Page 1

‫‪Emme Maqbool Dhivehi Anhenaa - 2014‬‬

‫އެންމެ މަޤްބޫލު ދިވެހި އަންހެނާ ‪2014 -‬‬ ‫ސޯޝަލް މީޑިޔާ ޕޯލް‬ ‫‪ 14‬ޖޫން ‪2014‬‬

‫އސް‪.‬އެމް‪.‬އެމް)‬ ‫މންޓް (އެމް‪ެ .‬‬ ‫މޑިޔާ މޫވް ަ‬ ‫މޯލްޑިވްސް ސޯޝަލް ީ‬ ‫‪1‬‬


‫‪Emme Maqbool Dhivehi Anhenaa - 2014‬‬

‫އަޅުގަނޑުމެންނަކީ ކޮންބައެއް؟‬ ‫މޯލްޑިވްސް ސޯޝަލް މީޑިޔާ މޫވްމަންޓް (އެމް‪.‬އެސް‪.‬އެމް‪.‬އެމް) އަކީ މުޖުތަމަޢުގައި އަންހެނުންނާއި‬ ‫ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ސޯޝަލް މީޑިޔާގައި ހަރަކާތްތެރިވުމަށް ދާދި ފަހުން އުފައްދާފައިވާ‬ ‫އަމިއްލަ ގްރޫޕެކެވެ‪ .‬މި ގްރޫޕްގެ މެމްބަރުންނަކީ ޢާންމު ދިރިއުޅުމުގައި ބުރަކޮށް މަސައްކަތް ކުރަމުން ގެންދިޔަ‬ ‫ނަމަވެސް‪ ،‬ލިބޭ ހުސްވަގުތުގައި ސޯޝަލް މީޑިޔާގައި އަނިޔާއާއި ދެކޮޅަށް އަޑު އުފުލަމުން ގެންދާ ބައެކެވެ‪.‬‬ ‫ސޯޝަލް މީޑިޔާއަކީ މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޢާންމުކޮށް ބޭނުންކުރަމުންގެންދާ‬ ‫އެއްޗެކެވެ‪ .‬އެހެންކަމުން ސޯޝަލް މީޑިޔާގެ ބޭނުން ހެޔޮގޮތުގައި ހިފާ‪ ،‬މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަކީ‬ ‫އަޅުގަނޑުމެންގެ އަޒުމެވެ‪ .‬އެގޮތުން މި ގްރޫޕްގެ ފުރަތަމަ މަސައްކަތަކީ "އެންމެ މަޤްބޫލު ދިވެހި އަންހެނާ‬ ‫– ‪ "2014‬ޕޯލްގެ މަސައްކަތްކުރުމެވެ‪.‬‬ ‫އެމް‪.‬އެސް‪.‬އެމް‪.‬އެމްގައި މާގިނަ މެމްބަރުންތަކެއް ނެތް ނަމަވެސް އަޅުގަނޑުމެންގެ މަސައްކަތް‬ ‫މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެން އުންމީދެވެ‪ .‬ކޮންމެ އުމުރެއްގެ ކޮންމެ ޖިންސެއްގެ‬ ‫ފަރާތަކަށްވެސް މި ގްރޫޕްގައި ބައިވެރި ވެވިދާނެއެވެ‪.‬‬

‫‪2‬‬


‫‪Emme Maqbool Dhivehi Anhenaa - 2014‬‬

‫ތަޢާރަފު‬ ‫"އެންމެ މަޤްބޫލު ދިވެހި އަންހެނާ – ‪ "2014‬އަކީ އެމް‪.‬އެސް‪.‬އެމް‪.‬އެމް ގެ ފަރާތުން އިންތިޒާމްކޮށްގެން‪،‬‬ ‫ފޭސްބުކްގައި ހިންގަމުން ގެންދާ ނުރަސްމީ ޕޯލްއެކެވެ‪.‬‬ ‫އެންމެ ފުރަތަމަ މިޕޯލް ފެށުނީ ހަމައެކަނި ފިލްމީ ދާއިރާއާއި‪ ،‬ލަވަކިއުމުގެ ދާއިރާއާއި‪ ،‬ސިޔާސީ ދާއިރާގައި‬ ‫ހަރަކާތްތެރި ވަމުންދާ ހިތްވަރު ގަދަ ‪ 100‬އަންހެނެއްގެ ނަން ހިމަނައިގެންނެވެ‪ .‬ނަމަވެސް އަޅުގަނޑުމެންގެ‬ ‫ފޭސްބުކް ޕޭޖަށް ޒިޔާރަތް ކުރެއްވި ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން މިޕޯލްގައި އެހެނިހެން ކުޅަދާނަ‪ ،‬މުރާލި‪،‬‬ ‫ހީވާގި އަންހެނުންގެ ނަން ހިމެނުމަށް ނިންމުނެވެ‪ .‬މިގޮތުން ‪ 00‬ޖޫން ‪ 2014‬ގެ ނިޔަލަށް ކޮންމެ ފަރާތަކަށް‬ ‫ވެސް އެފަރާތަކަށް އެންމެ މަޤްބޫލު އަންހެނެއްގެ ވަނަވަރާއި ފޮޓޯ އަޅުގަނޑުމެންނަށް ފޮނުވުމުގެ ފުރުޞަތު ވަނީ‬ ‫ހުޅުވާލެވިފައެވެ‪.‬‬

‫އަޅުގަނޑުމެންނަށް ލިބޭ ނަންތަކުގެ ތެރެއިން ޕޯލްގައި ހިމެނުމަށް ފެންނަ ނަންތައް‬

‫ކަނޑައަޅަމުން މިގެންދަނީ އެކުލަވާލެވިފައިވާ ޓީމަކުންނެވެ‪.‬‬ ‫މިޕޯލް ‪ 00‬ޖުލައި ‪2014‬ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ‪ .‬ޕޯލް ނިމުމުން ކޮންމެ‬ ‫ކެޓަގަރީއަކުންވެސް އެއްވަނައަށް އަންނަ ފަރާތެއް ހޮވޭނެއެވެ‪.‬‬

‫ޕޯލްގެ މަޤްޞަދު‬ ‫މިޕޯލްގެ މައިގަނޑު މަގްޞަދަކީ ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ހީވާގި‪ ،‬މުރާލި‪ ،‬ކެރޭ‪،‬‬ ‫މަސައްކަތްތެރި އަންހެނުން ކުރާ މަސައްކަތްތަކާއި‪ ،‬ޙާޞިލްކޮށްފައިވާ ކާމިޔާބީތައް ވީހާވެސް ގިނަ ފަރާތްތަކަށް‬ ‫އަންގައިދީ‪ ،‬އެއަންހެނުންގެ ތެރެއިން ތެރެއިން އެންމެ މަޤްބޫލު ފަރާތްތައް ހޮވުމެވެ‪.‬‬

‫‪3‬‬


‫‪Emme Maqbool Dhivehi Anhenaa - 2014‬‬

‫ޕޯލްގައި ނަން ހިމަނަން ހަދާނީ ކިހިނެއް؟‬ ‫މިޕޯލްގައި އަންހެން ބޭކަނބަލަކު ނަން ހިމަނަން ބޭނުންވެލައްވާނަމަ‪ 00 ،‬ޖޫން ‪ 2014‬ގެ ކުރިން‬ ‫އެބޭފުޅެއްގެ ވަނަވަރާއި (ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި‪ ،‬ތަޢުލީމީ ފެންވަރާއި‪،‬‬ ‫ޙާޞިލްކުރެވިފައިވާ ކާމިޔާބީތައް) ކޮލިޓީ ރަނގަޅު ފޮޓޯއެއް އަޅުގަނޑުމެންނަށް ފޮނުއްވާށެވެ‪ .‬އަޅުގަނޑުމެން‬ ‫އެކުލަވާލައިފައިވާ ޓީމްގެ ފަރާތުން ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު‪ ،‬އެ އަންހެން ބޭކަނބަލެއްގެ ޕްރޮފައިލް‬ ‫ޕޭޖަށް ޕޯސްޓްކުރާނެއެވެ‪.‬‬ ‫އެހެން އަންހެން ބޭކަނބަލެއްގެ ނަން ހިމަނަށް ބޭނުއްވެލައްވާ ނަމަ ކަންތައް ކުރާނީ ވެސް ހަމަ މިގޮތަށެވެ‪.‬‬ ‫އންހެންކަނބަލެއްގެ ފަރާތުން‬ ‫ނަމަވެސް އަޅުގަނޑުމެންނަށް ނަން ހުށައެޅުއްވުމުގެ ކުރިން‪ ،‬އެކަމުގެ ހުއްދަ އެ ަ‬ ‫ހޯދަންވާނެއެވެ‪ .‬ހުއްދަ ނުހޯދާ އަޅުގަނޑުމެންނަށް ހުށައަޅާ ނަންތައް ޕޭޖަށް ޕޯސްޓްކޮށްގެން ލިބޭ ގެއްލުމެއް ޒިންމާ‬ ‫އުފުލަންޖެހޭނީ އެނަމާއި ފޮޓޯ ފޮނުވި ފަރާތުންނެވެ‪.‬‬

‫ފޭސްބުކް ޕޭޖްގައި އިން ފޮޓޯ ނެގުން‬ ‫އެއްވެސް ބޭކަނބަލަކު އެބޭކަނބަލެއްގެ ފޮޓޯ އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖުން ނަންގަވަން ބޭނުންވެލައްވާ ނަމަ‪،‬‬ ‫އެކަން ލަސްނުކުރައްވާ އަޅުގަނޑުމެންނަށް އެންގެވުމުން އެ ފޮޓޯއެއް ޑިލީޓްކުރެވޭނެއެވެ‪.‬‬

‫ފޭސްބުކް ޕޭޖްގައި އިން ފޮޓޯ ބަދަލުކުރުން‬ ‫އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖުގައިވާ ފޮޓޯއެއް ބަދަލުކުރެވޭނީ އެފޮޓޯއެއްގައި އިން ފަރާތުން އެކަމަށް އެދުމުންނެވެ‪.‬‬ ‫ނަމަވެސް މިގޮތަށް ފޮޓޯ ބަދަލުކޮށްފިނަމަ ޕޮއިންޓް ދިނުމުގައި ކުރީގެ ފޮޓޯއަށް ލިބިފައިވާ ލައިކްސް އާއި ޝެއާރސް‬ ‫އެއް ނުގުނޭނެއެވެ‪.‬‬

‫‪4‬‬


‫‪Emme Maqbool Dhivehi Anhenaa - 2014‬‬

‫ކެޓަގަރީތައް‪:‬‬ ‫މިވަގުތަށް ހަމަޖެހިފައިވާ ގޮތުން‪ ،‬ތިރީގައި މި ދަންނަވާ ‪ 11‬ކެޓަގަރީން ކުރެ ކޮންމެ ކެޓަގަރީއަކުން "އެންމެ‬ ‫މަޤްބޫލު" އަންހެނާ ހޮވުމަށް ވަނީ ހަމަޖެހިފައެވެ‪ .‬މި ލިސްޓަށް އުނިއިތުރު އައުމަކީ އެކަށީގެންވާ ކަމެކެވެ‪.‬‬ ‫‪ .1‬ޤާނޫނީ އަދި ސިޔާސީ ދާއިރާ‬ ‫‪ .2‬ފިލްމީ ދާއިރާ‬ ‫‪ .0‬ލަވަކިއުމުގެ ދާއިރާ‬ ‫‪ .4‬އޭވިއޭޝަން‬ ‫‪ .1‬ތައުލީމީ އަދި ޞިއްޙީ ދާއިރާ‬ ‫‪ .6‬އަމިއްލަ ވިޔަފާރި އާއި ޕްރައިވެޓް ސެކްޓަރ‬ ‫‪ .7‬ފެޝަން‪ ،‬ބިއުޓީ‪ ،‬ފިޓްނަސް‬ ‫‪ .8‬މީޑިޔާ‬ ‫‪ .9‬ޓޫރިޒަމް‪/‬ހޮޓެލް އިންޑަސްޓްރީ‪/‬އެގްރިކަލްޗަރ‬ ‫‪ .10‬ކޭޓަރިންގ‬ ‫‪ .11‬ސޯޝަލް ވާރކް‬ ‫‪ .12‬ކުޅިވަރު‬ ‫‪ .10‬ސީނިއަރ ސިޓިޒަންސް (‪ 61‬އަހަރުން މަތީގެ އަންހެނުން) *‬ ‫‪ .14‬ފްރެޝް ބިގިނަރސް (‪ 20‬އަހަރުން ދަށުގެ އަންހެންކުދިން) *‬ ‫*‬

‫އުމުރުގެ ބޮޑު ބައެއްގައި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ‪ 61‬އަހަރުން މަތީގެ‬

‫އަންހެންކަނބަލުންނާއި‪ ،‬މުޖުތަމަޢުގައި ހަރަކާތްތެރިވާން ފަށާ ޒުވާން އަންހެންކުދިންގެ ޚިދުމަތުގެ އަގު ވަޒަން‬ ‫ކުރުމަކީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެމެވެ‪.‬‬

‫‪5‬‬


‫‪Emme Maqbool Dhivehi Anhenaa - 2014‬‬

‫ޕޯލް ކުރިއަށް ދާނެ ގޮތް‬ ‫މިޕޯލް ކުރިއަށް ގެންދެވޭނީ ‪ 00‬ސްޓޭޖަކަށް ބަހާލައިގެންނެވެ‪.‬‬

‫‪ .1‬ނޮމިނޭޝަން (‪ 00‬ޖޫން ‪ 2014‬ގެ ނިޔަލަށް)‬ ‫މި ސްޓޭޖްގައި ކޮންމެ ފަރާތަކަށް ވެސް މި ޕޯލްގައި ބައިވެރިވުމަށް ނަން ހުށައެޅުއްވުމުގެ ފުރުޞަތު‬ ‫އޮންނާނެއެވެ‪ 00 .‬ޖޫންގެ ފަހުން ހުށައަޅާ ނަންތައް ޕޯލްގައި ބައިވެރިއެއް ނުކުރެވޭނެއެވެ‪.‬‬

‫‪ .2‬އެލިމިނޭޝަން ސްޓޭޖް (‪ 11‬ޖުލައި ‪ 2014‬ގެ ނިޔަލަށް)‬ ‫‪ 11‬ޖުލައި ‪ 2014‬ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ބައިވެރިޔަކަށްވެސް ވީ އެންމެ ގިނައިން ޕޮއިންޓް‬ ‫ހޯދުމުގެ ފުރުޞަތު އޮންނާނެއެވެ‪ .‬ޕޭޖްގައިވާ ފޮޓޯއަށް ލިބޭ ‪ 01‬ލައިކް އަކީ ‪ 00‬ޕޮއިންޓެވެ‪ .‬އަދި ‪01‬‬ ‫ޝެއަރ އަކީ ‪ 01‬ޕޮއިންޓެވެ‪.‬‬ ‫އެލިމިނޭޝަން ސްޓޭޖް ނިމުމުން‪ ،‬ކޮންމެ ކެޓަގަރީއަކުންވެސް އެންމެ ގިނައިން މާރކްސް ލިބިފައިވާ ‪01‬‬ ‫ފަރާތެއް ކަނޑައަޅާނެއެވެ‪.‬‬

‫‪ .0‬ފައިނަލް ސްޓޭޖް (‪ 00‬ޖުލައި ‪ 2014‬ގެ ނިޔަލަށް)‬ ‫ފައިނަލް ސްޓޭޖްގައި ވާދަކުރާނީ އެލިމިނޭޝަން ސްޓޭޖުގައި ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތައް‬ ‫އެކަންޏެވެ‪.‬‬

‫ފައިނަލް ސްޓޭޖް ނިމުމުން ކޮންމެ ކެޓަގަރީއަކުންވެސް އެއްވަނައަށް ދިޔަ ފަރާތް‬

‫ކަނޑައެޅޭނެއެވެ‪.‬‬

‫ޕޯލް ނިމުމުން ވާނީ ކިހިނެއް؟‬ ‫ކުރިންވެސް ދެންނެވިފައިވާ ފަދައިން މި ޕޯލް އަކީ ހަމައެކަނި ސޯޝަލް މީޑިޔާގައި ނުރަސްމީ ސިފައެއްގައި‬ ‫ކުރިއަށް ގެންދާ ހަރަކާތެކެވެ‪ .‬އެހެންކަމުން ޕޯލްގައި "އެންމެ މަޤްބޫލު" އަންހެނާ އަށް ހޮވޭ ފަރާތްތަކަށް އިނާމެއް‬ ‫ނުވަތަ އެވޯޑެއް ދިނުމަށް މިވަގުތު ހަމަޖެހިފައެއް ނެތެވެ‪.‬‬ ‫ނަމަވެސް "އެންމެ މަޤްބޫލު" އަންހެނާއަށް ހޮވޭ ފަރާތްތަކުގެ ނަން ސޯޝަލް މީޑިޔާގައާއި އަޅުގަނޑުމެން‬ ‫ލޯންޗްކުރުމަށް ހަމަޖެހިފައިވާ ވެބްސައިޓްގައި ޕަބްލިޝްކުރުމަށްވަނީ ހަމަޖެހިފައެވެ‪ .‬މީގެ އިތުރަށް‪ ،‬މިޕޯލްގައި‬ ‫ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ‪ 10‬ފަރާތެއްގެ މަޢުލޫމާތު ހިމަނައިގެން އީ‪-‬ބުކްއެއް ޕަބްލިޝް‬ ‫ކުރެވޭނެއެވެ‪.‬‬ ‫‪6‬‬


‫‪Emme Maqbool Dhivehi Anhenaa - 2014‬‬

‫ވަކިވެލުމުގެ ކުރިން‪...‬‬ ‫އަޅުގަނޑުމެން މިކުރާ މަސައްކަތް ގިނަ ފަރާތްތަކަކުން ދަނީ ބަލައިގަނެ‪ ،‬އެފަރާތްތަކުގެ ޚިޔާލުތައް‬ ‫ހުށައަޅަމުންނެވެ‪ .‬ތިޔަ ބޭފުޅުންގެ ޚިޔާލަކީ އަޅުގަނޑުމެންގެ ކުރިއެރުމެވެ‪ .‬މިޕޯލްއާއި އެމް‪.‬އެސް‪.‬އެމް‪.‬އެމްއާއި ގުޅޭގޮތުން‬ ‫އެއްވެސް ޚިޔާލެއް ހުށައަޅަންއަޅަން ބޭނުންވާނަމަ‪ ،‬އެ ޚިޔާލެއް ފޮނުވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާނެ‬ ‫ހިތްވަރެކެވެ‪.‬‬

‫މުހިއްމު ލިންކްތައް‪:‬‬ ‫އެންމެ މަޤްބޫލު ދިވެހި އަންހެނާ – ‪ 2014‬ފޭސްބުކް ޕޭކް‬ ‫މޯލްޑިވްސް ސޯޝަލް މީޑިޔާ މޫވްމަންޓްގެ ފޭސްބުކް ޕޭޖް‬

‫‪7‬‬

About the Poll  

All about Emme Maqbool Dhivehi Anhenaa Poll

Read more
Read more
Similar to
Popular now
Just for you