Page 1

‫ޑިސެންބަރ ‪2015‬‬

‫‪ 5‬ވަނަ އަދަދު‬

‫މާފުށީ ޖަލާއި އީ‪.‬އެސް‪.‬ޖީ ގެ އަހަރީ‬ ‫ދުވަހާއި ގުޅުވައިގެން އާއިލީ ހަވީރެއް‬ ‫ބޭއްވުން‬


Corrections MV


‫ޯމލްޑިވްސް ކަރެކްޝަނަލް ސަރވިސް‬


/correctionsMv Maldives Correctional Service - MCS


‫ޑިޕްލޮމާ ޮމޑިއުލް އިން މެރިޓައިމް ކްރައިމް އެންޑް ކަރެކްޝަނަލް އެޑްމިނިސްޓްރޭޝަން‬ ‫ކޯހުގައި ބައިވެރިވުމަށް ތިން އޮފިސަރުން ސީޝެލްސް އަށް ފުރުން‪.‬‬ ‫ޑިޕްލޮމާ މޮޑިއުލް އިން މެރިޓައިމް ކްރައިމް އެންޑް ކަރެކްޝަނަލް އެޑްމިނިސްޓްރޭޝަން»‬ ‫ކޯހުގައި ބައިވެރިވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ތިން އޮފިސަރުން‬ ‫ސީޝެލްސް އަށް ފުރައިފިއެވެ‪ .‬މި ކޯހަކީ ޔުނިވާސިޓީ އޮފް ސީޝެލްސް އާއި ޔުނައިޓެޑް‬ ‫ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ‪.‬އެން‪.‬އޯ‪.‬ޑީ‪.‬ސީ) ގުޅިގެން ކުރިއަށް‬ ‫ގެންދާ ކޯހެކެވެ‪ .‬މި ކޯސް ކުރިއަށްދިޔައީ ‪ 2015‬ވަނަ އަހަރު އޮކްޓޯބަރު މަހުގެ ފަހަކުން‬ ‫ނުވައަކަށް ސީޝެލްސް ގައެވެ‪.‬‬

‫‪1‬‬


‫މިކޯހަކީ ސީޝެލްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓް ކޮށްގެން ކުރިއަށްގެންދިޔަ‬ ‫ކޯހެކެވެ‪ .‬މިކޯހުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބައިވެރިވެފައިވަނީ‬ ‫ސީނިއަރ ޕްރިޒަން އޮފިސަރ މުޙައްމަދު މައުރޫފު އާއި ސީނިއަރ ޕްރިޒަން އޮފިސަރ‬ ‫ޝަކީލް ޝަރީފް ގެ އިތުރުން ސީނިއަރ ޕްރިޒަން އޮފިސަރ މުޙައްމަދު ފައިސަލް އެވެ‪ .‬އަދި‬ ‫މި ކޯހުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތިން ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ‪.‬‬ ‫މި ކޯހަކީ ޔޫ‪.‬އެން‪.‬އޯ‪.‬ޑީ‪.‬ސީ އިން ފަންޑް ކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ‪ .‬މި‬ ‫އޮފިސަރުން އެނބުރި މާލެ އައީ ‪ 2015‬ވަނަ އަހަރު އޮކްޓޯބަރ މަހުގެ ‪ 10‬ވަނަ ދުވަހުއެވެ‪.‬‬

‫‪2‬‬


‫ޖަލުން ފުރަތަމަ ފަހަރަށް ސެކެންޑަރީ ސްކޫލް ސެޓްފިކޭޓް‬ ‫(އެސް‪.‬އެސް‪.‬ސީ) އިމްތިހާނުގައި ބައިވެރިވުން‪.‬‬ ‫މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހިންގާ މާފުށި ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދާ‬ ‫ގައިދީންގެ ތެރެއިން ‪ 11‬ފިރިހެން އަދި ‪ 5‬އަންހެން ގައިދީއަކު ‪ 2015‬ވަނަ އަހަރުގެ‬ ‫ސެކެންޑްރީ ސުކޫލް ސެޓްފިކޭޓް އިމްތިހާނުގައި ބައިވެރިވިއެވެ‪.‬‬ ‫މި އިމްތިހާނުގައި ބައިވެރިވި ‪ 16‬ގައިދީންނަށް ކިޔަވައިދީ ޓެސްޓަށް ތައްޔާރު ކުރުމުގެ‬ ‫މަސައްކަތް‬

‫ކޮށްދެއްވާފައިވަނީ‬

‫މޯލްޑިވްސް‬

‫ކަރެކްޝަނަލް‬

‫ސަރވިސްއާއި‬

‫ގުޅިގެން‬

‫އިނިސްޓިޓިއުޓް އޮފް ހޯލީ ޤްރުއާން އެންޑް ސުންނަތް އިންނެވެ‪ .‬ޖަލުގައި ހިންގާ ޤާރީ‬ ‫ކޯސްތަކާއި ދީނީ ކުލާސްތަކަކީވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި އިނިސްޓިޓިއުޓް‬ ‫އޮފް ހޯލީ ޤްރުއާން އެންޑް ސުންނަތް އާއި ގުޅިގެން ހިންގޭ ކުލާސްތަކެކެވެ‪ .‬މިއަހަރުގެ‬ ‫އިމްތިހާނުގައި އިސްލާމް މާއްދާގައި އެކަނި ބައިވެރިވި ކަމުގައި ވީނަމަވެސް އަންނަ‬ ‫އަހަރުންފެށިގެން އިސްލާމް‪ ،‬ދިވެހި‪ ،‬ހިސާބު އަދި އިނގިރޭސި މާއްދާގައި ބައިވެރިވާގޮތަށް‬ ‫ވަނީ ހަމަޖެހިފައެވެ‪.‬‬ ‫ގައިދީންނަށް ޤްރުއާނާއި ދީނީ ޢިލްމު ކިޔަވައިދިނުމުގައި‬

‫ވެދެއްވަމުން ގެންދަވާ‬

‫އެހީތެރިކަމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އިނިސްޓިޓިއުޓް އޮފް‬ ‫ހޯލީ ޤްރުއާން އެންޑް ސުންނަތްގެ ވެރިޔާ އަލްފާޟިލް އަބްދުﷲ ސަޢީދު ޚާލިދަށް ވަރަށް‬

‫‪3‬‬

‫ޚާއްސަ ޝުކުރެއް ދަންނަވަމެވެ‪.‬‬


‫މާފުށީ ޖަލުގެ އަހަރީ ދުވަހުގެ ހަރަކާތްތައް ފެށުމުގެގޮތުން ދިދަނެގުމުގެ‬ ‫ރަސްމިއްޔާތެއް ބޭއްވުން‪.‬‬ ‫މާފުށީ ޖަލުގެ ‪ 17‬ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ދިދަނެގުމުގެ‬ ‫ރަސްމިއްޔާތެއް‬

‫ބާއްވައިފިއެވެ‪.‬‬

‫މި ރަސްމިއްޔާތު އޮތީ މާފުށީ ޖަލުގައެވެ‪ .‬ރަސްމިއްޔާތުގެ ކޮމާންޑަރަކަށް ހުންނެވީ‬ ‫އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސަލްމާން ރަޝީދުއެވެ‪.‬‬ ‫މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ‪ ،‬ސްޕްރިންޓެންޑެންޓް‬ ‫އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން ޢަލީ އެވެ‪.‬‬

‫ރަސްމިއްޔާތުގައި ދުވަހާ ގުޅޭ ހާއްސަ ދުއާ އެއް ކުރުން އޮތެވެ‪.‬‬ ‫އިސްވެ ދުއާ ލައިދެއްވީ ޕްރިޒަންސް ސްޓާފް ސާޖަންޓް ހުސައިން އިމްރާން އެވެ‪.‬‬ ‫އަދި މި ރަސްމިއްޔާތުގައި ޕްރިޒަންސް އޮފިސަރުންނަށް އިސްވެ އަޒުމް ލައިދެއްވީވެސް‬ ‫ޕްރިޒަންސް ސްޓާފް ސާޖަންޓް ހުސައިން އިމްރާން އެވެ‪.‬‬

‫‪4‬‬


‫މި ރަސްމިއްޔާތުގައި މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ‪.‬އެސް‪.‬ޖީ) ގެ އިތުރުން‬ ‫އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ ގިނަ އަދަދެއްގެ އޮފިސަރުން‬ ‫ވަނީ ބައިވެރި ވެފައެވެ‪ .‬އަދި މާފުށީގައި ހުންނަ ސަރުކާރުގެ އެކި އިދާރާ ތަކުގެ ވެރިންނާއި‬ ‫ކައުންސިލް މެމްބަރުންވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރި ވެފައެވެ‪.‬‬ ‫ދިދަ ނެގުމުގެ ރަސްމިއްޔާތު ނިމިގެން ދިޔައީ ދުވަހާގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ ކޭކު‬ ‫ފެޅުމުންނެވެ‪ .‬ކޭކު ފަޅުއްވައިދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ‪ ،‬ސްޕްރިންޓެންޑެންޓް އޮފް‬ ‫ޕްރިޒަންސް މުޙައްމަދު ޝާހީން ޢަލީ އެވެ‪.‬‬

‫‪5‬‬


‫މާފުށީ‬

‫ޖަލުގެ‬

‫އަންހެން‬

‫މުވައްޒަފުންނާއި‬

‫ފިރިހެން މުވައްޒަފުންނާއި ދެމެދު އެކުވެރި‬ ‫ކަމުގެ ބަށިމެޗެއް ކުޅެފިއެވެ‪ .‬މި ފޯރިގަދަ‬ ‫މެޗަކީ މާފުށީ ޖަލުގެ ‪ 17‬ވަނަ އަހަރީ‬

‫މާފުށީ ޖަލުގައި އެކުވެރި‬ ‫ކަމުގެ ބަށިމެޗެއް ކުޅުން‪.‬‬

‫ދުވަހުގެ ހަރަކާތް ތަކުގެ ތެރެއިން އެންމެ‬ ‫ފުރަތަމަ‬

‫ކުޅިވަރު‬

‫ހަރަކާތެވެ‪.‬‬

‫މި‬

‫ބަށި‬

‫މެޗްއޮތީ މާފުށީ ޖަލުގެ ވޮލީ ކޯޓްގައެވެ‪.‬‬

‫މިފަދަ ކޮންމެ ކަމެއްގައި އީ‪.‬އެސް‪.‬ޖީ ގެ ފަރާތުން‬

‫މި މެޗް ޝަރަފްވެރި ކޮށްދެއްވީ އީ‪.‬އެސް‪.‬‬

‫ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް‬

‫ޖީ ގެ ޑެޕިއުޓީ ކޮމާންޑަރ‪ ،‬ޗީފް ޕްރިޒަން‬

‫ޝުކުރު އަދާކުރައްވާ ކަމުގައެވެ‪ .‬މި މެޗުން‬

‫އޮފިސަރ އަޙްމަދު އަބްދުލް ވައްހާބު އެވެ‪.‬‬

‫މޮޅުވީ ގިނަދުވަސްތަކަކަށްފަހު މިފަދަ މެޗެއް‬

‫އަހަރީ ދުވަހުގެ އިންތިޒާމް ކޮމެޓީގެ ފަރާތުން‬

‫ކުޅުނު ފިރިހެން މުވައްޒަފުންގެ ޓީމެވެ‪ .‬އަހަރީ‬

‫ސީނިއަރ ޕްރިޒަން އޮފިސަރ ޝަކީލް ޝަރީފް‬

‫ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އީ‪.‬އެސް‪.‬‬

‫ވިދާޅުވީ މި މެޗަކީ ވަރަށް ފޯރިއާއިއެކު‬

‫ޖީ ގެ ޓީމަކާއި މާފުށީ ޖަލުގެ އޮފިސަރުންގެ‬

‫ކުރިއަށްދިޔަ މެޗެއް ކަމަށާއި އަދި މި މެޗްގެ‬

‫ޓީމަކާއި ދެމެދު އެކުވެރި ކަމުގެ ފުޓްބޯޅަ‬

‫ސަބަބުން އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ‪.‬‬

‫މެޗެއް ވަނީ ކުޅެފައެވެ‪ .‬މި މެޗް އޮތީ މާފުށީ‬

‫އެސް‪.‬ޖީ) އާއި މާފުށީ ޖަލުގެ މުވައްޒަފުންގެ‬

‫ޖަލުގެ ފުޓްބޯޅަ ދަނޑުގައެވެ‪.‬‬

‫ގުޅުން‬ ‫ކަ މަ ށެ ވެ‪.‬‬

‫އިތުރަށް‬

‫ބަދަހިވެގެން‬

‫ހިނގައްޖެ‬

‫‪6‬‬


‫އާންމުންނަށް ހުޅުވާލައިގެން މާފުށީ ޖަލުގައި ލޭ‬ ‫ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގުން‪.‬‬ ‫މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ‪.‬އެސް‪.‬ޖީ) ގެ އަހަރީ ދުވަސް ފާހަގަ‬ ‫ކުރުމުގެ ގޮތުން މާފުށީ ޖަލުގެ މުވައްޒަފުންނާއި އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ‬ ‫ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ‪ .‬މި ޕްރޮގްރާމަކީ މާފުށީ ޖަލާއި އީ‪.‬އެސް‪.‬‬ ‫ޖީ އަދި މޯލްޑިވިއަން ބްލަޑް ސަރވިސް ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްޞަ ޕްރޮގްރާމެކެވެ‪.‬‬ ‫މި ރަސްމިއްޔާތު ފައްޓަވާ ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ‬ ‫އޮފް ޕްރިޒަންސް ހަސަން ޒިލާލް ވިދާޅުވީ މި ޕްރޮގްރާމަކީ މާފުށީ ޖަލާއި އީ‪.‬އެސް‪.‬ޖީ‬ ‫އޮފިސަރުންގެ ވަރަށްބޮޑު އިސްނެގުމަކާއި އެކު ކުރިއަށް ގެންދާ ވަރަށް މުހިންމު ޕްރޮގްރާމެއް‬ ‫ކަމަށެވެ‪.‬‬

‫‪7‬‬


‫އަދި މިކަމަކީ ވަރަށް ގިނަ މީހުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމެއް‬ ‫ކަމަށާއި މިފަދަ އެހީތެރިކަމެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ފަރާތުން ދިނުމަކީ‬ ‫މުއައްސަސާ ކުރިއަށް ގެންދިއުމަށްވެސް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ‪.‬‬ ‫ޑެޕިއުޓީ ކޮމިޝަނަރ އިތުރަށް ވިދާޅުވީ މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް‬ ‫އަދިވެސް މަސައްކަތް ކުރައްވާކަމަށެވެ‪ .‬އަދި މި ޕްރޮގްރާމްގައި ލޭހަދިޔާކުރާ ހުރިހާ‬ ‫ފަރާތްތަކަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ގެ ނަންފުޅުގައާއި ޑެޕިއުޓީ‬ ‫ކޮމިޝަނަރގެ އަމިއްލަ ނަންފުޅުގައި ޝުކުރު އަދާކުރެއްވިއެވެ‪ .‬މިއީ މާފުށީ ޖަލުގައި‬ ‫ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ދެވަނަ ޕްރޮގްރާމެވެ‪.‬‬

‫‪8‬‬


‫މާފުށީ ޖަލާއި އީ‪.‬އެސް‪.‬ޖީގެ‬ ‫މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ‪.‬އެސް‪.‬‬ ‫ޖީ) ގެ އޮފިސަރުން ކ‪ .‬ގުރައިދޫގައި ހުންނަ ޚާއްޞަ‬ ‫އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރި ވުމުގެ‬ ‫ގޮތުން ތަކެތި ޙަވާލުކޮށްފިއެވެ‪ .‬މި ޕްރޮގްރާމަކީ މާފުށީ‬ ‫ޖަލާއި އީ‪.‬އެސް‪.‬ޖީގެ އަހަރީ ދުވަހުގެ ޙަރަކާތްތަކުގެ‬ ‫ތެރެއިން ކުރިއަށް ގެންދިޔަ ޚާއްޞަ ޕްރޮގްރާމެކެވެ‪.‬‬ ‫މިތަކެތި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް‬ ‫ޙަވާލު ކޮށްދެއްވީ‪ ،‬ކ‪ .‬ގުރައިދޫގައި ބޭއްވި ޚާއްސަ‬ ‫ރަސްމިއްޔާތެއްގައި‬

‫މޯލްޑިވްސް‬

‫ކަރެކްޝަނަލް‬

‫ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް‬ ‫ޙަސަން ޒިލާލް އެވެ‪ .‬އަދި މި ތަކެއްޗާއި އެ މަރުކަޒުގެ‬ ‫ފަރާތުން ޙަވާލުވީ އެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް‬ ‫އޮފިސަރ‪ ،‬އަލްފާޟިލް އަޙްމަދު ލިއުޝާން އެވެ‪.‬‬

‫‪9‬‬

‫ހުންނަ ޚާއްޞަ އެހީއަށް ބޭނުނ‬ ‫ހަދިޔާ‬


‫އޮފިސަރުން ކ‪ .‬ގުރައިދޫގައި‬

‫ންވާ މީހުންގެ މަރުކަޒަށް ތަކެތި‬ ‫ކުރުން‪.‬‬

‫މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ‬ ‫ކޮމިޝަނަރ‬ ‫ވިދާޅުވީ‬

‫އޮފް‬ ‫މޯލްޑިވްސް‬

‫ޕްރިޒަންސް‬

‫ޙަސަން‬

‫ކަރެކްޝަނަލް‬

‫ޒިލާލް‬

‫ސަރވިސްގެ‬

‫ފަރާތުން މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ބޭނުމަކީ‪ ،‬މި‬ ‫މަރުކަޒުގައި ތިބި މީހުންނަކީވެސް އޯގާތެރިކަމާއި އެކު‬ ‫ލޯތްބާއި އަޅާލުމާއި އަދި ސަލާމަތާއި ރައްކާތެރިކަން‬ ‫ޙައްޤުވާ ބައެއްކަމަށްވާތީ‪ ،‬އެފަދަ މީހުންގެ ބޭނުންތައް‬ ‫އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވީވަރަކުން ފުއްދައި‬ ‫ދިނުން ކަމަށެވެ‪.‬‬ ‫ޑެޕިއުޓީ ކޮމިޝަނަރ އިތުރަށް ވިދާޅުވީ މި ފަދަ ޙަރަކާތްތައް‬ ‫ކުރިއަށް އޮތްތާންގައިވެސް މޯލްޑިވްސް ކަރެކްޝަނަލް‬ ‫ސަރވިސްގެ ފަރާތުން ކުރިއަށް ގެންދިއުމަށް މަސައްކަތް‬ ‫ކުރައްވާނެ ކަމަށެވެ‪.‬‬

‫‪10‬‬


‫މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ މަރުކަޒުގެ‬ ‫ޗީފް އެގްޒެކެޓިވް އޮފިސަރ‪ ،‬އަޙްމަދު ލިއުޝާން ވިދާޅުވީ‬ ‫ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަކީ އަޅާލާނެ އެއްވެސް‬ ‫ބަޔަކު ނެތި މި މަރުކަޒުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބައެއް‬ ‫ކަމަށާއި‪ ،‬އެ ތަކެތި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ‬ ‫ފަރާތުން މި މަރުކަޒާއި ޙަވާލުކޮށްދެއްވީތީ ޝުކުރު އަދާކުރައްވާ‬ ‫ކަމަށެވެ‪ .‬ލިއުޝާން އިތުރަށް ވިދާޅުވީ މިހާރު މި މަރުކަޒުގައި‬ ‫‪ 167‬މީހުން ތިބި ކަމަށާއި‪ ،‬އޭގެތެރޭގައި ސިކުނޑީ ގައި‬ ‫އުނިކަމެއްހުރި ‪ 128‬މީހުން ތިބިކަމަށެވެ‪.‬‬ ‫އަދި މި މީހުން ބެލެހެއްޓުމަށް ‪ 124‬މުވައްޒަފުން ޙަރަކާތްތެރި‬ ‫ވާކަމަށް ލިއުޝާން ވިދާޅުވިއެވެ‪.‬ޚާއްޞަ އެހީއަށް ބޭނުންވާ‬ ‫މީހުންގެ މަރުކަޒަށް ހަދިޔާ ކުރެވުނު ތަކެތީގެ ތެރޭގައި‬ ‫ބެޑްޝީޓް‪ ،‬ތުވާލި‪ ،‬އޯމޯ‪ ،‬ޝަވަރޖެލް‪ ،‬ގަމީހާއި ފަޓްލޫނު އަދި‬ ‫އަންހެނުންނަށް ބޭނުންވާ ހެދުން ފަދަ ތަކެތި ހިމެނެއެވެ‪ .‬މި‬ ‫ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ގިނަ‬ ‫އަދަދެއްގެ ކޮމިޝަންޑް އޮފިސަރުން ބައިވެރިވެލެއްވިއެވެ‪ .‬އަދި‬ ‫މާފުށީ ޖަލާއި އީ‪.‬އެސް‪.‬ޖީގެ ގިނައަދަދެއްގެ އޮފިސަރުންވެސް‬ ‫މިރަސްމިއްޔާތުގައި ބައިވެރިވެފައި ވެއެވެ‪.‬‬ ‫މިރަސްމިއްޔާތު ނިންމާލުމަށްފަހު ޚާއްޞަ އެހީއަށް ބޭނުންވާ‬ ‫މީހުންނާއި‬

‫އެކު‬

‫ހޭ ދަ ކޮ ށް ފަ އި ވެ އެ ވެ‪.‬‬

‫‪11‬‬

‫ޕްރިޒަން‬

‫އޮފިސަރުން‬

‫ވަގުތުކޮޅެއް‬


‫އީ‪.‬އެސް‪.‬ޖީ ގެ އަހަރީ ދުވަހުގެ ދިދަނެގުމުގެ‬ ‫ރަސްމިއްޔާތު ބޭއްވުން‪.‬‬ ‫އިމަރޖެންސީ ސަޕޯރޓް ގްރޫޕްގެ ‪ 8‬ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު‬ ‫މާފުށީ ޖަލުގައި ބާއްވައިފިއެވެ‪ .‬މާފުށީ ޖަލުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު‬ ‫މޯލްޑިވްސް ކަރެކްޝަނަލް‬

‫ޝަރަފުވެރިކޮށްދެއްވީ‬ ‫ސަރވިސް ގެ ކޮމިޝަނަރ‬ ‫މުޙައްމަދު‬

‫ޙުޝާމް‬

‫ޑެޕިއުޓީ‬

‫ކޮމިޝަނަރ‬

‫އޮފް‬

‫އެވެ‪.‬‬ ‫އޮފް‬

‫މި‬

‫ޕްރިޒަންސް‬ ‫ރަސްމިއްޔާތުގައި‬

‫ޕްރިޒަންސް ޙަސަން ޒިލާލް‬

‫އާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް‬

‫ގެ ކޮމާންޑިންގް އޮފިސަރ‪،‬‬

‫ޗީފް ޕްރިޒަން އޮފިސަރ އަބްދުލް‬

‫ޣަނީ އާއި މާފުށީ ޖަލުގެ‬

‫ޑައިރެކްޓަރ‪ ،‬ސްޕްރިންޓެންޑެންޓް އޮފް‬

‫ޕްރިޒަންސް މުޙައްމަދު ޝާހީން‬

‫އަލީ އާއި މާލެ ޖަލުގެ ޑައިރެކްޓަރ‪،‬‬ ‫ޕްރިޒަންސް މޫސާ އަންވަރު އާއި އޮފެންޑަރ‬

‫ސްޕްރިންޓެންޑެންޓް‬ ‫ސަރވިސަސް‬

‫އޮފް‬

‫ޑައިރެކްޓްރޭޓް‪،‬‬

‫ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދ އާއި އައްސޭރި‬ ‫ޖަލުގެ ޑައިރެކްޓަރ‪ ،‬އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު‬ ‫ޙުސައިން ގެ އިތުރުން ހެޑް އޮފީހާއި ޖަލުތަކުގެ އިސްވެރިންނާއި އީ‪.‬އެސް‪.‬ޖީ ގެ‬ ‫އޮފިސަރުންނާއި މާފުށީ ޖަލުގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ‪.‬‬ ‫މި ރަސްމިއްޔާތުގައި ޕްރިޒަންސް އޮފިސަރުންގެ އަޒުމް ކިޔުން އޮތެވެ‪ .‬އިސްވެ އަޒުމް‬ ‫ކިޔުއްވީ ސީނިއަރ ޕްރިޒަން އޮފިސަރ މުޙައްމަދު މައުރޫފް އެވެ‪ .‬މި ރަސްމިއްޔާތު‬ ‫ނިމިގެން ދިޔައީ އަހަރީ ދުވަހުގެ ކޭކު ފެޅުމުންނެވެ‪ .‬އިމަޖެންސީ ސަޕޯރޓް ގްރޫޕް‬ ‫އުފެދުނީ ‪ 2007‬ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ‪ 17‬ވަނަ ދުވަހުއެވެ‪.‬‬

‫‪12‬‬


‫މާފުށީ ޖަލުގައި އިމާރާތްކުރި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ‬ ‫އެކޮ ޮމޑޭޝަން ބްލޮކް ހުޅުވުން‪.‬‬ ‫މާފުށީ ޖަލުގައި އިމާރާތްކުރި އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ‪.‬އެސް‪.‬ޖީ) ގެ އެކޮމޮޑޭޝަން‬ ‫ބްލޮކް ހުޅުވައިފިއެވެ‪ .‬މި ބްލޮކް ހުޅުވައިދެއްވީ މި ރަސްމިއްޔާތުގެ ޚާއްޞަ މެހެމާން‪،‬‬ ‫ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އެވެ‪ .‬ކޮމިޝަނަރ ވަނީ މި އިމާރާތް‬ ‫ހުޅުވުމަށްފަހު އެތަނުގެ އެތެރެ ބައްލަވާލައްވާފައެވެ‪.‬‬ ‫ވމި އެކޮމޮޑޭޝަން ބްލޮކް ސަބަބުން އީ‪.‬އެސް‪.‬ޖީ ގެ އޮފިސަރުންނަށް ދިމާވެފައިވާ‬ ‫އެކޮމޮޑޭޝަންގެ ދަތިކަން ހައްލުވެގެންދާނޭކަމަށް އީ‪.‬އެސް‪.‬ޖީގެ ކޮމާންޑިންގ އޮފިސަރ‪،‬‬ ‫ޗީފް ޕްރިޒަން އޮފިސަރ އަބްދުލް ޣަނީ ވިދާޅުވިއެވެ‪ .‬އެމަނިކުފާނު މިހެން ވިދާޅުވީ‬ ‫އެކޮމޮޑޭޝަން ބްލޮކް އިމާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު‬ ‫ދައްކަވަމުންނެވެ‪ .‬އެމަނިކުފާނު އިތުރަށް ވިދާޅުވީ މި އިމާރާތުގެ ‪ 99‬ޕަސެންޓް މަސައްކަތް‬ ‫ތަކަކީ އީ‪.‬އެސް‪.‬ޖީ ގެ އޮފިސަރުންގެ މިންނެތް މަސައްކަތް ކަމަށެވެ‪ .‬އަދި މި އިމާރާތުގެ‬ ‫މަސައްކަތުގައި އުޅުނު އޮފިސަރުންގެ ފަރާތުން ފެނިގެންދިޔަ ޖޯޝާއި ފޯރިއަކީ އީ‪.‬އެސް‪.‬ޖީ‬ ‫އޮފިސަރުންގެ ފޯރި މިފަދަ ކަންކަމަށްވެސް ހުރިކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވިދާޅުވިއެވެ‪.‬‬ ‫އަދި އީ‪.‬އެސް‪.‬ޖީ ގެ އޮފިސަރުންނަކީ އަބަދުވެސް ޖަލުތަކުގެ އޮފިސަރުންނަށް ނަމޫނާ‬ ‫ބައެއްކަމަށް ވިދާޅުވިއެވެ‪ .‬މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައިވަނީ އެކޮމޮޑޭޝަން‬ ‫ބްލޮކްގެ މަސައްކަތުގައި އަމަލީގޮތުންނާއި އަދި އެހެނިހެންވެސް ގޮތްގޮތުން އެހީތެރިވެދިން‬ ‫ފަރާތްތަކުގެ އެހީތެރިކަން ފާހަގަކޮށް‪ ،‬އެ ފަރާތްތަކަށް ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ‪.‬‬

‫‪13‬‬


‫މި ހަނދާނީ ލިޔުން ބައްސަވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް‬ ‫އެވެ‪ .‬އަދި މި ރަސްމިއްޔާތުގައި ވޭތުވެދިޔަ އަށް އަހަރު ތެރޭގައި ޖަލުތެރޭގެ އެކިއެކި‬ ‫ހަމަނުޖެހުން ތަކުގައި އަނިޔާ ލިބިފައިވާ އޮފިސަރުންނަށާއި އީ‪.‬އެސް‪.‬ޖީ އަށް ރީތިނަން‬ ‫ހޯއްދަވާދެއްވި އޮފިސަރުންނަށް ވަނީ އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ‪.‬‬ ‫މި ރަސްމިއްޔާތުގައި އީ‪.‬އެސް‪.‬ޖީ ގެ ކޮމާންޑިންގ އޮފިސަރ‪ ،‬ޗީފް ޕްރިޒަން އޮފިސަރ‬ ‫އަބްދުލް ޣަނީ ވަނީ ފާއިތުވެދިޔަ އަށް އަހަރު ތެރޭގައި އީ‪.‬އެސް‪.‬ޖީ އަށް އެކިގޮތްގޮތުން‬ ‫އަގުނުކުރެވޭ ފަދަ ޚިދުމަތް ކުރެއްވި ފަރާތްތަކުގެ ހަނދާން އާކޮށް‪ ،‬އެފަރާތްތަކަށް ޝުކުރު‬ ‫އަދާކޮށްފައެވެ‪ .‬މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޑެޕިއުޓީ‬ ‫ކޮމިޝަނަރ ޙަސަން ޒިލާލް އާއި ހެޑް އޮފީހާއި ޖަލުތަކުގެ އިސްވެރިން ނާއި މާފުށީ ޖަލާއި‬ ‫އީ‪.‬އެސް‪.‬ޖީ ގެ ގިނައަދަދެއްގެ އޮފިސަރުން ބައިވެރިވެލެއްވިއެވެ‪.‬‬

‫‪14‬‬


‫އެކޮމޮޑޭޝަންގެ މައްސަލައަކީ މުވައްޒަފުންނަށް ދިމާވެފައިވާ އެންމެ‬ ‫ބޮޑު އެއްމައްސަލަ ‪ -‬ކޮމިޝަނަރ އޮފް ޕްރިޒަންސް‬ ‫މުވައްޒަފުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ޖަލުތަކުގައި ތިބި މުވައްޒަފުންނަށް‬ ‫ރަނގަޅު އެކޮމޮޑޭޝަންއެއް ނެތުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް‬ ‫ވިދާޅުވެއްޖެއެވެ‪ .‬ކޮމިޝަނަރ މިހެން ވިދާޅުވީ އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ‪.‬އެސް‪.‬ޖީ) ގެ އައު‬ ‫އެކޮމޮޑޭޝަން ބްލޮކް ހުޅުއްވައި ދެއްވުމަށް މާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި‬ ‫ދެއްކެވި ވާހަކަފުޅު ގައެވެ‪ .‬ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އިތުރަށް ވިދާޅުވީ ކުރު‬ ‫މުއްދަތެއްގެ ތެރޭގައި ޖަލުތަކުގެ މުވައްޒަފުންނަށް ދިމާވެފައިވާ މި މައްސަލަ ޙައްލު ކުރެއްވުމަށް‬ ‫މަސައްކަތް ކުރައްވާނެ ކަމަށެވެ‪ .‬އަދި ބެރެކްސްތައް‬ ‫އެއްގޮތަށް‬

‫ޒަމާނާއި‬ ‫ކުރެއްވުމަށް‬

‫ބަދަލުކުރުމުގެ‬

‫މިހާރުވެސް‬

‫ޙާއްސަ‬

‫މަސައްކަތް‬ ‫ސަމާލުކަމެއް‬

‫ދެއްވާކަމަށެވެ‪ .‬އީ‪.‬އެސް‪.‬ޖީގެ އެކޮމޮޑޭޝަން ބްލޮކަކީ‬ ‫‪ 58‬އޮފިސަރުންނަށް އެކޮމޮޑޭޓް ކުރެވޭގޮތަށް ތައްޔާރު‬ ‫ކުރެވިފައިވާ އިމާރާތެކެވެ‪ .‬އަދި މި އެކޮމޮޑޭޝަން‬ ‫ބްލޮކްގެ‬

‫މަސައްކަތް‬

‫ކުރައްވާފައިވަނީ‬

‫ޖީ ގެ ކޮމާންޑިންގ އޮފިސަރ ގެ‬ ‫ބެއްލެވުމުގެ ދަށުން އީ‪.‬އެސް‪.‬‬ ‫ޖީ ގެ އޮފިސަރުންނެވެ‪.‬‬

‫‪15‬‬

‫އީ‪.‬އެސް‪.‬‬


‫މާފުށީ ޖަލުގައި ޤާރީ ލެވެލްގެ ހަތަރުވަނަ ކޯސް ފެށުން‪.‬‬

‫އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ ފަރާތުން ‪ 2015‬ވަނަ‬ ‫އަހަރު މާފުށީ ޖަލުގައި ޤާރީ ލެވެލް ގެ ހަތަރުވަނަ ކޯސް ކުރިއަށް ގެންދިޔައެވެ‪ .‬މި ކޯހަކީ‬ ‫އައިކޯސްޓް އާއި އިންސްޓިޓިއުޓް އޮފް ޤްރުއާން އެންޑް ސުންނަތް‪ ،‬އާއި ގުޅިގެން ކުރިއަށް‬ ‫ގެންދާ ކޯހެކެވެ‪ .‬މި ކޯހަކީ ޖަލުގައި ތިބި ޤައިދީންގެ ތެރެއިން‪ ،‬ޤުރުއާން ކިޔަވައިދޭން ދަސްކޮށް‬ ‫ދިނުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ ކޯސްތަކެއްކަމަށް‬ ‫އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން މައުލޫމާތު ދެއްވިއެވެ‪ .‬މި ކޯހަކީ‬ ‫ދެމަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯހެކެވެ‪ .‬މި ކޯހުގައި ބައިވެރި ވެފައިވަނީ‬ ‫ޖުމްލަ ‪ 42‬ޤައިދީންނެވެ‪ .‬އެއީ ފިރިހެން ‪ 36‬ޤައިދީންނާއި އަންހެން ހަ ޤައިދީންނެވެ‪.‬‬ ‫ޤައިދީން ރަނގަޅު ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ނެރުމަށްޓަކައި މޯލްޑިވްސް‬ ‫ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކުރަމުންގެންދާ މަސައްކަތްތަކަށް އިންސްޓިޓިއުޓް އޮފް‬ ‫ޤްރުއާން އެންޑް ސުންނަތް‪ ،‬ގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބެމުން ދާކަމަށް‬ ‫އައިކޯސްޓް އިން މަޢުލޫމާތު ދެއެވެ‪.‬‬

‫‪16‬‬


‫މާފުށީ ޖަލުގައި ޑިނަރ ނައިޓެއް ބޭއްވުން‬ ‫މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާފުށީ‬ ‫ޖަލުގައި ޑިނަރ ނައިޓެއް ބާއްވައިފިއެވެ‪ .‬ޑިނަރ ނައިޓަކީ މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް‬ ‫ގްރޫޕްގެ އަހަރީ ދުވަހުގެ ހަރަކާތް ތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ‬ ‫ހަރަކާތެކެވެ‪.‬‬

‫މިރަސްމިއްޔާތުގައި‬ ‫މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން‬ ‫‪ 01‬ނޮވެމްބަރ ‪ 2014‬ން ‪ 31‬އޮކްޓޯބަރ ‪ 2015‬ގެ ނިޔަލަށް އެންމެ ރަނގަޅަށް‬ ‫ފަރުވާތެރިކަމާއެކު މަސައްކަތްކުރި ‪ 60‬އޮފިސަރަކަށް ވަނީ ސެޓްފިކެޓް ދީފައެވެ‪ .‬ސެޓްފިކެޓް‬ ‫ބައްސަވައި ދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް އާއި ޑެޕިއުޓީ ކޮމިޝަނަރ‬ ‫އޮފް ޕްރިޒަންސް ހަސަން ޒިލާލް އެވެ‪.‬‬

‫‪17‬‬


‫މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް‬ ‫ވިދާޅުވީ އަޅުގަނޑުމެންގެ އޮފިސަރުންނަކީ ވަރަށް ކެރޭ ހީވާގި‪ ،‬އޮފިސަރުންތަކެއް ކަމަށާ‪،‬‬ ‫އަޅުގަނޑުމެންގެ އޮފިސަރުން މިތަނުގައި ތިބިހާ ހިނދަކު މިތަނުގައި ނުރައްކާތެރި ހާދިޘާއެއް‬ ‫ހިނގާނެ ފުރުޞަތު ނުދޭނެ ކަމަށެވެ‪ .‬ކޮމިޝަނަރ އިތުރަށް ވިދާޅުވީ އަޅުގަނޑުމެން ކުރަމުން‬ ‫މިދާ މަސައްކަތް ކާމިޔާބު ކަމާއެކު ކުރެވެމުން މިދަނީ އަޅުގަނޑުމެންނާއެކު ބެލެނިވެރިން‬ ‫ބައިވެރިވެ‪ ،‬ދެއްވާ އެއްބާރުލެއްވުމުގެ ސަބަބުން ކަމަށެވެ‪.‬‬ ‫އެހެންކަމުން ކުރިއަށްއޮތްތާންގައިވެސް އެ އެއްބާރުލެއްވުމާއި އެހީތެރިކަން ބޭނުންފުޅުވާކަމަށް‬ ‫ކޮމިޝަނަރ ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ‪ .‬މި ރަސްމިއްޔާތުގައި ‪ 2014‬ވަނަ އަހަރު މާފުށީ‬ ‫ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ވަނީ‬ ‫ވީޑިއޯ ޕްރެޒެންޓޭޝަން އެއް ހުށައަޅާފައެވެ‪ .‬ރަސްމިއްޔާތު ނިމިގެންދިޔައީ މާފުށީ ޖަލާއި‬ ‫އީ‪.‬އެސް‪.‬ޖީގެ ސެކްޝަންތަކުން ހުށައަޅައިދިން މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއެކުއެވެ‪.‬‬ ‫މި ރަސްމިއްޔާތުގައި ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ކުރީގެ‬ ‫ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް އާއި މާފުށީ ޖަލުގެ ޑައިރެކްޓަރ‪،‬‬ ‫ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން އާއި އީ‪.‬އެސް‪.‬ޖީގެ ކޮމާންޑިންގ‬ ‫އޮފިސަރ‪ ،‬ޗީފް ޕްރިޒަން އޮފިސަރ އަބްދުލް ޣަނީ ގެ އިތުރުން ހެޑް އޮފީހާއި ޖަލުތަކުގެ‬ ‫އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ‪.‬‬

‫‪18‬‬


‫މާފުށީ ޖަލާއި އީ‪.‬އެސް‪.‬ޖީ ގެ އަހަރީ ދުވަހާއި ގުޅުވައިގެން އާއިލީ‬ ‫ހަވީރެއް ބޭއްވުން‪.‬‬ ‫މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ މި‬

‫ހަވީރުގެ‬

‫މަޤްސަދަކީ‬

‫މޯލްޑިވްސް‬

‫އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާފުށީ ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނާއި‬ ‫ޖަލުގައި‬

‫އާއިލީ‬

‫ހަވީރެއް‬

‫ބާއްވައިފިއެވެ‪ .‬މުވައްޒަފުންގެ އާއިލާތަކުން އެކުވެރި‪ ،‬އުފާވެރި‬

‫މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ މާހައުލެއްގައި‬

‫ވަގުތުކޮޅެއް‬

‫ހޭދަކޮށްލުމުގެ‬

‫ހުރިހާ ސެކްޝަން ތަކަކުން ބައިވެރިވެގެން ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ‪ .‬މި‬ ‫ކުރިއަށް ގެންދިޔަ މި އާއިލީ ހަވީރަށް ވަރަށް އާއިލީ ހަވީރުގައި މޯލްޑިވްސް ކަރެކްޝަނަލް‬ ‫ގިނަ އަދަދެއްގެ މީހުންނާއި ކުދިން ޒިޔާރަތް ސަރވިސްގެ‪ ،‬ކޮމިޝަނަރ އޮފް ޕްރިޒަންސް‬ ‫ކޮށްފައިވާކަމަށް‬ ‫ދީ ފަ އި ވެ އެ ވެ‪.‬‬

‫‪19‬‬

‫މާފުށީ‬

‫ޖަލުން‬

‫މަޢުލޫމާތު މުޙައްމަދު ޙުޝާމް ބައިވެރިވެވަޑައިގެންނެވިއެވެ‪.‬‬


‫މި އާއިލީ ހަވީރުގައި އެކިއެކި ކުޅިވަރު ސްޓޯލްތަކުގެ އިތުރުން ތަފާތު އެކި ކެރެކްޓަރ ތައް ވަނީ‬ ‫ޙަރަކާތްތެރި ވެފައެވެ‪ .‬މާފުށީ ޖަލުން ބުނީ މި އިވެންޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ‬ ‫ކަމަށާއި އަދި އާއިލާގެ މެންބަރުންނަށް އުފާވެރި ވަގުތުކޮޅެއް ލިބިގެން ދިޔަކަމަށެވެ‪.‬‬

‫‪20‬‬


‫އެސްކޯޓް ޗެލެންޖް ‪2015‬‬ ‫ފުޓްބޯޅަ މުބާރާތް ފެށުން‬

‫‪21‬‬


‫މަލޭ ޖަލުގެ ފުޓްބޯޅަ ގްރައުންޑްގައި ކުރިއަށް ގެންދިޔަ މި މުބާރާތް ފެއްޓުމަށް މާލޭ‬ ‫ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް‬ ‫މުޙައްމަދު ޙުޝާމް ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި‬ ‫އޮފިސަރުން ދުޅަހެޔޮކޮށް ތިބުމަށް މިފަދަ ހަރަކާތްތައް ރާވައިގެން ކުރިއަށް ގެންދިޔުމަކީ‬ ‫އެހާމެ ބޭނުންތެރި ކަމެއް ކަމަށެވެ‪.‬‬ ‫ކޮމިޝަނަރ އިތުރަށް ވިދާޅުވީ ކޮންމެ ކަމެއްވެސް އެކަމެއް ކުރަން އޮންނަ އެންމެ ރަނގަޅު‬ ‫ގޮތަށް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ‪ .‬އަދި މުވައްޒަފުން “އެންޓަރޓެއިން”‬ ‫ކުރާއިރުވެސް ރަނގަޅު ޑިސިޕްލިން އެއްގެ ތެރޭގައި ތިބުމަށެވެ‪ .‬އަދި ދަނޑުމަތީގައި‬ ‫އުޅޭއިރުވެސް ހަރުދަނާ ޑިސިޕްލިންއެއް ގެންގުޅުމަކީ ވަރަށް މުހިންމު ކަމެއްކަމަށް‬ ‫ވިދާޅުވިއެވެ‪ .‬އަދި ކުޅިވަރުގެ ރޫހާ އެއްގޮތަށް ކުޅުމަށް ވަރަށްބޮޑަށް އިލްތިމާސް ކުރެއްވިއެވެ‪.‬‬ ‫އަދި ކޮމިޝަނަރ އިތުރަށް ވިދާޅުވީ ކޮންމެ ކުޅިވަރެއް ކުޅުނު ކަމުގައިވިޔަސް އަނިޔާއަށް‬ ‫ވިސްނައިގެން ކުޅުމަށެވެ‪.‬‬ ‫މި މުބާރާތަކީ އެސްކޯޓް ޗެލެންޖް ގެ ދެވަނަ މުބާރާތެވެ‪ .‬މިދިޔައަހަރަށް ވުރެން ބޮޑު‬ ‫ތަރުހީބެއް އޮފިސަރުންގެ ފަރާތުން މިއަހަރުގެ މި މުބާރާތަށް ލިބިގެން ދިޔަކަމަށާއި‪ ،‬ހުރިހާ‬ ‫ޓީމްތަކަކުންނާއި ކުޅުންތެރިންގެ ފަރާތުން މި މުބާރާތް ކާމިޔާބު މުބާރާތަކަށް ހެދުމަށް ކުރި‬ ‫މަސައްކަތަށް އެސްކޯޓް ޓީމް ގެ ކޮމާންޑަރ ސްޓާފް ސާޖަންޓް ހުސައިން ނަދީމް މަޢުލޫމާތު‬ ‫ދެއްވިއެވެ‪.‬‬

‫‪22‬‬


‫ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ‪ 3‬ވަނަ އަހަރީ ދުވަހުގެ ދިދަ‬ ‫ނެގުމުގެ ރަސްމިއްޔާތު ބޭއްވުން‪.‬‬ ‫ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ‪ 3‬ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު‬ ‫ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބާއްވައިފިއެވެ‪ .‬ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި‬ ‫ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ކަރެކްޝަނަލް‬ ‫ސަރވިސް ގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އެވެ‪.‬‬ ‫މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ވަނީ‪ ،‬މި ސެންޓަރު‬ ‫އުފެދިގެން އައިގޮތަށާއި ކުރިއަށް އޮތްތާންގައި މި ސެންޓަރު އިތުރަށް ތަރައްޤީ ކުރުމަށް‬ ‫ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ވަރަށް ތަފްސީލްކޮށް ވާހަކަފުޅު ދައްކަވާފައެވެ‪ .‬އަދި‬ ‫މި ސެންޓަރުގެ ޑައިރެކްޓަރ އާއި އޮފިސަރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް‬ ‫ފާހަގަ ކުރައްވައި ޑީ‪.‬ސީ‪.‬ޕީ ވަނީ އެބޭފުޅުންނަށް ޝުކުރު‬

‫‪23‬‬

‫އަދާކުރައްވާފައެވެ‪.‬‬


‫މި ރަސްމިއްޔާތުގައި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ޑައިރެކްޓަރ ޗީފް ޕްރިޒަން އޮފިސަރ‬ ‫އިސްމާލް ނަސީރު އާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް ގެ ކޮމާންޑިންގް އޮފިސަރ‪ ،‬ޗީފް‬ ‫ޕްރިޒަން އޮފިސަރ އަބްދުލް ޣަނީ އާއި އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ‪ ،‬ޗީފް‬ ‫ޕްރިޒަން އޮފިސަރ އަޙްމަދު ރިޒާ އާއި އައްސޭރި ޖަލުގެ ޑައިރެކްޓަރ‪ ،‬އެސިސްޓެންޓް‬ ‫ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޙުސައިން ގެ އިތުރުން ހެޑް އޮފީހާއި‬ ‫ޖަލުތަކުގެ އިސްވެރިންނާއި އީ‪.‬އެސް‪.‬ޖީ ގެ އޮފިސަރުންނާއި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ‬ ‫ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ‪ .‬މި ރަސްމިއްޔާތުގައި ޕްރިޒަން އޮފިސަރުންގެ‬ ‫އަޒުމް ކިޔުން އޮތެވެ‪ .‬އިސްވެ އަޒުމް ކިޔުއްވީ ފަސްޓް ކްލާސް ޕްރިޒަން އޮފިސަރ އަޙްމަދު‬ ‫ޝަރީފް އެވެ‪ .‬މި ރަސްމިއްޔާތު ނިމިގެން ދިޔައީ އަހަރީ ދުވަހުގެ ކޭކު ފެޅުމުންނެވެ‪.‬‬

‫‪24‬‬


‫ހުޅުމާލެ‬ ‫ޑ‬ ‫ި‬ ‫ޓ‬ ‫ެ‬ ‫ނ‬ ‫ް‬ ‫ޝ‬ ‫ަ‬ ‫ނ‬ ‫ް‬ ‫ސ‬ ‫ެ‬ ‫ނ‬ ‫ް‬ ‫ޓަރުގައި އާއިލީ‬ ‫ހ‬ ‫ަ‬ ‫ވ‬ ‫ީ‬ ‫ރ‬ ‫ެ‬ ‫އ‬ ‫ް‬ ‫ބ‬ ‫ޭ‬ ‫އ‬ ‫ް‬ ‫ވ‬ ‫ު‬ ‫ނ‬ ‫ް‪.‬‬

‫ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި އާއިލީ ހަވީރެއް ބާއްވައިފިއެވެ‪.‬‬ ‫ހުޅުމާލެ ޑިޓެންޝަން ސެންޓަރުން ބުނީ އެ ހަވީރުގެ މައިގަނޑު މަގުސަދަކީ މޯލްޑިވްސް‬ ‫ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކުން އެކުވެރި‪ ،‬އުފާވެރި‬ ‫މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ‪.‬‬ ‫ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ކުރިއަށް ގެންދިޔަ މި އާއިލީ ހަވީރަށް ވަރަށް ގިނަ‬ ‫އަދަދެއްގެ މީހުންނާއި ކުދިން ޒިޔާރަތް ކޮށްފައިވާކަމަށް ހުޅުމާލެ ޑިޓެންޝަން ސެންޓަރުން‬ ‫މަޢުލޫމާތު ދީފައިވެއެވެ‪ .‬ހުޅުމާލެ ޑިޓެންޝަން ސެންޓަރުން ބުނީ މި އިވެންޓަށް ވަރަށް‬ ‫ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި އަދި އާއިލާގެ މެންބަރުންނަށް އުފާވެރި ވަގުތުކޮޅެއް‬ ‫ލިބިގެން ދިޔަކަމަށެވެ‪ .‬މި އާއިލީ ހަވީރުގައި އެކިއެކި ކުޅިވަރު ސްޓޯލްތަކުގެ‬ ‫އިތުރުން ތަފާތު އެކި ކެރެކްޓަރ ތައް ވަނީ ޙަރަކާތްތެރި ވެފައެވެ‪.‬‬

‫‪25‬‬


‫އައްސޭރި ޖަލުގެ އޮފީސް އިމާރާތާއި އެޖަލުގައި ގާއިމު ކުރެވުނު ފެންޕްލާންޓް‬ ‫ހައުސް ހުޅުވުމާއި ޖަލުތަކުގައި އާސަންދަގެ ޚިދުމަތް ރަސްމީ ޮކށް ފެށުން‪.‬‬

‫ހިންމަފުށި އައްސޭރި ޖަލުގެ އޮފީސް އިމާރާތާއި އެޖަލުގައި ގާއިމު ކުރެވުނު ފެންޕްލާންޓް‬ ‫ހައުސް ހުޅުވުމާއި ޖަލުތަކުގައި އާސަންދައިގެ ޚިދުމަތް ދިނުން ރަސްމީކޮށް ފަށައިފިއެވެ‪.‬‬ ‫އައްސޭރި ޖަލުގައި ބޭއްވުނު ރަސްމިއްޔާތުގައި އައްސޭރި ޖަލު އޮފީސް ހުޅުވުމާއި ޕްލާންޓް‬ ‫ހައުސް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމެވެ‪ .‬އަދި‬ ‫މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި އާސަންދައިގެ ޚިދުމަތް ރަސްމީކޮށް‬ ‫ފައްޓަވައިދެއްވެވީވެސް ކޮމިޝަނަރ މުޙައްމަދު ޚުޝާމުއެވެ‪.‬‬ ‫އައްސޭރި ޖަލުގައި ގާއިމުކުރެވިގެން ދިޔަ ފެންޕްލާންޓުގެ ސަބަބުން ޖަލުގައި މަސައްކުރައްވާ‬ ‫އޮފިސަރުންނަށާއި ޖަލުގައި ޙުކުމް ތަންފީޛް ކުރަމުންދާ ގައިދީންނަށާއި އައްސޭރިޖަލުގައި‬ ‫ކުރަމުންގެންދާ ދަނޑުވެރިކަމުގެ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ‪ .‬މީގެ‬ ‫ކުރިން އައްސޭރި ޖަލަށް ފެންފޯރުކޮށްދެމުން ގޮސްފައިވަނީ ކޮންޓްރެކްޓް އުސޫލުން ބަޔަކާއި‬ ‫ޙަވާލުކޮށްގެންނެވެ‪.‬‬

‫‪26‬‬


‫އެގޮތަށް ފެން ސަޕްލައިކުރުމުގައި މޫސުން ގޯސްވެގެންނާއި އެކިއެކު މައްސަލަ ދިމާވެގެން‬ ‫ފެނުގެ ދަތިކަން ވަރަށް ބޮޑަށް އިހުސާސް ކުރަންޖެހިފައިވީނަމަވެސް މި ޕްލާންޓުގެ‬ ‫ސަބަބުން މިކަމަށް ހައްލު ލިބިގެންދާނެއެވެ‪ .‬މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން‬ ‫ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމު ވިދާޅުވިގޮތުގައި އައްސޭރި ޖަލުގެ އޮފީސް‬ ‫އިމާރާތްކުރުމުގައި އާއި ޕްލާންޓްހައުސް އިމާރާތްކުރުމުގައި ދައުލަތުގެ ބަޖެޓަށް ވަރަށްބޮޑަށް‬ ‫ލުއިކަމެއް ލިބިގެން ގޮސްފައި ވާކަމަށެވެ‪ .‬އެއީ «ޖަލުގައި ތިބި ޤައިދީންނަށް މަސައްކަތް‬ ‫ދަސްކޮށްދީ‪ ،‬އެމީހުންލައްވާ މަސައްކަތް ކުރުވައިގެން ދައުލަތުގެ ބަޖެޓަށް ލުއިހޯދާދިނުމަށް‬ ‫ސީޕީ މުޙައްމަދު ޚުޝާމު ވިދާޅުވަމުންގެންދަވާ މޮޓޯއާއި އެއްގޮތަށް ކުރެވިފައިވާ މަސައްކަތަކަށް‬ ‫ވާތީއެވެ‪.‬‬

‫‪28‬‬


‫‪ ،،‬‬

‫އައްސޭރި ޖަލުގެ ޮއފީސް އިމާރާތްކުރުމުގައި އާއި ޕްލާންޓްހައުސް އިމާރާތްކުރުމުގައި‬ ‫ދައުލަތުގެ ބަޖެޓަށް ވަރަށް ޮބޑަށް ލުއިކަމެއް ލިބިގެން ގޮސްފައިވޭ‪.‬‬ ‫ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމު‬

‫‪،،‬‬

‫އައްސޭރި ޖަލުގެ އޮފީސް އިމާރާތާއި ޕްލާންޓްހައުސް‬ ‫އިމާރާތް ކޮށްފައިވަނީ އައްސޭރި ޖަލުގެ މުވައްޒަފުންނާއި ގައިދީންގެ އަމިއްލަ މަސައްކަތުންކަމަށް‬ ‫ވާތީ ދައުލަތުގެ ބަޖެޓުން ކުރަންޖެހުނު ހޭދަ އެތަށްގުނައެއް ކުޑަވިކަން ކޮމިޝަނަރ‬ ‫ފާހަގަކުރެއްވިއެވެ‪ .‬އަދި‬

‫އެމަސައްކަތުގައި ބައިވެރިވެލެއްވި ހުރިހާ އޮފިސަރުންނާއި‬

‫ގައިދީންގެ އިތުރުން އައްސޭރި ޖަލުގެ ޑައިރެކްޓަރ‪ ،‬އެސިސްޓެންޓް ސްޕްރިންޓެންޑެންޓް‬ ‫އޮފް ޕްރިޒަންސް މުޙައްމަދު ޙުސައިން އާއި ޑެޕިއުޓީ ޑައިރެކްޓަރ‪ ،‬ޗީފް ޕްރިޒަން އޮފިސަރ‬ ‫އަޙްމަދު ޖާދުﷲ އަށް‪ ،‬ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ‪.‬‬

‫‪29‬‬


‫ފެހިވެ ިހ ޕްރޮގްރާމު ެގ ދަށުން ހިންމަފުށި ފަޅުތެރެއާ ިއ ޖެޓީ‬ ‫ނ ސަރަހައް ުދ ސާފުކުރުމުގެ މަސައްކަތް ކުރުން‪.‬‬ ‫ހިމެ ޭ‬ ‫ފެހިވެހި ޕްރޮގްރާމުގެ ދަށުން ހިންމަފުށި ފަޅުތެރެއާއި ޖެޓީ ހިމެނޭ ސަރަހައްދު ސާފުކުރުމުގެ‬ ‫މަސައްކަތް އައްސޭރި ޖަލުގެ އޮފިސަރުން ކޮށްފިއެވެ‪ .‬އައްސޭރި ޖަލުގެ އަހަރީ ދުވަހާއި‬ ‫ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްސޭރި ޖަލުގެ އޮފިސަރުން‬ ‫ހެނދުނު ‪ 8‬ޖެހިއިރު ފެށި‪ ،‬ސާފުކުރުމުގެ ޕްރޮގްރާމު މެންދުރު ‪ 12‬ޖެހިއިރު ވަނީ‬ ‫ނިންމާލާފައެވެ‪.‬‬

‫‪30‬‬


‫ހިންމަފުށި ފަޅުތެރެ ސާފުކޮށް ބަނދަރު ސަރައްދުގައި ދުއްވާ އެއްޗިއްސާއި ހިނގާމީހުންނަށް‬ ‫ފަސޭހަ ވާނޭގޮތް ހެދުމުގެ ގޮތުން އެސަރަހައްދުގައި ހުރި ގަސްތަކުގެ ގޮފިތައް ކޮށައި‬ ‫ޖެޓީކައިރީގައި ހުރި ކުނިތައް ނަގާ ވަނީ ސާފުކޮށްފައެވެ‪ .‬މިމަސައްކަތް ކުރުމުގައި އެއްސޭރި‬ ‫ޖަލުގެ ގިނައަދަދެއްގެ އޮފިސަރުން ބައިވެރި ވެފައިވާއިރު ރަށުގެ އާންމުންގެ ފަރާތުންނާއި‬ ‫ހިންމަފުށީގައި ހުރި އަމިއްލަ ކުންފުނިތަކުގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަ ކުރަމެވެ‪.‬‬ ‫އެގޮތުން އެހީތެރިވި ފަރާތްތަކުގެ ތެރޭގައި ހިންމަފުށި ކައުންސިލާއި ސީޕްރިޔާ އަދި އައި‪.‬ބީ‪.‬ސީ‬ ‫ކުންފުނި ހިމެނެއެވެ‪ .‬އައްސޭރި ޖަލުގެ ޑައިރެކްޓަރ‪ ،‬އެސިސްޓެންޓް ސްޕްރިންޓެންޑެންޓް‬ ‫އޮފް ޕްރިޒަންސް މުޙައްމަދު ޙުސައިން ވަނީ ޖަލުގެ އޮފިސަރުންގެ ނަމުގައި އެފަރާތްތަކަށް‬ ‫ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ‪ .‬ފެހިވެހި ޕްރޮގްރާމްގެ ދަށުން އައްސޭރި ޖަލުގެ‬ ‫އޮފިސަރުންވަނީ ހިންމަފުށީގެ މަގުތައް ސާފުކުރުމުގެ މަސައްކަތް ކޮށްފައެވެ‪.‬‬

‫‪31‬‬


‫ޯމލްޑިވްސް ކަރެކްޝަނަލް ސަރވިސް ެގ ސްޓްރެޓެޖިކް‬ ‫ޕްލޭން އިފްތިތާޙް ކުރުން‪.‬‬ ‫މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސްޓްރެޓެޖިކް ޕްލޭން އާއި ‪ 2016‬ވަނަ އަހަރުގެ‬ ‫ކަލަންޑަރު އިފްތިތާޙް ކުރުމަށް މާލޭ ޖަލުގައި ޙަފްލާއެއް ބާއްވައިފިއެވެ‪.‬‬ ‫މި ޙަފްލާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަލްފާޟިލް‬ ‫އުމަރު ނަސީރު އެވެ‪ .‬އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސްޓްރެޓެޖިކް ޕްލޭން‬ ‫އާއި ‪ 2016‬ވަނަ އަހަރުގެ ކަލަންޑަރ އިފްތިތާޙް ކޮށްދެއްވީވެސް މިނިސްޓަރ އުމަރު‬ ‫ނަސީރު އެވެ‪ .‬މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިނިސްޓަރ އުމަރު ނަސީރު‬ ‫ވިދާޅުވީ މިހާރު ޖަލުގެ ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށެވެ‪ .‬އަދި‬ ‫ކޮމިޝަނަރ އޮފް ޕްރިޒަންސް ގެ މަޤާމަށް މުޙައްމަދު ޙުޝާމް އައްޔަން ކުރެވުނު ހިސާބުން‬ ‫ކަރެކްޝަނަލް ސަރވިސްގެ މަސައްކަތްތައް ފުޅާވެ‪ ،‬އިތުރު ކުރިއެރުންތަކެއް ލިބެމުން‬ ‫އަންނަކަން މިނިސްޓަރ ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ‪.‬‬

‫‪32‬‬


‫މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ވިދާޅުވީ‬ ‫މި ރަސްމިއްޔާތަކީ ވަރަށް ތާރީޚީ ރަސްމިއްޔާތެއް ކަމަށާއި‪ ،‬މިއީ ޖަލު ހިންގުމުގެ ތާރީޚްގައިވެސް‬ ‫މިފަދަ ޕްލޭނެއް އެކުލަވާލެވުނު ފުރަތަމަ ފަހަރު ކަމަށެވެ‪ .‬އަދި މިމަސައްކަތް ކުރުމަށް މޯލްޑިވްސް‬ ‫ކަރެކްޝަނަލް ސަރވިސް އިން ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމަށް އެދުނު ކަމަށާއި‪،‬‬ ‫އެ ހުރިހާ ފަރާތްތަކުން މި މަސައްކަތުގައި ވެދެއްވި އެހީތެރިކަން‬

‫ފާހަގަ‬

‫ކުރައްވައި ކޮމިޝަނަރ ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ‪.‬‬ ‫އަދި ހާއްސަކޮށް މި މަސައްތުގައި ޔޫ‪.‬އެން‪.‬ޑީ‪.‬ޕީ ގެ ފަރާތުން ވެދެއްވި‬ ‫އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި ކޮމިޝަނަރ ވަނީ‬ ‫އެފަރާތަށް ވަރަށް ހާއްސަ ޝުކުރު އަދާކުރައްވާފައެވެ‪ .‬ކޮމިޝަނަރ‬ ‫އިތުރަށް ވިދާޅުވީ މި ޕްލޭންގެ ސަބަބުން‬ ‫މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ‬ ‫މަސައްކަތްތަކަށް އިތުރު ކުރިއެރުން‬ ‫ތަކެއް ލިބޭނޭކަމަށެވެ‪.‬‬

‫މިނިސްޓަރ އުމަރު ނަސީރު‬

‫‪33‬‬


‫އެސް ޯކޓް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން‬ ‫ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ޓީމް ހޯދުން‪.‬‬ ‫މާލޭ ޖަލުގައި ކުރިއަށް ގެންދިޔަ އެސްކޮޓް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން‬ ‫ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ޓީމް ހޯދައިފިއެވެ‪ .‬ހުޅުމާލޭގެ ސްޓެލްކޯ ފުޓްސަލް ކޯޓްގައި‬ ‫ކުޅުނު ފައިނަލް މެޗްގައި އެފް‪.‬ސީ ބްރާވޯ އާއި ވާދަކޮށް ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ‬ ‫ޓީމް ޗެމްޕިއަންކަން ހޯދީ ‪ 3-11‬އިން މެޗް ކާމިޔާބުކޮށްގެންނެވެ‪ .‬ހުޅުމާލޭ ޑިޓެންޝަން‬ ‫ސެންޓަރުގެ ޓީމުންވަނީ މި މެޗްގައި ވަރަށް މޮޅު‪ ،‬ހުނަރުވެރި ކުޅުމެއް ދައްކާފައެވެ‪.‬‬

‫‪34‬‬


‫މިމެޗްގައި އެޓީމުގެ ހުސައިން ޞަބާޙް ވަނީ ފަސްގޯލް ކާމިޔާބުކޮށްދީފައެވެ‪ .‬އަދި‬ ‫ހުސައިން ރިޟްވާން‪ ،‬އިސްމާއީލް މުޙައްމަދު‪ ،‬އަބްދުﷲ ޖަމީލް‪ ،‬އަޙްމަދު މައުރޫފްގެ އަދި‬ ‫މުޙައްމަދު ސިރާޖް އިތުރުން ހަސަން ނާޝިދު‬

‫މިއިން ކޮންމެ ކުޅުންތެރިއަކުވަނީ ގޯލެއް‬

‫ކާމިޔާބުކޮށްދީފައެވެ‪ .‬މި މެޗްގައި އެފް‪.‬ސީ ބްރާވޯ ގެ ތިންގޯލް ކާމިޔާބުކޮށްދިނީ ސައިފުﷲ‬ ‫ޔޫސުފް އާއި އިބްރާހިމް އަޙްސަންގެ އިތުރުން މުޙައްމަދު ވިޖްދާން އެވެ‪.‬‬ ‫މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި ފައިސާގެ ޗެކް ޙަވާލުކޮށްދެއްވީ ފައިނަލް މެޗްގެ‬ ‫ޝަރަފްވެރި މެހެމާން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އެވެ‪.‬‬ ‫އެސްކޮޓް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ޓީމަކީ އެޗް‪.‬ކިއު ފުޓްބޯޅަ ޓީމެވެ‪ .‬އެޗްކިއު‬ ‫ޓީމް ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ‪.‬‬

‫‪35‬‬


‫ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ޤާއިމް ކުރުމަށް ކުރަންޖެހޭ‬ ‫ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުން‪.‬‬ ‫ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ޤާއިމް ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް‬ ‫ކުރުމަށާއި ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ނެޝަނަލް ޑްރަގް އެޖެންސީ (އެ‪.‬ން‪.‬ޑީ‪.‬އޭ)‬ ‫އާއިއެކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބައްދަލުވުމެއް ބާއްވައިފިއެވެ‪.‬‬ ‫މި ބައްދަލުކުރެއްވުން އޮތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޓިންގ ރޫމްގައެވެ‪ .‬މި‬ ‫ބައްދަލު ކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކައި މަޝްވަރާ ކޮށްފައިވަނީ ޑްރަގް‬ ‫އޮފެންޑަރ ރިމާންޑް ސެންޓަރ ހިންގުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ހަވާލު‬ ‫ކުރުމަށްޓަކައި އިންފްރާ ސްޓްރަކްޗަރ އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެ‪.‬ން‪.‬‬ ‫ޑީ‪.‬އޭ އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރިއަށް ގެންދެވޭނެ ގޮތެއްގެ‬ ‫މައްޗަށެވެ‪ .‬މި މަސައްކަތަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މަސައްކަތް ތަކުގެ‬ ‫ތެރެއިން ކުރައްވަން ނިންމަވާފައިވާ މަސައްކަތެއްކަމަށް މިނިސްޓަރ އޮފް ހޯމްއެފެއަރޒް‬ ‫އޮނަރަބަލް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ‪ .‬މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް‬ ‫ކަރެކްޝަނަލް ސަރވިސްގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙް ކުރުމަށް މާލޭ ޖަލުގައި ބޭއްވި‬ ‫ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ‪.‬‬ ‫މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ގެ އިތުރުން‬ ‫މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ‪ .‬އަދި ނެޝަނަލް‬ ‫ޑްރަގް އެޖެންސީގެ ސީނިއަރ ބޭފުޅުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެލެއްވިއެވެ‪.‬‬

‫‪36‬‬


‫އެޑިޓޯރިއަލް ބޯޑު‬ ‫ސީނިއަރ ޕްރިޒަން އޮފިސަރ‬ ‫އަހުމަދު ލުޤުމާން‬ ‫ފަސްޓްކްލާސް ޕްރިޒަން އޮފިސަރ‬ ‫ޙަސަން ޢަލީ‬ ‫ޕްރިޒަން ސްޓާރފް ސަރޖަންޓް‬ ‫އަޙްމަދު ނަސީމް‬ ‫ޕްރިޒަން ލާންސް ކޯޕްރަލް‬ ‫މުޙައްމަދު ހާފިޒް‬ ‫ސީނިއަރ ސިވިލް އޮފިސަރ‬ ‫އައިމިނަތު ޔުސްރީން އަހުމަދު‬ ‫ގްރެފިކް ޑިޒައިނަރ‬ ‫އަލީ ޝިނާން‬


Vokkolhu 5  

Maldives Correctional Service

Vokkolhu 5  

Maldives Correctional Service

Advertisement