31 OCTOBER 2019 issuu

Page 19

‫‪mihaaru.com‬‬

‫ބީއެމްއެލްގެ އޮފީސް އިމާރާތަށް‬ ‫ހުޅު ާމލެ އިން ބިން ދީފި‬ ‫ހުޅުމާލޭގައި‪ ،‬ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޮފީސް އިމާރާތެއް‬ ‫އެޅުމަށް ބޭނުންވާ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ‬ ‫ބޭންކާ އިއްޔެ ހަވާލުކޮށްފި އެވެ‪.‬‬ ‫އެޗްޑީސީން ބުނީ ގައުމީ ބޭންކް‪ ،‬ބީއެމްއެލުން ހުޅުމާލޭގައި ދެމުން އަންނަ‬ ‫ހިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން‪ ،‬އެ ބޭންކުގެ އޮފީސް އިމާރާތެއް ހެދުމަށް‬ ‫ހާއްސަ ބިމެއް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ‪.‬‬ ‫އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން‬ ‫އ ޓިމޮތީ ސޯޔާ‬ ‫ޑިރެކްޓަރު ސުހައިލް އަހުމަދެވެ‪ .‬ބީއެމްއެލުން ސޮއިކުރެއްވީ ސީއީ ޯ‬ ‫އެވެ‪.‬‬ ‫އެޗްޑީސީން ބުނިގޮތުގައި‪ ،‬އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ‬ ‫ތެރޭގައި ބީއެމްއެލްގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި އަޅައި ނިންމާނެ އެވެ‪.‬‬ ‫ބީއެމްއެލަށް ބިން ދޫކުރީ ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ސެންޓްރަލް ޕާކުގެ‬ ‫އތް ސަރަހައްދެވެ‪.‬‬ ‫ދެކުނު ސަރަހައްދުން އަމީން އެވެނިއުއާ އިންވެގެން ޮ‬ ‫އެކަމަކު އެއީ ކިހާވަރެއްގެ ބިމެއް ކަމެއް އެޗްޑީސީ އަކުން ނުބުނެ އެވެ‪.‬‬

‫ބިލް ފަރުމާކުރީ‬ ‫މަހުޖަނުންނަށް ރެކެވޭ‬ ‫ގޮތަށް‪ :‬މީކާއިލް‬ ‫ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އާމްދަނީން ޓެކްސް ނެގުމުގެ‬ ‫ގތަށް ކަމަށް ވިދާޅުވެ‪،‬‬ ‫ބޑެތި ވިޔަފާރިވެރިންނަށް ރެކެވޭ ޮ‬ ‫ބިލު އޮތީ މަހުޖަނުންނާއި ޮ‬ ‫ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް‬ ‫ބޑަށް އިއްޔެ ފާޑު ވިދާޅުވެއްޖެ އެވެ‪.‬‬ ‫އެ ބިލަށް ވަރަށް ޮ‬ ‫އިންކަމް ޓެކްސް ނެގުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވައި މީކާއިލް‬ ‫ވިދާޅުވީ އަވަށްޓެރި ގައުމުތަކަށް ބަލާ އިރު‪ ،‬މަހުޖަނުންގެ އަތުން ޓެކުހުގެ ގޮތުގައި‬ ‫ނަގަނީ ވަރަށް މަތީ ރޭޓުތަކެއް ކަމަށެވެ‪ .‬އެކަމަކު‪ ،‬މި ސަރުކާރުން ހުށަހަޅާފައި އޮތީ‬ ‫ވިޔަފާރިވެރިން އަތުން ކުޑަ އަދަދެއް ނަގަން ކަމަށް އޭނާ ވިދާޅުވި އެވެ‪.‬‬ ‫ވިޔަފާރިވެރިންގެ އަތުން އެހާ ކުޑަ އަދަދަކަށް ޓެކްސް ނަގަން އުޅޭ އިރު ވެސް‬ ‫ފެނިގެންދާ މަންޒަރަކީ އެ ވިޔަފާރިވެރިން "ރޯ މަހެއް ތެޅޭހެން ތެޅޭ ތަން" ކަމަށް‬ ‫ވެސް މީކާއިލް ވިދާޅުވި އެވެ‪ .‬އަދި ‪ 19‬ވަނަ މަޖިލިހުން ވެސް ފެނިގެން ދަނީ‬ ‫އެ މަންޒަރު ކަމަށް ވިދާޅުވެ‪ ،‬މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމާއި މާމިގިލި‬ ‫ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް މީކާއިލް ވަނީ ފާޑު ވިދާޅުވެފަ އެވެ‪.‬‬ ‫މީކާއިލް ވިދާޅުވީ އިގްތިސާދުގެ މައިބަދައަކީ މަހުޖަނުން ނޫން ކަމަށާއި ރާއްޖޭގެ‬ ‫އިގްތިސާދުގެ މައިބަދައަކީ މެދުފަންތީގެ ދިވެހިން ކަމަށެވެ‪ .‬އެކަމަކު‪ ،‬ބިލް ހުށަހަޅާފައި‬ ‫އޮތީ މެދުފަންތީގެ ވިޔަފާރިވެރިންނަށް ބުރަވާ ގޮތަށާއި މަހުޖަނުންނާއި ބޮޑެތި‬ ‫ގތަށް ކަމަށް އޭނާ ވިދާޅުވި އެވެ‪.‬‬ ‫ވިޔަފާރިވެރިންނަށް ރެކެވޭ ޮ‬ ‫މީކާއިލް ވިދާޅުވި ގޮތުގައި ބީޕީޓީގެ ގޮތުގައި ކުންފުންޏަކުން ދައްކާ އެއްޗަކާ‬ ‫ހުރެ‪ ،‬އެއީ ޑަބަލް ޓެކްސޭޝަން ކަމަށް ބަލައިގެން ޑިވިޑެންޑުން ޓެކްސް ނުނަގާ‬ ‫ނަމަ‪ ،‬އިންކަމް ޓެކްސް ބިލްގެ ބޭނުމެއް ނެތެވެ‪.‬‬ ‫"މިހާރު ވެސް އެ ބޭފުޅުން ދައްކަވަމުން ގެންދަވާ އަދަދުތައް ދައްކަވާފައި ދެން‬ ‫މުސާރައިގެ ގޮތުގައި ކުޑަ ކުޑަ އެއްޗެއް ޖައްސަވާލައްވައިގެން ދައުލަތަށް ކުޑަ ކުޑަ‬ ‫އެއްޗެއް ދައްކަމުންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދާނީ މިހާރު އޮތް ގޮތަށް‬ ‫ބިލް ފާސްވެއްޖެ ކަމުގައިވާ ނަމަ‪ "،‬މީކާއިލް ވިދާޅުވި އެވެ‪.‬‬ ‫އިޖުތިމާއީ ރައްކާތެރިކަމާއި އިޖުތިމާއީ އަދާލަތު ރާއްޖޭގައި ގާއިމު ކުރުމުގެ‬ ‫މަފްހޫމް ތަންފީޒު ކުރަން ބޭނުންވާ ނަމަ‪ ،‬ޑިވިޑެންޑުން ޓެކްސް ނަގަން ޖެހޭ ކަމަށް‬ ‫ވެސް މީކާއިލް ވިދާޅުވި އެވެ‪ .‬ޑިވިޑެންޑުން ޓެކްސް ނުނަގާ ނަމަ‪ ،‬މަހުޖަނުން‬ ‫އިންކަމް ޓެކުހުން ރެކޭ ތަން ފެންނާނެ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ‪.‬‬ ‫"މިހާރު ވެސް ފެނިގެން މިދަނީ ޑިވިޑެންޑުން ޓެކްސް ނުނަގާ އިރު ވެސް މި‬ ‫މަޖިލިހުގައި އަމިއްލަ މަސްލަހަތު ދިފާއު ކުރެއްވުމުގައި (އުޅުއްވާ ތަން)‪ .‬ހަގީގަތުގައި‬ ‫މި ބަހުސްގައި ބައިވެރި ނުވެވޭނެ އެ ބޭފުޅުންނަށް‪ "،‬ގާސިމާއި ސިޔާމަށް އިޝާރާތް‬ ‫ކުރައްވައި މީކާއިލް ވިދާޅުވި އެވެ‪.‬‬ ‫މީކާއިލް ވިދާޅުވީ ރައްޔިތުންނަށް އިތުރު ފައިސާކޮޅެއް ދޭން ޖެހިދާނެތީ "ކުޑަ‬ ‫ކުއްޖަކަށް ކިރު ތައްޓެއް ނުދިނީމަ ރޯހެން" ބައެއް ވިޔަފާރިވެރިން ރޮމުންދާ ކަމަށެވެ‪.‬‬

‫‪ 31‬އޮކްޓޯބަރު ‪( 2019‬ބުރާސްފަތި)‬

‫‪11‬‬ ‫‪26‬‬ ‫‪16‬‬


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.
31 OCTOBER 2019 issuu by Mihaaru - Issuu