބިންތަކާ ] މިލަވައިގެ ތަންކޮޅު ވިދާޅުވެ ލައްވާފައި ވަރަށް‬ ‫އުފާވެގެން ވާހަކަ ދެއްކެވިއެވެ‪ .‬އަދި "ވަރަށް އަވަހަށް އޮންނަ ޝޯއެއްގައި ޖައުފަރުގެ ލަވައެއް ކިޔަން‬ ‫ބޭނުން" ކަމަށް ވެސް ވިދާޅުވިއެވެ‪.‬‬ ‫ އެންމެ ފުރަތަމަ މޭޖަރ އަޙްމަދު ޢާޠިފު ވިދާޅުވި އަޅުގަނޑު ހެދި ލަވައަކީ ''ކަނޑުވިގަނި'' އެވެ‪.‬‬ ‫މިލަވަ ވިދާޅުވީ ހަނދާންވާ ގޮތުން ސިފައިންގޭގައި އޮތް ސިފައިންގެ އަހަރީ ޝޯއެއްގައެވެ‪ .‬މި ލަވައަކީ‬ ‫ރެކޯޑު ވެސް ކުރެވިފައިނެތް ލަވައެކެވެ‪ .‬އޭގެ ފަހުން ޢާޠިފު ވިދާޅުވި އަޅުގަނޑުގެ ލަވައަކީ ސިފައިން އެންމެ‬ ‫ފުރަތަމަ ތައްޔާރުކުރި ޓެލެޑްރާމާ [މާބުރުގެ އުސޫލު] ގެ ތީމު ލަވަ [ގުލްޝަނުގެ ރާނީ] އެވެ‪ .‬މީގެ އިތުރަށް‬ ‫ޓެލެޑްރާމާ "ވޭން" ގެ ތީމު ލަވަ [ވާށޭ މަށާ އެހީ]‬

‫ޓެލެޑްރާމާ "އެއިޑްސް" ގެ ތީމު ލަވަ [ކުރެވުނު‬

‫ކަމަކުން] މިފަދަ ވަރަށް ގިނަ ލަވަތަކެއް ފާހަގަ ކުރެވެއެވެ‪.‬‬ ‫‪71‬‬


‫ މީގެ އިތުރަށްވެސް [ ނަންބުނިއްޔާ]‪[ ،‬އާބެރު ޓޮއްޓޮއް ބާބެރު ޑަންޑަން]‪[ ،‬މަސްތު ވެއްޖޭ‬ ‫ފެނިފާ މިތުރާ] ގެ އިތުރުން އަޅުގަނޑުގެ އެތައް ޅެންތަކަކާއި ލަވަތަކެއް އަޙުމަދު ޢާޠިފު ހުށަހަޅައި‬ ‫ދެއްވާފައި ވެއެވެ‪ .‬ދާދި ފަހުން ‪ 2017‬ވަނަ އަހަރުގެ ތެރޭގައި އެމްއެންޑީއެފުން ބޭއްވި "ވޮއިސް‬ ‫އޮފް އެމްއެންޑީއެފް ‪ "2017‬ގެ ޑްރޭންޑް ފިނާލޭގައި މޭޖަރ އަޙްމަދު އާޠިފާއި މުޙައްމަދު ޝުހައިލް‬ ‫ލަވަ ހުށަހަޅައިދެއްވަން ސްޓޭޖުގައި ތިއްބަވާފައި [އަޅުގަނޑު ކިޔާފައިވާ ވަރަށް ގިނަ ލަވަތަކެއްގެ ޅެން‬ ‫ހަދައިދެއްވި ޖަޢުފަރު ޢަބްދުއްރަޙުމާނު މި ހަފުލާފައި އިންނެވީމާ ވަރަށް ބޮޑަށް އުފާވެއްޖޭ] ވިދާޅުވެފައި‬ ‫ވަޑައިގެން އަޅުގަނޑާ ސަލާންކޮށް ލެއްވި މަންޒަރު އަދިވެސް ހިތަށް ސިފަކުރެވެއެވެ‪.‬‬ ‫މިނޫނަސް އެކިއެކި ރަސްމިއްޔާތުތަކަށާއި އެކި މުނާސަބަތާ ގުޅޭ މަރުޙަބާ ނުވަތަ ޝުކުރުގެ‬ ‫ޅެންތައް އާޠިފުގެ އެދިވަޑައިގަތުމަށް ހަދައިދެވި ފައިވެއެވެ‪ .‬އަދި އިޖްތިމާޢީ އެކިއެކި ކަންކަމާގުޅޭގޮތުން‬ ‫އަޅުގަނޑުހެދި އެތައް ލަވަތަކެއް ވެސް ވަނީ ހުށަހަޅައި ދެއްވާފަ އެވެ‪ .‬އޭގެ ތެރޭގައި ވަރަށް ގިނަ‬ ‫ދުވަސް ވަންދެން ޓެލެވިޒަން މޯލްޑިވްސް އިން ދައްކަމުންގެންދިޔަ ދުންފަތުގެ ނުރައްކަލުން މީހުން‬ ‫ހޭލުންތެރިކުރުމުގެ ގޮތުން އަޅުގަނޑުހެދި ޅެމެއް ފާހަގަ ކޮށްލެވެއެވެ‪[ .‬ގިލަނެއް އިތުރު ލިބި ނިމިގެންމެ‬ ‫ނުދަނީސް] މިއީ ކޮޕްސް ބޭންޑުގެ އިތުރުން ލަވަކިޔުމުގެ ދާއިރާގައި ސިފައިންގޭގައި އޭރު ތިއްބެވި‬ ‫ހުރިހާ ބޭފުޅުން ވިދާޅުވި ލަވައެކެވެ‪ .‬މިލަވަ ވިދާޅުވި ބޭފުޅުންގެ ތެރޭގައި މޭޖަރ އަޙްމަދު ޢާޠިފު ހިމެނި‬ ‫ވަޑައިގަންނަވާކަން އުފަލާއެކު ފާހަގަކުރަމެވެ‪.‬‬ ‫[ކޮންމެ ނަފުސެއް މަރުގެ ރަހަ ދެކި ދުނިޔެއިން ނިމިދާނެއޭ ] ޅެމެއްގައި ޝާއިރަކު ވިދާޅުވެފައިވާ‬ ‫ފަދައިން‪ ،‬އަލްމަރުޙޫމް މޭޖަރ އަޙުމަދު ޢާޠިފު މިދުނިޔެއާ އަލްވަދާޢު ކިޔާފައިވަނީ ގިނަބައެއްގެ ލޯތްބާއި‬ ‫އިޙްތިރާމް ހޯއްދަވައިގެންނެވެ‪ .‬ޤައުމާއި ރައްޔިތުންނަށް އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ‪ .‬ނަމަވެސް‬ ‫އޭނާގެ ހަނދާންތަކަށް ފަނޑުކަމެއް ނާންނާނެއެވެ‪ .‬މާތްﷲ އަޙްމަދު ޢާޠިފުގެ ފުރާނަފުޅަށް ސުވަރުގޭގެ‬ ‫ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ‪ .‬ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ‪ .‬އާމީން ‬

‫އަލްފާޟިލް‬

‫ޖަޢުފަރު‬

‫ޢަބްދުއްރަޙްމާނަކީ‬

‫ސިފައިންގެ‬

‫ޚިދުމަތުގައި‬

‫‪30‬‬

‫އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި‪ ،‬ޝަރަފުވެރިކަމާއެކު ސިފައިންގެ‬ ‫ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ބޭފުޅެކެވެ‪.‬‬

‫ހުނަރުވެރި ޅެންވެރިއެކެވެ‪.‬‬

‫ކުޅަދާނަ ލިޔުންތެރިއެކެވެ‪ .‬އަސްކަރީ ތާރީޚު ލިޔެ‪ ،‬ބެލެހެއްޓެވި ތާރީޚަށް ޚިދުމަތް‬ ‫ކުރެއްވި ބޭފުޅެކެވެ‪ .‬ދިވެހި ތާރީޚުގެ ދާއިރާއިން‪ ،‬ތާރީޚު ދިރާސާކުރުމާއި‪ ،‬ފޮތް‬ ‫އެކުލަވައިލުމާއި‪ ،‬ތާރީޚާބެހޭ ޢިލްމު ކުރިއެރުވުމުގެ ރޮނގުން ‪ 2013‬ވަނަ‬ ‫އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އަލްފާޟިލް ޖަޢުފަރު ޢަބްދުއްރަޙުމާން‬ ‫ވަނީ ހާސިލުކުރައްވާފައެވެ‪ .‬އަލްފާޟިލް ޖަޢުފަރު ޢަބްދުއްރަޙްމާނު ސިފައިންގެ‬ ‫ޚިދުމަތުން ރިޓަޔަރ ކުރެއްވީ ވޮރަންޓް އޮފިސަރ ‪ 3‬ގެ މަޤާމުގައެވެ‪.‬‬ ‫‪72‬‬


73


‫އަޅުގަނޑުގެ ޯލބިވާ ބައްޕަގެ ހަނދާނުގައި‬

‫ޟލް ުޢ ަމރު ާމއިން ާޢ ިޠފް‬ ‫ައ ްލ ާފ ި‬ ‫އަޅުގަނޑުގެ އެންމެ ދުރު ހަނދާނަކީ ބައްޕަގެ ސިފައިންގެ ޔުނިފޯމާއި އެންކަލް ބޫޓަށް އަރައިގެން‬ ‫ކުޅޭކުޅޭ ބަޑިއެއް ހިފައިގެން ކުޑައިރު އަޅުގަނޑު އުޅުނު ހަނދާނެވެ‪ .‬ކުޑައިރު ބައްޕަ ކަހަލަ ސިފައިންގެ‬ ‫މީހަކަށް ވާން ބޭނުންވި ނަމަވެސް‪ ،‬އެކަމަށް ހުރި ޝައުޤުވެރިކަން ކުޑަވިއެވެ‪ .‬ނަމަވެސް މިއަދުވެސް‬ ‫އަޅުގަނޑުވާން ބޭނުންވަނީ ބައްޕަ ފަދަ ޢާއިލާ އާއި ރައްޓެހިންނަށް ހިތްހެޔޮ‪ ،‬ކުރާ ކޮންމެ ކަމެއް ޒިންމާދާރު‬ ‫ކަމާއެކު ކުރާ އަދި ޤައުމަށް ޚިދުމަތްކޮށްދޭނެ މީހަކަށެވެ‪.‬‬ ‫އަޅުގަނޑުގެ ބައްޕައަށްޓަކައި އަޅުގަނޑު ފަޚުރުވެރިވަމެވެ‪ .‬އެއީ ސިފައިންގެ ކަހަލަ ބުރަ‬ ‫ވަޒީފާއެއް އަދާކުރައްވަމުން‪ ،‬ޢާއިލާއަށް އަޅާލުމާއި ލޯބި ދެއްވި ބައްޕައެކެވެ‪ .‬އެއީ ދަރިންނާމެދު ވަރަށް‬ ‫ފޮނި އުންމީދުތަކެއް ކުރެއްވި ބައްޕައެކެވެ‪ .‬އަޅުގަނޑުމެންގެ ކޮންމެ އުފަލަކާއި ހިތާމައެއްގައި ހިތާއި ރޫޙުން‬ ‫ބައިވެރިވެވަޑައިގެންނެވިއެވެ‪ .‬އެތަކެއް ނަސޭހަތާއި އިރުޝާދު ދެއްވިއެވެ‪ .‬ބައްޕަގެ ޝަޚްސިއްޔަތުގައިވާ‬ ‫މަޑުމައިތިރިކަމާއި އޯގާތެރިކަމާއި ހިތްތިރި ކަމަކީ އާދަޔާ ޚިލާފު ސިފައެކެވެ‪ .‬ސިފައިންގެ ޚިދުމަތުގައި‬ ‫‪ 30‬އަހަރަށްވުރެ ގިނަ ދުވަހު ހޭދަކުރެއްވިއިރު ބައްޕައާ ދުރުގައި ހޭދަކުރަންޖެހުނު ދުވަސްތައް އަޅުގަނޑު‬ ‫ތަޖުރިބާކުރީމެވެ‪ .‬ކިތަންމެ ދުރުގައި ހުންނަވަން ޖެހިވަޑައިގަތަސް އަދި ކިތަންމެ ބުރަކޮށް އުޅުއްވަން‬ ‫ޖެހިވަޑައިގަތަސް އަޅުގަނޑުމެންގެ ބައްޕައަކީ ކުޑަ ހިނދުކޮޅަކަށް ވެސް އަޅުގަނޑުމެންގެ މަތިން ހަނދާން‬ ‫ނައްތާލެއްވި ބައްޕައެއް ނޫނެވެ‪.‬‬ ‫އަޅުގަނޑުގެ ބައްޕައަކީ ނަމޫނާ ޝަޚްސިއްޔަތެކެވެ‪ .‬އެކުވެރި ރަޙުމަތްތެރިން ގިނަ ބޭފުޅެކެވެ‪ .‬ކޮންމެ‬ ‫މީހަކާވެސް ބައްޕަ ބައްދަލުކުރައްވާނީ ހިނިތުންވުމާއި އުފާވެރިކަމުގެ މޫނަކާއެކުގައެވެ‪ .‬ޢާއިލާގެ މެންބަރުންނެކޭ‬ ‫އެއްގޮތަށް ރަޙުމަތްތެރިންނާވެސް ބައްދަލު ކުރައްވާނީ ހިތްހެޔޮކަމާއެކުގައެވެ‪ .‬އެހެންކަމުން ބައްޕަ ވެފައިވަނީ‬ ‫ގިނަ ބަޔަކު އިޙްތިރާމްކުރާ ބޭފުޅަކަށެވެ‪ .‬ބައްޕަ ވެފައިވަނީ ބައްޕަގެ ބުރަ މަސައްކަތާއި ޤައުމަށް ކޮށްދެއްވި‬ ‫‪74‬‬


‫ނ ުކގެ ާޢ ިއލާ‬ ‫ރ ީހމް މަ ި‬ ‫ރ ޫޙމް ޮބ ުޑ ަގލު ިއ ްބ ާ‬ ‫ނކު ަހ ްއދަ ާވ ަފއިވާ ާޢ ިއ ީލ ަގ ެހ ެކވެ‪ަ .‬އ ްލ ަމ ު‬ ‫ރ ީހމް މަ ި‬ ‫ޟލް ޮބ ުޑ ަގލު ިއ ްބ ާ‬ ‫ނ ަވރީ ަމހު ައލް ާފ ި‬ ‫ރގެ ޖަ ަ‬ ‫„ „މި ޢާއިލީގަހަކީ ‪ 1986‬ވަނަ ައ ަހ ު‬ ‫ރ ްއ ަވ ިއގެން‪،‬‬ ‫ރގެ ޮފޓޯ ބޭނުން ުކ ަ‬ ‫ރށް ުތ ްއ ުޕޅު ިއ ު‬ ‫ނގެ ަވ ަ‬ ‫ސވީރު ަހ ްއދަ ާވ ަފ ިއވަނީ އެ ާޢ ިއ ާލ ަގއި ިހމެނި ަވ ަޑ ިއގަންނަވާ ޭބ ުފޅު ް‬ ‫ސ ަފ ިއވާ ގޮ ުތގެ މި ަތ ް‬ ‫ނ ޮގ ް‬ ‫ނށް ެދ ިމގެ ް‬ ‫ެއ ާހތަ ަ‬ ‫ރ ޫޙމް ޭމޖަރ ައ ްޙ ަމދު ޢާ ިޠ ެފވެ‪.‬‬ ‫ރ ިވ ަފއި ެއވަނީ ައ ްލމަ ު‬ ‫ސ ީވރުން ާފ ަހގަ ކު ެ‬ ‫ރ ަޖ ްއސަ ަވ ިއގެންނެވެ‪ަ .‬ތ ް‬ ‫ނވި ައހަ ު‬ ‫ެއ ޭބ ުފޅުން ުއފަން ެވ ަވ ަޑ ިއގެން ެ‬

‫ނވީ‬ ‫ރ ުތ ަގއި އެ ހުން ެ‬ ‫ނމެ ާވތް ފަ ާ‬ ‫ނ ުކގެ ާޢ ިއލާ‪ޮ .‬ފ ޯޓގެ އެ ް‬ ‫ރ ީހމް މަ ި‬ ‫ރ ޫޙމް ޮބ ުޑ ަގލު ިއ ްބ ާ‬ ‫ރވެރި ާކ ިމ ާޔ ީބ ަތ ެކއް ޯހ ްއ ަދވާ ަފއިވާ ައ ްލމަ ު‬ ‫ނ ޭޔ ަގއި ފަ ުޚ ު‬ ‫ރ ްއ ޭޖގެ ިމ ުއ ިޒކީ ދު ި‬ ‫„ „ދި ެވ ިހ ާ‬ ‫ރ ޫޙމް ޭމޖަރ ައ ްޙ ަމދު ާޢ ިޠފް‪.‬‬ ‫ައ ްލ ަމ ު‬

‫‪75‬‬


76


‫އަގުހުރި ޤައުމީ ޚިދުމަތުގެ ސަބަބުން ގިނަ ބަޔަކު ދަންނަ މަޝްހޫރު އަދި މަޤްބޫލު ޝަޚްސިއްޔަތަކަށެވެ‪.‬‬ ‫ޚާއްޞަކޮށް މިއުޒިކީ ދާއިރާގައި ބައްޕަ ހޯއްދެވި ކާމިޔާބާއި މަޝްހޫރުކަމާއި މަޤްބޫލުކަމުގެ ފަހަތުގައި ވަނީ‬ ‫ބައްޕަ ވިދާޅުވެފައިވާ ގޮތުންނަމަ ބައްޕަގެ އަޚްލާޤާއި ސުލޫކެވެ‪ .‬އެހެން މީހުންނަށް އިޙްތިރާމް ކުރުމާއި‪،‬‬ ‫އެހެން މީހުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ރީތި ސިފައެވެ‪.‬‬ ‫ބައްޕަ އަޅުގަނޑަށް ދަސްކޮށްދެއްވި އެންމެ މުހިންމު ފިލާވަޅަކީ ހިތްވަރާއެކު މަސައްކަތް ކޮށްފި‬ ‫މީހަކަށް ކޮންމެ ކަމެއްވެސް ހާސިލު ކުރެވޭނެކަމެވެ‪ .‬މިއީ‪ ،‬ރެޔާއި ދުވާލު ބައްޕަ އަޅުގަނޑުމެންނަށް‬ ‫ދައްކައިދެމުން ގެންދެވި މިސާލެވެ‪ .‬ވަޒީފާގައި ހޯއްދެވި ކާމިޔާބީތަކާއި‪ ،‬ލަވަޔާއި މިއުޒިކީ ދާއިރާއަށް‬ ‫ބައްޕަ ކޮށްދީފައިވާ މިންނަތް މަސައްކަތުން ހާސިލުކުރެއްވި ފޮނި ކާމީޔާބީތަކަކީ މިކަ​ މުގެ ހެއްކެވެ‪ .‬ބައްޕަ‬ ‫އަކީ އަބަދުވެސް ސިފައިންގެ ވަޒީފާއަށް އަހައްމިޔަތުކަން ދެއްވި ބޭފުޅެކެވެ‪ .‬އަމިއްލަ އެތައްކަމެއް ޤައުމީ‬ ‫ޚިދުމަތަށްޓަކައި ޤުރުބާންކުރެއްވި ބޭފުޅެކެވެ‪.‬‬ ‫އަޅުގަނޑު އެންމެ ދެރަވާ އެއްކަމަކީ ބައްޕަގެ އެންމެ ފަހު ދުވަސްތައް ޢާއިލާއާ ދުރުގައި‬ ‫ހޭދަކުރައްވަން ޖެހިވަޑައިގަތުމެވެ‪ .‬ބައްޕަގެ ހިނިތުންވުމާއި ޖަހަލާ ސަކަރާތާއި‪ ،‬ބައްޕަ ​​ ޝައުޤުވެރިކަން‬ ‫ހުންނަ ކަންކަމުގައި ދައްކާ ވާހަކަތައް އަދި އެއްފަހަރު އަހާލަން ބޭނުންވެއެވެ‪.‬‬ ‫"ހަސްތީ ތެރޭން ތިޔަމާ އައީ‪ ،‬މޭގާ މަގޭ ފިރުމަން‪ ،‬ދޭ ތޯ އެދެން ލޯތްބާވަފާ ގޮށްޖަހަން ނުމޮހޭ"‬ ‫ބައްޕަގެ ލޯތްބާއި ކުލުނު ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެއެވެ‪ .‬ބައްޕަ އަވަހާރަވީ ޚަބަރު ފުރަތަމަ‬ ‫ލިބުނުހިނދު އެކުރި ފުން އަސަރު ބަޔާންކޮށްދިނުމަކީ ފަސޭހަކަމެއްނޫނެވެ‪ .‬ޢާއިލާގެ ހުރިހާ އެންމެންނާއި‬ ‫ސިފައިންނާއި‪ ،‬ބައްޕަގެ އެކުވެރިންނާއި ރަޙުމަތްތެރިންނާއި ބައްޕައަށް ހެޔޮ އެދިވަޑައިގަންނަވާ ހުރިހާ ބޭފުޅުން‬ ‫އަޅުގަނޑުމެންނަށް އެ ދުވަހު އެލިބުނު ފުން ހިތާމައިގައި ބައިވެރިވި ބައިވެރިވުން ދުވަހަކުވެސް އަޅުގަނޑު‬ ‫ހަނދާނެއް ނުނެތޭނެއެވެ‪ .‬ބައްޕައަކަށްޓަކައި ހެޔޮދުޢާ ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެންގެ‬ ‫ޢާއިލާގެ ނަމުގައި މިފުރުސަތުގައި ވެސް ޝުކުރު ދަންނަވަމެވެ‪.‬‬ ‫އަޅުގަނޑުމެންގެ ލޯބިވާ ބައްޕައަށް މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސް ދެއްވާށިއެވެ‪ .‬އަދި‬ ‫އިޚްލާޞްތެރިކަމާއެކު ދިވެހި ޤައުމަށް ބައްޕަކޮށްދެއްވި ޤައުމީ ޚިދުމަތުގެ ހެޔޮ ޖަޒާ މިންވަރުކޮށް ދެއްވާށިއެވެ‪.‬‬ ‫އާމީން‪.‬‬

‫އަލްފާޟިލް ޢުމަރު މާއިން ޢާޠިފަކީ މޭޖަރ އަޙްމަދު ޢާޠިފަށް ލިބިވަޑައިގެންނެވި‬ ‫ތިން ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ދަރިކަލުންނެވެ‪ .‬އަލްފާޟިލް ޢުމަރު‬ ‫މާއިން ޢާޠިފުގެ އިތުރުން ތިއްބަވަނީ ޔޫސުފް ޔޫހާން ޢާޠިފާއި‪ ،‬ލޫހާ ޢާޠިފެވެ‪.‬‬

‫‪77‬‬


78


‫ރތުން‬ ‫ނގެ ލަވަ ުމ ާބ ާ‬ ‫ސ ޫކލް ުކދި ް‬ ‫ް‬ ‫ނޓަރ ފޮރ ދި ާއ ްޓސް ައދި ެޓ ެލ ިވޜަން ޯމ ްލ ިޑ ްވސް ުގ ިޅގެން ‪ 2015‬ވަނަ ައހަރު ޭބ ްއވި‬ ‫ނލް ސެ ް‬ ‫ނޝަ ަ‬ ‫ނއި‪ޭ ،‬‬ ‫ސޓްރީ ޮއފް ެއ ިޑ ުޔ ޭކޝަ ާ‬ ‫ނ ް‬ ‫„ „މި ި‬ ‫ނށް‬ ‫ރ ަކލުން ަ‬ ‫ސ ިމ ްއ ާޔ ުތ ަގއި ޭމޖަރ ައ ްޙ ަމދު ާޢޠިފް ދަ ި‬ ‫ރ ް‬ ‫ސފް ޫޔހާން ޢާ ިޠފް ޯހ ުދ ާމ ުގ ިޅގެން ނަ ީތޖާ ާފ ުޅކުރި ަ‬ ‫ރ ަކލުން ޫޔ ު‬ ‫ފަ ުޚރު ެވރި ރަންވަނަ ަތ ެކއް ޭމޖަރ ައ ްޙ ަމދު ާޢ ިޠ ުފގެ ަދ ި‬ ‫ރ ުމގެ ިއތުރުން‪ 19 ،‬އަހަރުން ދަށުގެ އެއްވަނަ‬ ‫ސލު ކު ު‬ ‫ރތުން ެއ ްއވަނަ ާހ ި‬ ‫ރ ަވރުންނާ ާވ ަދ ޮކށް‪ ،‬އެ ުމ ާބ ާ‬ ‫ރ ަޙބާ ިވ ާދޅުވެ ޯލބިން ަބ ްއ ާދ ަލ ްއވަނީ‪ޫ .‬ޔޙާން ވަނީ ‪ 165‬ދަ ި‬ ‫ަމ ު‬ ‫ނގެ ަލ ަވ ައށް‪.‬‬ ‫ރ ުގގެ ެއ ޯވ ުޑ ެވސް ިލ ިބ ަފއި ވަނީ ޫޔހާ ް‬ ‫ނމެ ޮމޅު ައ ިމ ްއލަ ާ‬ ‫ށ ަފއި‪ަ .‬އދި އެ ް‬ ‫ޞ ުލ ޮކ ް‬ ‫ސ ާޙ ި‬ ‫ރ ުޕގެ ެއއްވަނަ ެވ ް‬ ‫ނއަރ ްގ ޫ‬ ‫ާއއި‪ ،‬ސީ ި‬

‫‪79‬‬


‫އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފުގެ ވަކިވުމެއްނެތް ހަނދާންތައް‬

‫ސ ީޢދު‬ ‫ރލް ުމ ަޙ ްއ ަމދު ަޔ ީޒދު ަ‬ ‫ޯކ ްޕ ަ‬ ‫‪ 2017‬އޮގަސްޓް ‪ 20‬ވަނަ ދުވަހުގެ މެންދުރު ވަގުތުގައި ދިވެހިރާއްޖެއަށް ފެތުރިގެންދިޔަ ހިތާމަވެރި‬ ‫ކުއްލި ޚަބަރަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވި‪،‬‬ ‫އެމްއެންޑީއެފް ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ އަޙްމަދު ޢާޠިފް (ސނ‪ )953 :‬ކުއްލިގޮތަކަށް‬ ‫ނިޔާވެއްޖެ ކަމުގެ ޚަބަރެކެވެ‪ .‬ރާއްޖޭގެ މީޑިއާތަކާއި ނޫސްތަކުގެ ފަލަ ސުރުޚީގައި ލިޔެވުނު މި ޚަބަރަކީ ގިނަ‬ ‫ބަޔަކަށް ލިބުނު ހައިރާންކަމެކެވެ‪ .‬މަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފަކީ ވަރަށް ގިނަ ރައްޓެހިން ތިބި‪ ،‬އަދި‬ ‫އާންމުންނާ ވެސް ވަރަށް ގުޅުން ބޮޑު ބޭފުޅެކެވެ‪.‬‬ ‫މޭޖަރ އަޙްމަދު ޢާޠިފް އަވަހާރަވިއިރު ހުންނެވީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ޑެޕިއުޓީ‬ ‫ކޮމާންޑަރުގެ މަޤާމުގައެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފް މަސައްކަތް ކުރައްވަމުން ގެންދެވީ އެމްއެންޑީއެފް‬ ‫ނޮދަން އޭރިއާ ހދ‪.‬ހަނިމާދޫ ޕޯސްޓުގައެވެ‪ .‬އަވަހާރަވުމުގެ ކުރިން މޭޖަރ އަޙްމަދު ޢާޠިފްއާ އެންމެ ފަހުން‬ ‫ވާހަކަ ދައްކަވާފައި ވަނީ ހަނިމާދޫ ޕޯސްޓުގައި މަސައްކަތް ކުރައްވާ ސާޖަންޓް ޙުސައިން ނަސީމް (ސ‪.‬ނ‬ ‫‪ ) 4666‬އެވެ‪ .‬މިގޮތުން އޮގަސްޓް ‪ 20‬ވަނަ ދުވަހުގެ ރޭ ޕްރެމިއަރ ލީގް މެޗެއް ސާޖަންޓް ނަސީމްއާއެކު‬ ‫ބެއްލެވުމަށްފަހު މޭޖަރ ޢާޠިފް އަވަހާރަފުޅު ލެއްޕެވީ އެރޭ ‪ 12:00‬އާއި ‪ 12:30‬ހާއިރުއެވެ‪.‬‬ ‫މޭޖަރ އަޙްމަދު ޢާޠިފް ނިޔާވެފައިވާކަން އެނގުނީ‪ ،‬މޭޖަރ އަޙްމަދު ޢާޠިފްގެ އަނބިކަނބަލުން‪،‬‬ ‫‪80‬‬


‫ޢާޠިފް ސަރ އަށް ގުޅަން އުޅެ ފޯނު ނުނަންގަވާތީ ހަނިމާދޫ ޕޯސްޓުގައި މަސައްކަތް ކުރައްވާ ސާޖަންޓް‬ ‫ނަސީމްއަށް ގުޅައި މޭޖަރ އަޙްމަދު ޢާޠިފްއާ ފޯނުން ނުގުޅިގެން އުޅޭ ވާހަކަ ދެންނެވުމުން‪ ،‬މޭޖަރ ޢާޠިފްގެ‬ ‫ކޮޓަރިކޮޅަށް ގޮސް ބެލި ބެލުމުންނެވެ‪.‬‬ ‫‪ 1987‬މާރިޗް ‪ 11‬ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިލެއްވި މޭޖަރ ޢާޠިފް ވަނީ ‪30‬‬ ‫އަހަރާއި ‪ 5‬މަހާއި ‪ 10‬ދުވަހު އެމްއެންޑީއެފަށް ޚިދުމަތް ކުރައްވާފައެވެ‪ .‬ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި‬ ‫މޭޖަރ އަޙްމަދު ޢާޠިފްގެ ޤައުމީ ޚިދުމަތްތަކުގެ މައްޗަށް ކުރު ގޮތަކަށް ބަލާލާނަމެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފް‬ ‫އާންމުންގެ ތެރެއަށް މަޝްހޫރު ވެލައްވާފައި ވަނީ ލަވަ ކިޔުމުގެ ދާއިރާއިންނާއި‪ ،‬ލަވަ މުބާރާތްތަކުގައި‬ ‫ސްކޫލް ދަރިވަރުންނަށް ލަވަ ދަސްކޮށްދެއްވާ ބޭކަލެއްގެ ގޮތުގައެވެ‪.‬‬ ‫މޭޖަރ އަޙްމަދު ޢާޠިފްގެ މިޔުޒިކީ ޙަޔާތަކީ‪ ،‬އާއިލާގެ ފަރާތުން ވާރުތަވެފައިހުރި ކަމެކެވެ‪.‬‬ ‫އަމިއްލަ ޝައުޤުވެރިކަމާއެކު މިޔުޒިކުގެ ތެރެއަށް ވެންނެވިއިރު އުމުރުން ވަރަށް ހަގެވެ‪ .‬މިޔުޒިކީ ޙަޔާތް‬ ‫ފުރަތަމަ ފެށިގެން އައީ މަދުރަސީ ދައުރުގައެވެ‪ .‬މޭޖަރ ޢާޠިފް ސިފައިންގެ ޚިދުމަތާ ގުޅިލެއްވިއިރު‪،‬‬ ‫ސިފައިންގޭގައި ދެ މިޔުޒިކް ބޭންޑު އޮތެވެ‪ .‬އެއީ‪ ،‬މިޔުޒިކު ބޭންޑު އެކަކާއި މިޔުޒިކު ބޭންޑު ދެއެކެވެ‪.‬‬ ‫މިޔުޒިކް ޝޯއެއްގައި މޭޖަރ ޢާޠިފް އެންމެ ފުރަތަމަ ފެނިގެން ދިޔައީ‪ ،‬ދިވެހިރާއްޖޭގެ އަޑުގެ‬ ‫ފަރާތުން އިންތިޒާމް ކުރައްވައިގެން‪1987،‬‬

‫ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ‪ 31‬ވަނަ ދުވަހުގެ ރޭ‬

‫އޯޑިއޯންގައި ބޭއްވި މިޔުޒިކް ޝޯއިންނެވެ‪ .‬އަދި‪ ،‬މޭޖަރ ޢާޠިފުގެ އަޑު ޢާންމުކޮށް އަޅުގަނޑުމެންނަށް‬ ‫އިވެން ފެށީ‪ 1988 ،‬ވަނަ އަހަރުން ފެށިގެންނެވެ‪ .‬އޭނާގެ ފުރަތަމަ ލަވަ އިވިގެންދިޔައީ‪1988 ،‬‬ ‫ވަނަ އަހަރުގެ ދިވެހި ފަންނާނުންގެ ޝޯއިންނެވެ‪ .‬މޭޖަރ ޢާޠިފުގެ ލަވަތަކުގެ ތެރެއިން އެންމެ ބޮޑަށް‬ ‫މަޝްހޫރުވެގެންދިޔަ އެއް ލަވަޔަކީ އަލްމަރްޙޫމް ސައިކުރާ އިބްރާހީމް ނަޢީމް ހައްދަވާފައިވާ "ދިވެހި ޤައުމީ‬ ‫‪81‬‬


‫ޒުވާނުން ކެރޭ" މި ލަވައެވެ‪ .‬އެ ލަވަ މޭޖަރ ޢާތިފް ކިއުއްވާފައިވަނީ‪ ،‬މަސްޢޫދު މޫސާދީދީއާ އެކުގައެވެ‪.‬‬ ‫އޭގެ ފަހުން‪ ،‬މޭޖަރ ޢާޠިފު‪ ،‬ރާއްޖޭގެ އެންމެ މަޝްހޫރު ފަންނާނުންގެ ލިސްޓުގައި ގުނާލެވެން‬ ‫ފެށުނީ‪ 1989 ،‬ވަނަ އަހަރު ސިފައިންގެ "ކޮޕްސް ބޭންޑު" ވުޖޫދުވީ ހިސާބުންނެވެ‪ .‬މޭޖަރ ޢާޠިފަކީ‪،‬‬ ‫ރާއްޖޭގެ އެންމެ މަޤްބޫލު އެއް މިޔުޒިކް ބޭންޑަށް "ކޮޕްސް ބޭންޑު" ހައްދަވައިދެއްވުމުގައި އެންމެ ޚިދުމަތްތެރި‬ ‫މަސައްކަތްތަކެއް ކޮށްދެއްވި މޭސްތިރިއެވެ‪ .‬ކޮޕްސް ބޭންޑުގެ ސީނިއަރ މެންބަރެއްގެ ގޮތުގައި އެންމެ‬ ‫އެކްޓިވްކޮށް‪ ،‬އަދި އެންމެ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްދެއްވި ޚިދުމަތްތެރިޔާއެވެ‪.‬‬ ‫ސިފައިންގެ "ކޮޕްސް" ބޭންޑު އުފެދުނު ހިސާބުން ފެށިގެން‪ ،‬މޭޖަރ ޢާޠިފުގެ ވަރަށްގިނަ ލަވަތައް‬ ‫އިވެމުންދިޔައެވެ‪ .‬ޚާއްޞަކޮށް‪ ،‬އަމިއްލަ ރާގުތަކަށް ކިޔުއްވާފައިވާ ލަވަތައް ފާހަގަކޮށްލަން ޖެހެއެވެ‪ .‬މިގޮތުން‪،‬‬ ‫"މަސްތުވެއްޖޭ ފެނިފައި މިތުރާ" މި ލަވައާއި‪" ،‬ގެންދާށެ ވަޔާ" "އޭ މަލާ ތިޔައީ މަގޭ"‪" ،‬އިޙްސާސެއްވޭހޭ"‪،‬‬ ‫"ޖޯޝޭ ގެނައި މީ ޤައުމީ އުފާ" ފަދަ ލަވަތަކުގެ މަތިން ހަނދާންކޮށްލަން ޖެހެއެވެ‪.‬‬ ‫މޭޖަރ ޢާޠިފުގެ އަޑަކީ ޅަދުވަހެކޭ ވެސް އެއްފަދައިން އެ އަޑުގެ ޒުވާންކަން މަތީ އަވަހާރަވުމާއި‬ ‫ހަމައަށް ދެމިއޮތް‪ ،‬ފަނޑުވުމެއްނެތް ރީތި ހިތްގައިމު ރަން އަޑެކެވެ‪ .‬ވޯކަލިސްޓެއްގެ އިތުރުން‪ ،‬މޭޖަރ ޢާޠިފު‬ ‫ވަނީ ކޮޕްސް ބޭންޑްގެ ކީބޯޑް އާޓިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ‪ .‬މިގޮތުން ‪2005‬‬ ‫ވަނަ އަހަރާ ހަމައަށް ކޮޕްސް ބޭންޑު ހިންގުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވެލެއްވިއެވެ‪.‬‬ ‫"އަޅުގަނޑުމެން ވިސްނީ ކުދިންތަކެއް ނެރެން އެބަޖެހޭ ކޮޕްސްބޭންޑް ދެމެހެއްޓުމަށް‪ .‬ކޮޕްސް‬ ‫ބޭންޑުގައި އޭރު އިސްކޮށް ތިބީ އަޅުގަނޑުމެން ހަތަރު މީހުން‪ ،‬އެއީ ޝަމާލާއި‪ ،‬ސުހެއިލާއި‪ ،‬އަޅުގަނޑާއި‪،‬‬ ‫އަދި ދާރީ‪ .‬މި ހަތަރު މީހުން އަޑީގައި ތިބެގެން ބަޔަކު މީހުން ނެރެގެން ބޭންޑު ކުރިއަށްގެންދަން ވިސްނީ‪.‬‬ ‫އެހިސާބުން އަޅުގަނޑުމެން އާންމުކޮށް ޝޯ ދިނުން ހުއްޓާލީ‪ ،‬އެހެނަސް ދޭތެރެއަކުން ޝޯ ވެސް ދެމުން‬ ‫‪82‬‬


‫ދިޔައިން‪ ".‬މިއީ މިދިޔަ އެޕްރީލް މަހު ޝާއިޢުކުރި ހަފުތާ އައްޑަނައިގެ ‪ 647‬ވަނަ އަދަދަށް މޭޖަރ އަޙްމަދު‬ ‫ޢާޠިފް ދެއްވި އިންޓަވިއުއެއްގައި ކޮޕްސްބޭންޑުން ރިޓަޔަރވި ގޮތް ހިއްސާކުރެއްވި ބަސްކޮޅެވެ‪.‬‬ ‫އެކްޓިވް މެންބަރެއްގެ ގޮތުން ކޮޕްސް ބޭންޑާ ފެޔަށް ޖެހިލިޔަސް‪ ،‬އެ ބޭންޑު ތަރައްޤީކޮށް‪ ،‬ގެންނަން‬ ‫ބޭނުންވި ކުރިއެރުންތައް ގެނެސްދިނުމުގައި މޭޖަރ އާޠިފް އިސް ދައުރެއް އަދާކުރައްވަމުން ގެންދެވިއެވެ‪.‬‬ ‫އެގޮތުން‪ ،‬ބޭންޑުން ވަކިވާ މެންބަރުންގެ ޖާގަތަކަށް އައު މެންބަރުން ގެންނަވައި‪ ،‬މި ދާއިރާއިން ބައެއް‬ ‫ފަރާތްތައް ބިނާކުރުމުގެ މަސައްކަތުގެ އިތުރުން‪ ،‬ބޭންޑަށް ހޯދަން ބޭނުންވާ އިކުއިޕްމަންޓްސް ހޯދުމަށް‬ ‫މަސައްކަތް ކުރައްވަމުން ގެންދެވިއެވެ‪ .‬އަދި ކޮޕްސް ބޭންޑު މަޑުޖެހުމެއްނެތި‪ ،‬ރާއްޖޭގެ މިޔުޒިކީ ޖައްވުގެ‬ ‫އެންމެ އުހުގައި ފަނޑުވުމެއްނެތި އެހާ ގިނަ ދުވަސްތަކެއް ވާންދެން ދެމެހެއްޓުނީ މޭޖަރ ޢާޠިފްމެން ފަދަ‬ ‫ބޭފުޅުން ކުރެއްވި މަސައްކަތުގެ ނަތީޖާއިންނެވެ‪.‬‬ ‫އެކިއެކި ޝޯތަކުގައި މޭޖަރ ޢާޠިފު ކިޔުއްވާފައިވާ ލަވަތަކާއި އަދި ރެކޯޑު ކުރެވިފައިވާ ލަވަތަކުގެ‬ ‫އަދަދު ‪ 500‬އާ ކައިރިކުރާއިރު‪ ،‬އެއްވެސް ލަވައެއް އަގަށް ކިޔުއްވާފައި ނުވާކަން އެއީ ވަކިން ޚާއްޞަ‬ ‫ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ‪ 80 .‬އަށްވުރެ ގިނަ އަދަދެއްގެ އަމިއްލަ ރާގު ކޮޕްސް ބޭންޑުން‬ ‫ހުށަހަޅައިދީފައިވާއިރު‪ ،‬މިއިން ކޮންމެ ރާގެއްގައި ވެސް މޭޖަރ ޢާޠިފުގެ ޙިއްޞާ ވެއެވެ‪ .‬އަދި މިދެންނެވި‬ ‫‪ 80‬އަށްވުރެ ގިނަ ލަވައިގެ ތެރެއިން ‪ 50‬އަށްވުރެ ގިނަ ލަވަ ކިޔުއްވާފައިވަނީ‪ ،‬ޚުދު މޭޖަރ އާޠިފެވެ‪.‬‬ ‫މީގެއިތުރުން‪ ،‬ބައެއް މަދަޙަ ވެސް ވަނީ ކިޔުއްވައިފައެވެ‪.‬‬ ‫އެކިއެކި މުނާސަބަތުތަކާ ގުޅިގެން‪ ،‬ތައްޔާރުކުރާ ލަވަތަކުގައި ވެސް މޭޖަރ ޢާޠިފުގެ ޙިއްޞާ ވަރަށް‬ ‫ބޮޑެވެ‪ .‬މިނިވަން ދުވަސް‪ ،‬ޤައުމީ ދުވަސް‪ ،‬ނަޞްރުގެ ދުވަސް އަދި ޢީދު ދުވަސްފަދަ ދުވަސްތަކާ ގުޅިގެން‬ ‫އެކިއެކި ފަރާތްތަކުން ތައްޔާރުކުރައްވާ ލަވަތައް ތައްޔާރުކޮށްދެއްވުމުގައި މޭޖަރ ޢާޠިފުވަނީ އެކިގޮތްގޮތުން‬ ‫‪83‬‬


‫އެހީތެރިކަން ފޯރުއްވައިދެއްވާފައެވެ‪.‬‬ ‫މިޔުޒިކީ ދާއިރާއިން މޭޖަރ ޢާޠިފު ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ‬ ‫ގޮތުން‪ ،‬ދިވެހި ސަރުކާރުން ވަނީ‪ 2014 ،‬ވަނަ އަހަރު‪ ،‬ޕާރފޯމިންގ އާޓްސްގެ ދާއިރާއިން މޭޖަރ‬ ‫ޢާޠިފަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ދެއްވާފައެވެ‪ .‬މޭޖަރ ޢާޠިފަށް ޤައުމީ އިނާމް ލިބިލައްވާފައިވަނީ‬ ‫ލަވަކިޔުމާއި‪ ،‬މިއުޒިކު ކުޅުމާއި‪ ،‬އަމިއްލަ ރާގު އުފެއްދުމުގެ ރޮނގުންނެވެ‪.‬‬ ‫ޤައުމީ ލަވަ މުބާރާތެއް ނަމަވެސް ނުވަތަ އެކިއެކި ފަރާތްތަކުން އިންތިޒާމުކުރާ އެކިއެކި ލަވަ‬ ‫މުބާރާތުގައި ކަމަށްވިޔަސް‪ ،‬ޖަޖުންގެ ޕެނަލުން މޭޖަރ ޢާޠިފު ނުފެންނަ މުބާރާތެއް ވަރަށް މަދޭ ދެންނެވުމަކީ‪،‬‬ ‫ދެންނެވޭ ކުށްބަހަކަށް ނުވާނެއެވެ‪ .‬މާލޭގެ ސްކޫލުތަކުގެ ކުދިންގެ ލަވަ މުބާރާތްތަކުގަޔާއި‪ ،‬ރާއްޖޭގެ‬ ‫އަތޮޅުތަކުގެ ސްކޫލްތަކުގެ ސްކޫލު ކުދިންގެ މެދުގައި ބޭއްވޭ ލަވަ މުބާރާތްތަކުގަޔާއި‪ ،‬އެކި ޓީވީ ޗެނަލްތަކުން‬ ‫ބާއްވާ ލަވަ މުބާރާތްތަކުގެ ފަނޑިޔާރުކަން‪ ،‬މޭޖަރ ޢާޠިފު ވަނީ އެތައް ފަހަރަކު ކޮށްދެއްވާފައެވެ‪ .‬މޭޖަރ‬ ‫ޢާޠިފަކީ‪ ،‬އެމްއެންޑީއެފްގައި ބޭއްވި ފުރަތަމަ "ވޮއިސް އޮފް އެމްއެންޑީއެފް ‪"2017‬ގެ ޖަޖިންގ ޕެނަލްގެ‬ ‫ވެސް އެއް މެންބަރެވެ‪.‬‬ ‫މޭޖަރ ޢާޠިފް އަވަހާރަވި ޚަބަރު އޮންލައިން ނޫސްތަކުގެ ފަލަ ސުރުޚީގައި ޖެހުމާއެކު މޭޖަރ‬ ‫އަޙްމަދު ޢާޠިފަށް ޙެޔޮ ރަޙުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މުޅި ސޯޝަލް މީޑިއާގައި‬ ‫ވެސް ދިޔައީ ހިތާމަވެރިކަމުގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ‪ .‬މޭޖަރ އަޙުމަދު ޢާޠިފް އަޅުގަނޑުމެންނާ‬ ‫ވަކިވެގެން ދިޔަ ނަމަވެސް ދިވެހި ގައުމު ދެމިއޮތްހައި ހިނދަކު މޭޖަރ ޢާޠިފްގެ ޚިދުމަތްތައް އަޅުގަނޑުމެންނާ‬ ‫ވަކިވެގެން ނުދާނެއެވެ‪.‬‬ ‫މޭޖަރ ޢާޠިފް އަޅުގަނޑުމެންނާ ވަކިވެގެން ދިޔައިރު އަޅުގަނޑުމެންނަށް އެތައް "ފިލާވަޅެއް"‬ ‫ނަންގަވައިދެއްވާފައިވެއެވެ‪ .‬އެހެންކަމުން މޭޖަރ އަޙުމަދު ޢާޠިފްގެ ހަޔާތުން މިއަދު ކޮންމެ ދިވެހި ދަރިއަކު‬ ‫‪84‬‬


‫ވެސް އިބުރަތް ހާސިލް ކުރަން އެބަޖެހެއެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފް އަވަހާރަވުމާ ގުޅިގެން މާލެ ގެންނަވައި‬ ‫‪ 2017‬އޮގަސްޓް މަހުގެ ‪ 20‬ވަނަ ދުވަހުގެ ރޭ ‪ 23:30‬ހާއިރު ވަނީ ފަސްދާނުލެވިފައެވެ‪ .‬އާ ސަހަރާ‬ ‫މިސްކިތުގައި މި ޖަނާޒާގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ‪ .‬އުމުރުން ‪ 51‬އަހަރުގެ‬ ‫ޢާޠިފް އަވަހާރަވި ސަބަބު ހޯދިފައެއް ނުވެއެވެ‪.‬‬ ‫ޢާޠިފްގެ ހަނދާންތައް ދުވަހަކު ވެސް އަޅުގަނޑުމެންނާ ވަކިވެގެން ނުދާނެއެވެ‪ .‬ޢާޠިފްގެ ނަން‬ ‫ސިފައިންގެ ތާރީޚާއި ރާއްޖޭގެ ތާރީޚުގައި ލިޔެވިގެން ދާނީ އަގުހުރި ޚިދުމަތްތެރިއެއްގެ ގޮތުގައެވެ‪ .‬އެންމެންނާ‬ ‫ވެސް ހިތްހެޔޮކަމާއި އޯގާތެރިކަމާ އެކު ވާހަކަދައްކަވާ އުޅުއްވި ޢާޠިފު ވަކިވެގެން ދިއުމަކީ އޭނާއާ ބައްދަލުވެ‬ ‫ވާހަކަދެކެވެނު ހަމަ ކޮންމެ މީހަކުމެ ހިތާމަކުރާނެ ކަމެކެވެ‪ .‬ކުރުކޮށް ދަންނަވާނަމަ މޭޖަރ އަޙްމަދު ޢާޠިފުގެ‬ ‫ހަނދާންތަކަކީ ވަކިވުމެއް ނެތް ހަނދާންތަކެކެވެ‪.‬‬ ‫މޭޖަރ ޢާޠިފްގެ ތިން ބޭފުޅުން ތިއްބަވައެވެ‪ .‬އެއީ ދެ ފިރިހެން ބޭފުޅުންނާއި އަންހެން ކަނބަލެކެވެ‪.‬‬ ‫އަޅުގަނޑުމެން އެންމެހާ ސިފައިންގެ ދުޢާއަކީ މާތްﷲ މޭޖަރ އަޙުމަދު ޢާޠިފްގެ ފާފަ ފުއްސަވައި ސުވަރުގޭގެ‬ ‫ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމެވެ‪ .‬އެ މަރުޙޫމުގެ އާއިލާއަށާއި އެކުވެރިންނަށް ކެތްތެރިކަން ދެއްވުމެވެ‪.‬‬

‫ކޯޕްރަލް މުޙައްމަދު ޔަޒީދު ސަޢީދަކީ އައްޑަނަ މަޖައްލާގެ ޕްރޮޑަކްޝަން މެނޭޖަރެވެ‪.‬‬ ‫އައްޑަނަ މަޖައްލާގައި މެދުނުކެނޑި މަސައްކަތް ކުރައްވަމުން ގެންދަވާތާ ‪ 14‬އަހަރު‬ ‫ވެފައިވާއިރު ކޯޕްރަލް މުޙައްމަދު ޔަޒީދު ސަޢީދުވަނީ އައްޑަނަ މަޖައްލާގެ ލޭއައުޓް‬ ‫ހެދުމާއި ޑިޒައިންކުރުމުގައި އަގުހުރި ޚިދުމަތްތަކެއްކޮށް‪ ،‬ތަފާތު ދާއިރާތަކުން‬ ‫ލިޔުންތައް ލިޔެ ޝާއިޢުކުރައްވާފައެވެ‪ .‬މި ލިޔުމަކީ އައްޑަނަ މަޖައްލާގެ ‪ 22‬ވަނަ‬ ‫އަދަދުގައި ކޯޕްރަލް މުޙައްމަދު ޔަޒީދު ސަޢީދު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ‪.‬‬ ‫‪85‬‬


‫ހިތްވަރުދިނުމުގެ ޤައުމީ އިނާމު‬ ‫ޕާރފޯމިންގ އާޓްސްގެ ދާއިރާއިން‪ ،‬ލަވަކިޔުމާއި‪ ،‬މިއުޒިކު ކުޅުމާއި‪ ،‬އަމިއްލަ‬ ‫ރާގު އުފެއްދުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މޭޖަރ އަޙްމަދު‬ ‫ޢާޠިފަށް ސަރުކާރުން ދެއްވީ ‪ 2014‬ވަނަ އަހަރު އެވެ‪ .‬ރައީސުލްޖުމްހޫރިއްޔާ އަދި‬ ‫ސިފައިންގެ އެންމެމަތީވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަތްޕުޅުން އެ‬ ‫ޝަރަފު ލިބިވަޑައިގެންނެވިއިރު އަޙްމަދު ޢާޠިފު ހުންނެވީ ކެޕްޓަން ރޭންކުގައެވެ‪.‬‬ ‫ތިރީގައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު‬ ‫މޭޖަރ އަޙްމަދު ޢާޠިފަށް ދެއްވި ދުވަހު އޭނާގެ ޚިދުމަތްތަކުގެ މައްޗަށް ބިނާކުރައްވާ‬ ‫ޝާއިޢުކުރެއްވި ސައިޓޭޝަނެވެ‪.‬‬

‫އަޙްމަދު ޢާޠި ްފ‬ ‫މއ‪.‬އުޑުވިލާ (މ‪.‬ނިވްހިލްމަން)‬ ‫ޕާރ ޯފމިންގ އާޓްސްގެ ދާއިރާއިން؛ ލަވަކިޔުމާއި‪ ،‬މިއުޒިކު ކުޅުމާއި‪ ،‬އަމިއްލަ ރާގު އުފެއްދުމުގެ ރޮނގުން‬ ‫ހިތްވަރުދިނުމުގެ ޤައުމީ އިނާމު‬ ‫އަޙްމަދު ޢާޠިފްގެ މިޔުޒިކީ ޙަޔާތް ފެށިގެން އައީ މަދްރަސީ ދައުރުގައެވެ‪ .‬އެއަށްފަހު‪1987 ،‬‬ ‫ވަނަ އަހަރު ސިފައިންގެ ޚިދްމަތާ ގުޅިވަޑައިގެން ހިސާބުން ފެށިގެން‪ ،‬ސިފައިންގެ ބޭންޑްގައި ޚިދްމަތް‬ ‫‪86‬‬


‫ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ‪ .‬މިޔުޒިކް ޝޯއެއްގައި ޢާޠިފް އެންމެ ފުރަތަމަ ފެނިގެން‬ ‫ދިޔައީ‪ ،‬ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން އިންތިޒާމް ކުރައްވައިގެން‪ 1987 ،‬ވަނަ އަހަރުގެ ޑިސެންބަރު މަހުގެ‬ ‫‪ 31‬ވަނަ ދުވަހުގެ ރޭ އޯޑިއޯންގައި ބޭއްވި މިޔުޒިކް ޝޯއިންނެވެ‪.‬‬ ‫ޢާޠިފްގެ އަޑު ޢާންމުކޮށް އަޅުގަނޑުމެންނަށް އިވެން ފެށީ‪ 1988 ،‬ވަނަ އަހަރުން ފެށިގެންނެވެ‪.‬‬ ‫އޭނާގެ ފުރަތަމަ ލަވަ އިވިގެންދިޔައީ‪ 1988 ،‬ވަނަ އަހަރުގެ ދިވެހި ފަންނާނުންގެ ޝޯއިންނެވެ‪ .‬ޢާޠިފްގެ‬ ‫ލަވަތަކުގެ ތެރެއިން އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔަ އެއްލަވަޔަކީ އަލްމަރްޙޫމް ސައިކުރާ އިބްރާހީމް ނަޢީމް‬ ‫ހައްދަވާފައިވާ "ދިވެހި ޤައުމީ ޒުވާނުން ކެރޭ" މިލަވައެވެ‪ .‬އެ ލަވަ ޢާތިފް ވިދާޅުވެފައިވަނީ‪ ،‬މަސްޢޫދު‬ ‫މޫސާދީދީއާ އެކުގައެވެ‪.‬‬ ‫‪87‬‬


‫‪ 1989‬ވަނަ އަހަރު ސިފައިންގެ "ކޮޕްސް" ބޭންޑް އުފެދުނު ހިސާބުން ފެށިގެން‪ ،‬ޢާޠިފްގެ‬ ‫ވަރަށްގިނަ ލަވަތައް އިވެމުންދިޔައެވެ‪ .‬ޚާއްޞަކޮށް‪ ،‬އަމިއްލަ ރާގުތަކަށް ވިދާޅުވެފައިވާ ލަވަތައް ފާހަގަކޮށްލަން‬ ‫ޖެހެއެވެ‪ .‬މިގޮތުން‪" ،‬މަސްތުވެއްޖޭ ފެނިފައި މިތުރާ" މި ލަވައާއި‪" ،‬ގެންދާށެ ވަޔާ" "އޭ މަލާ ތިޔައީ މަގޭ"‬ ‫"އިޙްސާސެއްވޭހޭ" "ޖޯޝޭ ގެނައި މީ ޤައުމީ އުފާ" ފަދަ ލަވަތަކުގެ މަތިން ހަނދާންކޮށްލަން ޖެހެއެވެ‪.‬‬ ‫ޢާޠިފަކީ ކޮޕްސް ބޭންޑްގެ ކީބޯޑް އާޓިސްޓެއްވެސް މެއެވެ‪.‬‬ ‫އެކިއެކި ޝޯތަކުގައި ޢާޠިފް ވިދާޅުވެފައިވާ ލަވަތަކާއި އަދި ރެކޯޑު ކުރެވިފައިވާ ލަވަތަކުގެ‬ ‫އަދަދު މިހާރު ‪ 500‬އާ ކައިރިކުރާއިރު‪ ،‬މިހާތަނަށް އެއްވެސް ލަވައެއް އަގަށް ވިދާޅުވެފައިނުވާކަން އެއީ‬ ‫ވަކިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ‪ 80 .‬އަށްވުރެ ގިނަ އަދަދެއްގެ އަމިއްލަ ރާގު‬ ‫ކޮޕްސް ބޭންޑުން ހުށަހަޅައިދީފައިވާއިރު‪ ،‬މިއިން ކޮންމެ ރާގެއްގައިވެސް ޢާޠިފްގެ ޙިއްޞާ ވެއެވެ‪ .‬އަދި‬ ‫މިދެންނެވި ‪ 80‬އަށްވުރެ ގިނަ ލަވައިގެ ތެރެއިން ‪ 50‬އަށްވުރެ ގިނަ ލަވަ ވިދާޅުވެފައިވަނީ‪ ،‬ޚުދު ޢާޠިފެވެ‪.‬‬ ‫‪88‬‬


‫މީގެއިތުރުން‪ ،‬ބައެއް މަދަޙަވެސް އޭނާ ވިދާޅުވެފައިވެއެވެ‪.‬‬ ‫އެކިއެކި މުނާސަބަތުތަކާ ގުޅިގެން‪ ،‬ތައްޔާރުކުރާ ލަވަތަކުގައިވެސް ޢާޠިފްގެ ޙިއްޞާ ވަރަށް ބޮޑެވެ‪.‬‬ ‫މިނިވަންދުވަސް‪ ،‬ޤައުމީ ދުވަސް‪ ،‬ނަޞްރުގެ ދުވަސް އަދި ޢީދު ދުވަސްފަދަ ދުވަސްތަކާ ގުޅިގެން އެކިއެކި‬ ‫ފަރާތްތަކުން ތައްޔާރުކުރައްވާ ލަވަތައް ތައްޔާރުކޮށްދެއްވުމުގައި ޢާޠިފްވަނީ އެކިގޮތްގޮތުން އެހީތެރިކަން‬ ‫ފޯރުއްވައިދެއްވާފައެވެ‪.‬‬ ‫ޤައުމީ ލަވަ މުބާރާތެއް ނަމަވެސް ނުވަތަ އެކިއެކި ފަރާތްތަކުން އިންތިޒާމުކުރާ އެކިއެކި ލަވަ‬ ‫މުބާރާތުގައި ކަމަށްވިޔަސް‪ ،‬ޖަޖުންގެ ޕެނަލުން ޢާޠިފް ނުފެންނަ މުބާރާތެއް ވަރަށް މަދޭ ދެންނެވުމަކީ‪،‬‬ ‫ދެންނެވޭ ކުށްބަހަކަށް ނުވާނެއެވެ‪ .‬މާލޭގެ ސްކޫލްތަކުގެ ކުދިންގެ ލަވަ މުބާރާތްތަކުގަޔާއި‪ ،‬ރާއްޖޭގެ‬ ‫އަތޮޅުތަކުގެ ސްކޫލްތަކުގެ ކުދިންގެ މެދުގައި ބޭއްވޭ ލަވަ މުބާރާތްތަކުގަޔާއި‪ ،‬އެކި ޓީ‪.‬ވީ ޗެނަލްތަކުން ބާއްވާ‬ ‫ލަވަ މުބާރާތްތަކުގެ ފަނޑިޔާރުކަން‪ ،‬ޢާޠިފް ވަނީ އެތައްފަހަރަކު ކޮށްދެއްވާފައެވެ‪.‬‬ ‫ޢާޠިފު‪" ،‬ޑައިފޮނިކްސް އޯޑިއޯ ޓްރެކްސް"ގެ ނަމުގައި ‪ 1997‬ވަނަ އަހަރު ރެކޯޑިންގ ސްޓޫޑިއޯއެއް‬ ‫އުފައްދައި‪ ،‬އެ ސްޓޯޑިއޯއިން ޚިދްމަތް ދެއްވަމުން ގެންދަވައެވެ‪ .‬ޖުމްހޫރީ ދުވަސް‪ ،‬ޤައުމީ ދުވަސްފަދަ‬ ‫ދުވަސްތަކަށް ތައްޔާރުކުރާ ލަވަތަކުގެ ބެކް މިޔުޒިކް ތައްޔާރުކޮށްދެއްވުމުގެ އިތުރަށް‪ ،‬އަމިއްލަ ފަރާތްތަކުން‬ ‫އުފައްދާ ދިވެހި ފިލްމުތަކަށާއި‪ ،‬އޯޑިއޯ އަލްބަމްތަކަށް‪ ،‬އެ ސްޓޫޑިއޯއިން ލަވަ ތައްޔާރުކޮށްދެއްވައި‪ ،‬ބެކް‬ ‫މިޔުޒިކް އަޅުއްވައިދެއްވަމުން ގެންދަވައެވެ‪.‬‬ ‫އަޙްމަދު ޢާޠިފް މިހާރު ހުންނެވީ‪ ،‬އެމް‪.‬އެން‪.‬ޑީ‪.‬އެފް‪.‬ގެ ކެޕްޓަން ކަމުގެ ރޭންކުގައެވެ‪.‬‬ ‫މިރޮނގުން މިއަދު ޤައުމީ ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ޢާޠިފަށް ލިބިވަޑައިގަންނަވާއިރު‪ ،‬އޭނާއަށް‬ ‫ލިބިވަޑައިގަންނަވާ އެންމެބޮޑު އެއް އުފަލަކީ‪ ،‬އޭނާގެ އެއް ބޭފުޅެއް ކަމަށްވާ ޔޫސުފު ޔުހާން ޢާޠިފު‬ ‫ލަވަކިޔުމުގެ ރޮނގުން ކާމިޔާބީތައް ހޯއްދަވަމުން ގެންދަވާ ކަމެވެ‪ .‬ޢާޠިފްގެ ޢަޒުމަކީ‪ ،‬ރާއްޖެއަށާއި ރާއްޖޭގެ‬ ‫ޒުވާނުންނަށް މި ރޮނގުން އިތުރު ޚިދްމަތްތައް ކޮށްދެއްވުމެވެ‪.‬‬

‫‪89‬‬


90


91


92


93


‫ނޫސްވެރިންގެ ގަލަމުން މޭޖަރ އަޙްމަދު ޢާޠިފް‬

‫ޢާޠިފަކީ އާދައިގެ މީހެއް ނޫން‪ ،‬އެއަށް ވުރެ މާ ޚާއްޞަ‬

‫ޞރު ‪ި /‬މ ާހރު ‪www.mihaaru.com -‬‬ ‫ނ ީ‬ ‫ސ ާމ ީޢލް ަ‬ ‫ޟލް ިއ ް‬ ‫ައ ްލ ާފ ި‬ ‫ޔަގީންވާ އެއް ކަމެއް އެބައޮތެވެ؛ ހދ‪ .‬ހަނިމާދޫގައި ހުންނެވުމަށް ފަހު މިދިޔަ ހަފުތާގައި މާލެ‬ ‫ވަޑައިގެން މަޝްހޫރު މިއުޒީޝަން‪ /‬ލަވަކިޔުންތެރިޔާ އަދި ސިފައިންގެ މޭޖަރ އަޙްމަދު ޢާޠިފް ވަރަށް ގިނަ‬ ‫މީސް މީހުންނާ ބައްދަލު ކުރެއްވި ކަމެވެ‪ .‬އަދި އެ ބައްދަލުވުންތަކުގައި‪ ،‬މިއަދު އޭނާ އަވަހަރާވުމާ ދާދި‬ ‫ގުޅުން ހުރި ވާހަކަތަކެއް ވެސް ދެއްކެވި ކަމެވެ‪.‬‬ ‫އޭގެ ތެރެއިން އެއް ވާހަކައަކީ މި އެވެ‪:‬‬ ‫"އެކުވެރި ޢާޠިފް އާ މި މަހު ދެ ރެއަކު ދިމާވި‪ .‬ދަންވަރު ތިނެއް ޖަހަންދެން ސްކޫޕު ކަންމަތީގައި‬ ‫ވަރަށް ގިނަ ވާހަކަތައް ކިޔައިދެއްވި‪ .‬އަމިއްލަ ލައިފް‪ ،‬ބައްޕައިންގެ ލައިފް‪ ،‬ކުދިން ލިބުނީމަ ލައިފް‪ ،‬އޮފީސް‬ ‫ލައިފް‪ ...‬ވަރަށް ހަނދާންވޭ‪' ....‬އިއްބޭ އަހަރެން ބޭނުންވީ ފެމިލީ އަށް މުސްތަގުބަލެއް ހޯދައިދޭން‪ .‬އެކަމާ‬ ‫ވަރަށް އުފާވޭ'‪ "،‬ޓީވީ ޕްރެޒެންޓަރު އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ގެ ފޭސްބުކް ޕޯސްޓެއްގައި އޭނާ‬ ‫ލިޔެފައިވެއެވެ‪.‬‬ ‫ސިފައިންގެ ނޮދަން އޭރިޔާގެ ޑެޕިއުޓީ ކޮމާންޑަރެއްގެ ގޮތުން ހަނިމާދޫގައި ހުންނަވަނިކޮށް ހަމަ‬ ‫‪94‬‬


‫ވަރަށް ކުއްލި ގޮތަކަށް މިއަދު އަވަހާރަވި ޢާޠިފަކީ ވަރަށް ގިނަ ބައެއްގެ ގާތް ރައްޓެއްސެކެވެ‪ .‬ވަރަށް‬ ‫ގިނަ ބަޔަކާ މީގެ ދެ ދުވަހެއް ވަރު ކުރިން އޭނާއާ މާލެއިން ދިމާވި ކަމަށް އެކި މީސްމީހުން ފޭސްބުކާއި‬ ‫ޓްވިޓާގައި ވަނީ ބުނެފައެވެ‪ .‬އަދި ވަރަށް ތަފާތު ވާހަކަތައް ޙިއްޞާކޮށްފައިވާ ކަމަށް ބުނެ‪ ،‬ފޭސްބުކާއި‬ ‫ޓްވިޓާގައި މުޅިން ހެން މިއަދު އޮތީ އެ ވާހަކައެވެ‪ .‬ލިބު ސިހުމާއި ޝޮކްގެ ވާހަކަ އެވެ‪ .‬އޭނާގެ މަރުގެ‬ ‫ވާހަކަ މެންދުރު ފެންމަތިވުމާ އެކު ވޭތުވެދިޔަ އަށެއްގަ ގަޑިއިރުގެ ތެރޭގައި ސޯޝަލް މީޑިއާ ވަނީ ޢާޠިފުގެ‬ ‫ހަނދާންތަކުން ފުރިފަ އެވެ‪ .‬އެކި މީސްމީހުންނާ އެކު ނަގާފައިވާ ފޮޓޯތަކާއި ޢާޠިފާ ބެހޭ ގޮތުން އެކި މިސް‬ ‫މީހުންގެ ޝުއޫރުތައް އޭގެ ތެރޭގައި ހިމެނެ އެވެ‪.‬‬ ‫ޢާޠިފާ ދިމާވި އެހެން މީހެއް ކަމަށްވާ މުހަންމަދު އިބްރާހިމް (ކުޑޫ) ބުނީ މީގެ ދެ ތިން ދުވަހެއް‬ ‫ކުރިން ސީގަލް ރެސްޓޯރަންޓް ކައިރިން ޢާޠިފާ ދިމާވި ކަމަށެވެ‪" .‬ޢާޠިފް ބުނަނީ ކުދިން ވެސް މިހާރު‬ ‫ބޮޑެތި ވެއްޖެއޭ‪ .‬ތިމަންނާގެ ކަމަކީ އެ ކުދިންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމޭ‪ .‬އެކަން ވެއްޖެއޭ‪"،‬‬ ‫ކުޑޫ ބުންޏެވެ‪.‬‬

‫އެއްވެސް ބައްޔެއް ނެތް!‬ ‫ޢާޠިފުގެ ތިން ބޭފުޅުން ތިއްބަވަ އެވެ‪ .‬އެއީ ދެ ފިރިހެން ބޭފުޅުންނާއި އެންމެ ހަގަށް ހުރި ‪16‬‬ ‫އަހަރުގެ އަންހެން ބޭފުޅެކެވެ‪" .‬ބައްޕަ އެނބުރި ހަނިމާދު އަށް ފުރަން ދަމުން [މިދިޔަ ބުރާސްފަތި ދުވަހުގެ‬ ‫‪95‬‬


‫މެންދުރު ފަހު] ވެސް އަޅުގަނޑާ ބައްދަލުވި‪ "،‬އެންމެ ފަހު ފެނިލުމާ ބެހޭ ގޮތުން ދޮށީ ދަރިފުޅު ޢުމަރު‬ ‫މާއިން ޢާޠިފު ވިދާޅުވި އެވެ‪.‬ޢުމަރު ވިދާޅުވީ ބައްޕަގެ އެއްވެސް ބައްޔެއް ހުރިކަން އެނގިވަޑައިގެންފައި‬ ‫ނެތް ކަމަށެވެ‪ .‬އަދި އެއްވެސް ބައްޔަކަށް ދުވަހަކު ވެސް ބޭހެއް ނެންގެވިކަން ވެސް އެނގިވަޑައިގެންފައި‬ ‫ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ‪".‬ހަނިމާދޫގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި ފަހުން ވެސް ކޮންމެ މަހަކު‬ ‫އެއްފަހަރު ލިބޭނެ ހަފުތާއެއް ވަރު މާލޭގައި ހުންނަވަން‪ .‬އެ ހަފުތާގައި ހުންނަވާނީ މާލޭގައި‪ .‬މިދިޔަ‬ ‫ހަފުތާގައި ވެސް ހުންނެވީ މާލޭގައި‪ "،‬އޭނާ ވިދާޅުވި އެވެ‪" .‬އެކަމަކު ހަމަ ކުރިއެކޭ އެއްގޮތަށް އެއްވެސް‬ ‫ތަފާތު ކަމެއް އަޅުގަނޑުމެންނަކަށް ފާހަގައެއް ނުކުރެވޭ‪".‬‬ ‫އުމުރުން ‪ 51‬އަހަރުގެ ޢާޠިފު އަވަހާރަވި ސަބަބު އަދި ވަނީ ނޭނގި އެވެ‪ .‬އެހެން ނަމަވެސް‬ ‫ޢާޠިފް ބެއްލެވި ޑޮކްޓަރު ވިދާޅުވެފައި ވަނީ ޞިއްޙީ މަރުކަޒަށް ޢާޠިފް ގެންދިޔަ އިރު މަރުވިތާ ހައެއްކަ‬ ‫ގަޑިއިރު ވެދާނެ ކަމަށެވެ‪ .‬ޢާޠިފް އަވަހާރަވިކަން އެނގުނީ އޭނާ ހޭނުލައްވައިގެން ބެލިއިރު އެވެ‪.‬‬

‫ޢާޠިފަކީ މިއުޒިކްގައި ވަރުގަދަ ފަހުލަވާނެއް‬ ‫ރާއްޖޭގެ މިއުޒިކް އެންމެ ވަރުގަދަ އަށް ފިޔަޖަހަމުން ދިޔަ ‪2000‬ގެ ތެރޭގައި‪ ،‬ކޮޕްސް ބޭންޑަކީ‬ ‫އާދައިގެ ނަމެއް ނޫނެވެ‪ .‬އަމިއްލަ ރާގުތަކާ އެކު‪ ،‬އެ ބޭންޑް ވިދަމުން ދިޔައީ ޢާޠިފް އެންމެ އިސްކޮށް‬ ‫ހުންނަވައިގެންނެވެ‪" .‬ޕާޕާ ކެހެތޭހޭ" ލަވައިން މަޝްހޫރުވި ޢާޠިފަކީ ހޮޅުދޫ ޢަބްދުﷲ ޙަސަނަށް ފަހު‪،‬‬ ‫‪96‬‬


‫ރާއްޖޭގައި އުފެދުނު ޤައުމީ ލަވައިގެ ރަސްގެފާނެވެ‪" .‬ޖޯޝޭ ގެނައި މީ ގައުމީ އުފާ"‪" ،‬ގެންދާށެ ވަޔާއޭ"‪،‬‬ ‫"ދިވެހި ޤައުމީ ޒުވާނުން ކެރޭ‪ ،‬ދިވެހި މާޒީ ހިމާޔަތް ކުރޭ" އެއީ ޖޯޝާއި ފޯރި ގެންނަން އެއް ވަނަ އެވެ‪.‬‬ ‫ލޯބީގެ ލަވަތަކުގެ ތެރެއިން‪" ،‬އޭ މަލާ ތިޔައީ‪ "...‬އާއި "ދޭނަން ހިތާ ޖާނާ‪" ،"...‬އިހުސާސެއް ވޭހޭ"‬ ‫އަކީ ދުވަހަކު ވެސް ފޫހިވުމެއް ނެތް ލަވަތަކެކެވެ‪ .‬އެހެންވެ‪ ،‬ގިނަ ލަވަކިޔުންތެރިން ވެސް ދެކެނީ ޢާޠިފަކީ‬ ‫ލަވަކިޔުންތެރިއެއްގެ އިތުރުން‪ ،‬ވިދާޅުވި މަދު ލަވަތައް ސުޕަ ހިޓް ކުރެއްވި ފަންނާނެއްގެ ގޮތުގަ އެވެ‪.‬‬ ‫ސިފައިންގެ ވަރަށް ބުރަ ވަޒީފާތަކުގައި އުޅުއްވަމުން ވެސް ތިރީހަކަށް އަހަރު މިއުޒިކީ ދާއިރާގައި‬ ‫ހަރަކާތްތެރިވެ ވަޑައިގެން ޢާޠިފް ވަނީ ވަރަށް ތަފާތު ނަތީޖާތަކެއް ނެރުއްވައިފަ އެވެ‪ .‬ކޮޕްސް ބޭންޑް‪،‬‬ ‫‪ 1989‬ގައި އުފެދުނީ ޢާޠިފާއި‪ ،‬ސިފައިންގޭގައި އެ ވަގުތު ތިއްބެވި މިއުޒިކަށް ލޯބި ކުރައްވާ އެހެން‬ ‫ތިން ބޭފުޅެއްގެ އަތްމައްޗަށެވެ‪ .‬އެ ބޭންޑް ރާއްޖޭގެ އެންމެ ވަރުގަދަ އެއް ބޭންޑަށް ހެދުމުގައި ޢާޠިފާއި‬ ‫އޭނާގެ ޓީމުގެ ހިއްސާ ވަރަށް ބޮޑެވެ‪ .‬ކީބޯޑު ކުޅުއްވަމުން ލަވަ ވިދާޅުވަމުން ގެންދެވި އެވެ‪ .‬މިހާތަނަށް‬ ‫‪500‬އެއްހާ ލަވަ ޢާޠިފް ރެކޯޑު ކުރެއްވި އިރު‪ 80 ،‬ވަރަކަށް އަމިއްލަ ރާގު [ކޮޕްސް ބޭންޑުގެ ތެރެއިން]‬ ‫ގެނެސްދެއްވާފައި ވެ އެވެ‪ .‬ޢާޠިފަށް ވަނީ މިއުޒިކީ ދާއިރާއިން ‪ 2014‬ގައި ގައުމީ އިނާމް ވެސް‬ ‫ލިބިވަޑައިގެންފަ އެވެ‪ .‬އެހެން ނަމަވެސް‪ ،‬އޭނާ ވަނީ ފަހުން ކޮޕްސް ބޭންޑުގައި ސީދާ ހަރަކާތްތެރިވުން‬ ‫ދޫކޮށްލައްވައިފަ އެވެ‪ .‬އެހެން ނަމަވެސް‪ ،‬ދޭތެރެ ދޭތެރެއިން ލަވަ ވިދާޅުވުމާއި އެކި މުބާރާތްތަކުގެ ޖަޖްކަން‬ ‫ކުރުން އޭނާ ކުރިއަށް ގެންދެވި އެވެ‪.‬‬ ‫ޢާޠިފަކީ މިއުޒިކް ދާއިރާ ގަބޫލު ކުރާ ގޮތުގައި މި ދާއިރާގެ ވަރަށް ގާތް ބޭފުޅެކެވެ‪ .‬ބުރަ‬ ‫‪97‬‬


‫ވަޒީފާއެއްގައި އުޅުއްވިޔަސް ޢާޠިފަކީ ވަކިވަކި ލަވަކިޔުންތެރިންނާއި ވަކިވަކި މިއުޒީޝަނުންނާ ވަރަށް‬ ‫ބަރާބަރަށް ގުޅުން ބާއްވަވައި‪ ،‬ފޯނުން ވެސް ގުޅުއްވާ ހައްދަވާ ބޭފުޅެކެވެ‪ .‬ޢާޠިފް ބޭނުންވެ ވަޑައިގަތީ‪،‬‬ ‫އޭނާގެ ބަހުން ސާފުކޮށް އެނގޭ ގޮތުގައި އެ ހުނަރު ދިރުވުމެވެ‪.‬‬ ‫"ޢާޠިފަކީ އަޅުގަނޑަށް ދުށް ހަމަ އެންމެ ރީތި އެއް އަޑު‪ .‬އަދި އޭނާގެ ބައެއް އަމިއްލަ ރާގުތައް‬ ‫އެބަހުރި އެ ރާގުތަކާ ދުވަހަކު ވެސް ވަކިނުވެވޭނެ ކަހަލަ ރާގުތައް‪ .‬ފުރާނައާ ކުޅެލާހާ ރީތި ރާގުތައް‬ ‫އެބަހުރި‪ "،‬މަޝްހޫރު މިއުޒިކް ޑައިރެކްޓަ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) ބުންޏެވެ‪.‬‬ ‫އެއަށް ވުރެ ބޮޑު އެއްޗަކީ މި އެވެ؛ ޢާޠިފަކީ ވަރަށް ގިނަ ބައެއްގެ މާ ގާތް ރައްޓެއްސެކެވެ‪.‬‬ ‫ޢާޠިފްގެ ވަރަށް ގާތް ރަހުމަތްތެރިއަކު ބުނި ގޮތުގައި‪ ،‬ޢާޠިފަކީ ރައްޓެހި ނޫން މީހުންނާ ވެސް ވަރަށް ގާތްކޮށް‬ ‫ހީސަމާސާ ކޮށް ހައްދަވާ ބޭފުޅެކެވެ‪ .‬އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެކެވެ‪ .‬އަދި ކުރާ ކޮންމެ ކަމަކަށް‬ ‫ވަރަށް އިހުލާސްތެރި ވެސް ބޭފުޅެކެވެ‪.‬‬

‫އަލްފާޟިލް އިސްމާޢީލް ނަޞީރަކީ ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން‪،‬‬ ‫ނޫސްވެރިކަމުގެ ރޮނގުން ‪ 2012‬ވަނަ އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު‬ ‫ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ‪" .‬މިހާރު" ނޫހުގެ އެޑިޓަރުގެ މަސްއޫލިއްޔަތު‬ ‫އަދާކުރައްވަމުން‪ ،‬އެ ނޫހުގައި ކޮލަމާއި‪ ،‬ރިޕޯޓާއި ޕްރޮފައިލްފަދަ މުހިންމު ލިޔުންތައް‬ ‫ގެންދަވަނީ ޝާއިޢުކުރައްވަމުންނެވެ‪ .‬މި ލިޔުމަކީ މޭޖަރ އަޙްމަދު ޢާޠިފް އަވަހާރަވި‬ ‫ދުވަހު އިސްމާޢީލް ނަޞީރު މިހާރު ނޫހުގައި ލިޔުއްވި ރިޕޯޓެކެވެ‪ .‬މިއީ މޭޖަރ‬ ‫އަޙްމަދު ޢާޠިފް އަވަރާވުމާއެކު މީޑިއާގައި އެންމެ އަވަހަށް މޭޖަރ އަޙްމަދު ޢާޠިފުގެ‬ ‫ޤައުމީ އަގުހުރި ޚިދުމަތްތަކުގެ މައްޗަށް ތަފްސީލީ ގޮތެއްގައި ޝާއިޢުކުރެވިގެންދިޔަ‬ ‫ރިޕޯޓެވެ‪.‬‬ ‫‪98‬‬


99


‫މޭޖަރ އަޙްމަދު ޢާޠިފުގެ ފަނޑުވުމެއްނެތް ހަނދާންތައް‬

‫ނ ުއސް ‪www.vnews.mv -‬‬ ‫ޟލް ައ ްޙ ަމ ުދ ަޙ ީމދު ާއ ަދމް ‪ /‬ވީ ި‬ ‫ައ ްލ ާފ ި‬ ‫މަޝްހޫރު ލަވަކިޔުންތެރިޔާ އަޙްމަދު ޢާޠިފު‪ ،‬ކޮޕްސް ޢާޠިފު އަވަހާރަވީ ޚަބަރު މިއަދު ކޮންމެ‬ ‫ދިވެއްސަކުވެސް އެހީ ކުއްލި ހައިރާންކަމާއި ފުން ހިތާމައިގައެވެ‪ .‬އެތަށް ބައެއްގެ ގާތް އެކުވެރިއެއްކަމުގައިވާ‬ ‫ޢާޠިފުގެ ކުއްލި ވަކިވެދިއުމުގެ ސަބަބުން މުޅި ދިވެހި ގައުމަށްވެސް ހިތާމަ ވަނީ ވެރިވެފައެވެ‪ .‬ޢާޠިފު‬ ‫މަސައްކަތް ކުރަމުން ގެންދިޔަ އެމްއެންޑީއެފަށް މިއަދަކީ ހިތާމަވެރި ދުވަހެކެވެ‪ .‬ޢާޠިފު ގެއްލިގެން ދިއުމަކީ‬ ‫މުޅި މުއައްސަސާއަށް ލިބުނު ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެކެވެ‪.‬‬ ‫މިއަދަކީ ދިވެހި މިއުޒިކީ ދާއިރާއަށް ކަޅު ދުވަހެކެވެ‪ .‬ރާއްޖެ ދުށް މޮޅު މިއުޒީޝަން އަދި ކުޅަދާނަ‬ ‫ހިތްގައިމު އަޑުގެ ވެރިޔާ ވަކިވެ ދިއުމަކީވެސް މިއުޒިކީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ފަޅުކަމެކެވެ‪.‬‬ ‫އެންމެނާވެސް ހިތްހެޔޮކަމާއި އޯގާތެރިކަމާއިއެކު ވާހަކަދައްކާ އުޅުނު ޢާޠިފު ވަކިވެގެން ދިއުމަކީ އޭނާއާއި‬ ‫ބައްދަލުވެ ވާހަކަ ދެކެވުނު ހަމަ ކޮންމެ މީހަކު ހިތާމަކުރާނެކަމަށެވެ‪ .‬ކުރުކޮށް ދަންނަވާނަމަ މޭޖަރ އަޙްމަދު‬ ‫ޢާޠިފުގެ ހަނދާންތަކަކީ ވަކިވުމެއް ނެތް ހަނދާންތަކެކެވެ‪.‬‬ ‫ޢާޠިފަކީ ސިފައިންގޭގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައި އަދި ސިފައިންގެ މިއުޒިކް‬ ‫ބޭންޑުން ވިދާލި ރާއްޖޭގެ މިއުޒިކީ ދާއިރާ އަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ‪.‬‬ ‫‪ 1987‬ވަނަ އަހަރު ދިވެހި ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގެންނެވި މޭޖަރ އަޙްމަދު ޢާޠިފު ވަނީ ‪30‬‬ ‫އަހަރާއި ‪ 5‬މަހާއި ‪ 9‬ދުވަހު ސިފައިންގެ ޚިދުމަތުގައި ހޭދަކުރައްވާފައެވެ‪.‬‬ ‫‪100‬‬


‫‪ 1988‬ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ‪ 3‬ވަނަ ދުވަހު ރާއްޖެއަށް ބޭރުގެ ބަޔަކު ދިން އުދުވާނީ‬ ‫ހަމަލާދިން ދިވެހި ގައުމާއި ރައްޔިތުން ސަލާމަތްކުރުމުގައިވެސް މޭޖަރ އަޙްމަދު ޢާޠިފު ވަނީ ހިތްވަރު ގަދަ‬ ‫މަސައްކަތްތަކެއް ކުރައްވާފައެވެ‪ .‬ޢާޠިފް ދިވެހިންގެ ތެރޭގައި މަޝްހޫރު ވެގެންދިޔައީ ލަވަ ކިޔުންތެރިއެއްގެ‬ ‫ގޮތުގައެވެ‪ .‬މޮޅު މިއުޒީޝަނެއްގެ ގޮތުގައެވެ‪ .‬ކުޅަދާނަ ސިފައިންގެ ބޭކަލެއްގެ ގޮތުގައެވެ‪ .‬ޢާޠިފްގެ މިޔުޒިކީ‬ ‫ޙަޔާތަކީ‪ ،‬އާއިލާގެ ފަރާތުން ވާރުތަވެފައިހުރި ކަމެކެވެ‪ .‬އަމިއްލަ ޝައުޤުވެރިކަމާއެކު މިޔުޒިކުގެ ތެރެއަށް‬ ‫ވެންނެވިއިރު އުމުރުން ވަރަށް ހަގެވެ‪ .‬ފުރަތަމަ މިޔުޒިކީ ޙަޔާތް ފެށިގެން އައީ މަދުރަސީ ދައުރުގައެވެ‪.‬‬ ‫އެއަށްފަހު‪ 1987 ،‬ވަނަ އަހަރު ސިފައިންގެ ޚިދުމަތާ ގުޅިލެއްވި ހިސާބުން ފެށިގެން‪ ،‬ސިފައިންގެ‬ ‫ބޭންޑުގައި ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ލިބިލެއްވުމަކީ‪ ،‬މި ދާއިރާއިން ކުރިއަށް ދިޔުމަށް ހުޅުވިގެންދިޔަ‬ ‫ފަހި ފުރުޞަތަކަށް ވެގެން ދިޔައެވެ‪.‬‬ ‫މިޔުޒިކް ޝޯއެއްގައި މޭޖަރ ޢާޠިފް އެންމެ ފުރަތަމަ ފެނިގެން ދިޔައީ‪ ،‬ދިވެހިރާއްޖޭގެ އަޑުގެ‬ ‫ފަރާތުން އިންތިޒާމް ކުރައްވައިގެން‪ 1987 ،‬ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ‪ 31‬ވަނަ ދުވަހުގެ ރޭ‬ ‫އޯޑިއޯންގައި ބޭއްވި މިޔުޒިކް ޝޯއިންނެވެ‪ .‬އަދި‪ ،‬މޭޖަރ ޢާޠިފުގެ އަޑު ޢާންމުކޮށް އަޅުގަނޑުމެންނަށް‬ ‫އިވެން ފެށީ‪ 1988 ،‬ވަނަ އަހަރުން ފެށިގެންނެވެ‪.‬‬ ‫އޭނާގެ ފުރަތަމަ ލަވަ އިވިގެންދިޔައީ‪ 1988 ،‬ވަނަ އަހަރުގެ ދިވެހި ފަންނާނުންގެ ޝޯއިންނެވެ‪.‬‬ ‫މޭޖަރ ޢާޠިފުގެ ލަވަތަކުގެ ތެރެއިން އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔަ އެއް ލަވަޔަކީ އަލްމަރްޙޫމް ސައިކުރާ‬ ‫އިބްރާހީމް ނަޢީމް ހައްދަވާފައިވާ "ދިވެހި ޤައުމީ ޒުވާނުން ކެރޭ" މި ލަވައެވެ‪ .‬އެލަވަ މޭޖަރ ޢާޠިފް‬ ‫ވިދާޅުވެފައިވަނީ‪ ،‬މަސްއޫދު މޫސާދީދީއާ އެކުގައެވެ‪ .‬އޭގެ ފަހުން މޭޖަރ ޢާޠިފު ރާއްޖޭގެ އެންމެ މަޝްހޫރު‬ ‫‪101‬‬


‫ފަންނާނުންގެ ލިސްޓުގައި ގުނާލެވެން ފެށުނީ‪ 1989 ،‬ވަނަ އަހަރު ސިފައިންގެ "ކޮޕްސް ބޭންޑު" ވުޖޫދުވީ‬ ‫ހިސާބުންނެވެ‪.‬‬ ‫މޭޖަރ ޢާޠިފަކީ ރާއްޖޭގެ އެންމެ މަޤްބޫލު އެއް މިޔުޒިކް ބޭންޑަށް "ކޮޕްސް ބޭންޑު"‬ ‫ހައްދަވައިދެއްވުމުގައި އެންމެ ޚިދުމަތްތެރި މަސައްކަތްތަކެއް ކޮށްދެއްވި މޭސްތިރިއެވެ‪ .‬ކޮޕްސް ބޭންޑުގެ‬ ‫ސީނިއަރ މެންބަރެއްގެ ގޮތުގައި އެންމެ އެކްޓިވްކޮށް‪ ،‬އަދި އެންމެ ގިނަ ދުވަސްތަކެއް ވަންދެން‬ ‫މަސައްކަތްކޮށްދެއްވި ޚިދުމަތްތެރިޔާއެވެ‪.‬‬ ‫ސިފައިންގެ "ކޮޕްސް" ބޭންޑު އުފެދުނު ހިސާބުން ފެށިގެން‪ ،‬މޭޖަރ ޢާޠިފުގެ ވަރަށްގިނަ ލަވަތައް‬ ‫އިވެމުންދިޔައެވެ‪ .‬ޚާއްޞަކޮށް‪ ،‬އަމިއްލަ ރާގުތަކަށް ކިޔުއްވާފައިވާ ލަވަތައް ފާހަގަކޮށްލަން ޖެހެއެވެ‪ .‬މިގޮތުން‪،‬‬ ‫"މަސްތުވެއްޖޭ ފެނިފައި މިތުރާ" މި ލަވައާއި‪" ،‬ގެންދާށެ ވަޔާ" "އޭ މަލާ ތިޔައީ މަގޭ"‪" ،‬އިޙްސާސެއްވޭހޭ"‪،‬‬ ‫"ޖޯޝޭ ގެނައި މީ ޤައުމީ އުފާ" ފަދަ ލަވަތައް ފާހަގަކޮށްލެވެއެވެ‪.‬‬ ‫އެކިއެކި ޝޯތަކުގައި މޭޖަރ ޢާޠިފު ވިދާޅުވެފައިވާ ލަވަތަކާއި އަދި ރެކޯޑު ކުރެވިފައިވާ ލަވަތަކުގެ‬ ‫އަދަދު މިހާރު ‪ 500‬އާ ކައިރިކުރާއިރު‪ ،‬މިހާތަނަށް އެއްވެސް ލަވައެއް އަގަށް ވިދާޅުވެފައި ނުވާކަން އެއީ‬ ‫‪102‬‬


‫ވަކިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ‪ 80 .‬އަށްވުރެ ގިނަ އަދަދެއްގެ އަމިއްލަ ރާގު‬ ‫ކޮޕްސް ބޭންޑުން ހުށަހަޅައިދީފައިވާއިރު‪ ،‬މިއިން ކޮންމެ ރާގެއްގައިވެސް މޭޖަރ ޢާޠިފުގެ ހިއްސާވެއެވެ‪.‬‬ ‫އަދި މިދެންނެވި ‪ 80‬އަށްވުރެ ގިނަ ލަވައިގެ ތެރެއިން ‪ 50‬އަށްވުރެ ގިނަ ލަވަ ވިދާޅުވެފައިވަނީ‪ ،‬ޚުދު‬ ‫މޭޖަރ ޢާޠިފެވެ‪ .‬މީގެއިތުރުން ބައެއް މަދަހަވެސް ވަނީ ވިދާޅުވެފައެވެ‪ .‬އެކިއެކި މުނާސަބަތުތަކާ ގުޅިގެން‪،‬‬ ‫ތައްޔާރުކުރާ ލަވަތަކުގައިވެސް މޭޖަރ ޢާޠިފުގެ ހިއްސާ ވަރަށް ބޮޑެވެ‪.‬‬ ‫މިނިވަން ދުވަހާއި ގައުމީ ދުވަސް‪ ،‬ނަސްރުގެ ދުވަހާއި އީދު ދުވަސްފަދަ މުނާސަތުތަކާއި ގުޅިގެން‬ ‫އެކިއެކި ފަރާތްތަކުން ތައްޔާރުކުރައްވާ ލަވަތައް ތައްޔާރުކޮށްދެއްވުމުގައި މޭޖަރ ޢާޠިފުވަނީ އެކިގޮތްގޮތުން‬ ‫އެހީތެރިކަން ފޯރުއްވައިދެއްވާފައެވެ‪ .‬މިޔުޒިކީ ދާއިރާއިން މޭޖަރ ޢާޠިފު ކުރައްވަމުންދާ އަގުހުރި ޚިދުމަތްތަކުގެ‬ ‫އަގުވަޒަން ކުރުމުގެ ގޮތުން‪ ،‬ދިވެހި ސަރުކާރުން ވަނީ‪ 2014 ،‬ވަނަ އަހަރު‪ ،‬ޕާރފޯމިންގ އާޓްސްގެ‬ ‫ދާއިރާއިން މޭޖަރ ޢާޠިފްއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމް ދެއްވާފައެވެ‪ .‬މޭޖަރ ޢާޠިފުއަށް ގައުމީ އިނާމް‬ ‫ލިބިލައްވާފައިވަނީ ލަވަކިޔުމާއި‪ ،‬މިއުޒިކު ކުޅުމާއި‪ ،‬އަމިއްލަ ރާގު އުފެއްދުމުގެ ރޮނގުންނެވެ‪.‬‬ ‫ޤައުމީ ލަވަ މުބާރާތެއް ނަމަވެސް ނުވަތަ އެކިއެކި ފަރާތްތަކުން އިންތިޒާމުކުރާ ލަވަ‬ ‫މުބާރާތަކުގައިވެސް‪ ،‬ޖަޖުންގެ ޕެނަލުން މޭޖަރ ޢާޠިފު ނުފެންނަ މުބާރާތެއް ވަރަށް މަދެވެ‪ .‬ޢާޠިފަކީ‬ ‫ވީމީޑިއާއިއާއިވެސް ވަރަށް ބަދަހި ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ‪ .‬ވީޓީވީ "މޯލްޑިވިއަން އައިކަން" އަދި‬ ‫ސުކޫލް ކުދިންގެ ލަވަ މުބާރާތް "ވީޓީވީ ސުކޫލް އައިކަން" ގައިވެސް ޖަޖެއްގެ ގޮތުގައި ޢާޠިފް ވަނީ‬ ‫ހަރަކާތްތެރިވެފައެވެ‪ .‬މޭޖަރ އަޙްމަދު ޢާޠިފަކީ އެންމެންނާ ވެސް ގުޅޭ ވަރަށް ހިތްހެޔޮ ބޭފުޅެކެވެ‪ .‬ޢާޠިފް‬ ‫އަވަހާރަވުމާއި ގުޅިގެން މިއުޒިކީ ދާއިރާގެ ފަންނާނުން އަދި އާންމު ރައްޔިތުންނާއި ދައުލަތުގެ އިސް‬ ‫މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ގެންދަވަނީ ހިތާމަފާޅުކުރަމުންނެވެ‪.‬‬ ‫ހދ ހަނިމާދޫގައި އެމްއެންޑީއެފްގެ އުތުރު ސަރަހައްދުގެ ޑެޕިއުޓީ ކޮމާންޑްގެ މަގާމުގައި‬ ‫ހުންނަވަނިކޮށް ޢާޠިފް އަވަހާރަވުމާއި ގުޅިގެން އޭނާގެ ހަށިގަނޑު މިރޭ މާލެ ގެނެސް އާސަހަރާގައި މޫނު‬ ‫ދެއްކުމަށްފަހު ‪11:30‬ގައި ކަށުނަމާދުކޮށް ވަނީ ވަޅުލާފައެވެ‪ .‬ޢާޠިފުގެ ޖަނާޒާގައި ވަރަށް ގިނަ އަދަދެއްގެ‬ ‫ބަޔަކު ވަނީ ބައިވެރިވެފައެވެ‪.‬‬

‫އަލްފާޟިލް އަޙްމަދު ޙަމީދު އާދަމަކީ ޚަބަރާއި ރިޕޯޓް ލިޔުއްވާ ކުޅަދާނަ‬ ‫ލިޔުންތެރިއެކެވެ‪ .‬ވީމީޑިއާގެ ވީޓީވީގެ ވަރަށް މަޝްހޫރު މޫނެކެވެ‪ .‬ހުނަރުވެރި‬ ‫ހުށަހެޅުންތެރިއެކެވެ‪ .‬މި ރިޕޯޓަކީ މޭޖަރ އަޙްމަދު ޢާޠިފް އަވަހާރަވުމާގުޅިގެން‬ ‫ވީޓީވީން ފޮނުވި ރިޕޯޓެކެވެ‪ .‬މިއީ މޭޖަރ އަޙްމަދު ޢާޠިފް އަވަރާވުމާއެކު އެންމެ‬ ‫އަވަހަށް މޭޖަރ އަޙްމަދު ޢާޠިފުގެ ޤައުމީ އަގުހުރި ޚިދުމަތްތަކުގެ މައްޗަށް‬ ‫ތަފްސީލީ ގޮތެއްގައި ބްރޮޑްކާސްޓް ކުރެވިގެންދިޔަ ރިޕޯޓެވެ‪ .‬މި ރިޕޯޓް ފަހުންވަނީ‬ ‫‪ 2017‬އޮގަސްޓް ‪ 21‬ވަނަ ދުވަހު ވީނިއުސްގައި ޝާއިޢުކުރައްވާފައެވެ‪.‬‬ ‫‪103‬‬


‫އަގުހުރި ޚިދުމަތްތެރިއެއްގެ ކުއްލި ވަކިވުން‪ ،‬ގައުމަށް ލިބުނު‬ ‫ފޫނުބެއްދޭވަރުގެ ގެއްލުމެއް!‬

‫ނ ާވޒް ‪ަ /‬ވ ުގތު ‪www.vaguthu.mv -‬‬ ‫ޟލް ާއ ަދމް ަ‬ ‫ައ ްލ ާފ ި‬ ‫މިއަދު މެންދުރު އަޅުގަނޑުމެންނަށް ލިބުނު ހިތާމަވެރި ޚަބަރަކީ ޤައުމީ ދިފާޢީ ބާރުގެ މޭޖަރ‬ ‫އަޙްމަދު ޢާޠިފް އަވަހާރަވި ޚަބަރެވެ‪ .‬ޢާޠިފް އަވަހާރަވުމަކީ ޤައުމީ ދިފާޢީ ބާރަށާއި މުޅި ދިވެހި ގައުމަށް‬ ‫ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ‪ .‬އަޅުގަނޑުމެންނާއި ވަކިވެގެން އެދިޔައީ އޭނާގެ ޚަޔާތުގެ ބޮޑުބައި ދިވެހި‬ ‫ގައުމަށް ޚިދުމަތް ކުރުމުގައި ހޭދަކުރެއްވި އަގުހުރި ޚިދުމަތްތެރިއެކެވެ‪.‬‬ ‫ޢާޠިފް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ‪ 13‬ޑިސެމްބަރ ‪ 1965‬ވަނަ އަހަރުއެވެ‪ .‬މޭޖަރ‬ ‫ޢާޠިފް ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގެންނެވީ ‪ 11‬މާޗް ‪ 1987‬ވަނަ އަހަރުއެވެ‪ .‬އޭނާ ވަނީ ސިފައިންގެ‬ ‫ޚިދުމަތުގައި ‪ 30‬އަހަރާއި ފަސްމަހާއި ނުވަ ދުވަހު ސިފައިންގެ އަށް ޚިދުމަތް ކުރައްވާފައެވެ‪ .‬އަވަހާރަވިއިރު‬ ‫ހުންނެވީ އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުގައެވެ‪.‬‬ ‫ޢާޠިފުގެ އަގުހުރި ޚިދުމަތްތައް އޭނާ ޤައުމީ ދިފާޢީ ބާރުގައި ހޭދަކުރެއްވި ދިގު މުއްދަތުން އެކަނިވެސް‬ ‫އެއޮތީ ފެންނާށެވެ‪ .‬އެންމެނާއި ގުޅޭ‪ ،‬އެކުވެރި‪ ،‬ރަހުމަތްތެރިންގެ ހާލު ބެއްލެވި‪ ،‬ރަހުމަތްތެރިންނާއި‬ ‫އަބަދުވެސް ގުޅުން ބޭއްވެވި‪ ،‬ދަށުން މަސައްކަތް ކުރެއްވި މުވައްޒަފުންނަށް އަޅާލި‪ ،‬ވެރިންނަށް އިޙްތިރާމް‬ ‫ކުރެއްވި ޢާޠިފްގެ ކުއްލި ވަކިވުން ޤައުމީ ބޮޑު ހިތާމައަކަށް ވެގެން ގޮސްފައި ވަނީ ޢާޠިފް ކޮށްދެއްވި އަގުހުރި‬ ‫ޚިދުމަތްތަކުގެ ސަބަބުންނެވެ‪.‬‬ ‫‪104‬‬


‫ސިފައިންގެ ޚިދުމަތުގެ އިތުރުން ޢާޠިފް އަކީ ދިވެހިރާއްޖޭގެ މިއުޒިކީ ދާއިރާ އަށް ވެސް އަގުހުރި‬ ‫ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ‪ .‬ސިފައިންގެ އަށް ވެންނެވީއްސުރެ ސިފައިންގޭގައި މިއުޒިކީ‬ ‫ހަރަކާތްތަކުގައި އުޅުވި ޢާޠިފް ރާއްޖޭގެ އެންމެ މަޝްހޫރު ފަންނާނުންގެ ލިސްޓުގައި ގުނާލެވެން ފެށުނީ‬ ‫‪ 1989‬ވަނަ އަހަރު ސިފައިންގެ "ކޮޕްސް ބޭންޑް" އުފެދުނު ހިސާބުންނެވެ‪ .‬ރާއްޖޭގެ މިއުޒިކީ ދާއިރާގެ‬ ‫އެންމެ އުހަށް "ކޮޕްސް ބޭންޑް" ގެންދެވީ ޢާޠިފްގެ ވެސް ވަރަށް ބުރަ‪ ،‬ވަރަށް ގިނަ މަސައްކަތްތަކާއި‬ ‫އެކުއެވެ‪.‬‬ ‫"މަސްތުވެއްޖޭ ފެނިފައި މިތުރާ" ފަދަ ލޯބީގެ އެތައް ލަވައެއްގެ އިތުރުން "ޖޯޝޭ ގެނައި މީ‬ ‫ޤައުމީ އުފާ" ފަދަ އެތައް ޤައުމީ ލަވަތަކާއި އެކު މިޖީލުދުއް އެންމެ ހުނަރުވެރި ޤައުމީ ލަވަކިޔުންތެރިޔާގެ‬ ‫ލަގަބު ދިވެހިންގެ ހިތުގައި ދެވިފައި ވަނީ ޢާޠިފް އަށެވެ‪ .‬ފަނޑުވަމުން ދިޔަ ޤައުމީ ލަވަތައް އަލުން ދިރުވާ‬ ‫އާލާކޮށް ޤައުމީ ޖޯޝް ހުރި ލަވަތައް "ކޮޕްސް ބޭންޑް" އިން އުފައްދަމުން ދިޔައިރު އެލަވަތައް އުފައްދާ އަދި‬ ‫އެލަވަތައް ވިދާޅުވުމުގެ މުގުލުގައި ހުންނެވި އެއްބޭފުޅަކީ ޢާޠިފް އެވެ‪.‬‬ ‫‪ 500‬އަށް ވުރެ ގިނަ ލަވަ ޢާޠިފް ވިދާޅުވެފައި ވާއިރު އޭގެތެރޭގައި އަމިއްލަ ރާގުގެ ‪ 50‬އަށް‬ ‫ވުރެ ގިނަ ލަވަ ހިމެނެއެވެ‪ .‬މިއުޒިކީ ދާއިރާ އިން ޢާޠިފް ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަން‬ ‫ކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ ‪ 2014‬ވަނަ އަހަރު ޕާފޯމިން އާޓްސްގެ ދާއިރާ އިން ޢާޠިފް އަށް‬ ‫ހިތްވަރު ނިދުމުގެ ޤައުމީ އިނާމް ދެއްވާފައެވެ‪.‬‬ ‫އެންމެ ފަހުން ޢާޠިފް އާއި ބައްދަލުވި އޭނާގެ ގާތް އެކުވެރިންގެ ވާހަކަތަކުން އެނގޭ ގޮތުގައި‬ ‫ޢާޠިފްގެ އެންމެ ބޮޑު އުންމީދަކީ އަދި މަސައްކަތްޕުޅަކަށް ވެސް ވެފައި އޮތީ ދަރިން ހެޔޮގޮތުގައި ބޮޑުކޮށް‬ ‫އެކުދިންނަށާއި އާއިލާ އަށް ރަނގަޅު ދިރިއުޅުމެއް ހޯއްދަވައި ދެއްވުމެވެ‪.‬‬ ‫‪105‬‬


‫ބުރަ‪ ،‬އަގުހުރި‪ ،‬ގިނަ މަސައްކަތްތަކުން ޢާޠިފް ވަނީ އެކަން ހާސިލް ކުރައްވާފައެވެ‪ .‬ރަނގަޅު‬ ‫އާއިލާއެއް ބިނާ ކުރައްވާފައެވެ‪ .‬ޤައުމީ ޚިދުމަތުގައި ސާބިތުވެ ހުންނަވާ މިސާލަކަށް ފުދޭފަދަ އެތައް‬ ‫ޚިދުމަތްތަކެއް ކުރައްވާފައެވެ‪.‬‬ ‫މިއަދު ޢާޠިފް އަޅުގަނޑުމެންނާއި ވަކިވެގެން ދިޔައިރު އޭނާ ވަނީ މިއަދުގެ ޒުވާން ޖީލަށް އެތައް‬ ‫"ފިލާވަޅެއް" ނަންގަވައިދެއްވާފައެވެ‪ .‬އެއް ވަޒީފާއެއްގައި ‪ 30‬އަހަރު ދުވަހު ޚިދުމަތް ކުރައްވައިފިއެވެ‪ .‬ޤައުމީ‬ ‫ލޯބި އަށަގެންނެވުމަށް އެތައް މަސައްކަތެއް ކުރައްވައިފިއެވެ‪ .‬ގައުމު ކޮށްދެނީ ކޮން ކަމެއްތޯ ނުބަލާ ގައުމަށް‬ ‫އެތައް ޚިދުމަތެއް ކުރައްވައިފިއެވެ‪.‬‬ ‫އެހެންކަމުން ޢާޠިފްގެ ހަޔާތުން މިއަދު ކޮންމެ ދިވެހި ދަރިއަކު ވެސް އިބުރަތް ހާސިލް ކުރަން‬ ‫އެބަޖެހެއެވެ‪ .‬ޢާޠިފް ފަދަ ޚިދުމަތްތެރިއަކަށް ހަމަ ކޮންމެ ދިވެހި ދަރިއަކު ވާން އެބަޖެހެއެވެ‪ .‬އޭރުން‬ ‫ޢާޠިފްގެ ޤައުމީ ލަވަތަކުގައި އެވިދާޅުވާ ފަދަ ދިވެހިރާއްޖެ އަކަށް މިދިވެހިރާއްޖެ ބަދަލުވެގެން ދާނެ ކަމާއި‬ ‫މެދު އެއްވެސް ޝައްކެތް ނެތެވެ‪ .‬މިއަދު ޢާޠިފް އަޅުގަނޑުމެންނާއި ވަކިވެގެން ދިޔަ ނަމަވެސް އޭނާގެ‬ ‫ޚިދުމަތް ދިވެހި ގައުމު ދެމިއޮތްހައި ހިނދަކު ދިވެހިން އާކުރާނެއެވެ‪ .‬ޢާޠިފްގެ ހަނދާންތައް ދުވަހަކު ވެސް‬ ‫އަޅުގަނޑުމެންނާއި ވަކިވެގެން ނުދާނެއެވެ‪ .‬ޢާޠިފްގެ ނަން ދިވެހި ތާރީޚުގައި ލިޔެވިގެން ދާނީ އަގުހުރި‬ ‫ޚިދުމަތްތެރިއެއްގެ ގޮތުގައެވެ‪ .‬މާތްﷲ އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފްގެ ފާފަ ފުއްސަވައި‪ ،‬ސުވަރުގޭގެ‬ ‫ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ‪ .‬ޢާޠިފްގެ ޢާއިލާއަށާއި އެކުވެރިންނަށް ކެތްތެރިކަން ދެއްވާށިއެވެ‪.‬‬ ‫އާމީން‪.‬‬ ‫އަލްފާޟިލް އާދަމް ނަވާޒަކީ "ވަގުތު" ނޫހުގެ އެޑިޓަރެވެ‪ .‬ޖެހިލުންކުޑަ ނޫސްވެރިއެއްގެ‬ ‫ގޮތުގައި މަސައްކަތްކުރެއްވި ޒުވާން ލިޔުންތެރިއެކެވެ‪ .‬މިހާރުވެސް ތަފާތު ދާއިރާތަކުން‬ ‫"ވަގުތު"ގައި މުހިންމު ރިޕޯޓްތަކެއް ޝާއިޢުކުރައްވަމުން ގެންދަވައެވެ‪ .‬މި ރިޕޯޓަކީ‬ ‫މޭޖަރ އަޙްމަދު ޢާޠިފް އަވަހާރަވުމާގުޅިގެން ‪ 2017‬އޮގަސްޓް ‪ 21‬ވަނަ ދުވަހު‬ ‫"ވަގުތު" ނޫހުގައި އަލްފާޟިލް އާދަމް ނަވާޒް ޝާއިޢުކުރެއްވި ރިޕޯޓެކެވެ‪.‬‬

‫‪106‬‬


107


‫އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފުގެ ހަނދާނުގައި‬

‫ޟލް ައ ޫބ ަބ ުކރު ާއ ަދމް‬ ‫ައލް ާފ ި‬ ‫ރ ެއއް‬ ‫ަހޔާތުން ެގ ްއ ިލގެން ައދު ެއ ިދ ަޔއީ ައ ުގ ުހރި ިދ ެވހި ދަ ި‬ ‫ ‬

‫ރ ެއއް‬ ‫ރ ެހ ޮޔ ަލފާ ދަ ި‬ ‫ރ ަގއި ަޤ ުއ ަމށް ވަ ާފ ެތ ި‬ ‫ަހ ާޔ ުތގެ ދަ ުތ ު‬

‫ ‬

‫ރ ެއއް‬ ‫ނ ެދވި ިދ ެވހި ދަ ި‬ ‫ނ ގެ ް‬ ‫ސފަ ަތ ެކއް ަދ ްއ ަކމު ް‬ ‫ނތަވި ި‬ ‫ިދ ެވ ިހވަ ް‬

‫ ‬

‫ރ ެއއް‬ ‫ނމޫނާ ެދ ްއ ިކ ެހޔޮ ދަ ި‬ ‫ުޚ ުލޤު ައ ުޙލާޤު ރި ެވތި ެއއީ ަ‬

‫ނވީ‬ ‫ދި ެވހި ަޤ ުއމީ ދި ާފޢީ ިއސް ަމ ާޤ ެމ ްއ ަގއި އެ ެދ ިމހުން ެ‬

‫ރ ްއ ުވ ުމ ަގއި‬ ‫ރ ުޙ ަގއި ަޤ ުއ ިމ ްއޔަ ަތށް ިޚ ުދ ަމތް ުކ ެ‬ ‫ޞ ްލ ަޙވެރި ޫ‬ ‫ު‬

‫ ‬

‫ރގެން‬ ‫ށ ެދ ްއ ުވ ަމށް ެކ ި‬ ‫ށ ަޓ ަކއި ޮކ ް‬ ‫ަވ ާފތެރި ިޚ ުދ ަމ ެތއް ަޤ ުއ ަމ ް‬

‫ރ ެއއް‬ ‫ރޙު ާއ ާލ ުކރި ެއއީ ޮލބު ެވތި ިދ ެވހި ދަ ި‬ ‫ަވ ާފތެރި ޫ‬

‫ސ ުފ ަގއި ައ ުތ ުގ ާޅ ަލ ިއގެން‬ ‫ރ ިލ ަކ ާމ ެއކީ ިޚ ުދމަ ުތގެ ަ‬ ‫މު ާ‬ ‫ ‬

‫ރ ެއއް‬ ‫ރ ިހ ްތ ެހޔޮ ެއއީ ވެ ި‬ ‫ސ ުލ ުކ ި‬ ‫ރދުވާ ަތ ްމ ީ‬ ‫ރލާ ޭ‬ ‫ުދ ާ‬

‫ ‬

‫ރ ެއއް‬ ‫ސވެ ި‬ ‫ނގެ ިއ ް‬ ‫ސ ަފއި ް‬ ‫ނ ެދވި ެއއީ ި‬ ‫ނ ގެ ް‬ ‫ސ ާމ ުލ ަކ ެމއް ެދމު ް‬ ‫ަ‬

‫ ‬

‫ށ ެއއް ިމއީ ިމ ައ ާޅ ެގ ެހޔޮ އެ ުދ ެމއް‬ ‫ސަ ާވބާ ަދއުމަ ެދ ްއ ާވ ި‬

‫ރ ްއ ުވ ުމ ަގއި‬ ‫ަޖ ާމ ަޢ ުތ ަގއި ދި ެވހި ަޤ ުއ ީމ ސަފުން ަފ ިއ ަހ ަމ ުކ ެ‬

‫ނ ުޢމަތާ ަމތި ެވރި‬ ‫ރ ުޙ ަމތާ ައދި ި‬ ‫ރގޭން ާދ ިއ ީމ ެހޔޮ ަ‬ ‫ސު ަވ ު‬

‫ނ‪ .‬މަނަދޫ ސިލްވަރބީޗް‪ ،‬އަލްފާޟިލް އަބޫބަރު އާދަމަކީ އުމުރުފުޅުން ‪14‬‬ ‫އަހަރުގައި ޅެން ހައްދަވަން ފެއްޓެވި ކުޅަދާނަ ޅެންވެރިއެކެވެ‪ .‬ހިތަށް އަންނަ‬ ‫ޝުޢޫރުތައް ފަސޭހަކަމާއެކު ޅެމަށް ބަދަލުކޮށްލުމުގެ ކުޅަދާނަކަން ގުދުރަތުން‬ ‫ދެއްވާފައިވާ އަލްފާޟިލް އަބޫބަރު އާދަމް ހެއްދެވި މި ޅެމަކީ މޭޖަރ އަޙްމަދު ޢާޠިފް‬ ‫އަވަހާރަވުމާއެކު މީސް މީޑިއާގައި އެންމެ އަވަހަށް ޝާއިޢުކުރެވިގެންދިޔަ ޅެމެވެ‪.‬‬ ‫‪108‬‬


‫މޭޖަރ ޢާޠިފު ސަރގެ ހަނދާނުގައި‬ ‫ސ ީޢދު‬ ‫ނޓް ޭމޖަރ ަޢ ްބދުﷲ ަ‬ ‫ނ ްޑ ސާރޖަ ް‬ ‫ޮކމާ ް‬

‫ރ ައށް ަވ ެދވުނީ‬ ‫ރގެ ެތ ެ‬ ‫ސ ަހ ާ‬ ‫ސ ަ‬ ‫ނ ެވގެން ަފހު ަވގު ުތ ޮގ ް‬ ‫ެދ ިކލަ ް‬

‫ ‬

‫ރވުނީ‬ ‫ނ ަހ ަމ ުހ ެ‬ ‫ނޒަރު ީދގެން ަބލަ ް‬ ‫ެދ ިކލާ އެ މޫނަށް ފުން ަ‬

‫ ‬

‫ރކުން ދެ ޮލލުން ަކރުނަ ަތއް ޫފދުނީ‬ ‫ނ ިހ ަތށް ކުރި ައސަ ަ‬ ‫ައ ުއމު ް‬

‫ ‬

‫ށ ިހތް ުއ ުތރުނީ‬ ‫ރ ުފ ޮކ ް‬ ‫ައ ުގ ުހރި އެ ަޤ ުއމީ ިޚ ުދ ަމ ަތށް ަތޢު ީ‬

‫ ‬

‫ނވުނީ‬ ‫ރގެ ަބ ެހ ޭކ ބު ެ‬ ‫ށ ަޓ ަކއި ހި ްތ ަވ ު‬ ‫ދެ ިވ ަފއި އެވާ ޯލ ްތ ަބ ް‬

‫ ‬

‫ނ ަތ ްއ ުގ ުޅވުނީ‬ ‫ރ ހަނދާ ް‬ ‫ޝ ުކ ާ‬ ‫ށ ު‬ ‫ރ ަހޔާ ިދރުން ގެނު ީވ ޮގތަ ް‬ ‫ަ‬

‫ ‬

‫ސ ުހ ްއޓުނީ‬ ‫ނގެ ލޯ ޮގ ް‬ ‫ރ ަކމަށް ައހަރެ ް‬ ‫ފެންނަން ެއ ިތބި ޮމޅި ެވ ި‬

‫ ‬

‫ރވުނީ‬ ‫ސފަ ުކ ެ‬ ‫ރ ައކަށް ާޢތިފު ިވ ޮގ ްތ ި‬ ‫ރ ުފވެރި ދަ ި‬ ‫ޝ ަ‬ ‫ަޤ ުއ ީމ ަ‬

‫ ‬

‫ސ ުޖ ަތއް އަހަރެން ިހ ަތށް ަވ ެދގެން އެ ިދ ަޔ ޮގތް ނޭނގުނީ‬ ‫ދިން ެމ ެ‬

‫ ‬

‫ނ ީހވަނީ‬ ‫ނހެ ް‬ ‫ނ ބު ި‬ ‫ނ ެޖ ިހދާ ެ‬ ‫ރށް ަފށަ ް‬ ‫ައ ަހރެން ަފ ަދއިން ދަ ުތ ަ‬

‫ ‬

‫ރވުނީ‬ ‫ނ ުޢ ަމތް ަތކަށް ެއ ިދގެން ުދޢާ ަތއް ުކ ެ‬ ‫ެދއްވުން ެއދޭ ި‬

‫ސފަ ެވގެން‬ ‫ސ ި‬ ‫ސ ާމ ާ‬ ‫ށލާ ަ‬ ‫ނ ީހ ާލ ޮގތާ ޮކ ް‬ ‫ނމުން ކުރި ް‬ ‫ފެ ު‬

‫ރ ޮކށް‬ ‫ރ ު‬ ‫އެނ ުގމުން ިމ ައދު ަވކި ެވ ްއ ެޖކަން ުކރެވުނު ުދޢާ ަތ ުކ ާ‬ ‫ރ ަގއި‬ ‫ރ ިވ ަފއި ެއ ާތ ިތބި ާޢ ިއ ާލ ގެނ ިބ ަފއި އެވާ ފުން ައސަ ު‬ ‫ޮ‬

‫ށ ހި ްތ ަވރު ެދމުން ކީ ަލ ަވ ަތ ަކށް‬ ‫ރ ަކ ަމ ް‬ ‫ނވެ ި‬ ‫ށ ޅެ ް‬ ‫ނގެ ޮކ ި‬ ‫ައ ަހރެ ް‬

‫ސ ަހރާ ެތރޭން‬ ‫ރ ްއ ެޓހިން ޮތ ްއ ެޖ ިހ ަފވާ ަ‬ ‫ނ ަކޅި ެވ ަފ ިއވާ ަ‬ ‫ފެ ް‬

‫ސފަވަންތަ ައ ުގ ުހރި ިޚ ުދ ަމތުން‬ ‫ަޤ ުއމީ ެއ ަތއް ލަ ަވ ެއއް ިކ ާޔ ި‬

‫ރ ެއ ީކ ަގއި ަވ ިކ ިވ ިއރު‬ ‫ސލާން ައސަ ާ‬ ‫ށ ާލ ަ‬ ‫ތިން ުމށް ެވލިން ޮކ ް‬

‫ނ ަހމަ ުކ ްއ ިލ ގޮ ަތ ަކށް ެވސް ިތބާ‬ ‫ައހަރެން ކުރިން ިދ ަޔ ަޔސް ިމހެ ް‬

‫ރ ުޙމަ ަތށް‬ ‫ރ ްއ ީބގެ ާމ ްތ ެހޔޮ ަ‬ ‫ނ ޖަންނަ ަތށް ަ‬ ‫ެލއްވުން ައ ަދ ިއގެ ް‬

‫ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދަކީ އައްޑަނަ މަޖައްލާގެ ޑެޕިއުޓީ‬ ‫އެޑިޓަރެވެ‪ .‬މެދު ނުކެޑި އެންމެ ގިނަ ލިޔުންތައް އައްޑަނަ މަޖައްލާއަށް ލިޔުއްވާފައިވާ‬ ‫ލިޔުންތެރިޔާއެވެ‪ .‬ފޮތް އެކުލަވާލެއްވުމާއި ލިޔުންތެރިކަމުގެ އިތުރުން ޅެންވެރިކަމަކީ‬ ‫ވެސް ފާހަގަކޮށްލެވޭ ފަންނެކެވެ‪ .‬ސިފައިންނެރޭ ޤައުމީ ލަވަ އަލްބަމަށް މޭޖަރ‬ ‫އަޙްމަދު ޢާޠިފް އެންމެ ފަހުން ވިދާޅުވި "ފަސްލާ ފޮރުވާލިއަކަސް ދެއަތުން" މި‬ ‫ލަވައަކީ ވެސް ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު ހައްދަވާފައިވާ‬ ‫ލަވައެކެވެ‪.‬‬ ‫‪109‬‬


‫މޭޖަރ އަޙްމަދު ޢާޠިފް އަވަހާރަވުމާގުޅިގެން މީސް މީޑިއާގައި ހެޔޮ އެދޭ ބައެއް ފަރާތްތަކުން‬ ‫ފާޅުކުރައްވާފައިވާ ޝުޢޫރުތަކާއި ޮފނުވާފައިވާ ތަޢުޒިޔާގެ ބައެއް މެސެޖްތައް‬


‫إنا هلل وإنا إليه راجعون‬

‫(البقرة ‪)106‬‬

‫ށވެ‪ަ .‬އދި‬ ‫ނހޫ ވަ ަތ ާޢލާ ައ ެ‬ ‫ސ ުބޙާ ަ‬ ‫ނ ﷲ ު‬ ‫ނވަ ީ‬ ‫ރ ާހ ަކ ެމއް ިމ ުލ ުކވެ ޮވ ިޑގެ ް‬ ‫ނ ެގ ުހ ި‬ ‫ރމެ ް‬ ‫ަހ ަމ ަކށަ ަވރުން ައ ުހ ެ‬ ‫ށވެ‪».‬‬ ‫ރ ަތ ެ‬ ‫ޟ ަ‬ ‫ރދާނީ ެވސް ެއ ަކލާނ ެގ ަހ ް‬ ‫ރމެން އެނ ުބ ި‬ ‫ަހ ަމ ަކށަ ަވރުން ައ ުހ ެ‬


112


113


‫ُك ُّل َن ْ‬ ‫س َذا ِئ َق ُة ْال َم ْو ِت‬ ‫ف‬ ‫ٍ‬

‫(آل عمران ‪)185‬‬

‫ނ ެއވެ‪.‬‬ ‫ރހަ ެދކޭ ެ‬ ‫ރގެ ަ‬ ‫ސ ްއ ެވސް ަމ ު‬ ‫ނ ްފ ެ‬ ‫ނމެ ަ‬ ‫ކޮ ް‬


Profile for Abdulla Saeed

Major Ahmed Athif  

Faslaa foruvaaliakas...... Major Ahmed Athif ge hadhaan thah.

Major Ahmed Athif  

Faslaa foruvaaliakas...... Major Ahmed Athif ge hadhaan thah.

Advertisement